ކާތަކެތި ހަފައި ދިރުވުމަށްފަހު އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުހަލާ ފުރިހަމަކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް(އިނގިރޭސި ބަހުން: Gastric )، ގެސްޓްރޯ(އިނގިރޭސި ބަހުން: Gastro ) ފަދަ ބަސްބަހުން ދޭހަކޮށްދެނީ މައިދާއާއި ގުޅުންހުރި ނުވަތަ ބަނޑާއި ގުޅުންހުރި މިހެންނެވެ. މައިދާ އަކީ އެތެރެހަށީގެ ގުނަވަން ތަކުގެ ތެރެއިން އެންމެ ފުޅާ އެންމެ ތަނަވަސް ޖާގައެއް އެތެރޭގައިވާ ގުނަވަނެވެ. މައިދާ އެކުލެވިގެންވަނީ މައިގަނޑު 2 ބައެއްގެ މައްޗަށެވެ. އެއީ ފަންޑަސް، ޖިސްމު، އަދި އެންޓްރަމް އެވެ.
Stomach The location of the stomach in the body. Diagram from cancer.gov : * 1. މައިދާގެ ޖިސްމު * 2. މައިދާގެ ފަންޑަސް * 3. Anterior wall * 4. Greater curvature * 5. ލެސަރ ކާރވަޗަރ * 6. Cardia * 9. ޕައިލޮރިކް ސްފިންކްޓަރ * 10. Pyloric antrum * 11. ޕައިލޮރިކް ކެނަލް * 12. Angular notch * 13. Gastric canal * 14. Rugal folds Work of the United States Government Latin Ventriculus Gray's subject #247 1161 Nerve celiac ganglia, vagus Lymph celiac preaortic lymph nodes MeSH Stomach Dorlands/Elsevier g_03/12386049
އެނަޓަމީ
ހުޅުވުންތައް ކާޑިއެކް އޮރިފިސް ކާޑިއެކް އޮރިފިސް(އިނގިރޭސި ބަހުން: Cardiac orifice ): މިއީ ކާތަކެތި ހިގާ ހޮޅި މައިދާ އަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. މިހުޅުވުން އިންނަނީ ހަށިގަނޑު މެދުން ބައިކޮށްފައި ބެލުމުން 1 އިންޗި ވަރު ހަށިގަނޑުގެ ވާތް ފަރާތަށް ޖެހިފައެވެ. ޕައިލޮރިކް އޮރިފިސް ޕައިލޮރިކް އޮރިފިސް(އިނގިރޭސި ބަހުން: Pyloric orifice ): މިއީ މައިދާ ،އިން ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. މިހުޅުވުން އިންނަނީ ހަށިގަނޑު މެދުން ބައިކޮށްފައި ބެލުމުން ½ އިންޗި ވަރު ހަށިގަނޑުގެ ކަނާތް ފަރާތަށް ޖެހިފައެވެ. މިހުޅުވުން އިންނަތަން މައިދާގެ ބޭރު ސަތަޙައިން އެގެން އިންނަނީ އެހިސާބުގައި ވަށައިގެން ހެދިފައި އިންނަ ވަށް އަޑިކޮޅެއްގެ ސިފައިގައެވެ. ބޯޑަރުތައް ލެސަރ ކާރވަޗަރ ލެސަރ ކާރވަޗަރ(އިނގިރޭސި ބަހުން: lesser curvature ): މިއީ މައިދާގެ ކަނާތު ބޯޑަރެވެ. ލެސަރ އޯމެންޓަމް އިންނަނީ މިބޯޑަރުގައި