އަނގަ

އަނގަ(އިނގިރޭސި ބަހުން: Mouth) ލެއްޕިފައި އިންނަނީ ދެތުންފަތްގެ އެހީގައެވެ.

ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތެކަތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Buccal mucosa) ގައި ކުޅުބޭރުކުރާ ގޮށްތައް ވެއެވެ. މީގެ އިތުރުން ދޫ، ކުޑަ ދޫ، އަދި ދަތް ތަކާއި، ހިރުގަނޑު ވެސް ހުންނަނީ އަނގައިގެ ތެރޭގައެވެ.

އަނގަ
އަނގަ
Head and neck.
އަނގަ
A human mouth, closed.
Latin cavitas oris
MeSH Oral+cavity
Dorlands/Elsevier c_16/12220513

އަނގަ ތެރޭގައި ކުރިމަތިންނާއި އަރިމަތިން ހުންނަނީ ދަތް ތަކާއި، ހިރުގަނޑު އެވެ. މަތިން ހުންނަނީ މަތީ ތަލިގެ ބައިތައްކަމަށްވާ ހަރު ތަލި އަދި މަޑު ތަލި އެވެ. ދޫ އޮންނަނީ އަނގަތެރޭގެ ތިރީގައެވެ. ފަހަތުން އަނގަތެރެ އޯރޯފެރިންޖީއަލް އިސްމަސް ހުރަސްކޮށް ގުޅެނީ އަރުތެރެ އާއެވެ. އަނގައިގެ ދަށް އަކީ ތިރީ ތަލި އެވެ.

ވަޒީފާ

އަނގަޔަކީ ތަފާތު މުހިއްމު އެތައް ވަޒީފާތަކެއް ފުރިހަމަކުރުމުގައި ހަރަކާތްތެރިވެ، ބައިވެރިވާ ގުނަވަނެކެވެ. މިގޮތުން ވާހަކަ ދެއްކުން ކެއުން، ބުއިން، މޫނު މައްޗަށް ވައްތަރު ޖެއްސުން، ނޭވާލުން، ބޮސްދިނުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމުގައި އަނގައިގެ ބޭނުން ހިފައެވެ.

ތުއްތު ދަރިފުޅު އުފަންވާއިރު ސަކިންގ ރިފްލެކްސް އޭ ކިޔޭ ރިފްލެކްސް އެއް ދަސްވެފައި ހުރެއެވެ. މިރިފްލެކްސްގެ ސަބަބުން މައިމީހާގެ އުރަމަތިން ކިރު ތުންފަތުގެ އެހީގައި ދަމައިގެން ބޯން ދަސްވެފައި ހުރެއެވެ.

އަނގަ 
އަނގަތެރެ

ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަނގައިގެ ތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަނގައިގެ ތެރޭގައި ހިގާ މަރުޙަލާ އަކީ އަހަރެމެންގެ ބާރާއެކު ހިގާ މަރުޙަލާއެކެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެ އަށް ފޮނުވާލުމަށްޓަކައި، ދޫ މަތީ ތަލި ނުވަތަ ހަރު ތަލި އާއި ދިމާލަށް އުފުލަން ޖެހެއެވެ. މިގޮތަށް އުފުލުމުން ކާތަކެތިކޮޅު އަރުތެރެ އަށް ދެއެވެ. އަދި ކާތަކެތި ދިރުވިގެންދާއިރު އަނގަޖެހޭނީ ބަންދުވެފައި ހުންނާށެވެ. އެހެންނޫނީ ބައެއް ފަހަރު ކާތަކެތި ދިރުވަން އުދަގޫވެދާނެއެވެ.

އުފެދިގެން އައުން

އަދިވެސް ބައްލަވާ ލައްވާ

އިތުރު ފޮޓޯތައް

Tags:

އަނގަ ވަޒީފާއަނގަ އުފެދިގެން އައުންއަނގަ އަދިވެސް ބައްލަވާ ލައްވާއަނގަ އިތުރު ފޮޓޯތައްއަނގަހިރުގަނޑުކުޅުބޭރުކުރާ ގޮށްކުޑަ ދޫއިނގިރޭސިދަތްދޫތުންފަތް

🔥 Trending searches on Wiki ދިވެހިބަސް:

ޑިސެމްބަރު 22ބަސްގަހަވީ އިލްމުސެޕްޓެމްބަރު 13ޖެނުއަރީ 7އުރުދުންމުހައްމަދު މުއިއްޒުޑެންމާކުޖައިނިޒަމްބަހަވިއްޔާތުނައިޖީރިއާG2008ރުމޭނިއާޗެސްޓަރ އެލާން އަރތަރޤަޠަރުނޮވެމްބަރު 16ޖޫން 27މައިދާމަޑު މަސްސެޕްޓެމްބަރު 7ރޮނަލްޑް ރޭގަންއެޕްރީލް 14ސިމްޕަތެޓިކް ނާރވަސް ސިސްޓަމްއެޕްރީލް 6މާރޗް 17ރިޔާޟިއްޔާތުނޮވެމްބަރު 23މާރޗް 1ފަރަންސޭސި ޕޮލިނޭޝިއާޒަކަރީ ޓޭއިލޯރޖޯޖް ވޮޝިންގޓަންނިއުޒިލޭންޑުރޫސީވިލާތްޓީ ލިމްފަސައިޓްމަރުގަސްރަތުލޯވެނުބަނޑޭރި އާއިލާ (މަސް)ހޯމަ ދުވަސްއެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރދިރުމާބެހޭ އިލްމުޑިސެމްބަރު 13ޖުލައި 8އެޕްރީލް 16ހުތް އަލީ ދީދީގޫގްލްހުޅަނގު ސަހަރާފެންސެޓެލައިޓްދުނިޔެމެއި 19ޖުލައި 24ކަރުދާސްފެބްރުއަރީ 19ހަކުރު ބަލީގެ ފުރަތަމަ ވައްތަރުވަނުއާޓޫވަންދޭ މާތަރަމްޔޫނާންޖަރްކަންދުލޯސައިގާނާއޭރަހިމުގެ ދޮރުލޭކުވެއިތުކޮލަންބިއާމާރޗް 29މާލީ🡆 More