ދޫ(އިނގިރޭސި ބަހުން: Tongue) އަކީ އަނގައިގެ ތެރޭގައި ހަރަކާތްކުރާ، ކަށި މަސް އިން އުފެދިފައިވާ ބޮޑު ބަންޑަޅިއެއް ފަދަ އެއްޗެކެވެ.
ނުވަތަ މިއީ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Mucosa) އިން ނިވާކުރެވިފައިވާ ކަށިމަހުގެ ބޮޑިވަރެކެވެ. ކާތަކެތި ހަފައި ދިރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ދުލަކީ ރަހަ އިހްސާސްކޮށް ބަލައި ހެދުމުގައި މަސްއޫލުވާ އަސާސީ ގުނަވަނެކެވެ. ދުލުގެ ސަތަހައިގެ ބޮޑުބައެއް ވަނީ ރަހަ ބުޑު(އިނގިރޭސި ބަހުން: Taste buds) ތަކުން ފޮރުވިފައެވެ. ހަމަމިހެން އަޑުއުފައްދައި ވާހަކަ ދެއްކުމުގައި ވެސް ދުލަކީ މުހިއްމު ގުނަވަނެކެވެ.
Tongue | |
---|---|
A human tongue | |
Latin | lingua |
Gray's | subject #242 1125 |
Artery | lingual, tonsillar branch, scending pharyngeal |
Vein | lingual |
Nerve | lingual nerve |
Precursor | pharyngeal arches, lateral lingual swelling, tuberculum impar |
MeSH | Tongue |
Dorlands/Elsevier | l_11/{{{DorlandsSuf}}} |
ދުލުގެ ހަރަކާތްތައް ހިންގުމަށްޓަކައި، ތަފާތު ލޭހޮޅި ތަކާއި، ނާރުތައް ދުލާއި ގުޅިފައިވެއެވެ. ދޫ ތެތްކޮށް އޮންނަނީ އަނގައިގެ ތެރޭގައި ހުންނަ ކުޅު ބޭރުކުރާ ގޮށް ތަކުން ބޭރުކުރާ ކުޅުގެ ސަބަބުންނެވެ. ބައެއް ފަހަރު ދުލަކީ ހަށިގަނޑުގައިވާ އެންމެ ބާރުގަދަ މަސްކޮޅު ނުވަތަ މަސްގަނޑު ކަމުގައި ބެލެވެއެވެ.
ދުލުގެ މަތިން ކުރިމަތީ ބައި އަކީ އަނގަ ތެރޭގައި އިންނަ ބައެކެވެ. އެއީ ދުލުގެ ކުރިމަތީ ތިންބައިކުޅަ ދެބައެވެ. މިބައިގެ ހަރަކާތް ކޮންޓްރޯލްކުރަނީ ޓްރައިޖެމިނަލް ނާރު އިން އައިސްފައިވާ ލިންގުއަލް ނާރު އިންނެވެ. މިބައިގެ ސަތަހައިގައި ގިނަ އަދަދަކަށް ފިލިފޯރމް ޕެޕިލާ(އިނގިރޭސި ބަހުން: Filiform papilla) ހުރެއެވެ. އަދި ކޮންމެވެސް ވަރަކަށް ފަންގައިފޯރމް ޕެޕިލާ(އިނގިރޭސި ބަހުން: Fungiform papilla) ވެސް ހުރެއެވެ. އަދި މީގެ އިތުރުން ދުލުގެ އަނގައިގެ ތެރޭގައިވާ ބައި އަދި ދުލުގެ އަރުތެރޭ ގައިވާ ބައި ވަކިކޮށްދޭ ސަލްކަސް ޓާމިނާލިސް ޖެހިގެން ސާކަމްވަލޭޓް ޕެޕިލާ(އިނގިރޭސި ބަހުން: Circumvallate papilla) ހުރެއެވެ. އަދި ފޮލިއޭޓް ޕަޕިލާ(އިނގިރޭސި ބަހުން: Foliate papilla) ވެސް ހުރެއެވެ. ފިލިފޯރމް ޕެޕިލާ ފިޔަވައި ދެންހުންނަ ހުރިހާ ވައްތަރެއްގެ ޕެޕިލާގައިވެސް ރަހަ ބުނޑުތައް ހުރެއެވެ.
ދުލުގެ އަނގަ ތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Oral part) އާއި، ދުލުގެ އަރުތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Pharyngeal part) ވަކިކޮށްދެނީ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑި ކޮޅެކެވެ. މިއަޑިކޮޅަށް ކިޔަނީ ސަލްކަސް ޓާމިނާލިސް އެވެ.
ދުލުގެ މަތިން ފަހަތު ބައި އަކީ އަރު ތެރެގައި އިންނަ ބައެކެވެ. އެއީ ދުލުގެ ފަހަތު ތިންބައިކުޅަ އެއްބައެވެ. މިބައިގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ގްލަސޯފެރިންޖީއަލް ނާރު އިންނެވެ. މިބައިގެ ސަތަހައިގައި ޕެޕިލާ ތަކެއް ނުހުރެއެވެ. މިބައިގައި ލިމްފޮއިޑް ޓިޝޫ ތައް ޖަމާވެގެން ދުލުގެ ޓޮންސިލް އުފެދިފައި އިނދެއެވެ.
