Piso (Filipino ) (PHP)
| ||||||||
މޮޓޯ: Maka-Diyos, Makatao, Makakalikasan, at Makabansa (English: "For God, People, Nature, and Country") | ||||||||
ޤައުމީ ސަލާމް: Lupang Hinirang "Chosen Land" | ||||||||
ވެރިރަށް | Manila | |||||||
އެންމެ ބޮޑު ޝަހަރު | Quezon City | |||||||
ރަސްމީ ބަސް (ތައް) | Filipino, English1 | |||||||
ސަރުކާރު {{{leader_titles}}} | Unitary presidential constitutional republic {{{leader_names}}} | |||||||
Independence {{{established_events}}} | {{{established_dates}}} | |||||||
އަކަމިން • ޖުމްލަ • ފެން (%) | 298 170 އކކމ (72nd) 0.61 | |||||||
އާބާދީ • 2007 އަންދާސީ. • 2000 ބޯހިމެނުން • އަކަބުރަ | 88,706,3002 (12th) 76,504,077 އކކމ/276(42nd) | |||||||
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ | 2005 އަންދާސީ $451 billion (25th) $4,923 (112nd) | |||||||
އ.ތ.ފ (2007) | 0.763 (84th) – medium | |||||||
ފައިސާ | Peso (International ) | |||||||
ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) | PST (ވ.ބ.ގ+8) (ވ.ބ.ގ) | |||||||
އިންޓަނެޓް މ.ދ.އ | .ph | |||||||
ފޯން ކޯޑު | +63 | |||||||
{{{footnotes}}} |
ރިޕަބްލިކް އޮފް ދަ ފިލިޕީންސް ނުވަތަ ޢާއްމުކޮށް ކިޔާ ގޮތުން ނަމަ ފިލިޕީންސް އަކީ އިރު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުުމު އެކުލެވިގެންވަނީ 7107 ޖަޒީރާގެ މައްޗަށެވެ.
ފިލިޕީންސުގެ ރަސްމީ ބަހަކީ ތަގާލޮގް (ފިލިޕީނޯ) އެވެ. މީގެ އިތުރުން އިނގިރޭސި ބަސް ވެސް ރަސްމީ ބަހެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. އަދި ހަމަ އެހެންމެ ވޮލަންޓަރީ ނުވަތަ އޮޕްޝަނަލް ބަސްބަހުގެ ގޮތުގައި ޢަރަބި ބަހާއި އިސްޕެނިޝް ބަސް ވެސް ބޭނުން ކުރެވެއެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ ބައެއް ބަސް ބަސް ރިކޮގްނައިޒްޑް ލެންގުއޭޖަސްގެ ގޮތުގައި ބެލެވިފައިވެއެވެ. އެންމެ ބޮޑު ޝަހަރަކީ ކުއެޒޮން ސިޓީއެވެ. ވެރިކަން ކުރަނީ މެނީލާގައެވެ. ފިލިޕީންސަކީ ޔުނިޓަރީ ޕްރެޒިޑެންޝަލް ކޮންސްޓިޓިއުޝަނަލް ރިޕަބްލިކެކެވެ. ފިލިޕީންސްގެ އާބާދީއަކީ 92 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 1845 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ph. އެވެ. ކޯލިން ކޯޑަކީ +63 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ފިލިޕީނޯ ޕެސޯއެވެ.
ފިލިޕީންސަށް މި ނަން ކިޔާފައިވަނީ އިސްޕެއިނުގެ ރަސްގެފާނު ފިލިޕް 2 ވަނައިގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިހާރު މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ދަ ފިލިޕީންސްއެވެ.
ފިލިޕީންސަކީ 7107 ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. ފިލިޕީންސުގެ ބިމުގެ ބޮޑު މިނަކީ 300000 އަކަ ކިލޯމީޓަރެވެ. ފިލިޕީންސުގެ ހުޅަނގުގައި އޮތީ ދެކުނު ޗައިނާ ކަނޑެވެ. އިރުމަތީގައި އޮތީ ފިލިޕީންސު ކަނޑެވެ.
ފިލިޕީންސުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މީގެ އެތައް ހާސް އަހަރެއް ކުރީންކަން އެނގޭނެ ހެކިތައް ފެންނަން އެބަހުށްޓެވެ. ފިލިޕީންސަށް މުސްލިމުން އައިސްފައިވަނީ 12 ވަނަ ޤަރުނުގެ ތެރޭގައެވެ. ފިލިޕީންސަށް އައި މުސްލިމުން ވަނީ ފިލިޕީންސުގައި މުސްލިމުންގެ ވެރިކަން ޤާއިމުކޮށްފައެވެ. އިސްޕޭނު މީހުންގެ އަސަރު ފިލިޕީންސުން ފެންނަން ފަށާފައިވަނީ މީލާދީން 1521 އިން ފެށިގެންނެވެ. 1565 ވަނަ އަހަރުން ފެށިގެން 1821 ވަނަ އަހަރާ ހަމަޔަށް އިސްޕޭނުގެ ވައިސްރޯޔަލްޓީއެއްގެ ގޮތުގައި އޮތުމަށް ފަހު 1821 ވަނަ އަހަރުން ފެށިގެން 1898 ވަނަ އަހަރާ ހަމަޔަށް ފިލިޕީންސް އޮތީ އިސްޕެއިނުގެ ސީދާ ވެރިކަމުގެ ދަށުގައެވެ. އިސްޕެއިނުގެ މިނިވަންކަން އިޢުލާންކުރެވުނީ 12 ޖޫން 1898 ގައެވެ. މާރޗް 24، 1934 އިން ފެށިގެން އަމިއްލަ ވެރިކަމެއް ހިންގުމުގެ ފުރުޞަތު ލިބިގެން ދިއުމަށް ފަހު، ބައިނަލްއަޤްވާމީ މަސްރަޙުގައި ފިލިޕީންސަކީ މިނިވަން ޤައުމެއްގެ ގޮތުގައި ޤަބޫލުކުރެވެން ފެށީ 4 ޖުލައި 1946 ގައެވެ. ފިލިޕީންސުގައި މިހާރު ހިންގަމުންދާ ޤާނޫނު އަސާސީ ތަޞްދީޤު ކުރެވިފައިވަނީ 2 ފެބްރުއަރީ 1987 ގައެވެ.
އާބާދީގެ ގޮތުން 92 މިލިޔަނެއް ހައި މީހުން ތިބި ފިލިޕީންސަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް 12 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ފިލިޕީންސްގެ މުޅި އާބާދީގެ ތެރެއިން 11 މިލިޔަން މީހުން ދިރިއުޅެމުންދަނީ ޤައުމުން ބޭރުގައެވެ. މިއީ ފިލިޕީންސްގެ މުޅި އާބާދީގެ 11% އެވެ.
ފިލިޕީންސްގެ ސަގާފަތަކީ އޮރިއެންޓަލް (އިރުމަތީގެ) ސަގާފަތާއި އޮސިޑެންޓަލް (ހުޅަނގުގެ) ސަގާފަތު އެއްވެގެން އުފަންވެފައިވާ ސަގާފަތެކެވެ. މެލޭޝިޔާ އާއި ޗައިނާގެ އާސާރުތަކުން މުއްސަނދިކަން ހޯދާފައިވާ ފިލިޕީންސަށް އެމެރިކާގެ ނުފޫޒުން ވެސް ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އިސްޕެއިނުގެ ވެރިކަން ހިނގާފައި އޮތް ތަނަކަށް ވާތީ އިސްޕޭނު މީހުންގެ ސަގާފަތުގެ އަސަރުތައް ވެސް ފިލިޕީންސުން ފެންނަން އެބަހުށްޓެވެ.
ފިލިޕީންސަކީ ކުރީން މާ ބޮޑެތި ކާރުޚާނާތަކެއް ނެތް ޤައުމެއް ކަމުގައި ވިޔަސް، މިއަދު ފިލިޕީންސު ވެފައިވަނީ ތަފާތު އެތައް ކާރުޚާނާއެއް ހިނގަމުންދާ ޤައުމަކަށެވެ. ފިލިޕީންސްގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1845 ޑޮލަރެވެ. ފިލިޕީންސަށް އެންމެ ގިނައިން ބޭރު ފައިސާ ލިބެނީ ބޭރުގައި މަސައްކަތް ކުރަމުންދާ އެ ޤައުމުގެ 11 ވަރަކަށް މިލިއަން ހީވާގި އަދި މުރާލި ރައްޔިތުން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ.
This article uses material from the Wikipedia ދިވެހިބަސް article ފިލިޕީންސް, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.