މިސަފްހާގައި އެކުލެވިގެންވާނީ ކޮންމެ މަހަކު މައި ސަފްހާގައި އެކުލެވިފައިވާ ދެނެވަޑައިގަންނަވަމުތޯ؟؟ ބައިގައި އަޅުގަނޑުމެން ހިމަނާފައިވާ މައުލޫމާތެވެ.
ވިދާޅުވެލައްވާށެވެ!
ފޮޓޯ އިން ތިޔަ ފެންނަނީ އެންމެ ފުރަތަމަ ކްލޯން ކުރެވުނު ޖަނަވާރު ޑޮލީ އެވެ. ޑޮލީގެ އުމުރުން އެންމެ ހަ އަހަރުގައި އެސޮރުވަނީ އިންޖެކްޝަން ޖަހައިގެން ވަނީ މަރާލައިފައެވެ. އެއީ ވަރަށް ބޮޑަށް ބަލިވެ، ގަދަ ވޭނުގައި އެސޮރު އުޅެން ފެށުމުންނެވެ. ޑޮލީ އަށް ވަނީ ފުއްޕާމޭގެ ކެންސަރާއި ހުޅުހުޅުގައި ރިހުމުގެ ބަލި ކަމަށްވާ "އާތުރައިޓިސް" ޖެހިފައެވެ. ޑޮލީ އަކީ ކާމިޔާބު ކަމާއި އެކީ ކޮލޯން ކުރެވުނު ފުރަތަމަ ޖަނަވާރުކަމުން އެސޮރު ވެގެންދިޔައީ ދުނިޔޭގައި އުޅުނު އެންމެ މަޝްހޫރު ކަންބަޅިޔަށެވެ. މަރުވުމަށްފަހުގައިވެސް އެސޮރުގެ ފުރާނަ ނެތް މަސްގަނޑު ތަހުލީލުކުރުމަށްފަހު ސްކޮޓްލޭންޑްގެ ނެޝަނަލް މިޔުޒިޔަމް އަށް އެސޮރު ހަދިޔާ ކުރާގޮތަށް ހަމަޖެހުނެވެ.
ލޭގެ ރަތް ސެލް އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލްގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. މިވައްތަރުގެ ސެލްތައް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އަދި އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. މިސެލް ތަކަށް އިރިތްރަސައިޓްއޭ ވެސް ކިޔައެވެ.ލޭގައި އެންމެ ގިނައަދަދަކަށް ހިމެނެނީ ރަތްކުލައިގެ ސެލްތަކެވެ. ލޭ ރަތްކުލައިގައި ހުރުމުގެ އަސްލަކީ މިއީއެވެ. ލޭ ތަތްކޮށް ނޫނީ އޮލަކޮށްހުރުން މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ލޭގެ ރަތް ސެލްތައް ލޭގައި އެކުލެވިގެންވާ މިންވަރެއްގެ މައްޗަށެވެ. ލޭގެ ރަތް ސެލް ތަކުގެ މައިގަނޑު މަސައްކަތަކީ ފުއްޕާމޭއިން އޮކްސިޖަން ހަށިގަނޑުގައިވާ އެކިބާވަތްބާވަތުގެ ސެލްތަކަށް ފޯރުކޮށްދިނުމެވެ. އަދި ހަމަމިހެން ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކުރުމުގައި ވެސް ލޭގެ ރަތް ސެލްތައް ބައިވެރިވެއެވެ.
