އަބްދުﷲ ޖަލާލުއްދީން

] އަބުދުﷲ ޖަލާލުއްދީން އަކީ ދިވެހި ބަހާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ.

އަދި އޭނާ އަކީ ދިވެހި ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރެއްވުމަށް މަސައްކަތްކުރެއްވި ދީނީ މުރުޝިދެކެވެ. 1998 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ހުޅުވުނު ޖަލާލުއްދީން ސުކޫލް ގެ ނަން ނިސްބަތްވަނީ ޢަބުދުﷲ ޖަލާލުއްދީން އަށެވެ. ޖަލާލުއްދީން އަކީ ޅ. ނައިފަރަށް އުފަންވެ ވަޑައިގެންނެވި ބޭފުޅެކެވެ. ޢަބުދުﷲ ޖަލާލުއްދީންގެ ބައްޕާފުޅަކީ މަޢުލަވީ އައްޝައިޚް ޢަލީ ދީދީ (ނައިފަރު ހުތް ޢަލީދީދީ) އެވެ. މަންމަ އަކީ އެރަށު ތަންހަޅިގޭ ފާޠިމަތު ޙުސައިން އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 ފެބުރުއަރީ 1902 ގައެވެ. (11 ޛުލްޤަޢިދާ 1319ހ)

ތައުލީމް

ޢަބުދުﷲ ޖަލާލުއްދީން (ޢަބުދުﷲ ފަހުމީ ދީދީ) ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒުހަރުންނެވެ. ޢަބުދުﷲ ޖަލާލުއްދީން އަކީ މޮޅު އަދީބެކެވެ. ވާހަކަ ދެއްކުންތެރި އެކެވެ. ފޮތްތައް ލިޔުއްވި ބޭފުޅެކެވެ. ދިވެހި ބަހުގެ ފުންނާބު އުސް ޝާޢިރެކެވެ. ޢަރަބި ބަސް އަދި އުރުދޫ ބަސް ރަގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ޒާހިދެކެވެ. ކޮލީ ނަންފުޅަކީ އައްޝައިޚް ޢަބުދުﷲ ޖަލާލުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު އެވެ. ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހްގެ ބާނީ އަކީ މިއީ އެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
އަބްދުﷲ ޖަލާލުއްދީން 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

މަގާމްތައް

  • ދިވެހިރާއްޖޭގެ ޤާޟީކަން : ޙުސައިން ޞަލާޙުއްދީންގެ އުއްތަމަ ފަނޑިޔާރުކަމުގެ ފަހުކޮޅުގައި
  • 15 އޮގަސްޓް 1952 – ޝައިޚުލް އިސްލާމްކަން
  • 20 އޮކްޓޯބަރު 1952 – އުއްތަމަ ފަނޑިޔާރުކަން

==== Headin

Heading text

g text ====

1 ޑިސެމްބަރު 1952 – ވަޒީރުލް މަޢާރިފްކަން 
  • ރައްޔިތުންގެ ޚާއްޞަ މަޖުލީހުގެ ޅ.އަތޮޅުގެ މެންބަރުކަން
  • ދަންނަބޭކަލުންގެ ކޮމިޓީގެ ރައީސްކަން ===ê
  • ވަލީ ކޮމިޓީގެ ރައީސްކަން
  • މަދަރުސަތުލް މަޖީދިއްޔާގެ ނާޒިރުކަން

ގައުމީ ޚިދުމަތް

ޢަބުދުﷲ ޖަލާލުއްދީން އަކީ ތަފާތު ޢިބްރަތްތެރި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. ތަފާތު ރަހަރަހައިގެ ޅެންތައް ހައްދަވާފައި ވެއެވެ. ފުރަތަމަ ޖުމުހޫރިއްޔާގައި ވަރަށް މުހިއްމު ރޯލެއް ކުޅުއްވި އެވެ. ޢަބުދުﷲ ޖަލާލުއްދީންގެ ބާނީކަމުގެ ދަށުގައި އުފެއްދެވި ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހް އަކީ އެހިޔާވަހިކަމުގެ ދަށުން އެތައް ދަރީންނެއް ތަޢުލީމް ޙާޞިލްކުރައްވައިގެން ގައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ މަދަރުސާ އެކެވެ. މުހައްމަދު އަމީންގެ ވެރިކަމުގައި ހިނގައިދިޔަ ހިތާމަވެރި ނިމުމުގެ ހާދިސާ އާއި ގުޅިގެން ޢަބުދުﷲ ޖަލާލުއްދީން އައްޑު އަތޮޅަށް އަރުވާލެއްވި އެވެ. ތޮއްޑޫން ނަޖިއްޔާ ކިޔާ ބޭފުޅަކާއި ކައިވެނި ބައްލަވައިގަތެވެ.

އަވަހާރަވުން

ޢަބުދުﷲ ޖަލާލުއްދީން އަވަހާރަވީ 1 އެޕްރީލް 1958 (11 ރަމަޟާން 1377ހ ) ގައެވެ.

މަރުޖިޢުތައް

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
  1. Bulleted list item

Numbered list item

Tags:

އަބްދުﷲ ޖަލާލުއްދީން ތައުލީމްއަބްދުﷲ ޖަލާލުއްދީން މަގާމްތައްއަބްދުﷲ ޖަލާލުއްދީން ގައުމީ ޚިދުމަތްއަބްދުﷲ ޖަލާލުއްދީން އަވަހާރަވުންއަބްދުﷲ ޖަލާލުއްދީން މަރުޖިޢުތައްއަބްދުﷲ ޖަލާލުއްދީން

🔥 Trending searches on Wiki ދިވެހިބަސް:

އުރުދުންކޮލަންބިއާރޯދަޑެނިއެލް ރެޑްކްލިފްއެޕްރީލް 23ސެޕްޓެމްބަރު 8ސުވެޑިޝްޖޫން 24ހިންދީކިހުނުވުން1989ޖެނުއަރީ 6އެޕްރީލް 14އޮކްޓޫބަރު 27ބްރޫކްލީން ބްރިޖްހައިޑްރަޖަންއިލްޔާސް އިބްރާހީމްއުއްތަރުކަންދުޖެނުއަރީ 17މުޙައްމަދު އިސްމާއިލް ދީދީއިސްރާއީލުއެމާ ވެޓްސަންސުވިޑަންއޮކްޓޫބަރު 18އެޕްރީލް 2މަރިޔަމް އަފީފާޖޫން 10މައި ޞަފްޙާޑިސެމްބަރު 19ޔޫ.ޓީ.ސީ.ޙަދީޘްޙަބުޝްކަރައިނގިރޭސިވިލާތްޝަހީދު ޙުސައިން އާދަމްވިއެޓުނާމުއައިވަރީ ކޯސްޓުރުވާންޑާޖުލައި 1ޔޫސުފް މުޙައްމަދުފުޅުއިންޑިޔާޖެނުއަރީ 29ކާލް ފްރީދްރީޝް ގައުސްފަރުޖު ދުޅަވުންއިގުރުމީލާދީ ކަލަންޑަރުއެޕްރީލް 1މެންދަން މިޔަރުއޮށްޖެނުއަރީ 15ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއެޕްރީލް 22ޢަރަބިޑިސެމްބަރު 14ނޮވެމްބަރު 12ޑިސެމްބަރު 25ހުތް އަލީ ދީދީއެބްޑަމިނަލް އެއޯޓާTāna Supportއަލްބޭނިއާނާޑުކަތާޔުގެންޑާ2005🡆 More