ޗިސްމޭ ޖޫސް

ޗިސްމޭ ޖޫސް އަކީ ޗިސްމޭ އިން އުފައްދައި ބޭރުކުރާ ދިޔައެކެވެ.

ޗިސްމޭ ޖޫސް ގައި ތަފާތު އެންޒައިމް ތައް އެކުލެވިގެން ވެއެވެ. އޭގެ ތެރޭގައި ޓްރައިޕްސިނަޖަން، ކީމަޓްރައިޕްސިނަޖަން، އިލާސްޓޭސް، ޕެންކްރިއެޓިކް ލައިޕޭސް، އަމައިލޭސް އަދި މިނޫން އެންޒައިމްތައް ވެސް ހިމެނެއެވެ.

ޗިސްމޭ ޖޫސް ގެ ތަބީއަތަކީ އަލްކަލައިން އެވެ. އެއީ އޭގައި ބައިކާބޮނޭޓް އަޔަން ގިނަ އަދަދަކަށް ހިމެނޭތީ އެވެ. މިއީ މައިދާގައި އެކުލެވޭ އެސިޑްގެ މިންވަރު ހަމަހަމަކުރުމަށް ބޭނުންތެރި އެއްޗެކެވެ. އެއީ މިގޮތަށް ހަމަހަމަ ކޮށްގެން ނޫނީ ތަފާތު އެންޒައިމްތަކަށް އޭގެ އެންމެ އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރެވޭނެތީ އެވެ.

ޗިސްމޭ ޖޫސް އަކީ ކުޑަ ގޮހޮރު ގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބައިލް އަދި ކުޑަ ގޮހޮރު ޖޫސް އެކޭ އެއްފަދައިން ބޭނުންވާ ދިޔައެކެވެ. ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު އަދި ބޭނުންތެރި ދިޔައަކީ ވެސް ޗިސްމޭ ޖޫސް އެވެ. ދުވާލަކު 1500 މިލިލީޓަރުގެ ޗިސްމޭ ޖޫސް ޗިސްމޭ އިން އުފައްދައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތަކީ އަލްކަލީން އެވެ. އޭގެ ޕީއެޗް ހުންނަނީ ގާތްގަނޑަކަށް 8 ގައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތް އަލްކަލީން ގެ ގޮތުގައި ހުންނަނީ އޭގައި މަތީ އަދަދަކަށް ބައިކާބޮނޭޓް ހިމެނޭތީ އެވެ.

ޗިސްމޭ ޖޫސް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ދިޔާ ޖޫހުގެ ބަޔާއި، އެންޒައިމްތަކުގެ ބައެވެ.

  • ދިޔާ ޖޫހުގެ ބައި: މިއީ ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ދިޔާ ޖޫހެކެވެ. މިޖޫސް ނުވަތަ ދިޔަ ދޫކުރަނީ ކުދިކުދި ޑަކްޓްތަކުގެ ސެލްތަކުންނެވެ. މިދިޔައިގައި ހިމެނޭ އެހެން މާއްދާތަކުގެ ތެރޭގައި ކްލޮރައިޑް، ސަލްފަރ، ފަދަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް އަދި މެގްނީޒިއަމް ވެސް ހުރެއެވެ.

ކުޑަ ގޮހޮރު ޖޫސް އަދި ބައިލް އާއި ގުޅިގެން ބައިކާބޮނޭޓް މައިދާ އިން ކުޑަ ގޮހޮރު އަށް އަންނަ އެސިޑިކް ކައިމް ނިއުޓްރަލައިޒް ކުރެއެވެ. ނުވަތަ އޭގެ ތަބީޢަތު އަލްކަލީން އަދި އެސިޑް އަށްވެސް ނުވާ ހަމަހަމަ ތަބީޢަތަކަށް ބަދަލުކުރުވައެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކުޑަ ގޮހޮރު ގެ ޕީއެޗް ހަމަހަމަ ވުމުން ޗިސްމޭ ގެ އެންޒައިމް ތަކާއި ކުޑަ ގޮހޮރު އެންޒައިމް ތައް މުރާލިކަމާއެކު ހަރަކާތްތެރިވުމަށް އެކަށޭނަ ވެއްޓަކަށް ކުޑަ ގޮހޮރު ތެރެ ވެގެންދެއެވެ. ހަމަމިހެން އެކަމުގެ ސަބަބުން އެސިޑް ގިނަވުމުން ލިބޭގެއްލުމުން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް ގެ އެތެރޭގެ ދުލިފަށް ހިމާޔަތް ކޮށްދެއެވެ.

  • އެންޒައިމް އެކުލެވޭ ބައި: މިއީ ޗިސްމޭގެ އެސިނަރ ގްލޭންޑް ތަކުން ބޭރުކުރާ އޮލަ ޖޫހެކެވެ. އަދި މިޖޫހަކީ ހަޖަމު ކުރުމަށް ބޭނުންވާ އެންޒައިމް ތަކުން މުއްސަދިވެފައިވާ ދިޔައެކެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އޮކްޓޫބަރު 5އެޕްރީލް 15މައުރިބުކޮތަނބިރިއުމަވީ ދައުލަތްސުވިޒަލޭންޑުޙައްޖުޞަޙާބީންޖޫން 9އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންސޯޑިއަމްއިނގިރޭސިޖޫން 12ޑިސެމްބަރު 22��ިލާ��ު ��ަށިމެއި 26ދިވެހިރާއްޖެއެޕްރީލް 12މާޗޫ ޕީކްޗޫމާރޗް 2ޖޫން 17ފަރަންސޭސިއިސްޕެއިންއޭޑީއެޗްޑީއިސްލާމް ދީނުގައި ކައިވެނިޖުޣުރާފީޑިކް ޗޭނީޖުލައި 6މުލިހިޖޫން 11އޮގަސްޓު 8އޮގަސްޓު 10ބުދަ ދުވަސްއެޕްރީލް 9ޖުލައި 26އެޕްރީލް 24ބަހަވިއްޔާތުއިސްލާމީ ފަލްސަފާAlphabetic contentsއިސްލާމް ދީންޖެނުއަރީ 13ޕޮޓޭސިއަމްޑެންމާކުޤައުމީ ދުވަސްނޮވެމްބަރު 22004އިންޑިޔާއޮކްޓޫބަރު 8ދިވެހި2010ޖަޕާނުއޮގަސްޓު 27މަސްޖިދުލްޙަރާމްއެޕްރީލް 13ޑިސެމްބަރު 25އިލްޔާސް އިބްރާހީމްޖުލައި 21މާރޗް 8ފެބްރުއަރީ 23އެޕްރީލް 25އޮގަސްޓު 20ޖެނުއަރީ 31ސައޫދީ އަރަބިއްޔާޔޫ.ޓީ.ސީ.ބިންޖުލައި 20🡆 More