މަދިރިއަކީ، ރާއްޖޭގައި ވަރަށް ޢާންމު ސޫތްޕެކެވެ. ތަފާތު ބަލިތައް ފަތުރާ ސޫތްޕެކެވެ. އެހެންކަމުން، ނުރައްކާތެރި އެތައް ބަލިތަކެއް ފަތުރާ މި ސޫތްޕާބެހޭގޮތުން މަޢުލޫމާތުކޮޅެއް ޙިއްޞާ ކޮއްލާނަމެވެ. ޑެންގީ ހުންފައިފަލަ ބަލި، މެލޭރިޔާއާއި ރީނދޫ ހުން, ރިފްޓް ވެލީ ހުން ފަދަ ބަލިތަކަކީ މަދިރީގެ ސަބަބުން ޖެހޭ ބައެއް ބަލިތަކެވެ. ބަލިބައްޔަށް ފަރުވާކުރުމުގެ ވަޞީލަތްތައް އަޅުގަނޑުމެންނަށް ލިބިފައިވާތީ، މަދިރިއަކީ ހަމައެކަނި ތުރާއެއްކަމަށްވިޔަސް، ފަރުވާކުރެވެން ނުހުންނަ ތަންތަނުގައި މަދިރިއަކީ، ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި އެއްޗެކެވެ. މަދިރީގެތެރޭން، ލޭ ބޮނީ ހަމައެކަނި އަންހެން މަދިރިއެވެ. އެއީ، ބިހަށް ބޭނުންވާ ކާނާ ހޯދުމަށްޓަކައެވެ. ފިރިހެން މަދިރި ލޭ ނުބޮއިކަމަށްވިޔަސް، ކާނާ ހޯދަނީ، މާމަލުގެ ކަރުގަނޑުން (މަލުގެ ފޮނިކޮޅު ބޮއެގެން) ނެވެ.
ދުނިޔެ އޭގެ ނާރެސްމަތީގައި ފުރިހަމަ ބުރެއް ޖެހުމަށް ނަގަނި އެއް ދުވަހެވެ. އަދި އިރުގެ ވަށައިގެން ދުނިޔެ ބުރެއް ފުރިހަމަ ކުރަނީ އަހަރު ދުވަހުންނެވެ. ނަމަވެސް މިކަންކަން ހިނގާ ވަގުތުތައް ހީކުރާހައި ބަރާބަރެއް ނޫނެވެ. އެހެންކަމުން ކަލަންޑަރު އަހަރަކި 365 ދުވަހާއި 5 ގަޑިއިރާއި 48 މިނިޓު އަދި 45 ސިކުންތެވެ. މި އިތުރުވާ ގަޑިއާއި ސިކުންތު ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އިތުރު ދުވަހެއްގެ ގޮތުގައި، ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ގޮތުގައި، ގުނަނީ އެވެ. މިހެން ދިމާވާ އަހަރަށް ކިޔަނީ ލީޕް އަހަރެވެ. އެހެންކަމުން ކޮންމެ 4 އަހަރުން 1 އަހަރަކީ ލީޕް އަހަރެކެވެ.
2012 ވަނަ އަހަރަކީ ވެސް ލީޕް އަހަރެކެވެ. ހަމަ މިފަދައިން 2008، 2004 އަދި 2000 ވަނަ އަހަރަކީ ވެސް ލީޕް އަހަރެވެ.
ޗައިނާ މީހުންގެ ކަލަންޑަރުގައި ކޮންމެ 3 އަހަރަކުން އެއް އަހަރު ލީޕް މަހެއް އޮވެއެވެ. އެ މަހަށް ދޭ ނަމަކީ އޭގެ ކުރީ މަހުގެ ނަމެވެ. ޔަހޫދީންގެ ކަލަންޑަރުގައި ކޮންމެ 19 އަހަރުގެ ބުރެއްގައި 7 ލީޕް އަހަރު އޮވެއެވެ.
މީލާދީ ކަލަންޑަރުގެ ލީޕް ދުވަހު އުފަންވުމުގެ ފުރުސަތު ކަމަށް ބަލަނީ ކޮންމެ މިލިއަނަކުން 680 މީހުން ކަމަށެވެ. އެހެން ކަމުން 4 މިލިއަނަށް ވުރެ ގިނަ މީހުން (މިހާރު ދުނިޔޭގެ އާބާދީ އަކީ 7 ބިލިއަން) އެމީހުންގެ އުފަންދުވަހަކީ ލީޕް ދުވަސް، ނުވަތަ ފެބްރުއަރި މަހުގެ 29 ވަނަ ދުވަހެވެ. އަހަރުގެ އެނޫން ކޮންމެ ދުވަހެއްގައި 19 މިލިއަން މީހުންގެ އުފަން ދުވަސް ފާހަގަ ކުރެވެއެވެ.