ދުލުގެ އަނގަ ތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Oral part) އާއި، ދުލުގެ އަރުތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Pharyngeal part) ވަކިކޮށްދެނީ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑި ކޮޅެކެވެ. މިއަޑިކޮޅަށް ކިޔަނީ ސަލްކަސް ޓާމިނާލިސް އެވެ.
ދުލުގެ ދަށް އިންނަނީ ތިރީ ތަލީގައި ނުވަތަ ދުލުގެ ތަޅުމުގައި ޖެހޭގޮތަށެވެ. ނުވަތަ ބީހޭ ގޮތަށެވެ. މިބައި ނިވާކުރެވިފައިވަނީ އެތެރެ ފެންނަ ސާފު ތެތް ދުލިފަށް އަކުންނެވެ. ދުލުގެ ދަށުގައި އެކިވައްތަރުގެ ޕެޕިލާ ތަކެއް ނުހުރެއެވެ. ދުލުގެ ދަށުން މެދުގައިވާ ފޯލްޑް އަށް ކިޔަނީ ލިންގުއަލް ފްރެނިޔުލަމް އެވެ.
ދުލުގެ ސަތަހަތައް ތިރީގައި މިވަނީ އެވެ.
ދުލުގައި ދެވައްތަރެއްގެ މަސްތައް ހުރެއެވެ. އެއީ ދުލުގެ ތެރޭގައި ހުންނަ އިންޓްރިންސިކް މަސްތައް އާއި، އަދި ދުލާއި އެހެން ބައިތަކާއި ދެމެދުގައިވާ އެކްސްޓްރިންސިކް މަސްތައް އެވެ.
އެކްސްޓްރިންސިކް މަސްތައް އަކީ ދުލުން ބޭރު ބައިތަކުން ފެށިގެން ދުލަށް އައިސްފައިވާ މަސްތަކެވެ. އެގޮތުން އެކްސްޓްރިންސިކް މަސްތަކުގެ 4 ޖޯޑު މަސް ހުރެއެވެ. އެކްސްޓްރިންސިކް މަސްކޮޅު ތަކުގެ އެހީގައި، ދޫބޭރަށްނެރެ، އެތެރެއަށް ޖައްސައި، މައްޗަށް އުފުލައި، ތިރިކޮށް ހަދައެވެ.
އިންޓްރިންސިކް މަސްތައް އަކީ ދުލުގެ އެއް ހިސާބުން ފެށިގެން އަނެއް ހިސާބަށް ނިމިފައި ދުލުގެ ތެރޭގައި ހުންނަ މަސްކޮޅު ތަކެވެ. އިންޓްރިންސިކް މަސްތަކުގެ ވެސް 4 ޖޯޑް ހުރެއެވެ. މިމަސްތަކުގެ އެހީގައި ދުލުގެ ބައްޓަށް ދޫކުރުކޮށްގެންނާއި، ދޫދިގުކޮށްގެން ބަދަލުކުރުވައެވެ.
ދުލުގެ އަނގަތެރޭގައިވާ ބައި ފޮރުވިފައިވަނީ ތަފާތު 4 ވައްތަރެއްގެ ޕެޕިލާ ތަކުންނެވެ. އެވައްތަރު ތަކަކީ، ފިލިފޯރމް ޕެޕިލާ، ފަންގައިފޯރމް ޕެޕިލާ، ސާކަމްވަލޭޓް ޕެޕިލާ، އަދި ފޮލިއޭޓް ޕެޕިލާ އެވެ. ފިލިފޯރމް ޕެޕިލާ ފިޔަވައި ދެންހުރި ހުރިހާ ވައްތަރެއްގެ ޕެޕިލާގައި ވެސް ރަހަ ބުނޑުތައް ހުރެއެވެ.
ޕެޕިލާ ތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ހުންނަނީ ސާކަމްވަލޭޓް ޕެޕިލާ އެވެ. ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ސަލްކަސް ޓާމިނާލިސް ގެ ކުރިމަތިން އެދެބައި ވަކިކޮށްދޭ ބޯޑަރެއްގެ ސިފައިގައި ސާކަމްވަލޭޓް ޕެޕިލާ ތައް އެތުރިފައި ހުރެއެވެ. ސަލްކަސް ޓާމިނާލިސް ގެ ކުރިމަތިން ވީއަކުރުގެ ބައްޓަމަން ވާގޮތަށް 14-8 އާއި ދެމެދުގެ އަދަދަކަށް ސާކަމްވަލޭޓް ޕެޕިލާތައް ހުރެއެވެ.
ދުލަށް ލޭފޯރުކޮށްދެނީ އެކްސްޓަރނަލް ކެރަޓިޑް އާޓަރީ އިން އައިސްފައިވާ ލިންގުއަލް އާޓަރީ އިންނެވެ. މިލޭހޮޅިން އުފެދިފައިވާ ތަފާތު ކުދި ގޮފިތަކުން ދުލުގެ އެކި ހިސާބުތަކަށް ލޭފޯރުކޮށްދެއެވެ.
This article uses material from the Wikipedia ދިވެހިބަސް article ދޫ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.