މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ

ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.

Central African Republic
République centrafricaine
Ködörösêse tî Bêafrîka
މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ
Flag Coat of arms
Motto: "Unité, Dignité, Travail"  (French)
"Unity, Dignity, Work"
Anthem: La Renaissance  (French)
E Zingo  (Sango)
މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ
Location of the Central African Republic
Capital
and largest city
Bangui
4°22′N 18°35′E / 4.367°N 18.583°E / 4.367; 18.583
Official languages Sango, French
Demonym Central African
Government Republic
 -  President François Bozizé
 -  Prime Minister Faustin-Archange Touadéra
Independence from France
 -  Date August 13, 1960 
Area
 -  Total 622,984 km2 (43rd)
240,534 sq mi
 -  Water (%) 0
Population
 -  2009 estimate 4,422,000 (124th)
 -  2003 census 3,895,150
 -  Density 7.1/km2 (191st)
18.4/sq mi
GDP (PPP) 2008 estimate
 -  Total $3.222 billion
 -  Per capita $739
GDP (nominal) 2008 estimate
 -  Total $1.997 billion
 -  Per capita $458
Gini (1993)61.3
very high
HDI (2007)މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ 0.384
Error: Invalid HDI value · 171st
ކަރަންސީ Central African CFA franc (XAF)
Time zone WAT (UTC+1)
 -  Summer (DST) not observed (UTC+1)
ޑްރައިވްސް right
Calling code 236
އިންޓަރނެޓް ޓީއެލްޑީ .cf

އަވަސް ކަޅިއަކުން ބަލައިލުމެއް

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ ސަންގޯ ބަހާއި ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެންޓްރަލް އެފްރިކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަންގުއީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 121 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 622984 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cf. އެވެ. ކޯލިން ކޯޑަކީ +236 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސެންޓްރަލް އެފްރިކަން ފްރޭންކެވެ.

ނަން

އިނގިރޭސި ބަހުން މި ޤައުމުގެ ނަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. މި ޤައުމުގެ ނަން ގުޅުވާލެވިފައިވަނީ ޤައުމު އޮތް ޖޯގްރަފިކަލް މަޤާމާއި ޤައުމުގެ ވެރިކަމުގެ ނިޒާމާއެވެ. ޖުޣުރާފީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އުތުރުގައި އޮތީ ޝާދެވެ. އިރުމަތީގައި އޮތީ ސޫދާނެވެ. ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ރިޕަބްލިކް އޮފް ކޮންގޯ އޮތީ ދެކުނުގައެވެ. ހުޅަނގުގައި އޮތީ ކެމަރޫނެވެ.

ތާރީޚު

އީސާއީ މީލާދުގެ 1000 އަހަރު ކުރީއްސުރެ ފެށިގެން މީލާދީން 1000 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރުގައި އަދަމަވާ-އީސްޓަން ބަސްބަހުން ވާހަކަ ދައްކާ ބަޔަކު ކެެމަރޫން ފަޅީން ސޫދާންއާ ދިމާއަށް ދަތުރުކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ވަޒަންވެރިވީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް ސަރަޙައްދުގައެވެ. ޔޫރަޕުގެ މީހުން މިހިސާބަށް ވަދެފައިވަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެމީހުން ސެންޓްރަލް އެފްދިކަން ރިޕަބްލިކާ ހަމަޔަށް އައިސްފައިވަނީ ކޮންގޯގެ މަގުން ލާފައެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނީ 13 އޯގަސްޓް 1960 ގައެވެ.

ޑެމޮގްރަފިކްސް

ސެންޓްރަލް އެފްރިކަން ރިޕަބްލިކް މިނިވަންވީ ފަހުން މިހާތަނަށް ބަލާއިރުގައި އެ ޤައުމުގެ އާބާދީ ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެހެނީ 1960 ވަނަ އަހަރުގައި މި ޤައުމުގެ އާބާދީގައި ތިބީ 1.2 މިލިޔަން މީހުންނެވެ. އެހެން ނަމަވެސް މިހާރު އެ ޤައުމުގެ އާބާދީގައި 4.4 މިލިޔަން މީހުން އެބަތިއްބެވެ. އ.ދ އިން ލަފާކުރާ ގޮތުގައި މި ޤައުމުގެ އާބާދީގެ ތެރެއިން 15-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 11% މީހުންނަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހުންނެވެ. ތަފާތު 80 ވަރަކަށް ނަސްލުގެ މީހުން އުޅޭ އިރުގައި މިއިން ކޮންމެ ބަޔަކަށް ވެސް އަމިއްލަ ބަހެއް ލިބިފައިވެއެވެ.

