ވިޓަމިން

ވިޓަމިން(އިނގިރޭސި ބަހުން: Vitamin) ހަށިގަނޑަށް ބޭނުންވާކަން ފުރަތަމަ ހޯދުނީ 1912 އަހަރުގައެވެ.

ޕޮލެންޑްގެ ބަޔޯކެމިސްޓް ކަސީމީރު ފުންކު ހޯއްދެވިގޮތުގައި ހަށިގަނޑުގައި ބައެއް މާއްދާތައް މަދުވުމުން ބަލިޖެހުން އިތުރުވެއެވެ. އަދި މިމާއްދާތައް ކާނާގެ ތެރޭގައި ހިމަނައިގެން ހަށިގަނޑަށް އެތެރެވުމުން އެބައްޔަކުން ފަސޭހަވެދެއެވެ. މިމާއްދާތަކަށް އޭނާދެއްވި ނަމަކީ ވިޓަމިންސް އެވެ. މިބަސް ހަދާފައިވަނީ ދިރިހުރުން (ވިޓާ) އާއި، ނައިޓްރޯޖަން(މިންސް) އާއި ގުޅުވާލައިގެންނެވެ. ވިޓަމިން އަކީ ހަށިގަނޑު ސަލާމަތުން ބެހެއްޓުމަށް ވަރަށް މަދު މިންވަރަކަށް އެކަމަކު ކޮންމެހެން ބޭނުންވާ މާއްދާ ތަކެކެވެ. ވިޓަމިން މަދުވުމުން ޖެހޭ ބަލިތައް ރަގަޅުކުރެވޭނީ ހަމައެކަނި އެވިޓަމިނެއް ހަށިގަނޑަށް ލިބިގަނެވިގެންނެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް އެގުނަވަނެއްގެ މަސައްކަތް ފުރިހަމަކުރުމަށް ވިޓަމިން ބޭނުންވެއެވެ. ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ އެހެން ބައެއް މާއްދާތައް ބޭނުންކުރެވޭނެގޮތް ހެދުމަށް ވެސް ވިޓަމިން ބޭނުންވެއެވެ. މީގެ އިތުރުން ބައެއް ވިޓަމިން ތަކަކީ އެހެން ބައިތައް ހަމައަށް އެޅުމަށްޓަކައި ވެސް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. މިސާލަކަށް ކޮލެސްޓްރޯލް ލޭގައި ގިނަވެއްޖެނަމަ، ނިއަސިން (ވިޓަމިންބީ3) ބޭނުންކުރުމުން ކޮލެސްޓްރޯލް މަދުކުރެވެއެވެ. އަދި ބައެއް ވިޓަމިންތައް ބޭނުންކުރާވަރު ގިނަ ކުރުމުން، އަވަހަށް މުސްކުޅިވުން، ކެންސަރުޖެހުން، ހިތުގެ ބަލިތައް، ކަށިގިރުމުގެ ބަލިން މީހާ ދުރުކޮށްދެއެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވަނީ ތަފާތު ވިޓަމިން ތަފާތު މިންވަރަށެވެ. ތަފާތު މަސައްކަތްކުރާ މީހުން ވިޓަމިން ބޭނުންވާ މިންވަރު ވެސް ތަފާތެވެ. އެގޮތުން ކުޅިވަރު ކުޅޭ މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާމީހުން، އަދި މާބަނޑުމީހުން ވިޓަމިން ބޭނުންވާ ވަރު އެހެންމީހުންނަށްވުރެ އިތުރުވާނެއެވެ.

ވިޓަމިން ބެހިގެންވަނީ މައިގަނޑު 2 ބަޔަކަށެވެ. އެއީ ފެނަށް ގިރިގެންދާ ވިޓަމިން އާއި، ތެލާއި އެކުވާ ވިޓަމިން އެވެ. ފެނަށް ގިރިގެންދާ ވިޓަމިން އަކީ ވިޓަމިން ބީ ގެ ބާވަތްތަކާއި، ވިޓަމިން ސީ، އަދި ފޯލިކް އެސިޑް އެވެ. މިވިޓަމިން ތަކަކީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ހަށިގަނޑުގައި ނުހުރެ، ކުޑަކަމުދާ އެއްޗިއްސާ އެކުވެ، ހަށިގަނޑުން ބޭރުވެގެންދާ ތަކެއްޗެވެ. މިއާއި ޚިލާފަށް ތެލާއި އެކުވެގެންދާ ވިޓަމިން ތަކަކީ ހަޖަމުގެ ނިޒާމްގެތެރެއިން ހަށިގަނޑަށް ނެގިގެން، މޭގަނޑުގައި 6 މަސް ދުވަސްވަންދެން ރައްކާކުރެވޭ އެއްޗެކެވެ. އެހެން ކަމުން ކުރީގައި ދެންނެވި ފެނަށް ގިރިގެންދާ ވިޓަމިން ތަކަކީ ކެއުމުގައި އަބަދު ހިމެނުމަށް ސަމާލުކަންދޭންޖެހޭ އެއްޗެއްސެވެ.

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ފެބްރުއަރީ 13ސެޕްޓެމްބަރު 27ވިކިޕީޑިއާއިސްރާއީލުޑަޗުރާޒުވާކްރޮނިކް ފެޓީގް ސިންޑްރޯމްމުލިހިއެޕްރީލް 13ޑެންމާކުފަރަންސޭސިޖޫން 10ޖޫން 22ފެންޑިސެމްބަރު 16އިސްޕެއިންފެބްރުއަރީ 4��ިލާ��ު ��ަށިމައުމޫނު ޢަބްދުލް ޤައްޔޫމްނޮވެމްބަރު 22ސައްކެޔޮއޮކްޓޫބަރު 18ރިފްޓް ވެލީ ހުންފޭސްބުކްސެޕްޓެމްބަރު 5ފެބްރުއަރީ 6ބައިބަލްއޭޝިއާނޮވެމްބަރު 19ފެބްރުއަރީ 20ތާނަ އަލިފުބާގެ ތަރުތީބުސެޕްޓެމްބަރު 11ތުރުކުމެނިސްތާންއޮގަސްޓު 10އިސްލާމް ދީނުގައި ކައިވެނިޖޫން 23ސެޕްޓެމްބަރު 2ނޯވޭއުތީމު ގަނޑުވަރުއޮކްޓޫބަރު 30މެއި 29އިސްޙާޤުގެފާނުބިލެތް2003ޤައުމީ ސަލާމްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)ޖުޣުރާފީJohn C. Breckinridgeނޮވެމްބަރު 2މައްކާމުޙައްމަދު ޖަމީލުދީދީނޮވެމްބަރު 24އާމިނަތު އަމީލާލީޝްތެންސްޓީންފެބްރުއަރީ 10ޤައުމީ ދުވަސްއިންޑޮނޭޝިޔާނަމާދުއާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއޮގަސްޓު 21އޮކްޓޫބަރު 7ޔޫނާންދާނެސްނާމާވެޓިކަން ސިޓީޖެނުއަރީ 21އެޕްރީލް 8ޓުރާންސްނިސްޓުރިއާމޮސްކޯ2009ސެޕްޓެމްބަރު 15ނީޖަރު🡆 More