މުސިންބީ

ރިޕަބްލިކް އޮފް މޮޒަންބީކް ނުވަތަ ދިވެހި ބަހުން ކިޔާ ގޮތުން ނަމަ މުސިންބީއަކީ ދެކުނު އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

Republic of Mozambique
República de Moçambique
މުސިންބީ މުސިންބީ
Flag Coat of arms
Anthem: Pátria Amada
(formerly Viva, Viva a FRELIMO)
މުސިންބީ
Location of Mozambique
Capital
and largest city
Maputo
25°57′S 32°35′E / 25.950°S 32.583°E / -25.950; 32.583
Official languages Portuguese
Vernacular languages Swahili, Makhuwa, Sena
Demonym Mozambican
Government Republic
 -  President Armando Guebuza
 -  Prime Minister Luísa Diogo
Independence
 -  from Portugal June 25, 1975 
Area
 -  Total 801,590 km2 (35th)
309,496 sq mi
 -  Water (%) 2.2
Population
 -  2009 estimate 22,894,000 (54th)
 -  2007 census 21,397,000 (52nd)
 -  Density 28.7/km2 (178th)
74.3/sq mi
GDP (PPP) 2008 estimate
 -  Total $18.740 billion
 -  Per capita $903
GDP (nominal) 2008 estimate
 -  Total $9.897 billion
 -  Per capita $477
Gini (1996–97)39.6
medium
HDI (2007)މުސިންބީ 0.402
Error: Invalid HDI value · 172nd
ކަރަންސީ Mozambican metical (Mtn) (MZN)
Time zone CAT (UTC+2)
 -  Summer (DST) not observed (UTC+2)
ޑްރައިވްސް left
Calling code 258
އިންޓަރނެޓް ޓީއެލްޑީ .mz
1. މި ގައުމަށް ކުރާ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

މުސިންބީގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. މީގެ އިތުރުން ސަވާހިލީ ބަހާއި މަކުވާ ބަހާއި ސޭނާ ބަސް ވަރްނެކިއުލާ ލޭންގުއޭޖަސްތަކުގެ ގޮތުގައި ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މުސިންބީ މީހުންނަށް ކިޔަނީ މޮޒަންބީކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަޕޫޓޯއެވެ. މުސިންބީގެ ވެރިރަށަކީ ވެސް މަޕޫޓޯއެވެ. މުސިންބީއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 22 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 51 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.8 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mz. އެވެ. ކޯލިން ކޯޑަކީ +258 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮޒަންބީކަން މެޓިކަލްއެވެ.

ނަން

މުސިންބީގެ ނަން ކަމުގައިވާ މޮޒަންބީކް ނުވަތަ މުސަންބީކް މި ނަން ނިސްބަތްވަނީ މި ސަރަޙައްދުގެ ކުރީގެ ވެރިއެއް ކަމުގައިވާ މޫސާ ބިން އެމްބިކީއަށެވެ. ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ “މުސިންބީ” މި ނަން އެންމެ ފުރަތަމަ ލިޔުމެއްގައި ބޭނުން ކުރައްވާފައިވާ ކަމަށް ފެންނަނީ މަޝްހޫރު ދިވެހި ޝާޢިރު ބަނޑޭރި ޙަސަން މަނިކުފާނެވެ. އެއީ އެ މަނިކުފާނުގެ ދިޔޯގެ ރައިވަރުގައެވެ.

ޖުޣުރާފީ

މުސިންބީގެ އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގު އުތުރުގައި އޮތީ މަލާވީ އާއި ޒެންބިއާއެވެ. ހުޅަނގުގައި އޮތީ ޒިންބާބުވޭއެވެ. ހުޅަނގު ދެކުނުގައި އޮތީ ސްވާޒިލޭންޑާއި ދެކުނު އެފްރިކާއެވެ.

ތާރީޚު

މީލާދީން ފުރަތަމަ ޤަރުނާއި ފަސްވަނަ ޤަރުނާ ދެމެދު ހުޅަނގު އެފްރިކާއިން ހިޖުރަކުރަމުން ދިޔަ ބަންޓުވީން ވަނީ މުސިންބީއާ ހަމަޔަށް ވެސް އައިސްފައެވެ. އެމީހުން ވަނީ އެ ހިސާބުގައި ދަނޑުވެރިކަން ކުރަން ފަށާފައެވެ. އިރުމަތީ އެފްރިކާއަށް ޕޯޗުގީޒުން އައިސްފައިވަނީ 1498 ގައެވެ. ވަސްކޮޑަގާމާގެ ޤިޔާދަތުގެ ދަށުގައި ޕޯޗުގީޒުން 1498 ގައި ކޭފުކޮޅު (ކޭޕް އޮފް ގުޑް ހޯޕް) ވަށާލާފައި އިންޑިޔާ ކަނޑަށް ވަނުން ވެގެން ދިޔައީ ޕޯޗުގީޒުންގެ ކޮލޮނީތައް އިންޑިޔާ ކަނޑުގެ އެެތަން މިތާގައި ޤާއިމުވެގެން ދިއުމުގެ ސަބަބަކަށެވެ. މީލާދީން 1505 ގައި ޕޯޗުގީޒުންގެ ކޮލޮނީއަކަށް މުސިންބީވިއެވެ. ފަހުން މުސިންބީ ވެގެން ދިޔައީ އަޅުންގެ ވިޔަފާރީގައި ވަރަށް ބޮޑަށް ޝާމިލުވެފައި އޮތް ސަރަޙައްދަކަށެވެ. އެފްރިކާގެ ޤަބީލާތަކުގެ ވެރިންނާއި ޢަރަބި ވިޔަފާރިވެރިންނާއި ޕޯޗުގީޒުން ދިޔައީ ޒުވާން ކުދިން ގެނެސް އަޅުންގެ ގޮތުގައި ވިއްކަމުންނެވެ. 20 ވަނަ ޤަރުނާ ހަމައިން މުސިންބީގެ އިދާރީ ގިނަ ކަންތައްތައް ޕޯޗުގީޒުން އޮތީ ޕްރައިވެޓް ކުންފުނިތަކަށް ދޫކޮށްލާފައެވެ. 20 ވަނަ ޤަރުނުގެ ތެރޭގައި އަޅުންގެ ވިޔަފާރި ނުކުރެވުނު ނަމަވެސް މުސިންބީގައި ގަދަކަމުން މަސައްކަތް ކުރުވުމާއި ވަރަށް ކުޑަ މުސާރައަކަށް މަސައްކަތް ކުރަން މަޖުބޫރުކުރުވާފައިވާ ކަން ފާހަގަ ކުރެވެއެވެ. މުސިންބީއަށް ޕޯޗުގީޒުންގެ ކިބައިން ފުރިހަމަ މިނިވަންކަމެއް ލިބުނީ 25 ޖޫން 1975 ގައެވެ.

