އުތީމު ގަނޑުވަރު

އުތީމު ގަނޑުވަރު ކަމުގައި ބެލެވޭ ގެއަކީ އުތީމު 4 ބެއިންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ.

މިގެއަކީ މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެއެވެ. މިގެ ޢިމާރާތް ކުރެވުނު ފަހުން ގާތްގަނޑަކަށް 500 އަހަރަށްވުރެ ގިނަވެދާނެއެވެ.

އުތީމު ޚަޠީބު ތަކުރުފާނުގެ ޢާއިލީ ގެއަށް ތާރީޚީ ގޮތުންނާއި، ގައުމީގޮތުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނީ އެތަކުރުފާނުގެ 3 ކަލުން ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ކުރެއްވި ކާމިޔާބު ޖިހާދުގެ ސަބަބުންނެވެ. އާދެ އުތީމް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އާއި އުތީމު ޢަލީ ތަކުރުފާނު ގެ ސަބަބުންނެވެ.

ތިލަދުންމަތީ ރަށެއްގައި މިގަނޑުވަރު ހުރުމުން އެއަތޮޅު އެންމެން އެކަމާއި ފަޚުރުވެރި ވެއެވެ. އުތީމު ގަނޑުވަރު ބިނާކުރެއްވި ތާރީޚެއް ކަނޑައެޅިގެން އެނގޭކަން ނެތެވެ. މިގެ ޢިމާރާތް ކުރެވުނީ ސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގައި ކަމަށް ލަފާކުރެވެއެވެ.

ޙުސައިން ޚަޠީބު ތަކުރުފާނުގެ ބައްޕަ ކަޅު ޢަލީ ޚަޠީބު ތަކުރުފާނު ދިރިއުޅުއްވި ގެ ހުންނަވަނީ މިހާރު އުތީމު ގަނޑުވަރުގެ ހުޅަގުން އޮތް ގޯތީގައެވެ. އެގޭގެ ގާފޮޅާއި ގޭގެ ވަޅު ކަމުގައި ބެލެވޭ ވަޅު މިހާރުވެސް އެބަހުރިމެއެވެ. ޙުސައިން ޚަޠީބު ތަކުރުފާނު އަމިއްލަ ދިރިއުޅުމެއް ފެއްޓެވުމުން އޭނާގެ ބައްޕަ ހުންނެވި ގޭގެ އިރު އެހެން ގެއެއް އަޅުއްވައި، އެގޭގައި ދިރިއުޅުން ގާއިމް ކުރެއްވީ ކަމަށް ފެނެއެވެ. އެއީ އިހުޒަމާނުގައި އެފަދަ ކަންކަމުގެ އާދަ އޮތް ގޮތެވެ. ޙުސައިން ޚަޠީބު ތަކުރުފާނު އެޅުއްވި ގެއަކީ ދެބުރި ގެއެކެވެ. އާދެ! އެތެރެ ގެޔާއި ބޭރުގެ އެކުލެވޭ ގެއެވެ. ނަމަވެސް ޚަޠީބު ތަކުރުފާނުގެ ބޭފުޅުން ބޮޑުފުޅުވެ ދިރިއުޅުއްވުމެއް ފައްޓަވަން ޖެހުމުން މިދެންނެވި ގޭގެ އިރުން އިތުރު ބުރިއެއް ނެރެ މިބަޔަކީ ގޭގެ ބޭރުގެ ކަމުގައި ހަމަޖައްސަވައި، ބައުގޭގެ ބޭރު ގެއަކީ މެދު އެތެރެގެ ކަމުގައި ހަމަޖައްސަވައި، ދަރިކަނބަލުން ފާތުމާ ފާނު ހުންނެވުމަށް އުތުރު ފަރާތުގައި ވަކިގެއެއް އެޅުއްވި އެވެ. މިއީ އުތީމު ގަނޑުވަރުގެ މަރިޔާދު ގެއެވެ. މަރިޔާދު ގެއާއި، މައިގޭގެ އިރުން އަލަށް އިތުރުކުރެވުނު ބައި ހެއްދެވީ މުޙައްމަދު ތަކުރުފާނު (ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި، ޙަސަން ތަކުރުފާނު ، އަދި ޢަލީ ތަކުރުފާނު ކަމުގައި ބުނެވެއެވެ.

