ގައުމީ ފިލްމް އެވޯޑް

ގައުމީ ފިލްމް އެވޯޑް އަކީ ދިވެހި ސަރުކާރުގެ ފަރާތުން ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

މިހާތަނަށް ގައުމީ ފިލްމް އެވޯޑް ޖުމްލަ 5 ފަހަރު ބާއްވާފައި ވެއެވެ.

ގައުމީ ފިލްމް އެވޯޑް
ގައުމީ ފިލްމް އެވޯޑް ފަރުމާކުރެވިފައި އިންނަ ގޮތް

ފިލްމް އެވޯޑްގެ ތާރީޚް

ދިވެހި ފިލްމް ފެސްޓިވަލެއް ބޭއްވުމަށް ސަރުކާރުން ގަސްތުކުރުމާއި ގުޅިގެން، އެކަމަށް ބޭނުންވާ ގަވައިދު އެކުލަވާ ލެއްވުމަށްޓަކައި 30 އޮކްޓޯބަރ 1993 ދުވަހުގެ ރޭ އެމްސީއެމް އޭ ގައި ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމަށް ދައުވަތު ދެވުނީ ފިލްމް އުފައްދާ، އަދި ފިލްމީ މަސައްކަތުގައި އެވަގުތު ހަރަކާތްތެރިވާ 22 ފަރާތަކަށެވެ. ބައްދަލުވުމަށް ހާޟިރުވީ 10 ފަރާތަކުންނެވެ. މިބައްދަލުވުމުގައި ފެސްޓިވަލެއް ބާއްވާ ވަނަވަނައަށް އަންނަ ފަރާތްތަކަށް އެވޯޑް ދިނުމަށް ފެންނަ ބައިތަކުގެ ޚިޔާލު ވެސް ދިނެވެ. އެގޮތުން ތަފާތު 22 ވަނައެއް ހޮވުމަށް ޚިޔާލު ލިބުނެވެ.


ފިލްމް ފެސްޓިވަލްގައި ދެވޭ އެވޯޑް ފަރުމާ ކޮށްފައިވަނީ މއ. މަނާގޭ ޢަބުދުﷲ ފާއިޒް އެވެ. އަދި 7 އެޕްރީލް 1994 ގައި ފުރަތަމަ ފިލްމް ފެސްޓިވަލް ބާއްވަން ބައިވެރިވުމުގެ ފުރުޞަތު އިންފޮމޭޝަން މިނިސްޓްރީ އިން ހުޅުވާލި އެވެ. އަދި ފިލްމް ފެސްޓިވަލްގައި ހޮވަން ކަނޑައެޅި 20 ވަނަ އެއް ވެސް އިއުލާން ކުރިއެވެ. ފުރަތަމަ ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު 31 އޮކްޓޯބަރ 1994 ގެ ނިޔަލަށް ހަމަވި އިރު 31 ފީޗަރ ފިލްމާއި، 11 ޑޮކިއުމެންޓްރީ ފިލްމް ބައިވެރިކޮށްފައި ވެއެވެ. ފީޗަރ ފިލްމްގައި ހިމެނޭ 12 ފިލްމެއް ކޮޕީ ފިލްމްތައް ކަމަށްވާތީ ލިސްޓުން އުނިކުރިއެވެ. އަދި އެއް ފިލްމް ބާވެ، ހަލާކުވެފައިވާ ވާތީ ވަކިކުރިއެވެ. މިފެސްޓިވަލްގައި ޓެކްނިކަލް ކަންތައްތައް ޖަޖުކުރުމަށް ސްރީލަންކާ އިން ދެޖަޖުން ގެނައެވެ.


ދެވަނަ ފިލްމް ފެސްޓިވަލް ބޭއްވުމަށް ޓަކައި 21 މާރޗް 1996 ގައި އިންފޮމޭޝަން މިނިސްޓްރީގައި ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި ފުރަތަމަކަމަކަށް އޮތީ ފެސްޓިވަލްގެ ގަވާއިދަށް ބަދަލު ގެނައުމެވެ. އަދި ފެސްޓިވަލްގެ އެއްވެސް ވަނައެއް ދިވެއްސަކަށް ނޫނީ ނުލިބޭގޮތަށް ނިންމި އެވެ. އަދި ކޮޕީ ފިލްމް ވެސް ބައިވެރިކުރެވޭ ގޮތަށް ނިންމި އެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި ތަފާތު 19 ކެޓަގަރީ އަކުން އެވޯޑް ދީފައި ވެއެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި 13 ފީޗަރ ފިލްމާއި، 3 ޑޮކިއުމެންޓްރީ ފިލްމް ބައިވެރި ކޮށްފައި ވެއެވެ.

އެވޯޑުން ރަމްޒުކޮށްދޭ މާނަތައް

ގައުމީ ފިލްމް އެވޯޑް 
ގައުމީ ފިލްމް އެވޯޑް ފަރުމާކުރެވިފައި އިންނަ ގޮތް

އެތް

މިއެތުން ދޭހަކޮށްދޭ މާނައަކީ ދިރުމާއި ކުރިއެރުމެވެ. މަތިވަރުއައިސް މޭވާ އެޅުމެވެ. އެތެއްނުކުމެ، ފޮޅި، އޭގައިވާ ގޮބޮޅިތައް، މިރިއަށްވެ، ކިހަވައް، ކުރުނބާ، ގަބުޅި، ކާށި އަދި ކުރޮޅިއަށް ވެދާފަދައިން، ދިވެހިންގެ އުއްމީދަކީ ފިލްމީ ދާއިރާވެސް ކުރިއަރައި ތަރައްޤީވެގެން ދިއުމެވެ. ފިލްމް އިންޑަސްޓްރީ ހެދިފޯދި، އޭގެ ހަޤީޤީ ފައިދާ މުޖުތަމަޢަށާއި ދިވެހި ޤައުމަށް ލިބިގެން ދިއުމެވެ.

