ރިޕަބްލިކް އޮފް ގިނީ އަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Guinea République de Guinée | ||||
---|---|---|---|---|
| ||||
Motto: "Travail, Justice, Solidarité" (French) "Work, Justice, Solidarity" | ||||
Anthem: Liberté (French) "Freedom" | ||||
Capital and largest city | Conakry 9°31′N 13°42′W / 9.517°N 13.700°W | |||
Official languages | French | |||
Vernacular languages | Pular, Mandinka and Susu | |||
Demonym | Guinean | |||
Government | Military junta | |||
- | Acting President | Mamadi Doumbouya | ||
- | Prime Minister | Amadou Oury Bah | ||
Independence | ||||
- | from France¹ | October 2, 1958 | ||
Area | ||||
- | Total | 245,857 km2 (78th) 94,926 sq mi | ||
- | Water (%) | negligible | ||
Population | ||||
- | July 2009 estimate | 10,057,975 (81st) | ||
- | 1996 census | 7,156,406 | ||
- | Density | 40.9/km2 106.1/sq mi | ||
GDP (PPP) | 2008 estimate | |||
- | Total | $10.422 billion | ||
- | Per capita | $1,014 | ||
GDP (nominal) | 2008 estimate | |||
- | Total | $4.517 billion | ||
- | Per capita | $439 | ||
Gini (1994) | 40.3 medium | |||
HDI (2007) | 0.456 Error: Invalid HDI value · 160th | |||
ކަރަންސީ | Guinean franc (GNF) | |||
Time zone | (UTC+0) | |||
ޑްރައިވްސް | right | |||
Calling code | 224 | |||
އިންޓަރނެޓް ޓީއެލްޑީ | .gn |
ގިނީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގީނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޮނަކްރީއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމުގައި މި ވަގުތު ހިނގަމުންދަނީ މިލިޓަރީ ޖަންތާ ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 81 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.24 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gn. އެވެ. ކޯލިން ކޯޑަކީ +224 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގީނިއަން ފްރޭންކެވެ.
ރިޕަބްލިކް އޮފް ގިނީއަށް ކުރީން ކިޔަނީ ފަރަންސޭސި ގިނީއެވެ. މިހާރު ބައެއް ފަހަރު މި ޤައުމަށް ގިނީ-ކޮނަކްރީއޭ ވެސް ކިޔައެވެ. އެއީ އަވަށްޓެރި ގިނީ ބިސާއުއާ ނަމުގެ ގޮތުން ފަރަގު ކުރުމުގެ ގޮތުންނެވެ.
ގިިނީ ނުވަތަ ގިނީ-ކޮނަކްރީގެ އުތުރުގައި ވަނީ ގިނީ-ބިސާއު އާއި ސެނެގާލާއި މާލީއެވެ. ދެކުނުގައި ވަނީ ސިއެރަލިޔޯން އާއި ލައިބީރިޔާ އާއި އައިވަރީ ކޯސްޓެވެ. ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑެވެ.
