ދާނެސްނާމާ

ދާނެސްނާމާ (ފާރިސީބަހުން: دانشنامهٔ ދާނެޝްނާމޭ) ނޫނީ އެކުމާފާނު، އިނގިރޭސިބަހުން ބުނާނަމަ އެންސައިކްލޮޕީޑިޔާ އަކީ އެކިއެކި މައުޟޫތަކުގެ މައުލޫމާތުތަކެއް އެކުލެވިގެންވާ ލިޔުމެވެ.

ދާނެސްނާމާތައް ބަހާލެވިފައި ހުންނަނީ އަލިފުބާގެ އަކުރުތަކަށް މަޒުމޫނުތަކެއްގެ ގޮތުގައެވެ. ރަދީފުތަކާއި ޚިލާފަށް- އެއީ ބަހުގެ ލަފުޒުތަކާއި އޭގެ މާނަ، އަސްލު، ބޭނުންކުރާގޮތް އެކުލެވިގެންވާ ލިޔުމެއް- ދާނެސްނާމާއެއްގައި އެކުލެވިގެންވަނީ އެ މަޒުމޫނެއްގެ މައުޟޫއާއި ގުޅޭ ހަޤީޤީ މައުލޫމާތުތަކެވެ. ދާނެސްނާމާތައް ހައްދުވާތާ ގާތްގަނޑަކަށް 2000 އަހަރުވެއްޖެވެ. އަދި އެ އަހަރުތަކުގެތެރޭގައި ދާނެސްނާމާތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ތަޖުރިބާކާރުން އެއްކުރައްވާފައިވާ ބަރޯސާވެވޭ ތެދު މައުލޫމާތުތަކެއްގެ ގޮތުގައި، ޗާޕުކުރެވިފައިވާ އިސްދާރުތައްވަނީ ކުތުބުޚާނާ އާއި އެހެނިހެން ތަޢުލީމީ އިދާރާތަކުގައި ޖާގަ ހޯދާފައެވެ.

ދާނެސްނާމާ
އެންސައިކްލޮޕީޑިޔާ ބްރިޓާނިކާ

ވިހިވަނަ ގަރުނުގެ ފަހުކޮޅުގައި ޑިޖިޓަލްކޮށް އާންމުންނަށް ކިޔާލެވޭގޮތަށް ދާނެސްނާމާތައް ނިކުތުމުގެ ސަބަބުން ކިޔުންތެރިންގެ އަދަދާއި މައުލޫމާތު ފޯރާ ފަރާތްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ދާނެސްނާމާތަކުގެ ލިޔުންތައްވެސް ފުޅާވެގެން ދިޔައެވެ އަދި ދާނެސްނާމާ އަކީ ކޯޗެއްކަމުގެ ސުވާލުވެސް ވަނީ އުފެދިގެން ގޮސްފައެވެ.

ލަފްޒުގެ އަސްލު

"ދާނެސްނާމާ" މި ލަފުޒު އުފެދިގެން އައީ ފާރިސީ ބަހުންނެވެ. دانش (ދާނެޝް) މާނައީ ޢިލްމު އަދި نامه (ނާމޭ ނުވަތަ ނާމާ) މާނައީ ފޮތް، މިދެލަފުޒުންނެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

How to read Thaana scriptއަބްރަހަމް ލިންކަންމާރޗް 12ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުފެބްރުއަރީ 22ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުބެލްޖިއަމްބުދަ ދުވަސްމޮސްކޯމެސެޑޯނިއާތޫނިސްވިއެޓުނާމުޢުމަރުގެފާނުސުވެޑިޝްއެޕްރީލް 1ޖުލައި 15ސަޢީދު ޤާސިމްކާލީކޯޓުތިލަދުންމަތީ އުތުރުބުރިއީސާގެފާނުކަނދޮޅުޖަޕާނީފިލިޕީންސްމުޙައްމަދު ޖަމީލުދީދީއެޕްރީލް 22ސުލްޠާން އިބްރާހީމް އިސްކަންދަރުDid You Know Archivesބެލީޒުއެޕްރީލް 15އިންޑިޔާސެޕްޓެމްބަރު 26ފިރިހެން ހަށިޖުލައި 21ލެޓުވިއާ2022އެޕްރީލް 24އެޕްރީލް 13މުންބާއީތާނަ އަލިފުބާގެ ތަރުތީބުއެމެރިކާޔޫސުފް ނަޖީބުލް ޙަބްޝީސުވިޑަންއިސްލާމް ދީނުގައި ކައިވެނިޗެކް ޖުމްހޫރިއްޔާމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުމޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއުތުރު ކޮރެއާމާރޗް 19ދާނެސްނާމާމަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅުގައުމީ ފިލްމް އެވޯޑްއެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންޢުމާންއަލްމާނީޖެނުއަރީ 5އޮސްޓަރުލިޔާރަހިމުގެ ދޮރުގެ ކެންސަރުއުރުގުއޭސައޫދީ އަރަބިއްޔާއެސްޓޯނިއާޤަޠަރުދޫއެޕްރީލް 26މައި ޞަފްޙާޑިސެމްބަރުއީރާންޒައިތޫނި🡆 More