އިހާވައް

އިހާވައްތަކުން ދޭހަކޮށްދެނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މުޅި ފިލްމީ އިންޑަސްޓްރީއަކީވެސް އެތައްބައެއްގެ މަސައްކަތާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމާއި، އެކުވެރިކަމާއި ގުޅިލާމެހިފައިވާ ދާއިރާއެއްކަމެވެ.

އެތުމާ

މިއެތުގައިވާ އެތުމާ ތަކުން ދޭހަކޮށްދެނީ ދިވެހި ފިލްމީ ފަންނުވެރީންނެވެ.

ފުޅަފި

މި އެތުގައިވާ ފުޅަފިން ދޭހަކޮށްދެނީ ހިމާޔަތެވެ. މިއީ ދިވެހި ފިލްމް އިންޑަސްޓްރީއާއި ފަންނުވެރީންގެ ކުރިއެރުމަށް ލިބިދޭ ހިމާޔަތް ރަމްޒުކޮށްދޭ އެއްޗެކެވެ.

އެވޯޑް

ދިވެހިރުކުގައިވާ ކޮންމެ އެއްޗަކީވެސް ދިވެހިންގެ ޡަޤާފަތާއި ދިވެހިވަންތަކަމާއި ގުޅިލާމެހިފައިވާ މައް ދިވެހި އެއްޗެކެވެ. ދިވެހި ރުކުގެ މުސްތަޤުބަލް ބިނާވެފައިވާ އެތުން ރަމްޒުކޮށްދެނީ ދިވެހި ފިލްމީ ދާއިރާއަކީ އަމިއްލަ ވަންތަކަން ކުރިއަރުވާ ދިވެހި ޘަޤާފަތް ދަމަހައްޓާ ދާއިރާއަކަށް ވުމަށް ދިވެހިން ކުރާ ފޮނިއުއްމީދެވެ.

ގައުމީ ފިލްމް އެވޯޑް 1

ގައުމީ ފިލްމް އެވޯޑް 1 ބާއްވާފައިވަނީ 1994 ވަނަ އަހަރު އެވެ. އެފަހަރު 31 ފިލްމަށް އިންސާފުކޮށްފައި ވެއެވެ. ފުރަތަމަ ގައުމީ ފިލްމް އެވޯޑްގައި ދެވިފައިވާ ބައެއް އެވޯޑްތައް ތިރީގައި މިވަނީ އެވެ.

  • އެންމެ މޮޅު ފިލްމް : ދެރިޔާ - ޢަބްދުލް މުޙައިމިން
  • އެންމެ މޮޅު ދިވެހިވަންތަ ފިލްމް : ދޮންމަންމަ - ޓީވީއެމް
  • އެންމެ މޮޅު ޑައިރެކްޓަރު : މުޙައްމަދު ނިޔާޒް ޓެޑްރީ - ދެރިޔާ
  • އެންމެ މޮޅު އެކްޓަރ އިސްމާޢީލް ވަޖީހް - އިހްސާސް
  • އެންމެ މޮޅު އެކްޓްރެސް : ހައްވާ ޒާހިރާ - ދެރިޔާ
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : ރީކޯ މޫސާ މަނިކު - އިހްސާސް
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ޢައިޝަތު ޝިރާނީ - ކުލުނު
  • އެންމެ މޮޅު އެޑިޓިން : މުޙައްމަދު ނިޔާޒް ޓެޑްރީ - ދެރިޔާ
  • އެންމެ މޮޅު ސެޓިންގ : މުޙައްމަދު ނިޔާޒް ޓެޑްރީ އަދި އަބްދުލް މުޙައިމިން - ދެރިޔާ
  • އެންމެ ސިނަމަޓޮގްރަފީ : މުހަންމަދު މަނިކު އަދި ހަސަން ހަލީމް ކޮކޯ - ދެރިޔާ
  • އެންމެ ބެކްގްރައުންޑް މިޔުޒިކް : އަހުމަދު އައްފާލު އަދި އަހުމަދު އާމިރު - ދެރިޔާ
  • ޖަޖުންގެ ޚާއްސަ ވަނަ : ފާތިމަތު ރަޝްފާ - ދެރިޔާ އަދި ހާޖަރާ ޢަބުދުލް ކަރީމް - ދޮންމަންމަ
  • އެންމެ މޮޅު މޭކަޕް : ( ސްޕެޝަލް މޭކަޕް ) - މުޙައްމަދު ޙިލްމީ - އިހްސާސް
  • އެންމެ މޮޅު ސްޕެޝަލް އިފެކްޓްސް : ޙުސައިން ރަޝީދު - ކަރުނަ
  • އެންމެ މޮޅު ވާހަކަ : ޙުސައިން ރަޝީދު އަދި ޢަބްދުﷲ ރަޝީދު - ބޭވަފާ
  • އެންމެ މޮޅު ޑައިލޮގް : ފާތިމަތު ރަމީޒާ އަދި އަޙްމަދު ޝަރުމީލް - އުދާސް
  • އެންމެ މޮޅު ރާގު : ޢުމަރު ޒާހިރު - "އެ އުފާތަކާއި ރޭރޭ" - ކަރުނަ
  • އެންމެ މޮޅު މިއުޒިކް (އަމިއްލަ ރާގު ތެރެއިން) : ޑަޑްލީ ޖަނަވަރްދަނާ - "ހީވެޔޭ ކަލާ ފެނިފާ" - ޖަޒުބާތު
  • އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ : މުޙައްމަދު ހުޒާމް - "ލޯބި މަޤުބޫލު ނުވީ" - ޖަޒުބާތު
  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ : ފާޠިމަތު ރައޫފް - "ލޯބިން އުޖާލާ" - ދޮންމަންމަ
  • އެންމެ މޮޅު ޅެން - ޢަބްދުލް ޤާދިރު : "ވާނެ ކެއްސެއް ލޯބީގާ" - މާވަހަރުގެ ހަދިޔާ

