އިނގިރޭސި

އިނގިރޭސި ބަހަކީ އިނގިރޭސިވިލާތުގައި ތަރައްޤީ ވެގެން އައި ބަހެކެވެ.

އިނގިރޭސި English
ވާހަކަދައްކާތަން: އިނގިރޭސިވިލާތް
ވާހަކަދައްކާ މީހުންގެ އަދަދު: 380 މިލިއަން ދޭސީން
ވަނަ: 2-4
ބަސް ނިސްބަތްވާ އާއިލާ: ހުޅަނގު - ހިންދުސްތާނީ
އަލްމާނީ
ހުޅަނގު އަލްމާނީ
އެންގްލޯ-ފްރީސިއަން
އެންގްލިކް
އިނގިރޭސި
ލިޔުމުގެ ނިޒާމު: ލެޓިން
ރަސްމީ ހައިސިއްޔަތު
ރަސްމީބަސް: އިނގިރޭސިވިލާތުގައި
ގަވައިދު އެކަށައަޅަނީ: ވަކި އިދާރާއަކުން ނޫން
ބަހުގެ ކޯޑުތައް
ISO_639-1 en
ISO_639-2 eng
ISO_639-3 eng

މިބަސް ނިސްބަތްވަނީ ހުޅަނގު އަލްމާނީ ބަސްތަކުގެ ޢާއިލާ އަށެވެ. މި އަދު މިބަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އޮސްޓަރުލިޔާ އާއި ކެނެޑާ އާއި އަޔަލޭންޑް އާއި ނިއުޒިލޭންޑް ގެ އިތުރުން އިނގިރޭސިލާތާއި އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މާދަރީ ބަހަކީ އިނގިރޭސި ބަހެވެ. އަދި ދެވަނަ ބަހެއްގެ ގޮތުގައާއި ރަސްމީ ބަހެއްގެ ގޮތުގައި މުޅި ދުނިޔޭގައި އިނގިރޭސި ބަސް ބޭނުން ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ކޮމަންވެލްތު ގެ ގައުމުތަކުގައެވެ. އަދި ހަމަ އެހެންމެ ބައިނަލް އަޤްވާމީ ގިނަ ޖަމާޢަތް ތަކުގެ ރަސްމީ ބަހެއް ކަމުގައި ވެސް ކަނޑައަޅާފައިވާ ބަހަކީ އިނގިރޭސި ބަހެވެ.

ޒަމާނީ އިނގިރޭސި ބަހަކީ ދުނިޔޭގެ ލިންގުއާ ފްރާންކާގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. މުވާޞަލާތާއި ސައެންސާއި ވިޔަފާރިއާއި އޭވިއޭޝަނާއި މުނިފޫހިފިލުވުމާއި ޑިޕްލޮމަސީ އާއި އިންޓަނެޓް ގައި ބޭނުން ކުރެވޭ މައި ބަހަކީ އިނގިރޭސި ބަހެވެ.

އިނގިރޭސި

އިނގިރޭސި ވިލާތުގެ ރަށްތަކުން ބޭރުގައި އިނގިރޭސި ބަސް ބޭނުން ކުރެވެން ފެށީ ބިރިޠާނަވީ އަމްބަރާޠޫރިއްޔަތުގެ ސަބަބުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެމެރިކާ ނުފޫޒަކީ ވެސް އިނގިރޭސި ބަހަށް ލިބިގެން ދިޔަ އިތުރު ބާރެކެވެ. އަދި ހަމަ އހެންމެ އެމެރިކާއިން ތަރައްޤީ ކުރި މުވާޞަލާތީ ޓެކްނޮލޮޖީގެ ސަބަބުން އިނގިރޭސި ބަހާ ނުލައި އުޅުމަކީ ދަތިކަމަކަށް ވެގެން ދިޔައެވެ.

ތަފާތު ޢިލްމީ ދާއިރާ ތަކުގެ އަސާސީ ބޭނުން ތަކުގައި އިނގިރޭސި ބަސް ބޭނުން ކުރަން ޖެހޭތީ މުޅި ދުނިޔޭގެ ތަޢުލީމީ ނިޒާމުގައި ވެސް އިނގިރޭސި ބަސް ކޮންމެވެސް ދަރަޖައަކަށް ކިޔަވައިދެވެއެވެ.

ތާރީޚު

އިނގިރޭސި ބަހަކީ އެންގްލޯ-ފްރީސިއަން ބަހެކެވެ.

އިނގިރޭސި 
Wiki
އިނގިރޭސި ބަހުން އެކުލަވާލެވިފައިވާ ވިކިޕީޑިއާ

Tags:

🔥 Trending searches on Wiki ދިވެހިބަސް:

މޮސްކޯމާރޗް 12ޖެނުއަރީ 30އިސްރާއީލުމުޙައްމަދު އިސްމާއިލް ދީދީޖެނުއަރީ 26ކުރޮއޭޝިއާބެލްޖިއަމްމެލޭޝިޔާކަނދޮޅުކޮންފޫޝާވިޓަމިން ބީ2Alphabetic contentsސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ)ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުސީނުކަރަދިމިޝްޤުއިލްހާމް އަލިޔެވްޕާކިސްތާން2004ޖުލައި 15އީސާގެފާނުޖެނެޓިކް ސްކްރީނިންގކާތަކެތި ހިގާ ހޮޅިމެސެޑޯނިއާބުދަ ދުވަސްގްލޫކޯ ކޯޓިކޮއިޑްއެޕްރީލް 26ފުރަގަސް ފަރާތު ދޮރުޑޮނަލްޑް ޓްރަމްޕްއިނގިރޭސިކޮލެރާތުވާލޫމަކާއޫޗެކް ޖުމްހޫރިއްޔާސެޕްޓެމްބަރު 17އެޕްރީލް 12މަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅުމުންބާއީބަންގާޅުޖުލައި 21މައި ޞަފްޙާޝަހާދަތްކީރިތި ޤުރުއާން ބާވައިލެއްވި ހަތް އަކުރު.މަލަޔާޅަމްޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުޖެނުއަރީ 9އަފްޣާނިސްތާންމިޞްރުއިސްލާމް ދީނުގައި ކައިވެނިދިވެހިރާއްޖޭގެ އަތޮޅުތައްޕާކިސްތާނުގެ ދިދަSay it in Mahlފީޒިޔާއީ އިލްމުއޮކްޓޫބަރު 1ޝީޢީ މަޛްހަބުހޮނިހިރު ދުވަސް🡆 More