ގުއަޓެމާލާ

ގުއަޓެމާލާއަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

Republic of Guatemala
República de Guatemala  ފަންވަތް:Es icon
ގުއަޓެމާލާ ގުއަޓެމާލާ
Flag Coat of arms
Motto: "Libre Crezca Fecundo"
"Live Free and Fertile"
Anthem: Himno Nacional de Guatemala
ގުއަޓެމާލާ
Location of Guatemala
Capital
and largest city
Guatemala City
14°38′N 90°30′W / 14.633°N 90.500°W / 14.633; -90.500
Official languages Spanish, 22 indigenous languages
Demonym Guatemalan
Government Presidential republic
 -  President Álvaro Colom Caballeros
 -  Vice President Rafael Espada
Independence from Spain
 -  Date 15 September 1821 
Area
 -  Total 108,890 km2 (106th)
42,042 sq mi
 -  Water (%) 0.4
Population
 -  July 2009 estimate 14,000,000 (70th)
 -  July 2007 census 12,728,111
 -  Density 134.6/km2 (85th)
348.6/sq mi
GDP (PPP) 2008 estimate
 -  Total $67.117 billion
 -  Per capita $4,907
GDP (nominal) 2008 estimate
 -  Total $38.983 billion
 -  Per capita $2,850
Gini (2002)55.1
high
HDI (2007)ގުއަޓެމާލާ 0.704
Error: Invalid HDI value · 122th
ކަރަންސީ Quetzal (GTQ)
Time zone Central Time (UTC-6)
ޑްރައިވްސް right
Calling code +502
އިންޓަރނެޓް ޓީއެލްޑީ .gt

އަވަސް ކަޅިއަކުން ބަލައިލުމެއް

ގުއަޓެމާލާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން އަދިވާސީ ބަސްތަކުގެ ތެރެއިން 22 ބަހެއް ރަސްމީ ބަސްތަކުގެ ގޮތުގައި ބެލެވިފައިވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގުއަޓެމާލަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ގުއަޓެމާލާ ސިޓީއެވެ. ގުއަޓެމާލާގެ ވެރި ރަށަކީ ވެސް ގުއަޓެމާލާ ސިޓީއެވެ. މި ޤައުމަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 69 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gt. އެވެ. ކޯލިން ކޯޑަކީ +502 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކުއެޓްޒަލްއެވެ.

ނަން

ގުއަޓެމާލާގެ ނަމުގެ އަޞްލަކީ ކޮބައިކަމެއް ނޭނގޭ ކަމުގައި ވަރަށް ގިނަ ލިޔުންތަކުގައިވެއެވެ. އެހެން ނަމަވެސް ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ގުއަޓެމާލާގެ ނަމުގެ މާނައަކީ “ލޭންޑް އޮފް ޓްރީސް” އެވެ. އަނެއް މާނައަކީ “ބިޓްވީން ދަ ޓްރީސް” އެވެ.

ޖުޣުރާފީ

ގުއަޓެމާލާގެ އުތުރާއި ހުޅަނގުގައި އޮތީ މެކްސިކޯއެވެ. ހުޅަނގު ދެކުނުގައި އޮތީ ޕެސިފިކް ކަނޑެވެ. އިރު އުތުރުގައި އޮތީ ބެލީޒެވެ. އިރުމަތީގައި އޮތީ ކެރީބިޔަންއެވެ. އިރު ދެކުނުގައި އޮތީ ހޮންޑިއުރަސް އާއި އެލްސަލްވަޑޯރެވެ. ދެކުނުގެ އައްސޭރި ފަށާއި އުތުރުގެ ތިރިބިން ފިޔަވައި ގުއަޓެމާލާއަކީ ފަރުބަދަތަކުން ފުރިފައިވާ ޤައުމެކެވެ. ގުއަޓެމާލާއިން ވަނީ ވަރަށް ކުރީއްސުރެ އަވަށްޓެރި ބެލީޒްގެ މުޅި ބިން ނުވަތަ ބައެއްގެ މައްޗަށް ދަޢުވާކޮށްފައެވެ. ގުއަޓެމާލާއިން ވަނީ 1990 ވަނަ އަހަރު ބެލީޒްގެ މިނިވަންކަން ޤަބޫލުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް މި ދެ ޤައުމުގެ ދެމެދުގައިވާ ބޯޑަރުގެ މައްސަލައަކަށް ނިމުމެއް ނާދެއެވެ.