ގައުމީ ފިލްމް އެވޯޑް 2

ގައުމީ ފިލްމް އެވޯޑް 2 ބާއްވާފައިވަނީ 1996 ވަނަ އަހަރު އެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި ތަފާތު 19 ކެޓަގަރީ އަކުން އެވޯޑް ދީފައި ވެއެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި 13 ފީޗަރ ފިލްމާއި، 3 ޑޮކިއުމެންޓްރީ ފިލްމް ބައިވެރި ކޮށްފައި ވެއެވެ. ފުރަތަމަ ފަހަރަށް ކޮޕީ ފިލްމަށް ވެސް އިންސާފު ކުރެވުނީ މިފިލްމް އެވޯޑް ގައެވެ.

  • އެންމެ މޮޅު ފިލްމު : ޙައްޤު - ޔޫސުފް ރަފީޢު
  • އެންމެ މޮޅު އެކްޓަރ : ރީކޯ މޫސާ މަނިކު - ޙައްޤު
  • އެންމެ މޮޅު އެކްޓްރެސް : މަރިޔަމް ނިޝާ - ޙައްޤު
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : ރޯނު ޙަސަންމަނިކު - ޙައްޤު
  • އެންމެ މޮޅު މޭކަޕް : އައިޝަތު އަލިމަނިކު - އެދުވަސް ހިނގައްޖެ
  • އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ : ޢުމަރު ޒާހިރު - "މޫނޭ ތިއީ ހިތް އެދޭ" - ޙައްޤު
  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ : ޝިފާ ތައުފީޤް

ގައުމީ ފިލްމް އެވޯޑް 3

ގައުމީ ފިލްމް އެވޯޑް 
ގައުމީ ފިލްމް އެވޯޑް 3ގެ އެންމެ މޮޅު ފިލްމް އަމާނާތް

ގައުމީ ފިލްމް އެވޯޑް 3 ބާއްވާފައި ވަނީ 2007 ވަނަ އަހަރު މާރޗް މަހުގެ ކުރީކޮޅު ގައެވެ. ގައުމީ ފިލްމް އެވޯޑް 3 ގައި ބައިވެރިކޮށްފައިވަނީ 1997 ން ފެށިގެން 2002 ގެ ނިޔަލަށް ނިކުމެފައިވާ ފިލްމް ތަކެވެ. ގައުމީ ފިލްމް އެވޯޑް 3 ގެ ބައެއް އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް

ޑޮކިއުމެންޓްރީ

  • އެންމެ މޮޅު ޑޮކިއުމެންޓްރީ - ކޮކޯޕާމް އެންޑް ސްޕާ- އިޓާނަލް ޕިކްޗާރސް
  • އެންމެ މޮޅު ޑައިރެކްޓަރ - ޑޮކިއުމެންޓްރީ - މުޙައްމަދު ނިޔާޒް ޓެޑްރީ - ކޮކޯޕާމް އެންޑް ސްޕާ- އިޓާނަލް ޕިކްޗާރސް
  • އެންމެ މޮޅު އެޑިޓިންގ - ޑޮކިއުމެންޓްރީ - މުޙައްމަދު ނިޔާޒް ޓެޑްރީ - ވެލިގަނޑު ރިސޯޓް - އިޓާނަލް ޕިކްޗާރސް
  • އެންމެ މޮޅު ކެމެރާ - މުހަންމަދު މަނިކު - ޅޮހިފުށި އައިލެންޑް ރިސޯޓް - އިޓާނަލް ޕިކްޗާރސް

ގައުމީ ފިލްމް އެވޯޑް 4

ގައުމީ ފިލްމް އެވޯޑް 4 ގައި ބައިވެރިކޮށްފައިވަނީ 2003-2005 އާއި ދެމެދުގައި ނިކުމެފައިވާ ފިލްމް ތަކެވެ. ޤައުމީ ފިލްމް އެވޯޑް 4ގެ އެވޯޑްސް ނައިޓް ބާއްވާފައިވަނީ 2007 ވަނަ އަހަރު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ. މިހަފްލާގައި ދެވިފައިވާ އެވޯޑް ތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް

ކުރު ފިލްމް

  • އެންމެ މޮޅު ކުރު ފިލްމް : ފަޅި ސިކުންތު
  • އެންމެ މޮޅު ޑައިރެކްޓަރ : ރަވީ ފާރޫޤް - ފަޅި ސިކުންތު 2
  • އެންމެ މޮޅު އެކްޓަރ : އަހުމަދު ޝާޒް - ފަޅިސިކުންތު 1

މިއުޒިކްގެ ބައި

  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ : ޝިފާ ތައުފީގް - ''އޮއްސިފާވާ އިރު އެރީއޭ" - އެދިއެދި ހޯދީމޭ
  • އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ : ޢަބުދުލް ހަންނާނު - ''އޮއްސިފާވާ އިރު އެރީއޭ" - އެދިއެދި ހޯދީމޭ
  • އެންމެ މޮޅު ލިރިކްސް : ކޮޕީ މުހައްމަދު ރަޝީދު - ''އޮއްސިފާވާ އިރު އެރީއޭ" - އެދިއެދި ހޯދީމޭ
  • އެންމެ މޮޅު އަމިއްލަ ރާގު: މުހައްމަދު އިކްރާމް - "ދާން ހިނގާ" - ދަރިންނަށްޓަކައި