ހަރުލާފައެވެ. އަދި މައިދާއަށް ލޭފޯރުކޮށްދޭ ލޭހޮޅިތައް މިބޯޑަރުގެ އެއްކޮޅުން އަނެއްކޮޅަށް ގޮސްފައި ހުރެއެވެ. ލެސަރ ކާވަޗަރ އިންނަނީ ކާޑިއެކް އޮރިފިސް އާއި ޕައިލޮރިކް އޮރިފިސް އާއި ދެމެދުގައި މައިދާގެ ކަނާތު ބޯޑަރުން ފެށިގެން ފަހަތު ބޯޑަރަށް ވާގޮތަށެވެ. ލެސަރ ކާވަޗަރ ޕައިލޮރިކް އޮރިފިސް ކައިރިން ނިމޭތާފައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިންނަ ނޮޗް އެއް ވެއެއެވެ. މިނޮޗަށް ކިޔަނީ އިންސިސޫރާ އެންގިޔުލާރިސް (އިނގިރޭސި ބަހުން: incisura angularis )އެވެ. ހެޕަޓޯގެސްޓްރިކް ލިގަމެންޓްގެ ދެފަށަލަ ތަތްވެފައިވަނީ ލެސަރ ކާރވަޗަރ ގައެވެ.މިދެފަށަލަ ދެމެދުން ވާތު ގެސްޓްރިކް އާޓަރީ އާއި، ހެޕަޓިކް އާޓަރީ އިން އައިސްފައިވާ ކަނާތު ގެސްޓްރިކް ގޮފި އޭ ކިޔޭ ލޭހޮޅި ދައުރުކޮށްފައިވެއެވެ.
ގްރޭޓަރ ކާރވަޗަރ ގްރޭޓަރ ކާރވަޗަރ(އިނގިރޭސި ބަހުން: Greater curvature ): މިއީ މައިދާގެ ވާތު ބޯޑަރެވެ.ގްރޭޓަރ އޯމެންޓަމް އިންނަނީ މިބޯޑަރުގައި ހަރުލާފައެވެ. އަދި މައިދާ އާއި އެހިސާބުގައިވާ އެހެން ބައިތަކާއި ދެމެދު ގުޅިފައި ހުންނަ އެއްސުން ތަކެއް ހިފިހަރުލާފައި ހުންނަނީ މިބޯޑަރުގައެވެ. މިގޮތުން މިބައިގައި ހިފިހަރުލާފައި ހުންނަ އެއްސުން ތަކުގެ ތެރޭގައި ގެސްޓްރޯފްރެނިކް ލިގަމެންޓް، ގެސްޓްރޯސްޕްލެނިކް ލިގަމެންޓް ހިމެނެއެވެ. ގެސްޓްރޯފްރެނިކް ލިގަމެންޓް އަކީ މައިދާ އާއި ޑައަފްރަމް އާއި ދެމެދުގައި ވާ އެއްސުމެކެވެ. ގެސްޓްސްޕްލެނިކް ލިގަމެންޓް އަކީ މައިދާ އާއި ހުންކޮށި އާއި ދެމެދުގައިވާ އެއްސުމެކެވެ. ސަތަޙަތައް ކުރިމަތިން މަތީގައިވާ ފަރާތް ކުރިމަތިން މަތީގައިވާ ފަރާތް (އިނގިރޭސި ބަހުން: Anterior superior surface ) އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފުރަމޭގެ ވާތު ލޯބް އާއި، ކަނާތު ލޯބްގައި އިންނަ ކޯޑޭޓް ލޯބް އިންނަނީ މައިދާގެ މިހިސާބުގައި ޖެހިފައެވެ. ހަމަމިހެން ޑައަފްރަމްގެ ބައެއް ވެސް މިހިސާބުގައި ޖެހިފައި އިނދެއެވެ. ޑައަފްރަމް އަކީ ވާތު ފުއްޕާމޭ އާއި ހިތް އަދި އެހިސާބުގެ އެހެން ބައިތަކާއި މައިދާ ވަކިކޮށްދޭ ހުރަހެކެވެ. މިސަތަހައިގެ މަތިން ވާތް ފަރާތް އިންނަނީ ހުންކޮށި ގައި އިންނަ ގެސްޓްރިކް އިމްޕްރެޝަން އޭ ކިޔާ އަޑިކޮޅުގައި ޖެހިފައެވެ. ނުވަތަ އެއަޑިކޮޅުގެ ތެރެއަށް ފެތިފައެވެ.