ޑެމޮގްރަފިކްސް

މުސިންބީގެ އާބާދީއަށް ބަލާއިރު ކްރިސްޓިއަން ދީނަށް ތަބާވަނީ 41.3% އެވެ. މުސްލިމުންނަކީ 17.8% އެވެ. އެހެން ދީންތަކަށް ތަބާވަނީ 16.8% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ނިސްބަތަކީ 21.1% އެވެ. މުސިންބީގެ ރަސްމީ ބަސް ކަމުގައިވާ ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ޤައުމުގެ އާބާދީގެ 40% މީހުންނެވެ. މީގެ ތެރެއިން 33.5% މީހުން ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. މިއީ ބަންޓޫ މީހުންނެވެ. އަމިއްލަ މާދަރީ ބަހެއްގެ ގޮތުގައި ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ އެންމެ 6.5% މީހުންނެވެ. މި މީހުންނަކީ މުސިންބީގެ ދޮން މީހުންނެވެ. މުސިންބީގެ އަންހެނަކު އެވަރެޖުކޮށް 5 ކުދީން ވިހައެވެ.

ސަގާފަތު

މިއަދު މުޅި ދުނިޔޭގައި ވެސް އެފްރިކާގެ ޤަދީމީ ސަގާފަތުގެ އަސަރު އެންމެ ބޮޑަށް ފެންނަ އެއް ޤައުމަކީ މުސިންބީ ކަމުގައި ބުނެވެއެވެ.

އިޤްތިޞާދު

މުސިންބީގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރުވަނީ ބޭންކް އޮފް މޮޒަންބީކުން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 903 ޑޮލަރެވެ.

Tags:

މުސިންބީ އަވަސް ކަޅިއަކުން ބަލައިލުމެއްމުސިންބީ ނަންމުސިންބީ ޖުޣުރާފީމުސިންބީ ތާރީޚުމުސިންބީ ޑެމޮގްރަފިކްސްމުސިންބީ ސަގާފަތުމުސިންބީ އިޤްތިޞާދުމުސިންބީ

🔥 Trending searches on Wiki ދިވެހިބަސް:

ތޭންގަދީބުދާނެސްނާމާޖެނުއަރީ 9ބެލަރޫސްޕޯޗުގަލްޅެންފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްއުދަބާނި (ފިލްމް)އޮކްޓޫބަރު 31އޮނުގަނޑުތޮޅި2008ނިއުޒިލޭންޑުޢަލީގެފާނުއެވަރެސްޓް ފަރުބަދަޖެނުއަރީ 11ތާޖް މަޙަލްބަންފު ޤައުމީ ޕާކުދިވެހިރާއްޖެޢުޘްމާނުގެފާނުމަންދޫ (އދ. އަތޮޅު)އޮކްޓޫބަރު 4ކުޑަކުދިންގެ ކުދިވާހަކަ 1އޮކްޓޫބަރު 10ފެބްރުއަރީ 26ބެލްޖިއަމްޕްރޮޓީންފަޚުރުވެރި ދިވެހިބަސްއޮކްޓޫބަރު 15ފެބްރުއަރީ 17ފެބްރުއަރީ 4ވޮޝިންގޓަން، ޑީ.ސީ.ކޮސްޓަރީކާނޮވެމްބަރު 20ސޮމާލީލޭންޑުއިކުއެޑޯރު2011މާރޗް 12ބަޙްރައިންމުސްލިމް ނަބީންހުޅުތައް ދުޅަވުންޢުމަރުގެފާނުއިންޑިޔާމާރޗް 10އަރުމީނިއާފަރަންސޭސިވިލާތްސެޕްޓެމްބަރު 10ގީނިއާއެއިފެލް ޓަވަރުއެޕްރީލްޒައިތޫނިއެޕްރީލް 26މޮސްކޯމެއި 4އުރުގުއޭއިންޑޮނޭޝިޔާޖެނުއަރީ 1ފެބްރުއަރީ 20ޑިސެމްބަރު 27ޔޫ.ޓީ.ސީ.ކެނެޑާނެދަލޭންޑުއެޕްރީލް 19ފެބްރުއަރީ 2ގަސްޓެންޒޭނިއާޖިބުތީޖެނުއަރީ 20އެޕްރީލް 7ޑޮމިނިކާފެބްރުއަރީ 19🡆 More