އިޓާލިޔަން ރިޕަބްލިކް ނުވަތަ އިޓަލީވިލާތަކީ ދެކުނު ޔޫރަޕުގެ އިޓާލިޔަން ޕެނިންސޫލާ އާއި މެޑިޓެރޭނިޔަން ކަނޑުގައި އޮންނަ ބޮޑު ދެރަށް ކަމުގައިވާ ސިސިލީ އާއި ސަރްދީނިޔާގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ.
މިނިވަން ދެ ދައުލަތް ކަމުގައިވާ ސެން މަރީނޯ އާއި ވެޓިކަން ސިޓީ އޮންނަނީ އެ ދެ ދައުލަތުގެ ވަށައިގެން އިޓަލީ އޮންނާނެހެންނެވެ. މި ދެ ދައުލަތުގެ ހުރިހާ ފަރާތެއްގެ ބޯޑަރުވެސް ޙިއްޞާކުރަނީ އިޓަލީއާއެކުގައެވެ. މިއަދު އިޓަލީގެ ގޮތުގައި އޮތް ސަރަޙައްދަކީ ޔޫރަޕުގެ އެތައް ސަގާފަތެއް އެތަނުގައި އުފަންވެގެން އައި ބިމެވެ. އިޓަލީވިލާތުގެ ވެރިރަށް ކަމުގައިވާ ރޫމަކީ ހުޅަނގުގެ މަދަނިއްޔަތާއި ޙަޟާރަތުގެ އުނގެވެ. މެދުޒަމާނާ ހަމަޔަށް އައިއިރު ވެސް އިޓަލީ އޮތީ ތަފާތު ވަކިވަކި ރަސްކަންތަކެއްގެ ގޮތުގައެވެ. މި ގޮތުން ކިންގްޑަމް އޮފް ސަރްދީނިޔާ އާއި ކިންގްޑަމް އޮފް ދަ ޓޫ ސިސިލީސް އާއި ޑަޗީ އޮފް މިލާން ފާހަގަކޮށްލެވެއެވެ. އިޓަލީވިލާތް މިހާރު މި އޮތް ގޮތަށް އެކުވެގެން އައިސްފައިވަނީ 1861 ވަނަ އަހަރުގައެވެ.
Italian Republic Repubblica Italiana | ||||||
---|---|---|---|---|---|---|
| ||||||
Anthem: Il Canto degli Italiani (also known as Inno di Mameli) The Song of the Italians | ||||||
Location of އިޓަލީވިލާތް (dark green) – in Europe (light green & dark grey) | ||||||
Capital and largest city | Rome 41°54′N 12°29′E / 41.900°N 12.483°E | |||||
Official languages | Italian1 | |||||
Ethnic groups | 93.5% Italian 2.72% Romanians, Albanians, Moroccans | |||||
Demonym | Italian | |||||
Government | Parliamentary republic | |||||
- | President | Giorgio Napolitano | ||||
- | Prime Minister | Mario Monti | ||||
Legislature | Parliament | |||||
- | Upper house | Senate | ||||
- | Lower house | Chamber of Deputies | ||||
Formation | ||||||
- | Unification | 17 March 1861 | ||||
- | Republic | 2 June 1946 | ||||
Area | ||||||
- | Total | 301,338 km2 (71st) 116,346 sq mi | ||||
- | Water (%) | 2.4 | ||||
Population | ||||||
- | 2009 estimate | 60,157,214 (23rd) | ||||
- | 2001 census | 56,995,744 | ||||
- | Density | 199.6/km2 (54th) 517/sq mi | ||||
GDP (PPP) | 2008 estimate | |||||
- | Total | $1.817 trillion (10th) | ||||
- | Per capita | $30,631 (27th) | ||||
GDP (nominal) | 2008 estimate | |||||
- | Total | $2.314 trillion (7th) | ||||
- | Per capita | $38,996 (21st) | ||||
Gini (2000) | 36 medium | |||||
HDI (2007) | 0.951 Error: Invalid HDI value · 18th | |||||
ކަރަންސީ | Euro (€)2 (EUR) | |||||
Time zone | CET (UTC+1) | |||||
- | Summer (DST) | CEST (UTC+2) | ||||
ޑްރައިވްސް | right | |||||
Calling code | 394 | |||||
އިންޓަރނެޓް ޓީއެލްޑީ | .it3 | |||||
1. | French is co-official in the Aosta Valley; Slovene is co-official in the province of Trieste and the province of Gorizia; German and Ladin are co-official in the province of Bolzano-Bozen. | |||||
2. | Before 2002, the Italian Lira. The euro is accepted in Campione d'Italia, but the official currency is the Swiss Franc. | |||||
3. | The .eu domain is also used, as it is shared with other European Union member states. | |||||
4. | To call Campione d'Italia, it is necessary to use the Swiss code +41. |
އިޓަލީވިލާތުގެ ރަސްމި ބަހަކީ އިޓަލީ ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ އިޓާލިޔަނުންނެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރޫމެވެ. ވެރިކަން ކުރަނީ ވެސް ރޫމުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. އާބާދީއަކީ 60 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ it. އެވެ. ކޯލިން ކޯޑަކީ +39 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
އިޓަލީގެ ނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. މި ނަމުގެ އިނގިރޭސި މާނައަކީ “ލޭންޑް އޮފް ޔަންގް ކެޓްލް” އެވެ. ޖުޣުރާފީ އިޓަލީއާއެކު ބޯޑަރު ޙިއްޞާކުރާ ޤައުމުތަކަކީ ފަރަންސޭސިވިލާތާއި، ސުވިޒަލޭންޑާއި، އޮސްޓްރިޔާ އާއި ސްލޮވީނިޔާއެވެ. މީގެ އިތުރުން އިޓަލީގެ ތެރޭގައިވާ ސެން މަރީނޯ އާއި ވެޓިކަން ސިޓީއެވެ.