ޑޮކިއުމެންޓްރީ

އެންމެ މޮޅު ނެރޭޓިވް ޑޮކިއުމެންޓްރީ : ކްއެސްޓް ފޮރ ބެޓަރ ލައިފް - ޓިވީއެމް

ގައުމީ ފިލްމް އެވޯޑް 5

ފައިލު:Wallpaper2-large.jpg
ގައުމީ ފިލްމް އެވޯޑް 5ގެ އެންމެ މޮޅު ފިލްމް ވާލޯބި އެނގޭނަމަ

ގައުމީ ފިލްމް އެވޯޑް 5 ބާއްވާފައިވަނީ 12 އެޕްރީލް 2008 ވީ ހޮނިހިރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައެވެ.ޤައުމީ ފިލްމް އެވޯޑް 5 އަމާޒު ކޮށްފައިވަނީ 2006-2007 ވަނަ އަހަރު ނިކުމެފައިވާ ފިލްމް ތަކަށެވެ. އެހެންކަމުން މިއެވޯޑްގައި ބައިވެރިކޮށްފައިވަނީ ހަމައެކަނި އެދެއަހަރުގެ ފިލްމް ތަކެވެ. ޤައުމީ ފިލްމް އެވޯޑް 5 ގައި ބައިވެރިކޮށްފައި ވަނީ 7 ފީޗަރ ފިލްމާއި، 25 ކުރު ފިލްމެވެ. ޑޮކިއުމެންޓްރީ ފިލްމްގެ ބައިގައި މިފަހަރު އެއްވެސް ފިލްމެއް ހުށަހަޅާފައެއްނުވެއެވެ. ޤައުމީ ފިލްމް އެވޯޑް 5 ގައި 26 އެވޯޑު ދިނެވެ. އެވޯޑު އާއި އެކު ޖުމްލަ 290,000 ރުފިޔާ ފައިސާގެ އިނާމު ދީފައިވެއެވެ.. މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން ދެއްވާ ހަނދާނީ ޓްރޮފީއާއި އިނާމް އެންމެ މޮޅު ފިލްމަށް ވަނީ ހަވާލުކުރެވިފައެވެ. ޤައުމީ ފިލްމް އެވޯޑް 5 ގެ އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް

ކުރު ފިލްމް

  • އެންމެ މޮޅު އެކްޓަރ : ޢަލީ ރިޔާޒު - ވަސްވާސް 2
  • އެންމެ މޮޅު އެކްޓްރެސް : ނިއުމާ މުޙައްމަދު - ފަހު ސަފްހާ
  • އެންމެ މޮޅު ޑައިރެކްޓަރ : ޔޫސުފް ޝަފީއު - އެދޮންވެލި ތުނޑި 1
  • އެންމެ މޮޅު ފިލްމް : އެދޮންވެލި ތުނޑި 1

ގައުމީ ފިލްމް އެވޯޑް 6

ގައުމީ 6 ވަނަ ފިލްމް އެވާޑް ދިނުމަށް ހަމަޖެހިފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ނެރެފައިވާ ފިލްމުތަކަށެވެ. މިއެވޯޑް ބާއްވައިފައިވަނީ 22 އޮކްޓޯބަރ 2015 ގައެވެ. މިއެވޯޑަށް ނުވަ ފީޗާ ފިލްމެއް އަދި ހަތް ޝޯޓް ފިލްމެއް ނޮމިނޭޓްވެފައިވާ ކަމަށެވެ. ފީޗާ ފިލްމުގެ ބައިން 23 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކުރު ފިލްމުގެ ބައިން ދީފައިވަނީ އެންމެ އެވާޑެކެވެ.

ނޮމިނޭޓްވެފައިވާ ފަރާތްތައް

އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު އަންހެން

  • އައިމިނަތު ރިޝްމީ - ފިލްމް ފަނާ
  • ޝީލާ ނަޖީބު - ފިލްމް ނިއުމާ
  • އައިމިނަތު ރަޝީދާ - ފިލްމް ނިއުމާ
  • އައިމިނަތު ސަމިއްޔާ - ފިލްމް ވީރާނާ
  • ޝީލާ ނަޖީބު - ފިލްމް ހެޔޮނުވާނެ

އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު ފިރިހެން

  • މުހައްމަދު މަނިކު - ފިލްމް ޒަލްޒަލާ އެނބުރިއައުން
  • އަބްދުﷲ މުއާޒް - ފިލްމް ނިއުމާ
  • އަލީ ސީޒަން - ފިލްމް ދިންވޭނުގެ ހިތާމާގައި
  • އަހުމަދު ނިމާލް - ފިލްމް ޔޫސުފް
  • އަހުމަދު ލއިސް އާސިފް - ފިލްމް ޔޫސުފް

އެންމެ މޮޅު އެކްޓަރު އަންހެން

  • ޝީލާ ނަޖީބު - ފިލްމް ޒަލްޒަލާ އެނބުރިއައުން
  • ނިއުމާ މުހައްމަދު - ފިލްމް ހިއްރޮއްވާނުލާ
  • ނިއުމާ މުހައްމަދު - ފިލްމް ނިއުމާ
  • ނިއުމާ މުހައްމަދު - ފިލްމް ޔޫސުފް
  • އައިމިނަތު ރަޝީދާ - ފިލްމް ފަނާ

އެންމެ މޮޅު އެކްޓަރު ފިރިހެން

  • އަހުމަދު ނިމާލް - ފިލްމް ނިއުމާ
  • ޔޫސުފް ޝަފީއު - ފިލްމް ވީރާނާ
  • ޔޫސުފް ޝަފީއު - ފިލްމް ޔޫސުފް
  • ޔޫސުފް ޝަފީއު - ފިލްމް ހެޕީ ބާތު ޑޭ
  • އަހުމަދު އަޒުމީލް - ފިލްމް ފަނާ