ފަހަތުން ތިރީގައިވާ ފަރާތް ފަހަތުން ތިރީގައިވާ ފަރާތް (އިނގިރޭސި ބަހުން: Posterior inferior surface ) ވެސް އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މިފަރާތް ޖެހިފައި ހުންނަނީ މައިދާގެ ތަންމަތި އުފެދުމުގައި ބައިވެރިވާ ބައިތަކުގައި ޖެހިފައެވެ. މައިދާގެ ތަންމަތި އުފެދުމުގައި ހިމެނިފައިވާ ބައިތަކަކީ ޑައަފްރަމްގެ ބައެއް، ވާތު ގުރުދާގެ ބައެއް، ވާތު ސްޕްރަރީނަލް ގްލޭންޑް، ހުންކޮށި އާޓަރީ، ޗިސްމޭގެ ކުރިމަތީ ފަރާތް، ހުރަސް ފަލަ ގޮހޮރު އެވެ.
މައިދާގެ ހުސްޖާގަ މައިދާގެ ހުސްޖާގަ(އިނގިރޭސި ބަހުން: bare area of the stomach )އަކީ މައިދާގެ ފަހަތުން ތިރީގައިވާ ފަރާތު ގައި ޕެރިޓޯނިއަމް އިން ނިވާނުވެ އިންނަ ތަންކޮޅެކެވެ. މިތަން އިންނަނީ ކާޑިއެކް އޮރިފިސް ކައިރީގައެވެ. އަދި މިތަނުގައި އެއްވެސް ހުރަހެއްނެތި ޑައަފްރަމް ޖެހިފައި އިނދެއެވެ.
މައިދާގެ ބައިތައް ކާޑިއެކް ޕޯޝަން ކާޑިއެކް ޕޯޝަން(އިނގިރޭސި ބަހުން: Cardiac portion ) : މިބައި އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
ފަންޑަސް ޖިސްމު: މިއީ މައިދާގެ މެދުގައިވާ މައިދާގެ މައިގަނޑެވެ. ޕައިލޮރިކް ޕޯޝަން ޕައިލޮރިކް ޕޯޝަން(އިނގިރޭސި ބަހުން: Pyloric portion ): މިބައި އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
ޕައިލޮރިކް އެންޓްރަމް ޕައިލޮރިކް ކެނަލް ޕައިލޮރަސް: މިއީ މައިދާގެ އެންމެ ފަހު ބައެވެ. މައިދާ ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ގުޅެނީ މިބައި ނިމޭ ހިސާބުންނެވެ. އެހެންކަމުން ކުޑަ ގޮހޮރު ގެ ތެރެއަށް މައިދާގައި ހުރިތަކެތި ހުސްކޮށްލުމަށް ޕައިލޯރަސް ބޭނުން ހިފައެވެ. މައިދާގެ އެތެރޭގެ ދުލިފަށް
މައިދާގެ އެތެރޭގެ ދުލިފަށް(އިނގިރޭސި ބަހުން: Gastric mucosa ) އިން މައިދާގެ ތެރެއަށް ހުޅުވިފައި ހުންނަ ކުދި ގްލޭންޑް ތަކެއް ހުރެއެވެ. މައިދާގެ ކާތަކެތި ހިގާ ހޮޅި އާއި ކައިރި ހިސާބު އަދި ކުޑަ ގޮހޮރު އާއި ކައިރި ހިސާބު ގައި ހިމެނޭ ގްލޭންޑް ތަކުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މިޔޫކަސް ނުވަތަ ދަވަ ދޫކުރާ ސެލް ތަކެވެ. އެކަމަކު ފަންޑަސް އަދި މައިދާގެ މައިގަނޑު ބައި ނުވަތަ ޖިސްމުގެ ފާރުގައި އަންނަނިވި ވައްތަރުގެ ސެލްތައް ހިމެނެއެވެ.