ކަނބަލުން ނޭވެ. ތިޔަ ކަނބަލުންނަށް ލޯބިވެރިންގެ ދުވަހު ކައިވެނީގެ ހުށަހެޅުން ނުލިބިއްޖެ ނަމަ، ކަންބޮޑު ނުވާށެވެ. ފެބްރުއަރީ 29 އަކީ ތިޔަ ކަނބަކލުން ފިރިހެނުންގެ ފަރާތުން އެދެންވީ ދުވަސް ކަމުގައި ސަގާފީ ގޮތުން ގަބޫލުކުރެއެވެ. ލޮނަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ ތަފާތު ކަންކަމަށް ބޭނުންކުރާ މުހިއްމު އެއްޗެކެވެ. ހާއްސަކޮށް، ކާއެއްޗެހި ތައްޔާރުކުރުމުގައި ލޮނަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ރަނގަޅު ސިއްހަތެއްގައި ދެމި ހުރުމަށް ވެސް ލޮނުގެ ދައުރު މުހިއްމެވެ. ނަމަވެސް ލޮނު މަ ގިނައިން ބޭނުންކުރުމަކީ ސިއްތަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން އެންމެ ފުރިހަމަ ތަރާދެއްދައި ލޮނު ބެނުންކުރަން އަބަދުވެސް ސަމާލުކަން ދޭން ވާނެއެވެ. ތިރީގައި މިވަނީ ލޮނު ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކެވެ.
ވަރިކުރާ ނިސްބަތް އެންމެ މަތީ ގައުމަކީ ދިވެހިރާއްޖެ ކަމުގައި ގިނީސް ވޯލްޑް ރެކޯޑް ކަނޑައަޅައިފި އެވެ. ރިޔާދޯނި އެންމެ ފުރަތަމަ އުފެއްދީ މިސްރުގައެވެ.
އެންމެ ފުރަތަމަ ހޮޓެލްޗެއިން އަކީ ހިލްޓަން އެވެ.
ޔުނައިޓެޑް ސްޓޭޓްސްގެ ފުރަތަމަ ވެރިރަށަކީ ނިއުޔޯކެވެ.
އިނގިރޭސި ބަހުގެ ފުރަތަމަ ރަދީފް ލިޔެވުނީ 1755 ގައެވެ.
1 މިލިއަން މީހުން ފުރަތަމ ހަމަވި ސިޓީއަކީ ލަންޑަނެވެ.
ފުރަތަމަ ރޭލުގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 8 ކިލޯމީޓަރު (ގަޑިއަކު 5 މޭލު) އެވެ.
ކަރުދާހު ފައިސާ އެންމެ ފުރަތަމަ ބޭނުންކުރެވުނީ ޗައިނާ ގައެވެ.
ދަރިވައްޓަލުން ހުއްދަކުރި ފުރަތަމަ ގައުމަކީ އައިސްލެންޑް އެވެ.
އަންހެނުންނަށް ވޯޓްލުން ހުއްދަކުރި ފުރަތަމަ ގައުމަކީ ނިއުޒިލެންޑް އެވެ.
ދަތްއުނގުޅާ ބުރުސް އުފެއްދީ 1498 ގައެވެ.
