ރިޕަބްލިކް އޮފް މަލާވީއަކީ އިރުދެކުނު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.
ކުރިން މި ޤައުމަށް ކިޔަނީ ނިޔާސާލޭންޑެވެ.
Republic of Malaŵi Chalo cha Malawi, Dziko la Malawi | ||||||
---|---|---|---|---|---|---|
| ||||||
Motto: Unity and Freedom | ||||||
Anthem: Mulungu dalitsa Malaŵi (Chichewa) "Oh God Bless Our Land of Malawi" | ||||||
Capital | Lilongwe 13°57′S 33°42′E / 13.950°S 33.700°E | |||||
Largest city | Blantyre | |||||
Official languages | English | |||||
Recognised regional languages | Chichewa | |||||
Demonym | Malawian | |||||
Government | Multi-party democracy | |||||
- | President | Peter Mutharika | ||||
- | Vice President | Saulos Chilima | ||||
Independence from the UK | ||||||
- | Independence declared | July 6, 1964 | ||||
Area | ||||||
- | Total | 118,484 km2 (99th) 45,747 sq mi | ||||
- | Water (%) | 20.6% | ||||
Population | ||||||
- | 2009 estimate | 15,263,000 | ||||
- | 1998 census | 9,933,868 | ||||
- | Density | 128.8/km2 (94th) 333.6/sq mi | ||||
GDP (PPP) | 2008 estimate | |||||
- | Total | $11.412 billion | ||||
- | Per capita | $835 | ||||
GDP (nominal) | 2008 estimate | |||||
- | Total | $4.268 billion | ||||
- | Per capita | $312 | ||||
Gini (2008) | 38 medium | |||||
HDI (2008) | 0.457 Error: Invalid HDI value · 162nd | |||||
ކަރަންސީ | Kwacha (D) (MWK) | |||||
Time zone | CAT (UTC+2) | |||||
- | Summer (DST) | not observed (UTC+2) | ||||
ޑްރައިވްސް | left | |||||
Calling code | +265 | |||||
އިންޓަރނެޓް ޓީއެލްޑީ | .mw | |||||
1 މި ޤައުމުގެ އާބާދީގެ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ. 2މައުލޫމާތު ނަގަނީ ސީއައިއޭގެ ފެކްޓްބުކް އިން އެހެން ގޮތަކަށް ފާހަގަކޮށްފައި ނުވާނަމައެވެ. |
މަލާވީގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ސަރަޙައްދީ ބަހެއްގެ ގޮތުގައި ޗިޗެވާ ބަސް ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މަލާވީގެ މީހުންނަށް ކިޔަނީ މަލާވިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްލަންތައިރޭއެވެ. މަލާވީގެ ވެރި ރަށަކީ ލިލޮންގްވޭ އެވެ. މަލާވީއަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 65 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mw. އެވެ. ކޯލިން ކޯޑަކީ +265 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކްވާޗާއެވެ.
މަލާވީގެ ނަން ނިސްބަތްވަނީ ލޭކް މަލާވީ ނަމަކަށް ކިޔާ ފެންގަނޑަށެވެ. ލޭކް މަލާވީއަށް ލޭކް ނިޔާސާއޭ ވެސް ކިޔައެވެ. މަލާވީގެ ކުރީގެ ނަން ކަމުގައިވާ ނިޔާސާލޭންޑް ނިސްބަތް ކުރެވިފައިވަނީ މި ގޮތުންނެވެ. އަދި މަލާވީ މި ނަމަކީ ބަންޓޫ ނަސްލުގެ މަރާވީ މީހުންނަށް ނިސްބަތްވާ ނަމެއް ކަމަށް ބުނެއެވެ.