ފަރަންސޭސި ވިލާތުން 1890 ވަނަ އަހަރު ގިނީ އިސްތިޢުމާރުކޮށްފުމާ ހަމަޔަށް ގިނީ އޮތީ ސިލްސިލާ ވެރިކަމެއް ހިނގަމުން އައި ތަނެއްގެ ގޮތުގައެވެ. ފަރަންސޭސިވިލާތުން ގިނީ ހިމަނާފައި އޮތީ ފްރެންޗް ވެސްޓް އެފްރިކާގެ ބައެއްގެ ގޮތުގައެވެ. ގިނީއަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 2 އޮކްޓޯބަރު 1958 ގައެވެ. ގިނީއަށް މިނިވަންކަން ލިބުނީއްސުރެ، ޚުދުމުޚްތާރު ވެރިން ވެރިކަން ކުރަމުން ގެންދިއުމުގެ ސަބަބުން ގިނީ ވެފައިވަނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށެވެ. ގިނީގެ މިނިވަންކަމަށް ފަހު އެ ޤައުމުގެ ރައީސްކަމުގެ މަޤާމަށް އިސްވެ ވަޑައިގަތް އަޙްމަދު ސޭކޯ ތޯރޭ ވަނީ ގަދަ ބާރުން އެ ޤައުމުގެ ވެރިކަމުގައި 1984 ވަނަ އަހަރާ ހަމަޔަށް ހުންނަވާފައެވެ. ދެން ގެނެވުނު އިންޤިލާބަކަށް ފަހު ވެރިކަމަށް ވަޑައިގަތީ ލަންސާނާ ކޮންތޭއެވެ. ލަންސާނާ ކޮންތޭ ވަނީ 2008 ވަނަ އަހަރާ ހަމަޔަށް ވެރިކަމުގައި ހުންނަވާފައެވެ. ޑިސެންބަރު 23، 2008 މޫސާ ދާދިސް ކަމާރާ ވަނީ ޖަންތާގެ ވެރިއެއްގެ ގޮތުން ގިނީގެ ވެރިކަމަށް ވެރިވެގަނެފައެވެ. ސެޕްޓެންބަރު 28، 2009 ގައި ޢަސްކަރީ ޖަންތާއިން ވަނީ ކަމާރާ، އެ ޤައުމުގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އަޅާ ބަޔަކު އުޅޭ ނަމަ އެ ބަޔަކަށް ޙަމަލާ ދިނުމަށް ޖަންތާގެ ސިފައިންނަށް އަންގާފައެވެ. މި އެންގުމުގެ ނަތީޖާއެއްގެ ގޮތުން ސިފައިންވަނީ ރޭޕްކުރުމާއި މީހުން މެރުން ފަދަ އެތައް ޙަރަކާތެއް ހިންގާފައެވެ. ޑިސެންބަރު 3، 2009 ގައި ކަމާރާގެ ގަޔަށް ވަނީ ބަޑި ޖަހާފައެވެ. ފަރުވާ ހޯދުމުގެ ގޮތުން އޭނާ ގެންދެވުނީ މަޣުރިބަށެވެ. މިހާރު ސަރުކާރު ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުރި ޖީން-މާރީ ޑޯރޭއެވެ. އެ މަޤާމަށް އޭނާ އިސްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. ޖީން-މާރީ ޑޯރޭ އިސްކޮށްފައިވަނީ ހަ މަސް ދުވަހުގެ އިންތިޤާލީ ދައުރަކަށެވެ. މި ހަ މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގައި އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
ގިނީއަކީ ސައުވީސް ވަރަކަށް ނަސްލުގެ މީހުންގެ ގޮވައްޗެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފުލާ، މަންދިކާ އަދި ސުސޫ ނަސްލުގެ މީހުންނެވެ. އެފްރިކާއަށް ނިސްބަތް ނުވާ 10000 އެއްހައި މީހުން ގިނީގެ ރައްޔިތުންގެ ގޮތުގައި އެބަތިއްބެވެ. އެއީ ލުބުނާނީންނާއި، ފަރަންސޭސީންގެ އިތުރުން ޔޫރަޕުގެ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގިނީގައި ވެސް މިއުޒިކުގެ ވަރަށް މުއްސަނދި ސަގާފަތެއް އޮވެއެވެ.
ގިނީއަކީ ޤުދުރަތީ ވަސީލަތްތަކުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ޤައުމެކެވެ. މީގެ ތެރޭގައި ދުނިޔޭގައި މި ވަގުތު ހުރި ބޮކްސައިޓްގެ 25% ރިޒަރވް ހުރީ މި ޤައުމުގައެވެ. ޖަވާހިރާއި ރަނާއި ރިހި ވެސް މި ޤައުމުގައި އެބަހުށްޓެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1014 ޑޮލަރެވެ.
This article uses material from the Wikipedia ދިވެހިބަސް article ގީނިއާ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.