ތާނަ އަލިފުބާގެ ތަރުތީބު

ތާނައިގެ އަލިފުބާ (Alphabet) ގެ އަކުރުތައް ބެހިގެންވަނީ ދެ ގިސްމަކަށެވެ.

ފުރަތަމައީ ގަބުޅިތާނަ އެވެ. ދެވަނައީ ތިކިޖެހި ތާނައެވެ. ގަބުޅި ތާނައިގެ 26 އަކުރު ބެހެނީ 5 ބަޔަކަށެވެ.

  1. އަރަބި ވިޔައިން ހެދުނު ނުވަ އަކުރު
  2. ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު
  3. ވިޔަ އަކުރު ނުދެވޭ މައް އަކުރު
  4. ބޭރުން ވެއްދި އަކުރު
  5. ބަދަލުވާ އަކުރު


ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
ތާނަ އަލިފުބާގެ ތަރުތީބު
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އަރަބި ވިޔައިން ހެދުނު ނުވަ އަކުރު

ހ ށ ނ ރ ބ ޅ ކ އ ވ

ދިވެހި ވިޔައިން ހެދުނު ނުވަ އަކުރު

މ ފ ދ ތ ލ ގ ޱ ސ ޑ

ވިޔަ އަކުރު ނުދެވޭ މައް އަކުރު

ޝ

ބޭރުން ވެއްދި އަކުރު

ޒ

ބަދަލުވާ އަކުރު

ޓ، ޏ، ޔ، ޕ، ޖ، ޗ

މިއަކުރު ތަކުގެ ތަރުތީބަކީ ބަދަލުވެވޭ އަކުރުގެ ތަރުތީބެވެ. އެއީ - (ށ، ނ، އ، ފ، ދ، ތ)

ޓ (ށ - ބަށި، ބައްޓެއް)، ޏ (ނ - އުނި، އުންޏެއް)، ޔ (އ - މުއި، މުޔެއް)، ޕ (ފ - ކަފި، ކަތްޕެއް)، ޖ (ދ - ބަނދި، ބަންޖެއް)، ޗ (ތ - ފަތި، ފައްޗެއް)

ބަދަލުވާ އަކުރުތައް ހެދިފައިވަނީ ބަދަލުވާއަކުރުގެ އަސްލުންނެވެ.

  1. ޓަވިޔަނީގެ އަޞްލަކީ ށަވިޔަންޏެވެ. ޓަވިޔަނި ހެއްދުނީ ށަވިޔަނީގެ ފައިކޮޅު ލަނބާލައިގެންނެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ ޓަވިޔަނީގެ މަތީ ބައިގެ ސިފަ މިހާރު އެ ވަނީ ތާނައިގެ ފަސްވަނަ އަކުރު ކަމުގައިވާ ބ ގެ ސިފައަށް ބަދަލުވެފައެވެ. އެހެނަސް އަޞްލަކީ ށަވިޔަންޏެވެ. ބާއެއް ނޫނެވެ.
  2. ޏަވިޔަނީގެ އަޞްލަކީ ނޫނެވެ. ޏަވިޔަނި ހެއްދުނީ ނޫނުގެ ފައިކޮޅު ލަނބާލައިގެންނެވެ.
  3. ޔާ ހެއްދުނީ އަލިފުގެ ފަހަތު ފައިކަށީގައި ގޮށެއް ލައިގެންނެވެ.
  4. ޕަވިޔަނި ހެއްދުނީ ފާފުގެ ތިރީގައި ތިކިފުޅެއް ޖަހައިގެންނެވެ.
  5. ޖަވިޔަނި ހެއްދުނީ ދާލުގެ ފައިކޮޅު ލަނބާލައިގެންނެވެ.
  6. ޗަވިޔަނި ހެއްދިފައިވަނީ ތާގެ މައްޗަށް ދަނޑިކޮޅެއް ލައިގެންނެވެ.

Tags:

ތާނަ އަލިފުބާގެ ތަރުތީބު އަރަބި ވިޔައިން ހެދުނު ނުވަ އަކުރުތާނަ އަލިފުބާގެ ތަރުތީބު ދިވެހި ވިޔައިން ހެދުނު ނުވަ އަކުރުތާނަ އަލިފުބާގެ ތަރުތީބު ވިޔަ އަކުރު ނުދެވޭ މައް އަކުރުތާނަ އަލިފުބާގެ ތަރުތީބު ބޭރުން ވެއްދި އަކުރުތާނަ އަލިފުބާގެ ތަރުތީބު ބަދަލުވާ އަކުރުތާނަ އަލިފުބާގެ ތަރުތީބު

🔥 Trending searches on Wiki ދިވެހިބަސް:

ސައްކެޔޮވިޓަމިން ބީ7ބަންގާޅުގެ ނިޝާންރަހިމުގެ ދޮރުގެ ކެންސަރުދިވެހިރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމުހެދުނުގެ ބަލިހިމަ ގޮދަންTokyoEncyclopediaޒީނަތު އައްބާސްޤައުމީ ދުވަސްމައި ޞަފްޙާދިވެހިޑަޗުޝަހާދަތްބޮޑުވައި އިނގިލިއޮކްޓޫބަރު 16އިންސޫލިންލަނޑާ ފާނަޖެނުއަރީ 31ވިޓަމިން ކޭޔޫނާންއޮކްޓޫބަރު 4ގަނޑު ދުވަނިއެންމެ ފަހު ވިންދާ ޖެހެދެން (ފިލްމް)އިސްލާމްއާބާދުމާރޗް 4އެޕްރީލް 13ބާބަޑޮސްޑެންގީ ޝޮކް ސިންޑްރޯމްޑިސެމްބަރު 28ފައިންޑިންގ ނީމޯނާރިނގުކުޑަ ކަޅުވާނިތްކުރި ކަށިގަނޑުގްރޭޓް ބެރިއަރ ރީފްހައްދުންމަތިކައްޓަލަފުށިކުޅުދުއްފުށި (ހދ. އަތޮޅު)ޤައުމީ ސަލާމްކަލާފާނު ސުކޫލް2007ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުޖުލައިމޫސާގެފާނުގުންބަޅަޖޫން 22ރިޔާސީ ނިޒާމުގްރޭންޑް ކެންޔަންޖުލައި 22ޑިސެމްބަރު 17މަދޮށިމެއި 27މަހާރާޝްތުރާމެއި 2ޖެނިޓަލް ހާރޕީޒްއޮކްޓޫބަރު 14އަލްމާނީޔަމަންފެބްރުއަރީ 18ޕާކިސްތާންޢަބުދުﷲ ޞާދިޤްކުންނާރު ގަސްކާޑު ބަލި🡆 More