ޕަރައިޓަލް ސެލް(އިނގިރޭސި ބަހުން: Parietal cell ): ގެސްޓްރިކް އެސިޑް އަދި އިންޓްރިންސިކް ފެކްޓަރ ދޫކުރަނީ މިސެލްތަކުންނެވެ. ގެސްޓްރިކް އެސިޑް ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭއިރު، އިންޓްރިންސިކް ފެކްޓަރ ވިޓަމިން ބީ 12 ހަށިގަނޑަށް ނެގުމަށް ބޭނުންކުރަން ޖެހެއެވެ. ޕެޕްޓިކް ސެލް(އިނގިރޭސި ބަހުން: Peptic cell ): ޕްރޮޓީން ބައިކުރާ އެންޒައިމް ތައް ކަމުގައިވާ ޕެޕްސިނަޖަން އަދި އެހެނިހެން އެންޒައިމްތައް މިވައްތަރުގެ ސެލްތަކުން ދޫކުރެއެވެ. މިޔޫކަސް ސެލް(އިނގިރޭސި ބަހުން: Mucus cell ): މިޔޫކަސް ސެލް ނުވަތަ ދަވަ ބޭރުކުރާ ސެލް ތަކަކީ މައިދާގެ ތެރޭގައި ހުންނަ ސެލްތަކެކެވެ. ޖީސެލް(އިނގިރޭސި ބަހުން: G Cell ): މައިދާގެ ޕައިލޮރިކް އެންޓްރަމް ގައި ހިމެނޭ އެންޓްރަލް ގްލޭންޑް ތަކުގައިވާ ޖީ-ސެލް ތަކުން ގެސްޓްރިން ހޯރމޯން އުފައްދައި ދޫކުރެއެވެ.
މައިދާއަށް ލޭފޯރުކޮށްދިނުން
މައިދާ އަށް ލޭފޯރުކޮށްދިނުމުގައި ބައިވެރިވަނީ އަންނަނިވި ލޭހޮޅިތަކެވެ. އެގޮތުން ތަފާތު 5 ލޭހޮޅިއަކުން މައިދާއަށް ލޭފޯރުކޮށްދެއެވެ.
ކަނާތު ގެސްޓްރިކް އާޓަރީ ވާތު ގެސްޓްރިކް އާޓަރީ ކަނާތު ގެސްޓްރޯ-އެޕިޕްލޮއިކް އާޓަރީ ވާތު ގެސްޓްރޯ-އެޕިޕްލޮއިކް އާޓަރީ ކުރު ގެސްޓްރިކް އާޓަރީ
މައިދާގެ ވަޒީފާ ކޮންޓްރޯލްކޮށްދޭ ނާރުތައް
މައިދާ ގެ ވަޒީފާ ކޮންޓްރޯލްކޮށް މައިދާގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގައި ނާރުތަކުގެ ނިޒާމް ގައި ހިމެނޭ ތަފާތު 3 ނާރަކުން ބައިވެރިވެއެވެ.
ކުރިމަތީ ގެސްޓްރިކް ނާރު ފަހަތު ގެސްޓްރިކް ނާރު ސްޕްލެންގނިކް ނާރު މައިދާ އަށް ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އަދި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ބާރުފޯރުވައެވެ. ނުވަތަ މިދެންނެވި ދެބައި ވެސް މައިދާގެ މަސައްކަތް ކޮންޓްރޯލް ކުރުމުގައި ބައިވެރި ވެއެވެ.
ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން މައިދާއަށް އައިސްފައިވާ ނާރަކީ ގްރޭޓަރ ސްޕްލެންގކްނިކް ނާރު (އިނގިރޭސި ބަހުން: Greater splachnic nerve )އެވެ. މިނާރު ހީވާގިކޮށް މުރާލިކުރުމުން އަންނަނިވި ކަންތައްތައް މެދުވެރިކުރުވައެވެ. މައިދާގެ ފާރު ރިލެކްސް ކުރުން އަދި ޕައިލޮރިކް ސްފިންކްޓަރ ކޮންޓްރެކްޓް ކުރުން ޕައިލޮރަސްގެ އެތެރޭގެ ދުލިފަށް އިން މިޔޫކަސް ބޭރުކުރުމަށް ބާރުއެޅުން މައިދާގެ ލޭހޮޅިތައް ހަނިކޮށްލުން ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން މައިދާއަށް އައިސްފައިވާ ނާރަކީ ވޭގަސް ނާރު(އިނގިރޭސި ބަހުން: Vagus nerve )ން އުފެދިގެން ދެފަރާތުން އައިސްފައިވާ ދެނާރެވެ. އެއީ ކުރިމަތީ ގެސްޓްރިކް ނާރު އަދި ފަހަތު ގެސްޓްރިކް ނާރު އެވެ. މިނާރުތައް ހީވާގިކޮށް މުރާލިކުރުމުން އަންނަނިވި ކަންތައްތައް މެދުވެރި ކުރުވައެވެ. މައިދާގެ ފާރު ކޮންޓްރެކްޓް ކުރުން އަދި ޕައިލޮރިކް ސްފިންކްޓަރ ރިލެކްސް ކުރުން ގެސްޓްރިކް އެސިޑް އަދި ހައިޑްރޯކްލޮރިކް އެސިޑް ދޫކުރުން މައިދާގެ ލޭހޮޅިތައް ފުޅާކޮށްލުން މައިދާގެ ވަޒީފާ
ކާތަކެތި ގުދަންކުރުން ނުވަތަ ރައްކާކުރުން ކާތަކެތި މައިދާ ޖޫސް އާއި އެއްކޮށް މިކްސްކުރުން މައިދާ ޖޫސް އާއި މަސްހުނިކުރެވުނު ކާތަކެތި(އިނގިރޭސި ބަހުން: Chyme ) މަޑުމަޑުން ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އަށް ހުސްކޮށްލުން، ނުވަތަ ފޮނުވައިލުން މައިދާއިން ދޫކުރާ ގެސްޓްރިކް އެސިޑް (އިނގިރޭސި ބަހުން: Gastric acid )ނުވަތަ ހައިޑްރޯކްލޮރިކް އެސިޑް(އިނގިރޭސި ބަހުން: Hydrochloric acid )ގެ އެހީގައި މައިދާއަށް ކާތަކެތީގެ ޒަރީޢާއިން ވާޞިލްވާ ޖަރާސީމްތައް ނައްތައިލުން އާދައިގެ ސާދާ މާއްދާތައް ހަށިގަނޑަށް ދެމުން : މިސާލު ފެން ، ބަނގުއާވި ސަރުބީ ނުވަތަ ފެޓް އަދި ޕްރޮޓީން ހަޖަމުކުރުން: ފެޓް އަދި ޕްރޮޓީން ހަޖަމުކުރުމުގައި މައިދާއިން ދޫކުރާ އެންޒައިމްތައް ކަމަށްވާ ގެސްޓްރިކް ލައިޕޭސް(އިނގިރޭސި ބަހުން: Gastric lipase )، އަދި ޕެޕްސިން(އިނގިރޭސި ބަހުން: Pepsin ) ބައިވެރި ވެއެވެ. ޕެޕްސިން އަކީ މައިދާގެ ފާރުގައި ހިމެނޭ ޕެޕްޓިކް ސެލް ތަކުން ދޫކުރާ ޕެޕްސިނަޖަން(އިނގިރޭސި ބަހުން: Pepsinogen ) އިން އުފެދޭ މާއްދާއެކެވެ. ގެސްޓްރިކް އެސިޑް އުފެއްދުން: ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 3-2 ލިޓަރުގެ ގެސްޓްރިކް އެސިޑް މައިދާގެ ސެލްތަކުން އުފައްދައެވެ. ގެސްޓްރިކް އެސިޑް އުފައްދާ މިންވަރު އާންމު ގޮތެއްގައި ހެދުނު ގަޑީގައި މަތިވެފައި، ހަވީރު ގަޑީގައި ދަށްވެއެވެ. ގެސްޓްރިކް އެސިޑް ދޫކުރަނީ ޕަރައިޓަލް ސެލް ތަކުންނެވެ. ލޭގެ ރަތް ސެލް އުފެއްދުމުގެ މަސައްކަތަށް އެހީތެރިވުން: މިމަސައްކަތަށް އެހީތެރިވަނީ ތަފާތު ދެ މާއްދާއިން މައިދާއިން އުފައްދައިގެންނެވެ. އެއީ ގެސްޓްރިކް އެސިޑް އަދި އިންޓްރިންސިކް ފެކްޓަރ(އިނގިރޭސި ބަހުން: Intrinsic factor ) އެވެ. ގެސްޓްރިކް އެސިޑް ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭއިރު، އިންޓްރިންސިކް ފެކްޓަރ ވިޓަމިން ބީ 12 ހަށިގަނޑަށް ނެގުމަށް ބޭނުންކުރަން ޖެހެއެވެ. ތަފާތު ހޯރމޯންތައް އުފައްދައި ދޫކުރުން: މިގޮތުން މައިދާއިން އުފައްދައި ދޫކުރާ ހޯރމޯންތަކުގެ ތެރޭގައި އަންނަނިވި ހޯރމޯންތައް ހިމެނެއެވެ. މައިދާގެ ޕައިލޮރިކް އެންޓްރަމް ގައި ހިމެނޭ އެންޓްރަލް ގްލޭންޑް ތަކުގައިވާ ޖީ-ސެލް ތަކުން ގެސްޓްރިން ހޯރމޯން އުފައްދައި ދޫކުރެއެވެ. މައިދާގައި ހުންނަ ޕީޑީ-1 ސެލް ތަކުން ޣްރެލިން ކިޔާ ހޯރމޯނެެއް ދޫކުރެއެވެ. މައިދާގައި ހިމެނޭ ޑެލްޓާ ސެލް ތަކުން ސޯމަޓަސްޓެޓިން އުފައްދައި ދޫކުރެއެވެ. ދޫކުރާ ހޯރމޯންތައް
ގެސްޓްރިން ގެސްޓްރިން ނުވަތަ (އިނގިރޭސި ބަހުން: Gastrin ) އަކީމައިދާ ގެ ޕަރައިއިޓަލް ސެލް (Parietal cell) ތަކުން ގެސްޓްރިކް އެސިޑް ބޭރުކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. މިހޯރމޯން ދޫކުރަނީ މަޢިދާ އަދި ކުޑަ ގޮހޮރުގައި ހިމެނޭ ޖީސެލް (G Cell) ތަކުންނެވެ. ގެސްޓްރިން ހޯރމޯން ދޫކުރަނީ ލޭގެ ތެރެއަށެވެ. މައިގަނޑު 3 ވައްތަރެއްގެ ގެސްޓްރިން ހުރެއެވެ. އެއީ
ގެސްޓްރިން-34 ގެސްޓްރިން-17 ގެސްޓްރިން-14 ޣްރެލިން މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޣްރެލިން ޣްރެލިން ނުވަތަ (އިނގިރޭސި ބަހުން: Ghrelin ) އަކީ މަޢިދާގައި ހުންނަ ޕީޑީ1 (P/D1) ސެލްތަކުން ދޫކުރާ ހޯރމޯން އެކެވެ. މިހޯރމޯންގެ ސަބަބުން ކާހިތްވުމަށް ބާރުއަޅައެވެ. ނުވަތަ ކާތަކެތި ކެއުމަށް ހިތްޖެހޭގޮތް ވެއެވެ. ހަށިގަނޑުގައި ޣްރެލިން ގެ ލެވެލް ކެއުމުގެ ކުރިން މަތިވެ، އަދި ކެއުމަށްފަހު ދަށްވެގެން ދެއެވެ.
އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް އިން ގްރޯޘް ހޯރމޯން ދޫކުރުމަށް ވެސް ޣްރެލިން ބާރުއަޅައެވެ. ބަލީގެ ބައެއް ޙާލަތްތަކުގައި ޣްރެލިންގެ ލެވެލް ދަށްވެ، މާއަވަހަށް ފުރިފައި ހުންނަ އިހްސާސް ބަލިމީހާއަށް ވާގޮތްވެއެވެ.
ސޯމަޓަސްޓެޓިން ސޯމަޓަސްޓެޓިން ނުވަތަ (އިނގިރޭސި ބަހުން: Somatostatin ) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕެރިވެންޓްރިކިއުލާ ނިއުކްލިއަސް (Periventricular nucleus) ، މައިދާ ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.މައިދާގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ ސެލް (D Cell) ތަކުންނެވެ. ޗިސްމޭ ގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ އައިލެޓް ސެލް (δ islet cell) ތަކުންނެވެ.
މައިދާގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް މައިދާގެ އެކްސް-ރޭ ނެގުން :ބޭރިއަމް މީލް އެއް ބޭނުންކުރުމަށްފަހު މައިދާގެ އެކްސް-ރޭ ނެގުމުން މައިދާގެ ސައިޒު، އެތެރޭގެ ހަރަކާތް، އަދި ބައެއް ކަހަލަ ބަލިތައް މިސާލަކަށް މައިދާގެ ފާރު، އަދި މައިދާގެ ކެންސަރު ފަދަ ބަލިތައް ދެނެގަނެވެއެވެ. ގެސްޓްރޯސްކަޕީ(އިނގިރޭސި ބަހުން: Gastroscopy ) ހެދުން: މިއީ ވެސް މައިދާގެ ބަލިތައް ޓެސްޓް ކުރުމަށް ބޭނުންކުރެވޭ ގޮތެކެވެ. ހައިބަނޑާހުއްޓައި މައިދާއިން މައިދާ ޖޫސް ނަގައިގެން ތަޙްލީލު ކުރުން ހައިބަނޑާ ހުންނަތާ 12 ގަޑިއިރު ވުމަށްފަހު ބަލިމީހާގެ އަނގަ އިން މައިދާ އަށް ހިމަހޮޅި(ރައިލް ޓިއުބު) އެއް ލައްވައިގެން މައިދާ ޖޫސް ނަގާނީ އެވެ. އެއަށްފަހު އެޖޫސް ޓެސްޓް ކުރާނީ އެވެ. މިޓެސްޓްކުރާއިރު ބެލޭކަންތައް ތިރީގައި މިވަނީ އެވެ.
މައިދާ ޖޫސް ހުރި މިންވަރު: އާންމު ގޮތެއްގައި ގަޑިއަކު 60-40 މިލިލީޓަރުގެ މައިދާ ޖޫސް އުފެދެއެވެ. މައިދާ ޖޫސް ގައި އާންމުކޮށް ހުންނަ މާއްދާތައް ހުރި މިންވަރު ބެލުން: އެގޮތުން ހައިޑްރޯކްލޮރިކް އެސިޑް، ޕެޕްސިން އަދި މިޔޫކަސް ސެލް ހުރި މިންވަރު ބެލެއެވެ. އާންމުކޮށް ނުހުންނަ މާއްދާތައް ހުރިމިންވަރު ބެލުން: އެގޮތުން ލޭ އަދި ކެންސަރު ސެލް ތައް ފަދަ ބައިތައް ހުރިތޯ ބެލެއެވެ. ހިސްޓަމީން ޓެސްޓް(އިނގިރޭސި ބަހުން: Histamine test ): ހިސްޓަމީން އަކީ ސީދާ ގޮތެއްގައި ޕަރައިޓަލް ސެލްތައް ހީވާގިކޮށް މުރާލިކުރާ މާއްދާއެކެވެ. މިޓެސްޓް ހެދުމަށް ހައިބަނޑާހުރެ މައިދާ ޖޫސް ކުރިން ބުނިގޮތަށް މައިދާ އިން ނަގައެވެ. އެއަށްފަހު 0.5 މިލިގްރާމްގެ ހިސްޓަމީން ހަންގަނޑުގެ ދަށަށް އިންޖެކްޝަނަކުން ފޮނުވާލައެވެ. އަދި އެއަށްފަހު 1 ގަޑިއިރުވަންދެން ކޮންމެ 5 މިނިޓަކުން 1 ފަހަރު މައިދާ ޖޫސް ނަގައެވެ. އާންމު ގޮތެއްގައި 15-10 މިނިޓާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި އެސިޑް ބޭރުކުރާ މިންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ. އަދި އެގޮތުގައި 20 މިނިޓްވަންދެން އެސިޑް ބޭރުކޮށްކޮށް ހުރެއެވެ.