ތާރީޚު

އެންމެ ފުރަތަމަ ގުއަޓެމާލާ ސަރަޙައްދުގައި މީހުން އުޅެފައިވާކަމަށް ފެންނަނީ ޢީސާއީ މީލާދުގެ 12000 އަހަރު ކުރީންނެވެ. މި މުއްދަތަށް ވުރެ ކުރިޔަށް ވެސް މި ތާރީޚު ހިނގައިދާނެ ކަމަށް ފެންނަ ބައެއް ހެކިތައް އެ ޤައުމުން ފެނިފައިވެއެވެ. މި ގޮތުން ލިބެން ހުރި ބައެއް ހެކިތަކުން ދައްކާ ގޮތުގައި ގުއަޓެމާލާގައި މީހުން ދިރިއުޅެމުންދަނީ ޢީސާއީ މީލާދަށް ވުރެ 18000 އަހަރު ކުރީންނެވެ. އާރކިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ގުއަޓެމާލާގައި ފުރަތަމަ ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ މީހުންނެވެ. އެހެން ނަމަވެސް ޢީސާއީ މީލާދުގެ 3500 އަހަރު ކުރީން ގުއަޓެމާލާގެ ވަޒަންވެރީން ޒުވާރި ހައްދަން ފަށާފައިވާކަން އެނގެއެވެ. އާރކިއޮލޮޖިސްޓުން މެސޯއެމެރިކާގެ ތާރީޚުގެ ޕްރީކޮލަންބިއަން ދައުރު ބައްސަވާލައްވަނީ ތިން ބަޔަކަށެވެ. އެއީ ޕްރީކްލާސިކް ބަޔާއި ކްލަސިކް ބަޔާއި ކާލިސްޓިކް ބަޔަށެވެ. ޕްރީކްލާސިކް ބައިގެ މުއްދަތަކީ 2000 މ.ކ އިން 250 މ. އަށެވެ. ކްލާސިކް ބައިގެ މުއްދަތަކީ 250 މ. އިން ފެށިގެން 900 މ. އާ ހަމަޔަށެވެ. ކާލިސްޓިކް ބައިގެ މުއްދަތަކީ 900 މ. އިން 1500 މ. އާ ހަމަޔަށެވެ. އެމެރިކާ ބައްރުގެ އެންމެ ވަރުގަދަ އެއް ޙަޟާރަތު ކަމުގައިވާ މާޔާ ސިވިލައިޒޭޝަނުން ގުއަޓެމާލާއަށް ވަރަށް ބޮޑު އާސާރީ މުއްސަނދި ކަމެއް ލިބިފައިވެއެވެ. މާޔާއިންގެ ވެރިކަމުގެ ބާރު ދެރަވެގެން ގޮސްފައިވަނީ މީލާދީން 900 އާ ހިސާބުގައެވެ. އިސްޕޭނު މީހުން ގުއަޓެމާލާގައި އެމީހުންގެ އިސްތިޢުމާރީ ހަން ފަތުރަން ފެށީ މީލާދީން 1519 ހާ ތާނގައެވެ. ގުއަޓެމާލާއަށް އިސްޕޭނު މީހުންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1821 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޑެމޮގްރަފިކްސް

ގުއަޓެމާލާގެ އާބާދީގެ 40% މީހުންނަކީ މެސްޓިޒޯއިންނެވެ. މެސްޓިޒޯއިންނަކީ ނޭޓިވް އެމެރިކަނުންނާއި ޔޫރަޕު މީހުންނާ އިނދެގެން ލިބިފައި ތިބޭ ދަރީންގެ ދަރިކޮޅެވެ.

ސަގާފަތު

ގުއަޓެމާލާއަކީ ސަގާފީ ގޮތުން ވަރަށް ވެސް ބޮޑު މުއްސަނދި ކަމެއް ލިބިފައިވާ ޤައުމެކެވެ.

އިޤްތިޞާދު

މިހާރު ގުއަޓެމާލާއަށް އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފި ކަމަށް ތަޖުރިބާ ކާރުން ދެކެލައްވައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4907 ޑޮލަރެވެ.

Tags:

ގުއަޓެމާލާ އަވަސް ކަޅިއަކުން ބަލައިލުމެއްގުއަޓެމާލާ ނަންގުއަޓެމާލާ ޖުޣުރާފީގުއަޓެމާލާ ތާރީޚުގުއަޓެމާލާ ޑެމޮގްރަފިކްސްގުއަޓެމާލާ ސަގާފަތުގުއަޓެމާލާ އިޤްތިޞާދުގުއަޓެމާލާ

🔥 Trending searches on Wiki ދިވެހިބަސް:

އަފްޣާނިސްތާންރަހިމުގެ ދޮރުގެ ކެންސަރު2001މާޝަލް ޖަޒީރާއީރާން އިރާޤު ހަނގުރާމަމަލަޔާޅަމްއިސްޕެއިންޓާކަސް އަދި ކައިކޯ ޖަޒީރާކަރާ2004މޮސްކޯސަޢީދު ޤާސިމްއުތުރު ކޮރެއާހަންގޭރީލޭއިންފްލޭޝަންކާތަކެތި ހިގާ ހޮޅިޤުރްއާނުގެ ޢިލްމުއެޕްރީލް 25އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންކޮންފޫޝާމަލިކުރުވާބެލީޒުވިއެޓުނާމުފަޚުރުވެރި ދިވެހިބަސްކިޝްތީ2006ބެލްޖިއަމްގައުމީ ފިލްމް އެވޯޑްޒިންކްރޫސީވިލާތުގެ ޤައުމީ ސަލާމްސުލްޠާން ޙަސަން ޢިއްޒުއްދީންޖޫން 7އެބްޑަމިނަލް އެއޯޓާތޫނިސްއޮކްޓޫބަރު 1އެޕްރީލް 28ޱަވިޔަނިތުވާލޫ2022ތިލަދުންމަތީ އުތުރުބުރިޑިސެމްބަރު 2ބުދަ ދުވަސްކީރިތި ޤުރުއާންއެޑްރީނަލް ގްލޭންޑްސިމާދު ސަޢީދުޔޫސުފް ނަޖީބުލް ޙަބްޝީދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުބާބަޑޮސްލޯމުޙައްމަދު އިސްމާއިލް ދީދީސީނުކަރައެޕްރީލް 13އިނގިރޭސިޤަޠަރުއިންޑޮނޭޝިޔާޔުނައިޓެޑް ކިންގްޑަމްބިންއެޕްރީލް 23މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުޖެމެއިކާހަކުރު ބަލިއެސްޓޯނިއާ🡆 More