ދިވެހިން ވެލާ މަސް ކެއުމާއި މެދު އެކި ދުވަސްވަރުގެ ތަފާތު ރައުޔު
ދިވެހިރާއްޖޭގެ ފަނޑިޔާރު ކަމުގައި ޢަލީ ޙުސާމުއްދީނު ހުންނެވި ޒަމާނުގައި ވެލާމަހަކީ ހަރާން އެއްޗެއް ކަމަށް ކަނޑައެޅިފައި އޮތް ކަމަށް ބުނެވެ އެވެ. އެއްބަޔަކު ކިޔާ އުޅެނީ ވެލާމަސް ހަރާންކުރެއްވީ މި ފަނޑިޔާރު ކަލޭގެފާނު ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ ފަނޑިޔާރަކަށްވީ އިރު ވެސް ވެލާމަސް ޙަރާންކަމަށެވެ. ވެލާމަސް ކާ މީހުނަށް ޝަރީއަތް ހިންގައި އަދަބުވެސް ދެމުންދިޔައެވެ.
އޭގެ ދުވަސްތަކެއް ފަހުން އައްޝައިޚް ހުސައިން ސަލާހުއްދީނު 1913 ގައި ލިޔުއްވައިގެން ނެރުއްވި "އައްދުއްރަތުލް ބަހިއްޔާ "ގައި ވެސް ވެލާމަސް ހަރާމްކަމަށް ލިޔެވިފައިވެ އެވެ. އެފޮތުގެ 48 ވަނަ ޞަފްހާގައި ވަނީ: "ކަނޑުގައި އުޅޭ ތަކެތި ކޮންމެ ގޮތަކުން މަރުވިޔަސް ހަލާލު ވާހުށި. ކަނޑުގައްޔާއި އެއްގަމުގައްޔާއި ދިރިއުޅޭ ބޮއް ފަދަ، ކަކުނި ފަދަ، ކަހަނބު ފަދަ، ވެލާ ފަދަ، ވާވޮށި (ވާވޮށިވެލާ) ކިނބޫ ފަދަ ކޮންމެ އެއްޗެއް ހަރާމް ވާހުށި" މިހެންނެވެ.
އޭގެ ފަހުން އަޒްހަރުން ކިޔަވައިވިދާޅުވެގެން ޝައިޚް ޢަބްދުއްރަހްމާނު ވަޑައިގެން ވެލާމަސް ހަރާންކަމާ ދެކޮޅަށް 1927 ގައި ފަތުވާދެއްވި އެވެ. ނަމަވެސް އޭނާގެ އެކިއެކި ފަތުވާއާ ހިތްހަމަނުޖެހިގެން ފަހުން އޭނާ ކ. ވިލިގިއްޔަށް އަރުވާލެވުނެވެ.
ހުސައިން ސަލާހުއްދީން އަވަހާރަވެ، އައްޝައިޚް ޢަބްދުﷲ ފަހްމީ ދީދީ އަށް ފަނޑިޔާރުކަން ލިބިވަޑައިގަތުމުން ވެލާމަސް ހަލާލު ކަމުގައި ފަތުވާއެއް ނެރުއްވިއެވެ.
އަނެއްކާވެސް، 1978 ވަނަ އަހަރު ރައްޔިތުންގެ މަޖްލިސުން ފާސްކުރެއްވި "ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުން ކަހަނބު ވެލާ އިހި ހިފުމާ ބެހޭ ޤާނޫނުން" ދެ ފޫޓަށް ވުރެ ކުދި ކަހަނބާއި 2.5 ފޫޓަށް ވުރެ ކުދި ވެލާ ހިފުން މަނާކުރެވުނެވެ. އަދި މީގެ އިތުރަށް ޖޫން 8 1992 ގައި މާލޭ މިނިސިޕަލްޓީން ކުރެއްވި އިއުލާނެއްގައި ވަނީ: "މިއޮފީހުގެ ބެލުމުގެ ދަށުގައި ވާ ރޯމަސް މާރުކޭޓުގައި ވެލާ ކަތިލުމާއި ވެލާ ފެޅުމަކީ މަނާ ކަމެއްކަން އަންގައި އިއުލާނު ކުރީމެވެ." މިހެންނެވެ. 11 މެއި 2014 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރު އުލިގަމު (ހއ. އަތޮޅު) ގޮޑުދޮށު ސަރަހައްދުން ބާރު އަޑެއް އިވިފައި 3 ފޫޓް ފުން ވަޅުގަނޑެއް ހެދުނެވެ. ލޮނަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ ތަފާތު ކަންކަމަށް ބޭނުންކުރާ މުހިއްމު އެއްޗެކެވެ. ހާއްސަކޮށް، ކާއެއްޗެހި ތައްޔާރުކުރުމުގައި ލޮނަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ރަނގަޅު ސިއްހަތެއްގައި ދެމި ހުރުމަށް ވެސް ލޮނުގެ ދައުރު މުހިއްމެވެ. ނަމަވެސް ލޮނު މަ ގިނައިން ބޭނުންކުރުމަކީ ސިއްތަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން އެންމެ ފުރިހަމަ ތަރާދެއްދައި ލޮނު ބެނުންކުރަން އަބަދުވެސް ސަމާލުކަން ދޭން ވާނެއެވެ. ތިރީގައި މިވަނީ ލޮނު ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކެވެ.
