ޕޮޓޭސިއަމް

ޕޮޓޭސިއަމް(އިނގިރޭސި ބަހުން: Potassium) ހިމެނެނީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ހުރިހާ ދިރުތަކުގައެވެ.

އަދި މިއީ ހަށިގަނޑުގައި ދައުރުކުރާ ދިޔަތަކުގައި ވެސް ހިމެނޭ މާއްދާ އެކެވެ. އެހެންކަމުން ޕޮޓޭސިއަމް އަކީ ވެސް ހަށިގަނޑުގެ ހިންގުން ފުރިހަމައަށް ހަރަކާތްތެރިވުމަށްޓަކައި ވަރަށް މުހިއްމު މަޢުދަނެކެވެ. ބޮޑުމީހެއްގެ ހަށިގަނޑުގައި 140 ގްރާމް ޕޮޓޭސިއަމް އެކުލެވެއެވެ. ޕޮޓޭސިއަމް ބޭނުންވަނީ ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ. ޕޮޓޭސިއަމް ވެސް ހަށިގަނޑަށް ބޭނުންކުރެވެނީ ހަށިގަނޑުގެ މާބޮޑު މަސައްކަތަކާއި ނުލައި އޭގެ އަމިއްލަ ޒާތުގައެވެ. ޕޮޓޭސިއަމް ހަށިގަނޑުގައި މަދުވުމުން ލޭމައްޗަށްދިއުން، ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ހުށަހެޅުމާއި ކައިރިކުރެއެވެ. ޕޮޓޭސިއަމްގެ ކެލަމިން (ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު) އަކީ 2000 މިލިގްރާމް އެވެ. މިމިންވަރު ގިރިބިން ގައިވާ ފިރިހެނުންނާއި އަންހެނުންނަށް ތަފާތެއް ނެތެވެ. ހެޔޮހާލުގައި ތިބޭއިރު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިން ހަށިގަނޑަށް ބޭނުންވާ ވަރަށް ޕޮޓޭސިއަމް އާއި ސޯޑިއަމް ލިބެއެވެ. އާދައިގެ ގޮތެއްގައި ޕޮޓޭސިއަމް ހަށިގަނޑުން ބޭރުވަނީ ގައިން ހިއްލާ ދަލާއި، ފަހަރުވާ އާއި އެކުވެގެންނެވެ. އެކަމަކު ބޭރަށްހިންގުން ޖެހިއްޖެނަމަ، ހަށިގަނޑުން ބޭރުވާ ނަޖިހާއި ފެނާއި އެކު، ވަރަށް ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ސޯޑިއަމް ހަށިގަނޑުން ބޭރުވެއެވެ. އެހެންކަމުން ހަށިގަނޑުން ބޭރުވާ ބައި އަލުން އިޢާދަކުރުމަށްޓަކައި މިފަދަ ޙާލަތްތަކުގައި މިދެބާވަތް ހިމެނޭ ދިޔާތަކެތި ވަރަށް ގިނަ އަދަދަކަށް ބޭނުންކުރަން ޖެހެއެވެ. ޕޮޓޭސިއަމް އަކީ ވެސް ސޯޑިއަމް އެކޭ އެއްގޮތަށް ބޭނުންކުރާ ވަރަށް ގިނަ ކާނާގައި ހިމެނޭ ބާވަތެކެވެ. ޕޮޓޭސިއަމް ހިމެނޭ ކާނާގެ ތެރޭގައި، ހުރިހާ ވައްތަރެއްގެ މޭވާ، ޚާއްޞަކޮށް ދޮންކެޔޮ، ކުރުނބާ ފެން ހިމެނެއެވެ. އަދި ތަރުކާރީ އާއި ނުކަނޑާހުރި ގޮވާން ހިމެނެއެވެ.

ނާރުތަކާއި މަސްތަކުގެ މަސައްކަތް ފުރިހަމަކުރުމުގައި ޕޮޓޭސިއަމް އެހީތެރިވެދެއެވެ. ޕޮޓޭސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ޕްރޫން ޖޫސް، ހިކިމޭބިސްކަދުރާއި، އެޕްރިކޮޓް ހިމެނެއެވެ. އާދައިގެ ގޮތެއްގައި ކޮންމެ މީހެއްގެ ހަށިގަނޑަށް ދުވާލަކު 3500މިލިގްރާމްގެ ޕޮޓޭސިއަމް ބޭނުންވެއެވެ. ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް ޕޮޓޭސިއަމް ބޭނުންވާ މިންގަޑަށް ބަދަލެއް ނާދެއެވެ


ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ޕޮލެންޑުއުރުދުންޑިސެމްބަރު 1ޑިސެމްބަރު 28ޔުނައިޓެޑް ކިންގްޑަމްފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްއުތުރު ކޮރެއާTāna Supportއިސްޕެއިންމޮސްކޯސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ)ޖުލައި 2ޖެމެއިކާދިވެހިރާއްޖެޝީޢީ މަޛްހަބުHow to read Thaana scriptސެޕްޓެމްބަރު 26މައި ޞަފްޙާއިސްރާއީލުބަސްސިޔާމުލޭގެ ޕްރެޝަރުފުރަގަސް ފަރާތު ދޮރުދަމުއިކަރާއިސްޕެނިޝްއެޕްރީލް 23މަޑުއްވަރީ (މ. އަތޮޅު)ޖުލައި 21އިސްލާމް ދީނުގައި ކައިވެނިތިލަދުންމަތީ އުތުރުބުރިމާރޗް 27ކުޅުޖެނެޓިކް ސްކްރީނިންގޖެނުއަރީ 30އެމެރިކާގެ ވާޖިން ޖަޒީރާކަނދޮޅުއެއިޑްސް ބަލިޑިމޮކްރަސީޒައިތޫނިއެޕްރީލް 24ޤުރްއާނުގެ ޢިލްމުޔޫސުފް ނަޖީބުލް ޙަބްޝީއެޕްރީލް 28ދޫވިލާތު ބަށިމާރޗް 1ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުހަންގޭރީFAQs on composing Thaana on the computerޑިސެމްބަރު 4އެޕްރީލް 21ޗެކް ޖުމްހޫރިއްޔާޖެނުއަރީ 9ދިވެހިރާއްޖޭގެ އަތޮޅުތައްޔޫ.ޓީ.ސީ.އެޕްރީލް 11ތާނަ އަލިފުބާގެ ތަރުތީބުޢުމާންއަފްޣާނިސްތާންމައިކްރޯސޮފްޓްތޫނިސްޝަހާދަތްއާދިއްތަ ދުވަސް🡆 More