އިޓަލީގެ އެތަން މިތަނުގައި ކުރެވިފައިވާ އާކިޔޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ އިޓަލީގައި އިންސާނުންވަނީ ދިރިއުޅެން ފަށާފައެވެ. މީލާދުގެ ކުރީން 8 ވަނަ ޤަރުނާއި 7 ވަނަ ޤަރުނާ ދެމެދުގައި ޔޫނާނީންގެ މީހުން ވަނީ ސިސިލީގެ އައްސޭރިފަށުގައި ދިރިއުޅެން ފަށާފައެވެ. ޤަދީމީ ރޫމަކީ މީލާދުގެ ކުރީން 8 ވަނަ ޤަރުނާ ހިސާބުގައި ދަނޑުވެރިކަންކޮށް އުޅުނު ކުޑަކުޑަ އާބާދީއެކެވެ. ފަހުން މިތަން ދިރެމުން ގޮސް މުޅި ދުނިޔެއަށް ނަންވިދާލާ ފަދަ ޝަހަރަކަށް ވެގެންދިޔައީއެވެ. ރޫމާނީންގެ އަމްބަރާޠޫރިއްޔަތު ދިޔައީ މީލާދީން 2 ވަނަ ޤަރުނާ ހަމަޔަށް ވަރަށް ބޮޑަށް ކުރި އަރަމުންނެވެ. މީލާދީން ދެވަނަ ޤަރުނާ ހިސާބުގައި މި ބިޔަ ވެރިކަން ދެބައިވެގެންދިޔައެވެ. އެއްބަޔަކީ ވެސްޓަން ރޯމަން އެމްޕަޔަރ އެވެ. އަނެއް ބަޔަކީ އީސްޓަން ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރއެވެ. 19 ވަނަ ޤަރުނާ ހަމަޔަށް އައި އިރު އިޓަލީވިލާތަކީ ޔޫރަޕުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްތިޢުމާރީ ބޮޑު ބާރެކެވެ. ލީބިޔާ އާއި އެރިތްރިޔާ އާއި ސޯމާލިޔާލޭންޑާއި އިތިޔޯޕިޔާ އާއި އަލްބޭނިޔާ އާއި ރޮޑީޝިޔާ އާއި ޗައިނާގެ ބައެއް ތަންތަން ވެސް އޮތީ އިޓަލީގެ ދަށުގައެވެ.
އާބާދީގައި 60 މިލިޔަން މީހުން ތިބި އިޓަލީ ވިލާތަކީ އާބާދީގެ ގޮތުން ދުނިޔޭގެ 23 ވަނަ ޤައުމެވެ. އަދި ޔޫރަޕިއަން ޔޫނިއަންގައި އޮތް ހަތަރުވަނައަށް އެންމެ ބޮޑު އާބާދީއެވެ. އިޓަލީގެ އާބާދީގެ 93.52% އަކީ އިޓާލިޔަނުންނެވެ. 1.32% އަކީ ރުމޭނިޔަނުންނެވެ. 1.01% އަކީ އުތުރު އެފްރިކާ ނަސްލުގެ މީހުންނެވެ. 0.73% އަކީ އަލްބޭނިޔާ ނަސްލުގެ މީހުންނެވެ.
މިއަދު މުޅި ދުނިޔެއަށް ބަލާއިރު ވެސް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ އެއް ޤައުމުކަމުގައިވާ އިޓަލީއަކީ އާޓާއި ސަގާފަތުގެ ރޮނގުން އަދި ހަމަ އެހެންމެ އަދަބިއްޔާތުގެ ރޮނގުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ޤައުމެކެވެ. އިޓަލީވިލާތުގެ ރޯމަކީ މުޅި ޔޫރަޕަށް ބަލާއިރު ތިންވަނައަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ޝަހަރެވެ.
އިޓަލީއަކީ ދުނިޔޭގައި ހަތްވަނައަށް އެންމެ ކުރިއަރާފައިވާ އިޤްތިޞާދެވެ. ޔޫރަޕުގެ ހަތަރުވަނަ އިޤްތިޞާދެވެ. އިޓަލީގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 30631 ޑޮލަރެވެ.
This article uses material from the Wikipedia ދިވެހިބަސް article އިޓަލީވިލާތް, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.