f ފަންވަތް:Did you know/2018-05
ފޮޓޯ އިން ތިޔަ ފެންނަނީ އެންމެ ފުރަތަމަ ކްލޯން ކުރެވުނު ޖަނަވާރު ޑޮލީ އެވެ. ޑޮލީގެ އުމުރުން އެންމެ ހަ އަހަރުގައި އެސޮރުވަނީ އިންޖެކްޝަން ޖަހައިގެން ވަނީ މަރާލައިފައެވެ. އެއީ ވަރަށް ބޮޑަށް ބަލިވެ، ގަދަ ވޭނުގައި އެސޮރު އުޅެން ފެށުމުންނެވެ. ޑޮލީ އަށް ވަނީ ފުއްޕާމޭގެ ކެންސަރާއި ހުޅުހުޅުގައި ރިހުމުގެ ބަލި ކަމަށްވާ "އާތުރައިޓިސް" ޖެހިފައެވެ. ޑޮލީ އަކީ ކާމިޔާބު ކަމާއި އެކީ ކޮލޯން ކުރެވުނު ފުރަތަމަ ޖަނަވާރުކަމުން އެސޮރު ވެގެންދިޔައީ ދުނިޔޭގައި އުޅުނު އެންމެ މަޝްހޫރު ކަންބަޅިޔަށެވެ. މަރުވުމަށްފަހުގައިވެސް އެސޮރުގެ ފުރާނަ ނެތް މަސްގަނޑު ތަހުލީލުކުރުމަށްފަހު ސްކޮޓްލޭންޑްގެ ނެޝަނަލް މިޔުޒިޔަމް އަށް އެސޮރު ހަދިޔާ ކުރާގޮތަށް ހަމަޖެހުނެވެ.
އީ ސިގިރޭޓަކީ ވަރަށް ގެއްލުންހުރި އެއްޗެކެވެ. އެންމެ އީ ސިގިރޭޓް ޕޮޑެއްގައި 20 ސިގިޜޭޓާއި އެއްވަރަށް ނިކޮޓިން ހުރެއެވެ. ނިކޮޓިން އަކީ އެންމެ ވިހަގަދަ އެއް ކެމިކަލް އެވެ. އީ ސިގިރޭޓްގެ ސަބަބުން 2019 އަހަރު އެމެރިކާގައި 17 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އީ ސިގިރޭޓަކީ އޭގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިކުރާ އެއްޗެކެވެ. މިއީ ފުރާވަރުގެ ކުދިންގެ ސިކުނޑީގެ ހެދިބޮޑޫވުމަށް އަސަރުކުރުވާ ފަދަ ކެމިކަލްތައް އެކުލެވޭ އެއްޗެކެވެ.
This article uses material from the Wikipedia ދިވެހިބަސް article ވިކިޕީޑިއާ:ދެނެވަޑައިގަންނަވަމުތޯ؟؟ (އަރުޝީފް), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.