ކޮލެސްޓްރޯލް

ކޮލެސްޓްރޯލް(އިނގިރޭސި ބަހުން: cholestrol) އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭ ގެ ޕްލާޒްމާ ގައި ހުންނަ ތެޔޮ މާއްދާ އެކެވެ.

މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގަނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ. އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލް އެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލް މެމްބްރޭން ނުވަތަ ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. ކޮލެސްޓްރޯލް އުފައްދަނީ ފުރަމޭ އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ. އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ. ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ ލިޕޯޕްރޮޓީން(އިނގިރޭސި ބަހުން: Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.

ލޭގައި ކޮލެސްޓްރޯލް ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

Tags:

އިނގިރޭސިފުރަމޭލޭސެލްޕްލާޒްމާ

🔥 Trending searches on Wiki ދިވެހިބަސް:

އިންފްލޭޝަންއީރާންސަޢީދު ޤާސިމްސެޕްޓެމްބަރު 26އިންޑޮނޭޝިޔާޖެނުއަރީ 26ސީނުކަރަޖުލައި 21ސުވިޑަންލޭގެ ޕްރެޝަރުއެޕްރީލް 11ޖަޕާނުލޯފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްއެޕްރީލް 25އޯޓިޒަމްކީރިތި ޤުރުއާންމަލިކުރުވާTāna Supportލަޑިމިއަރ ޕޫޓިންތުރުކުމެނިސްތާންއިނގިރޭސިސުވެޑިޝްތިލަދުންމަތީ އުތުރުބުރިޖެނުއަރީވިޓަމިން ބީ2މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުފަރަންސޭސިވިލާތްކާތަކެތި ހިގާ ހޮޅިއެބްޑަމިނަލް އެއޯޓާމަޑުއްވަރީ (މ. އަތޮޅު)ކިޝްތީމާރޗް 1ޑިސެމްބަރު 1ސިމާދު ސަޢީދުކަރާޒިންކްމުޙައްމަދު ޖަމީލުދީދީޔަމަންޢަލީގެފާނުތޫނިސްއެޑްރީނަލް ގްލޭންޑްމާރޗް 12ސައޮ ޕައުލޯއެޕްރީލް 23ބިންމައި ޞަފްޙާފިރުދޯސީޙުސައިން ޞަލާޙުއްދީންSay it in Mahlކުޅުޔޫ.ޓީ.ސީ.ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުބަސްއެޕްރީލް 26މަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅުހަކުރު ބަލިFAQs on composing Thaana on the computerސެޕްޓެމްބަރު 17ބުދަ ދުވަސްގޫގްލްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ)އިސްރާއީލުއެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން🡆 More