މިޓެސްޓަކީ މައިދާގެ އެތެރޭގެ ދުލިފަށްތަކުގެ ބާރު ދެނެގަންނަ ޓެސްޓެކެވެ. އަދި މިއީ ޓްރޫ އެނަސިޑިޓީ އާއި ފޯލްސް އެނަސިޑިޓީ ވަކިކޮށްދޭ ޓެސްޓެކެވެ. ޓްރޫ އެނަސިޑިޓީ ގައި މިޓެސްޓް ނެގެޓިވް ވާއިރު ފޯލްސް އެނަސިޑިޓީ ގައި މިޓެސްޓް ވާނީ ޕޮޒިޓިވް އެވެ. ނަމަވެސް ހިސްޓަމީން އަކީ ލޭހޮޅިތައް ފުޅާކޮށްދޭ މާއްދާ އެއްކަމުން ހިސްޓަމީން އިންޖެކްޝަން ޖެހުމުން ބޮލުގައި ރިހުން، ލޭގެ ޕްރެޝަރުދަށްވުން އަދި ޝޮކްޖެހުން ފަދަ ކަމެއް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިސަބަބާހުރެ މިހާރު ހިސްޓަމީންގެ ބަދަލުގައި ބޭނުންކުރެވެނީ ޕެންޓަގެސްޓްރިން ކިޔާ މާއްދާއެކެވެ.
އިންސިޔުލިން ޓެސްޓް(އިނގިރޭސި ބަހުން: Insulin test ): އިންސިޔުލިން އަކީ ނުސީދާކޮށް މައިދާ ޖޫސް ބޭރުކުރުން އިތުރުކޮށްދޭ މާއްދާއެކެވެ. މިޓެސްޓް ހެދުމަށް ހައިބަނޑާހުރެ މައިދާ ޖޫސް ކުރިން ބުނިގޮތަށް މައިދާ އިން ނަގައެވެ. އެއަށްފަހު އިންސިޔުލިންގެ ކުޑަ ޑޯޒެއް ލޭގެ ތެރެއަށް އިންޖެކްޝަނަކުން ފޮނުވާލައެވެ. އަދި އެއަށްފަހު 1 ގަޑިއިރުވަންދެން ކޮންމެ 5 މިނިޓަކުން 1 ފަހަރު މައިދާ ޖޫސް ނަގައެވެ. އާންމު ގޮތެއްގައި 30-15 މިނިޓާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި އެސިޑް ބޭރުކުރާ މިންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ.
މައިދާ އާއި ގުޅުންހުރި ބަލިތައް ބަނޑުގައި ރިއްސުން ބަނޑުގައި ވައިހެދުން ބަނޑުހިކުން ހޮނޑުލުން ގެސްޓްރިކް އެސިޑް ނުއުފެއްދުން ގެސްޓްރިކް އެސިޑް އުފެއްދުން މަދުވުން ޒޮލިންގާ އެލިސަން ސިންޑްރޯމް މައިދާގެ ފާރު މައިދާގެ ކެންސަރު އިތުރު ފާލަންތައް
This article uses material from the Wikipedia ދިވެހިބަސް article މައިދާ , which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0") ; additional terms may apply (view authors ). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses. ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.