މަލާވީގެ ހުޅަނގުއުތުރުގައި އޮތީ ޒެންބިޔާއެވެ. އިރު އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. އިރުމައްޗާއި ދެކުނާއި ހުޅަނގުގައި ވެސް އޮތީ މުސިންބީ (މޮޒަންބީކް) އެވެ. މަލާވީގެ އެންމެ މުހިއްމު ފެންގަނޑު ކަމުގައިވާ ލޭކް މަލާވީއަށް ކަލަންޑަރު ލޭކްއޭ ވެސް ކިޔައެވެ. އެއީ މި ކޯރުގެ ދިގު މިނުގައި 365 މޭލު ހުރުމާައި ފުޅާ މިނުގައި 52 މޭލު ހުރުމުގެ ސަބަބުންނެވެ. އެއީ އަހަރެއްގައި ހުންނަނީ 365 ދުވަހާއި 52 ހަފްތާ ކަމުންނެވެ. މަލާވީއަކީ ބިމުގެ ގޮތުން ބަލާއިރުގައި ދުނިޔޭގެ 99 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.
މީލާދީން 10 ވަނަ ޤަރުނާ ހަމަޔަށް އައި އިރު މަލާވީގައި އޮތީ ވަރަށް ކުޑަކުޑަ އާބާދީއެކެވެ. އެއީ ޝިކާރަވެރިންގެ މައްޗަށް ބިނާވެފައި އޮތް އާބާދީއެކެވެ. އެހެން ނަމަވެސް މީލާދީން 10 ވަނަ ޤަރުނާ ހަމައިގައި ބަންޓޫ މީހުން އެކި ހިސާބުތަކަށް ބެހި ގަތުމުގެ އޮއިވަރުގައި މަލާވީއަށް ވެސް ބަންޓޫ ދަރިކޮޅުގެ މީހުން އައެވެ. އޭގެ ސަބަބުން މަލާވީގެ އާބާދީގެ ރޫ ބަދަލުވެގެން ދިޔައެވެ. މީލާދީން 1500 ގެ ތެރޭގައި މަލާވީގެ ޤަބީލާތަކުުގެ ރަސްކަމެއް ޤާއިމުކުރިއެވެ. މީލާދީން 1700 ގެ ތެރޭގައި މި ރަސްކަން ގާތްގަނޑަކަށް ރޫޅިގެން ދިޔައެވެ. މީލާދީން 1859 ގައި ޑޭވިޑް ލިވިންގްސްޓޯން މަލާވީއަށް ދިޔައެވެ. އިނގިރޭސީންގެ ވެރިކަމުގެ ތެރޭގައި މަލާވީއަށް ކިޔަމުން އައީ ނިޔާސާލޭންޑް މި ނަމެވެ. ނިޔާސާލޭންޑްގެ ކޮލޯނިޔަލް ސަރުކާރު ޤާއިމުވީ 1891 ވަނަ އަހަރުގައެވެ. މަލާވީއަށް އިނގިރޭސި ވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 6 ޖުލައި 1964 ގައެވެ.
މަލާވީގެ އާބާދީގެ 85% މީހުންނަކީ ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. މަލާވީގެ އާބާދީގައި ހިމެނޭ ނަސްލުތަކަކީ، ޗެވާ، ނިޔަންޖާ، ތުންބުކާ، ޔާއޯ، ލޮމްވޭ، ސޭނާ، ތޮންގާ، އެންގޯނީ، އަދި އެންގޮންޑޭ، މި ނަސްލުތަކެވެ. 2007 ވަނަ އަހަރުގެ އަންދާސީ ހިސާބުތަކަށް ބަލާއިރު، މަލާވީގެ 80% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 13% މީހުންނަކީ މުސްލިމުންނެވެ.
މަލާވީގެ އާބާދީގެ 85% މީހުންނަކީ ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. މަލާވީގެ ސަގާފަތުގެ އެންމެ ވަރުގަދަ އެކައްޗަކީ މަލާވީގެ ޑާންސެވެ.
މަލާވީ އަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އަކަބުރަ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ ތަރައްޤީ ނުވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މަލާވީގެ މުޅި އިޤްތިޞާދުހެން ބިނާވެފައިވަނީ ދަނޑުވެރި ކަމުގެ މައްޗަށެވެ. މަލާވީގެ ޖީ.ޑީ.ޕީީގެ ތިން ބައި ކުޅަ އެއްބައި ލިބެނީ ދަނޑުވެރިކަމުންނެވެ. އެކްސްޕޯޓްގެ 90% އަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 835 ޑޮލަރެވެ.
This article uses material from the Wikipedia ދިވެހިބަސް article މަލާވީ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.