ޙުސައިން ޞަލާޙުއްދީން

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އެންމެ ޚިދުމަތްތެރި އަދީބެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލްޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ. މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ޞަލާޙުއްދީން ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީންއަށެވެ. އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ލިބުނެވެ.

ޙުސައިން ޞަލާޙުއްދީން
ހުސެއިން ސަލާހުއްދީން

ނަސަބު

ބައްޕާފުޅަކީ ރަނަހަމާދި ތަކުރުފާނުގެ ފުތް އައްޝައިޚް އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ދަރިކަނބަލުން ޒުލައިޚާބީގެ ދަރިކަނބަލުން އަތިރީ ޙައްވާބީގެ ދަރިކަނބަލުން އަތިރީ ކަމަނާއާ، އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅިނަހާ) ގެ ފުތް ފަސްމަންދޫ އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކު ރުފާނު ކައިވެނި ބައްލަވައިގެން، މި ދެކަނބަލުންނަށް ލިއްބެވި ފާޠިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުއާ، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން، މި ދެކަނބަލުންނަށް ފުރަސޫތާވި ދަރިކަނބަލުން ޢާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން މާވާ މަރްޔަމްދީދީގެ މާވާ ޙުސައިންދީދީގެ އާމިނާ މެދު ދީދީގެ ބޮޑުގަލު މޫސާ ދީދީއެވެ.

ޞަލާހުއްދީންގެ މަންމާފުޅަކީ ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނުގެ ޒަކަރިއްޔާކަލޭފާނުގެ މުސާކަލޭފާނުގެ، ދަރަވަންދޫގޭ ތުއްތު މަނިކެ އެވެ. ޞަލާހުއްދީނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިންނެވެ. އޭރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުންނެވެ. ޞަލާހުއްދީންގެ ފުރަތަމަ އުސްތާޒަކީ އަލްފަޤީހު އިބްރާހީމް ބިން ޙުސައިން ތަކުރުފާނު (އައްޑު މީދޫ އައިސާބީ ގެދަރު ދޮންބެއްޔާ) އެވެ. އޭގެ ފަހުން ކިޔަވައި ވިދާޅުވީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ގެ އަރިހުންނެވެ.

ލިޔުއްވި ބައެއް ފޮތްތަކެއް

  • އައްދުއްރަތުލް ބަހިއްޔާ ފީ ތަރުޖަމަތިލް އަޙްކާމިއްޝަރުޢިއްޔާ
  • އަލްބުރުހާން އަލަލް އީމާން
  • އަލްޙަސަނާތި ފީ ތަރުޖަމަތިލް އަޛުކާރި ވައްދަޢަވާތިލް ވާރިދަތި ފިއްޞަލަވާތިލް މަފްރޫޟާތި
  • އައްނަހްޖަތުއް ސަވިއްޔާ ފީ ތަރްޖަމަތިލް އަރްބަޢީނައް ނަވަވިއްޔާ
  • ތަސްދީދުލް އަޛުހާނި ފީ ތަޖްވީދުލް ގުރުއާނި
  • އިލައިކުމް އައްޔުހައްނުއްވާބު
  • އައްތުޙްފަތުލް އަދަބިއްޔާ ލިއްޠުއްލާބިއް ލުޣަތިލް މަހަލްދީބިއްޔާ
  • ޖައުހަރަތުއް ތައުހީދި
  • އައްސުލްޠާން ހަސަން ނޫރައްދީން ރަދުންނަށް ރަސްކަމަށް ކޮލިލުމަށްފަހު ރަދުންގެ ފަރާތުން މާލޭގެ ހަތަރު އަވަށާއި ރާއްޖެތެރެއަށް ނެރުނު އަމުރުފުޅުތައް
  • އައްސީރަތުއް ނަބަވިއްޔާ އަލްމުތަރުޖަމަތި ބިއްލުޣަތިލް މަހަލްދީބިއްޔާ
  • ތަސްބީހު ތަޙްލީލު ކިޔާގޮތް
  • ކިތާބުއްނޫރައިނި ފީ އިސްލާޙިއްދާރައިނި

އަވަހާރަވުން

ހުސެއިން ސަލާހުއްދީން އަވަހާރަވީ 1948 ވަނަ އަހަރުގެ ސެޕްޓެމްބާރް މަހުގެ 20 ވަނަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ ސިލޯނުގައެވެ.

ރިފަރެންސް

  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ - 2 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006

އިތުރު ފާލަންތައް

]

Tags:

ޙުސައިން ޞަލާޙުއްދީން ނަސަބުޙުސައިން ޞަލާޙުއްދީން ލިޔުއްވި ބައެއް ފޮތްތަކެއްޙުސައިން ޞަލާޙުއްދީން އަވަހާރަވުންޙުސައިން ޞަލާޙުއްދީން ރިފަރެންސްޙުސައިން ޞަލާޙުއްދީން އިތުރު ފާލަންތައްޙުސައިން ޞަލާޙުއްދީން

🔥 Trending searches on Wiki ދިވެހިބަސް:

ޖެނުއަރީ 5މާމެންދޫ (ލ. އަތޮޅު)ބެލްގޮރޯޑްމީދާ މިޔަރުތަލަކަޅު ބިބީލީޝްތެންސްޓީންއިކޮލޮޖީސެޕްޓެމްބަރު 24އެޕްރީލް 5ލޭއެޅުންއަފްރާޝީމް ޢަލީޖޫން 22How to read Thaana scriptމެއި 13ސެޕްޓެމްބަރު 29ކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)އެމްޕައަރ ސްޓޭޓް ބިލްޑިންގއެންޑަކްރިން ނިޒާމްލޯއީލާ އަރުންކުއްޅަފިލާއަދިވެސް މަޤާމުގައިއެކުވެރި ޢަރަބި އިމާރާތުނޮވެމްބަރު 10މެއި 3ކަށި ފީވުންއަންބަރާޠޫރިއްޔަތުނޮވެމްބަރު 9އަޔަލޭންޑުގެ ޖުމްހޫރިއްޔާއެންމެ ފަހު ވިންދާ ޖެހެދެން (ފިލްމް)الله ތަޢާލާ އަހަރެމެންނަށް އޮތީ ކޮން ފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ؟ވިލާފުސްހަކުރު ބަލިފިލިޕީންސްޤައުމީ ދުވަސްބަސްIruka Uminoމޫސާ ބަދުރުއްދީނުDގަލަދުންއިސްރާއީލުދިރޭރަހަސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ސެޕްޓެމްބަރު 16ދިވެހި ބޭސްވެރިކަންބަހަވިއްޔާތުނޮވެމްބަރު 8ޑުއަޑީނަމްމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުމަހާރާޝްތުރާކުޅަނދިލިބަޙްރައިންމަނިސުލްޠާން އިބްރާހީމްޖައިނިޒަމްސްޕައިރަމައިސިންނޭވާ ކުރުވުންމެކްސިކޯއެމެރިކާއައިވަރީ ކޯސްޓުއިންޑޮނޭޝިޔާއެމް.އެން.ޑީ.އެފް ނޮދަން އޭރިއާއިންޑިޔާތާނަ އަލިފުބާގެ ތަރުތީބުފިތްއިސްލާމީ ފަންނުވެރިކަންޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުއިސްލާމްއާބާދުވިކިޕީޑިއާގެ ޚުލާސާހަށިދަމަނަލޭގެ ގުރޫޕްއޮކްޓޫބަރު 31🡆 More