އެންމެ މޮޅު ޑައިރެކްޓަރު

  • ނިއުމާ މުހައްމަދު - ފިލްމް ނިއުމާ
  • އަހުމަދު ނިމާލް - ފިލްމް ޒަލްޒަލާ އެނބުރިއައުން
  • މުއުމިން ފުއާދު - ފިލްމް ހެޕީ ބާތު ޑޭ
  • ފާތިމަތު ނަހުލާ - ފިލްމް ޔޫސުފް
  • އައިމިނަތު ރިޝްމީ - ފިލްމް ފަނާ

އެންމެ މޮޅު ފިލްމް

  • ފިލްމް ނިއުމާ
  • ފިލްމް ހެޕީ ބާތު ޑޭ
  • ފިލްމް ވީރާނާ
  • ފިލްމް ޒަލްޒަލާ އެނބުރިއައުން
  • ފިލްމް ޔޫސުފް

ތަފާތު އެކި ވާހަކައިގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތަކެއް ނޮމިނޭޓްވެފައިވާ އިރު ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ އެވާޑުތައް ހާސިލް ކުރާނެ ފިލްމުތަކަކީ ކޮބާތޯ ބަލާލުމަށެވެ. މި ނިމިނޭޝަންސްގެ އިތުރުން ވެސް ފީޗާ ފިލްމުގެ ބައިން 23 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރު ފިލްމުގެ ބައިން ދެނީ އެންމެ އެވާޑެކެވެ. އެއީ އެންމެ މޮޅު ކުރުފިލްމުގެ އެވާޑެވެ.

އެންމެ ފަހުން ގައުމީ ފިލްމް އެވޯޑެއް ބާއްވާފައި ވަނީ 2007 ވަނަ އަހަރު އެވެ.

ގައުމީ ފިލްމް އެވޯޑް 7

ގައުމީ ފިލްމް އެވޯޑް 7 ބާއްވައިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. މިއަހަރުގެ އެވޯޑް ބާއްވާފައިވަނީ 2011-2013 ވަނަ އަހަރު ރިލީޒްކުރި ފިލްމްތަކަށެވެ. ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް 11 ފީޗާ ފިލްމާއި ހަ ކުރު ފިލްމު ވާދަކޮށްފައި ވެއެވެ

7ވަަނަ ގައުމީ ފިލްމް އެވޯޑަށް ވާދަކުރާ ފީޗާ ފިލްމްތައް:

1. އިނގިލި (2013): މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށް 2014 ގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަކޮށް ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ. "އިނގިލި" ގެ ތަރިންނަނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި މުއާ އެވެ.

2. ސަޒާ (2011): މިއީ މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ނިއުމާ މުހައްމަދު، ކޮޕީ އިއްސެ އަދި ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ.

3. މި ހަށިން ފުރާނަ ދަންދެން (2013): މިއީ ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓް ކުރި ފިލްމެކެވެ. ތަރިންނަކީ ނިއުމާ، އަލީ ސީޒަން އަދި މުހައްމަދު މަނިކެވެ.

4. ދިލަކަނި (2013): މިއީ އަނެއްކާ ވެސް މަހުދީގެ ސްކްރީންޕްލޭއަކަށް ކުޑަފޫޅު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ތަރިންގެ ތެރޭގައި ނިއުމާ، ކޮޕީ އިއްސެ، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކު އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.

5. ފަތިސްހަނދުވަރުގެ ފެށުން ތްރީޑީ (2013): މިއީ ދިވެހި ސިނަމާގެ ފުރަތަމަ ތްރީޑީ ފިލްމެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެދިސް ދިން މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފަތުމަތު ފަރީލާ އެވެ.

6. ލަވް ސްޓޯރީ (2013): މިއީ އަނެއްކާ ބިންމާގެ ވާހަކައަކަށް އަބްދުލް ފައްތާހް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ސީޒަން، ރިޝްމީ ރަމީޒް އަދި އާމިރާ އިސްމާއީލެވެ.

7. އިންސާފު (2011): މިއީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް، އެކްޓްވެސް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ފާހަގަކޮށްލެވެ އެވެ.

8. ޒަހަރު (2011): މި ފިލްމަކީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ފޭޓަލް އެޓްރެކްޝަން" އަސްލަކަށް ބަލައިގެން ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ސީޒަން، ނިއުމާ އަދި ޝީލާ ނަޖީބެވެ.

9. ލޫދިފާ (2011): މިއީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ތަރިންގެ ތެރޭގައި ރަވީ، ކޮޕީ އިއްސެ، މަރިޔަމް އަފީފާ، އަހުމަދު އާސިމް އަދި ފާތުމަތު އާޒިފާ (އަޒޫ) ހިމެނެ އެވެ.

10. ހިތް ޔާރާ ދީފާ (2011): މިއީ ރިޝްމީ ރަމީޒާއި އަހުމަދު އަޒްމީލް (އަޒޭ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ރިޝްމީ، އަޒޭ، ނިއުމާ އަދި ސީޒަން ހިމެނެ އެވެ.

11. ކުށްވެރިޔަކީ ކާކުހޭ (2011): މިއީ މަޝްހޫރު މޭކަޕް އާޓިސްޓް ފީރޯޒް އައިސްތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ތަރިންނަކީ ރިޝްމީ، އަޒޭ އަދި އަހުމަދު ޝާހް އަލީ އެވެ.

އެވޯޑަށް ވާދަކުރާ ކުރު ފިލްމްތައް:

މި ފަހަރުގެ އެވޯޑަށް ވާދަކުރަނީ ޖުމްލަ ހަ ކުރު ފިލްމެވެ. އޭގެ ތެރެއިން ފަސް ފިލްމަކީ މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ފިލްމުތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ "13 އަށް ވިސްނާ 2000 (2012)، ސިޔާސީ ކޯޅުން (2013) ސިޔާސީ ވެކްސިން (2011)، "ފަރިހިބެ 3 (2011) އަދި "ފަރިހިބެ 4 (2013) އެވެ.