ސަގާފަތު

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ޢާއްމު ތަޢުލީމު ފޯރުކޮށްދެނީ ހިލެއެވެ. އެހެން ކަމާއެކު ޢުމުރުން 6 އަހަރުން ފެށިގެން 14 އަހަރާ ހަމަޔަށް ކިޔެވުމަކީ މަޖުބޫރުކަމެކެވެ. އެހެނިހެން އާދަތަކަށް ބަލާއިރުގައި މިއުޒިކަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ވެސް ވަރަށް ބޮޑު މުހިއްމުކަމެއް ދެވިފައިވާ ކަމެކެވެ. ސަގާފަތަށް ބަލާއިރުގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަގާފަތަކީ އެފްރިކާގެ އެހެން ޤައުމުތަކުގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ސަގާފަތެކެވެ. މީގެ އިތުރުން ފަރަންސޭސި ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

އިޤްތިޞާދު

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އިޤްތިޞާދު ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އެންމެ ބޮޑު އިންޕޯޓް ޕާޓްނަރަކީ ދެކުނު ކޮރެއާއެވެ. އެ ޤައުމުން ހިއްސާކުރަނީ 20.2% އެވެ. ދެން އޮތީ ފަރަންސޭސިވިލާތެވެ. ފަރަންސޭސިވިލާތުގެ ހިއްސާއަކީ 13.6% އެވެ. ކެމަރޫންގެ ހިއްސާއަކީ 7.7% އެވެ. އެންމެ ބޮޑު އެކްސްޕޯޓް ޕާޓްނަރަކީ ޖަޕާނެވެ. އެ ޤައުމުގެ ހިއްސާއަކީ 40.4% އެވެ. ބެލްޖިއަމްގެ ހިއްސާއަކީ 9.8% އެވެ. ޗައިނާގެ ހިއްސާއަކީ 8.2% އެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 739 ޑޮލަރެވެ.

Tags:

މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ އަވަސް ކަޅިއަކުން ބަލައިލުމެއްމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ ނަންމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ ތާރީޚުމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ ޑެމޮގްރަފިކްސްމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ ސަގާފަތުމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ އިޤްތިޞާދުމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ

🔥 Trending searches on Wiki ދިވެހިބަސް:

މޮރިޝަސްހަށިދަމަނައިޓަލީވިލާތްރޫސީދުންތަރި މަސްފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްޕީރިއަޑިކް ތާވަލުރައިވަރުކަށި ބުރޮޅިVice President of the United Statesޖަމާލުއްދީން ސުކޫލްފަރިހި ދަމުއިޖެނުއަރީ 22Say it in Dhivehi/Mahlނީލަ ކޯރުއޮގަސްޓު 4ކަޅައިދޫ (ލ. އަތޮޅު)Nguyễn Quang Hảiޝަން ހިން ސްކޮޔަރދިރޭރަހައުރުދޫއޮކްޓޫބަރު 31ހަވީރު ނޫސްއެމްޕައަރ ސްޓޭޓް ބިލްޑިންގމައްކާ (އެހެނިހެން ޙާލަތްތަކުގައި)ލިމްފޯމާ ( ހޮޖްކިންސް)މޯލްޓާފިތްމޫނިމާކޮލެރާAmerindianޑިސެމްބަރު 30ދިޔަދޫ (ގއ. އަތޮޅު)މާރެހިގޮދަންއަދަބިއްޔާތުއޮށްއަދިވެސް މަޤާމުގައިކުންނާރުގެރެންޑާޑެންގީ ހުންމާރޗް 3އިސްމާޢީލް ޞާދިޤްއޮކްޓޫބަރު 15ހުންކޮށިލެކްސް ލޫތަރހަތަރު ޚަލީފާކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުންގުއާމުޖުލައި 8އޮގަސްޓު 16Say it in Mahlއެޕްރީލް 3އެޕްރީލް 18ފުވައްމުލައް (ޏ. އަތޮޅު)ސުނާމީޖުލައި 3ރޯޑެޒްގެ ކޮލޯސަސް ބުދުހާއްސަ ނަމާއި އާއްމު ނަންޝީޢާގްރޭވްސް ބަލިއޮގަސްޓު 22ކާޑު ބަލިޕްރޮސްޓޭޓް ކެންސަރު🡆 More