ހއ. ދިއްދޫ ދެކުނު ކޮޅުގައި އޮންނަ ރުއްގަނޑަކީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ އާއިލީ ރުއްގަނޑެކެވެ. އެހެން ކަމުން އެބޭފުޅުން ގެހައްދަވައި، މަރާމާތު ކުރައްވަމުން ގެންދެވީ އެރުއްގަނޑުން ރުއްކަނޑައިގެންނާއި، އެރުއްތަކުގެ ފަނުންނެވެ. ފަހުން މިރުއްގަނޑަކީ އުތީމު ގަނޑުވަރުގެ ވަގުފެކެވެ. ނަމަވެސް ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބަނޑޭރި ކަމުގައި މިރުއްގަނޑު ދިއްދޫ ރައްޔިތުންނަށް ދެއްވާފައި އުތީމު ގަނޑުވަރަށް ދެއްވީ ހއ. އުތީމުގެ ހުޅަގުން އޮންނަ މުލިދޫ އެވެ. މިހާރު އެރަށްވަނީ ބަންޑާރަ ކުރެވި އެހެން ފަރާތަކަށް ދޫކުރެވިފައެވެ.

އުތީމު ގަނޑުވަރު ކުރިން އަޅާފައި ހުރީ އިހުޒަމާނުގައި ދިވެހިން ގެދޮރު ބިނާކުރާ ގޮތާއި ކުޑަކޮށް ތަފާތުކޮށް، ބިމަށް ކާށި މުޑި ޖަހައި، ދެމުޑި ދޭތެރޭގައި ގާފޮޅު ބަނދެ، ގާފޮޅު މަތީގައި ފަތިވަކަރާއި އަރިވަކަރު އަޅައި، އެވަކަރު މަތީގައި މެއްލަ ޖަހައި، ލާދުނބުރި ބިތް ގަތައި، ބިތުގެ ބޭރުން ސަޓާ ޖަހައި، އޭގެ މަތިން ބިންފަށް ދަމައި އޮނބިއަޅާފައެވެ. ފިލާޖަހާފައި ހުރީ ހަމައެކަނި ބޭރުގޭގެ އުތުރު ފަރާތުގައެވެ. މިއީ ދަމާ ދޮރު ލުމަށްޓަކައި އެޒަމާނުގައި ހަދާގޮތެވެ. ގެ ހިޔާކޮށްފައި ހުރީ ބިތް ފަނުންނެވެ.

އިހުޒަމާނުގައި ވަކިފެންވަރެއްގެ ގޭގެ އުތުރު ފަރާތުގައި އަށިގެ ކިޔާ ގެއެއް ހުރެއެވެ. އުތީމު ގަނޑުވަރު ގައި ވެސް މިފަދަ ގެއެއް ހުރެއެވެ. މިގެ ކުރިން ހުރީ ބިމުން މައްޗަށް އެކެއް ބައި ރިޔަންވަރު އުސްކޮށްފައި، އޭގެ މަތީ ހުރަސް ބެރި އަޅާފައި، އޭގެ މަތީގައި މަޅުއަޅާފައެވެ. މިކަމުގެ ބޭނުމަކީ ތިރީގައި އޮންނަބައިގައި ބޮލިފަދަ ހަރުމުދާ ރައްކާކުރުމެވެ. މިއަށިގޭގެ ބިތްތައް ހަދާފައިހުރީ މައިގޭގެ ބިތްތައް ވެސް ހަދާފައި ހުރިގޮތަށެވެ. މިއަށިގެ ބޭނުންކުރެވެމުން ދިޔައީ ގޭގެވެރިން ރައްޔިތުންނަށް ގޮވައިލާ ގޮވައިލުންތަކާއި، އެކި މުނާސަބަތުގައި ކޭން ކެއުމަށާއި ރަށްރަށުން އަންނަ މެހުމާނުން ތިބުމަށެވެ. އަދި މުޙައްމަދު ތަކުރުފާނު(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) ގެ ޒަމާނުގައި ދަންޑެހެލު ފަދަ އެހީތެރިން ތިބުމަށެވެ.