މި ކެޓަގަރީން ދެން އެވޯޑަށް ވާދަ ކުރަނީ ޑާކް ރެއިނަށް 2012 ގައި ޗިއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ވޫޑޫ" އެވެ.

ޤައުމީ ފިލްމް އެވޯޑް 7 ގެ އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް

  • އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: -ލޫދިފާ(ފިލްމް)
  • އެންމެ މޮޅު ސިނެމަޓޮގްރަފީ : ހުސައިން މުނައްވަރު (ސަޒާ)
  • އެންމެ މޮޅު އެޑިޓިންގ : އަލީ މުސްތޮފާ (ސަޒާ)
  • އެންމެ މޮޅު ސްކޯރ : މުހައްމަދު އިކްރާމް (ސަޒާ)
  • އެންމެ މޮޅު އޯޑިއޮގްރަފީ:
  • އެންމެ މޮޅު ވިޝުއަލް އިފެކްޓްސް : އަހުމަދު ޝިނާން - ފަތިސްހަނދުވަރުގެ ފެށުން
  • އެންމެ މޮޅު މޭކަޕް : ހަސަން އާދަމް (މޭކަޕް ހަސަން) - ފަތިސްހަނދުވަރުގެ ފެށުން
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : -ލޫދިފާ(ފިލްމް)
  • އެންމެ މޮޅު އާޓް ޑައިރެކްޝަން: -ލޫދިފާ(ފިލްމް)
  • އެންމެ މޮޅު ޑައިރެކްޓަރ : މޫމިން ފުއާދު -ލޫދިފާ(ފިލްމް)
  • އެންމެ މޮޅު ކޮރިއޮގްރަފީ : ރަވީ ފާރޫގް (މި ހަށިން ފުރާނަދަންދެން)
  • އެންމެ މޮޅު ސައުންޑް މިކްސިންގ : އަލީ ޝިފާއު - ފަތިސްހަނދުވަރުގެ ފެށުން
  • އެންމެ މޮޅު ސައުންޑް އެޑިޓިންގ : އަލީ ޝިފާއު - ފަތިސްހަނދުވަރުގެ ފެށުން
  • އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ : ޝިފާ ތައުފީގް - ފަތިސްހަނދުވަރުގެ ފެށުން
  • އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ : މުހައްމަދު އަބްދުލް ޢަނީ (ހިތް ޔާރާ ދީފާ)
  • އެންމެ މޮޅު އަމިއްލަ ރާގު (އޮރިޖިނަލް ސޯންގ) : މުހައްމަދު ފުއާދު (ފޯޑް)--ލޫދިފާ(ފިލްމް)
  • އެންމެ މޮޅު ލިރިކްސް (ޅެން) : މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)
  • އެންމެ މޮޅު ފިލްމް  : ލޫދިފާ(ފިލްމް)

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޜް ދީފައި ވަނީ މިހާތަނަށް 49 ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އަމްޖަދު އިބްރާހީމް (އަމްޖޭ) އަށެވެ.

ގައުމީ ފިލްމް އެވޯޑް 8

ގައުމީ ފިލްމް އެވޯޑް 8 ބާއްވައިފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ 19 ވަނަ ދުވަހުގެ ރޭގައެވެ. މިއަހަރުގެ އެވޯޑް ބާއްވާފައިވަނީ 2014-2016 ވަނަ އަހަރު ރިލީޒްކުރި ފިލްމްތަކަށެވެ. 8 ވަނަ ދިވެހި ފިލްމީ އެވޯޑަށް މި ފަހަރު ވާދަ ކުރާ ފީޗާ ފިލްމްތަކަކީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކެވެ. ކުރު ފިލްމް ކެޓަގަރީ އަށް ވާދަ ކުރަނީ 2011-2013 އަށް ރިލީޒް ކުރި ފިލްމްތަކެވެ..އެގޮތުން 9 ވަނަ ގައުމީ ފިލްމް އެވޯޑްސް ނުވަތަ 9 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފީޗަރ ފިލްމް ކެޓަގަރީން ޖުމުލަ 10ފިލްމް އަދި ކުރު ފިލްމް ކެޓަގަރީން 7 ފިލްމް ބައިވެރިކޮށްފައި ވެއެވެ. ދިވެހި ފިލްމް އެވޯޑްސް 8 ގައި ވާދަކުރި ފީޗާ ފިލްމްތަކަކީ 2014 ގައި ރިލީޒް ކުރި ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ އަދި ރާނީގެ އިތުރުން 2015 ގައި ރިލީޒްވި ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން އަދި އަހްޝަމް އެވެ.

ޤައުމީ ފިލްމް އެވޯޑް 8 ގެ އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް

  • އެންމެ މޮޅު އެކްޓަރ : ޖުމައްޔިލް ނިމާލް - ވާށޭ މަށާއެކީ
  • އެންމެ މޮޅު އެކްޓްރެސް : މަރިޔަމް މަދުޖާ (މަޖޫ) - ވާށޭ މަށާއެކީ
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : އަހުމަދު ސައީދު (އަހްޝަމް)
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ޒީނަތު އައްބާސް (އަހްޝަމް)
  • އެންމެ މޮޅު ޗައިލްޑް އާޓިސްޓް:
  • އެންމެ މޮޅު ވާހަކަ:
  • އެންމެ މޮޅު އާބަތަލާ : މަރިޔަމް މަދުޖާ (މަޖޫ) - ހުޅުދާން
  • އެންމެ މޮޅު އާ ބަތަލު : ޖުމައްޔިލް ނިމާލް އަނިޔާ
  • އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: އައިޝަތު ފުއާދު ތައުފީގް - ހުޅުދާން
  • އެންމެ މޮޅު ސިނެމަޓޮގްރަފީ : ޝިވާޒް އަބްދުﷲ (އަހްޝަމް)
  • އެންމެ މޮޅު އެޑިޓިންގ : އަލީ ޝިފާއު (ޗިއްޕެ) - ވާށޭ މަށާއެކީ
  • އެންމެ މޮޅު ސްކޯރ  : އިކްރާމް (އެންމެ ފަހު ވިންދާ ޖެހެންދެން)
  • އެންމެ މޮޅު ސައުންޑް އެޑިޓިންގ: އިކްރާމް (މިކޮއެ ބައްޕަ ބައޭބައޭ)
  • އެންމެ މޮޅު އޯޑިއޮގްރަފީ: މުހައްމަދު އިކްރާމް ވާށޭ މަށާއެކީ
  • އެންމެ މޮޅު ވިޝުއަލް އިފެކްޓްސް : އަހުމަދު ޝިނާން (4426)
  • އެންމެ މޮޅު މޭކަޕް : މަރިޔަމް މަދުޖާ (މަޖޫ) - ހުޅުދާން
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : މަރިޔަމް މަދުޖާ (މަޖޫ) - ވާށޭ މަށާއެކީ
  • އެންމެ މޮޅު އާޓް ޑައިރެކްޝަން: މުހައްމަދު އަލީ (މޮގާ) ، އަލީ ޝިފާއު (ޗިއްޕެ) - ވާށޭ މަށާއެކީ
  • އެންމެ މޮޅު ޑައިރެކްޓަރ : އަލީ ޝިފާއު (ޗިއްޕެ) - ވާށޭ މަށާއެކީ
  • އެންމެ މޮޅު ކޮރިއޮގްރަފީ : މަރިޔަމް މަދުޖާ (މަޖޫ) - ވާށޭ މަށާއެކީ
  • އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ : އުނޫޝާ (ފޯއެވާ އިން ލަވް/24 ގަޑިއިރު)
  • އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ : ތަކުރަށް ބަހެއް - ފްލޫ ނާޝިދު ހުޅުދާން
  • އެންމެ މޮޅު އަމިއްލަ ރާގު : ފޯއެވާ އިން ލަވް (24 ގަޑިއިރު)
  • އެންމެ މޮޅު ލިރިކްސް : ތަކުރަށް ބަހެއް - ހުޅުދާން
  • އެންމެ މޮޅު ފިލްމް  : ވާށޭ މަށާއެކީ

ކުރު ފިލްމް ކެޓަގަރީ އަށް ބަލާ އިރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ ޑާކް ރެއިންގެ "ވޫޑޫ" އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އެ ފިލްމްގެ ޑައިރެކްޓަރު ޗިއްޕެ އެވެ. އެންމެ މޮޅު އެކްޓަރުގެ މަގާމު ޑާކްރެއިންގެ "ކަޝްފް" އިން އިބްރާހީމް ޖިހާދު (ޖިމީ) އަށް ލިބުނުއިރު އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ "ފަރިހިބެ 3" އިން ފާތުމަތު އާޒިފާ (އަޒޫ) އެވެ. އެންމެ މޮޅު ސަޕޯޓިން ބަތަލާއަކަށް ވެސް ހޮވުނީ އޭނަ އެވެ.

އެންމެ މޮޅު ސަޕޯޓިން ބަތަލަކަށް ހޮވުނީ "ވޫޑޫ" އިން އަހުމަދު ނަޝްހަތު އެވެ.

ކުރު ފިލްމް ކެޓަގަރީން އެންމެ މޮޅު ކެމެރާ އަދި އެޑިޓިންއަކަށް ވެސް ހޮވުނީ "ވޫޑޫ" އިން ޗިއްޕެ އެވެ.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ވަނީ ފިލްމީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ދެ ބޭފުޅަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދީފަ އެވެ. އެއީ "ނުފޮޅޭމާ" އާއި "އިންތިހާން" ފަދަ ފިލްމްގައް ގެނެސް ދެއްވި މުހައްމަދު މުސްތޮފާ ހުސައިނާއި ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ފަތިސްހަނދުވަރު" އާ އެކު ޖުމްލަ 26 ފިލްމް ގެނެސް ދެއްވި ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދެވެ.

ގައުމީ ފިލްމް އެވޯޑް 9

ގައުމީ ފިލްމް އެވޯޑް 9 ބާއްވައިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުގެ ރޭގައެވެ. 8 ވަނަ ދިވެހި ފިލްމީ އެވޯޑަށް ވާދަ ކުރާ ފީޗާ ފިލްމްތަކަކީ 2017-2018 އަށް ރިލީޒް ކުރި ފިލްމްތަކެވެ. . އެގޮތުން 9 ވަނަ ގައުމީ ފިލްމް އެވޯޑްސް ނުވަތަ 9 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފީޗަރ ފިލްމް ކެޓަގަރީން ޖުމުލަ 12 ފިލްމް ބައިވެރިކޮށްފައި ވެއެވެ. ޤައުމީ ފިލްމް އެވޯޑް 9 ގެ އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް

  • އެންމެ މޮޅު އެކްޓަރ : ޔޫސުފް ޝަފީޢު - ދެވަންސޫރަ(ފިލްމް)
  • އެންމެ މޮޅު އެކްޓްރެސް : ޢައިޝަތު ރިޝްމީ - ވިޝްކާ(ފިްލްމް)
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : ޢަލީ އާޒިމް - ހައްދު(ފިލްމް)
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ޚަދީޖާ އިބްރާހީމް - ވަކިން ލޯބިން (ފިލްމް)
  • ޖޫރީ ސްޕެޝަލް ޕްރައިޒް އެވޯޑް: މަރިޔަމް ޔާލާ ޝިފާއު - ވަކިން ލޯބިން (ފިލްމް)
  • އެންމެ މޮޅު ވާހަކަ: -