ޙުސައިން ޚަޠީބު ތަކުރުފާނުގެ ހެޔޮ ހަޔާތްޕުޅުގައި ޝަހީދުވި ޢަލީ ތަކުރުފާނު (އުތީމު ޢަލީ ތަކުރުފާނު)ފިޔަވައި، އެހެން ބޭފުޅުން އުޅުއްވީ ކުރިން ހުރި ބައުގެޔާއި އަލަށް އިތުރުކުރެވުނު ބައިގައެވެ. މިގޭގެ ހިންގުންތެރިންނަކީ މުޙައްމަދު ތަކުރުފާނުގެ ދޮށީ އަނބިކަނބަލުން ބާރަށު ފާތިމާ ދިޔޯ އާއި، ފާތުމާ ފާނު އެވެ. ފާތިމާ ދިޔޯ ކަލާފާނު ރަސްގެފާނު އާއިގެން ރައްކާވެ ވަޑައިގަތީ ވެސް ބައު ގެއަށެވެ.

މަރުޖިޢުތައް

  • ފަތްތޫރަ - މާރޗް 1985 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

Tags:

🔥 Trending searches on Wiki ދިވެހިބަސް:

2004އޮސްޓްރިއާދެކުނު އޭޝިޔާފެބްރުއަރީ 5ދާދަރިމައިނުވުންނޮވެމްބަރު 22އޮޑިދޮށު މަސްޑިސެމްބަރު 30ހިރުގަނޑު ދުޅަވުންޤުރްއާނުގެ ޢިލްމުPhilosophyނޭޕާލްކޮލަމާފުށި (ގއ. އަތޮޅު)މެގްނީޒިއަމްއޮކްޓޫބަރު 19ޖޫން 25ކަޅުބިލަ މަސްމޮރިޝަސްއޮގަސްޓު 16Henry Wilsonލޯޖުލައި 31މާރޗް 21Fuvammulah (Gnaviyani Atoll)ފެބްރުއަރީ 27އޯޓިޒަމްބަސްޓޮމް އެންޑް ޖެރީރުސްތުމްބާކޫޖަވާހަރްލާލް ނެހްރޫނަސްލު އުފައްދާ ނިޒާމްކޮސްޓަރީކާއިބްރާހީމް ނާޞިރުސްޕައިނަލް ކޯޑްފުވައްމުލައް (ޏ. އަތޮޅު)ސުރިނާމްދިގުރަށް (އދ. އަތޮޅު)John C. Calhounސުނާމީއެޕްރީލް 27Nelson Rockefellerއިބްނި ބަޠޫޠާޖަޕާނުއެޕްރީލް 14ޖުލައި 6ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުޖޫން 10މަރިޔަމް ޒުހުރާމެއި 23ބިލެއް ކައްޓަލަދިވެހި ރައްޔިތުންގެ ޕާޓީފިނޮޅުފެބްރުއަރީ 11ސަނާ މުގުހުރާގޭ ދަރިކޮޅުގަން (ލ. އަތޮޅު)އެޕްރީލް 15ބައިތުއެޕްރީލް 6އޭޝިއާތޯމަސް ޖެފަރސަންފަރަންސޭސިވިލާތްޖެނުއަރީ 11އާމިނަތު އަމީލާފިލިޕީންސްއިލްޔާސް އިބްރާހީމްއަފްޣާނިސްތާންއޭޑީއެޗްޑީކުޑަ ދޫ🡆 More