ޖޫރީ ސްޕެޝަލް ޕްރައިޒް އެވޯޑް: ޢަލީ އާޒިމް - ހައްދު(ފިލްމް) - - ދެވަންސޫރަ(ފިލްމް) - - މަލިކާ(ފިލްމް)

  • އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: ޔޫސުފް ޝަފީޢު - ދެވަންސޫރަ(ފިލްމް)
  • އެންމެ މޮޅު ސިނެމަޓޮގްރަފީ : އަހުމަދު ޝާމިން ނިޒާމް - މަދޮށިޕް ސްޓޫޑިއޯ - ވިޝްކާ(ފިްލްމް)
  • އެންމެ މޮޅު އެޑިޓިންގ : ޔޫސުފް ޝަފީޢު - ދެވަންސޫރަ(ފިލްމް)
  • އެންމެ މޮޅު ސްކޯރ : އިލް ނޮއިސް (އިސްމާއީލް އަދީލް)
  • އެންމެ މޮޅު އޯޑިއޮގްރަފީ / ސައުންޑް ޑިޒައިން: މުހައްމަދު އިކްރާމް - ވިޝްކާ(ފިްލްމް)
  • އެންމެ މޮޅު ވިޝުއަލް އިފެކްޓްސް : -
  • އެންމެ މޮޅު މޭކަޕް : -
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : ނޫރާ/ ރިއްފަތު/ވިޝާމް - ވިޝްކާ(ފިްލްމް)
  • އެންމެ މޮޅު އާޓް ޑައިރެކްޝަން: އަހުމަދު މުހައްމަދު އިމާދު - ވިޝްކާ(ފިްލްމް)
  • އެންމެ މޮޅު ޑައިރެކްޓަރ : ޔޫސުފް ޝަފީޢު - ދެވަންސޫރަ(ފިލްމް)
  • އެންމެ މޮޅު ކޮރިއޮގްރަފީ : -
  • އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ : މަރިޔަމް ރިފްގާ - ވިޝްކާ(ފިްލްމް)
  • އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ : އަހުމަދު ނަބީލް މުހައްމަދު ބޮސް (ފިލްމް)
  • އެންމެ މޮޅު އަމިއްލަ ރާގު އޮރިޖިނަލް ލަވަ: ހިތް އަވަސް (ބޮސް-ފަތުހުﷲ އަބްދުލް ފައްތާހް)
  • އެންމެ މޮޅު ލިރިކްސް : ހިތް އަވަސް (ބޮސް)
  • އެންމެ މޮޅު ފިލްމް  : ވިޝްކާ(ފިްލްމް)

އަދިވެސް ބައްލަވާ ލައްވާ

އިތުރު ފާލަންތައް

https://web.archive.org/web/20180331061412/https://mihaaru.com/entertainment/10616

Tags:

ގައުމީ ފިލްމް އެވޯޑް ފިލްމް އެވޯޑްގެ ތާރީޚްގައުމީ ފިލްމް އެވޯޑް އެވޯޑުން ރަމްޒުކޮށްދޭ މާނަތައްގައުމީ ފިލްމް އެވޯޑް 1ގައުމީ ފިލްމް އެވޯޑް 2ގައުމީ ފިލްމް އެވޯޑް 3ގައުމީ ފިލްމް އެވޯޑް 4ގައުމީ ފިލްމް އެވޯޑް 5ގައުމީ ފިލްމް އެވޯޑް 6ގައުމީ ފިލްމް އެވޯޑް ނޮމިނޭޓްވެފައިވާ ފަރާތްތައްގައުމީ ފިލްމް އެވޯޑް 7ގައުމީ ފިލްމް އެވޯޑް 8ގައުމީ ފިލްމް އެވޯޑް 9ގައުމީ ފިލްމް އެވޯޑް އަދިވެސް ބައްލަވާ ލައްވާގައުމީ ފިލްމް އެވޯޑް އިތުރު ފާލަންތައްގައުމީ ފިލްމް އެވޯޑް

🔥 Trending searches on Wiki ދިވެހިބަސް:

ޗިސްމޭ ޖޫސްސުއޯމީއިބްރާހީމް މުޙައްމަދު ޞާލިޙްމައުމޫނު ޢަބްދުލް ޤައްޔޫމްތަލަކަޅު ބިބީއާމިނަތު ފާއިޒާފަތްތޫރަފެމުނު މިޔަރުނާރުތަކުގެ ނިޒާމްޖަޕާނުކޮލެރާMoroccoއިބްރާހީމް ދޮށިމޭނާ ކިލެގެފާނުއޮނުގަނޑުތޮޅި އާއިލާ (މަސް)ކުޅަނދިލިޖޫން 13ބެލްޖިއަމްޖޯޖް ވޯކަރ ބުޝްލޮސްޓް (ޓީވީ ސިލްސިލާ)ޢަބުދުﷲ ޞާދިޤްދަތްޓްރައި އަޔޯޑޯ ތައިރޮނީންމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުއަކަމިންކޮންފޫޝާފެބްރުއަރީ 28ޖޯޖް ހާރބަޓް ވޯކަރ ބުޝްމުލި (މ. އަތޮޅު)މާރޗް 6މާރޗް 26މިލަޓޯނިން2029މޮންގޯލިއާއެޕްރީލް 28ތައްމަސްTāna Supportއެލްބްރިޖް ގެރީAlgeriaއިސާކް ނިއުޓަން2002ކަޒަކިސްތާންބްރަސީލިއާއިޖެކިއުލޭޓަރީ ޑަކްޓްމެސޮޕޮޓޭމިއާބެންގާލީބޮބިފަޅި ކަށިގަނޑުކަނާތު އެޓްރީއަމްކޮތަނބިރިކުކް ޖަޒީރާ🡆 More