ވިޔަފާރި

ވިޔަފާރި އަކީ މުދާ ނުވަތަ ޚިދުމަތް، ލިބިގަންނަ މީހާގެ ކިބައިވާ އެއްޗެއް ލިބިދޭ މީހާއަށް ބަދަލަކަށް އެހެން އެއްޗެއް ދިނުމަށް ފަހު، އެ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ގަތުމެވެ.

ވިޔަފާރި
Gdańsk
ވިޔަފާރި
Intérêts des nations de l'Europe, dévélopés relativement au commerce, 1766

ޢަރަބި ބަހުގައި ވިޔަވާރިއަށް ކިޔަނީ " އަލްބައިޢު" އެވެ. ޢަރަބި ބަހުގައި "އަލްބައިޢު"ގެ މާނައަކީ އެއްޗެއްގެ ބަދަލުގައި އެއްޗެއްދިނުމެވެ. ދިވެހި ބަސްފޮތުގައި ވިޔަފާރި މާނަކޮށްފައިވަނީ "ތަކެތި ގަނެގެން ނަފާލައިފައި ވިއްކުން" ކަމުގައެވެ. ފިޤުހު ޢިލްމުވެރިންގެ ގާތުގައި "އަލްބައިޢު"އަކީ ދެފަރާތުގެ ރުހުމާއި އެކު، (އަގެއްހުރި) މުދަލެއް އެހެންމުދަލަކާއި ބަދަލުކުރުމެވެ.


ޙުކުމް

ފިޔަވާރި އަކީ ހުއްދަ ކަމެއްކަމުގައި މީސްތަކުންނަށް ބަޔާންކޮށްދެއްވައި ވަޙީކުރައްވާފައި ވެއެވެ. ( سورة البقرة 275) މާނައަކީ " ވިޔަފާރިކުރުން ވަނީ ﷲ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ." އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. " " (النساء 29) " އޭ އީމަންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން، ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ، ވިޔަފާރިއަކަށް ވުން ފިޔަވައި، އެހެން ބާޠިލު ގޮތްގޮތުން ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުން ކައި ނޫޅޭށެވެ. " މިކަމަކީ ކީރިތި ރަސޫލާ ޞ ގެ ސުންނަތުން ސާބިތުވާ އަދި ދީނުގެ ހުރިހާ ދައްނަބޭކަލުން އެއްބަސްވެ ލައްވާ ކަމެއްމެއެވެ.


ވިޔަފާރި ހުއްދަކުރެއްވުމުގެ ޙިކުމަތް

އިސްލާމުދީނުގައި ކަމެއް ހުއްދަކުރައްވާނީ ނުވަތަ ޙާރާމް ކުރައްވާފައިވާނީ މަތިވެރި މަޤުޞަދުތަކަކަށްޓަކައެވެ. ވިޔަފާރި އަކީ އޭގެ ސަބަބުން އަނިޔާވެރިކަމާއި ޚިޔާނާތާއި ވައްކަށްކުރުމާއި މަގުފޭރުމާއި ތަޅާފޮޅުމާއި ކަންބޮޑުވުމާއި ބައިބައިވުމުން ސަލާމަތްކޮށްދެއެވެ. އެހެނީ އިންސާނުން ލައްވާފައިވަނީ އެކަކު އެކަނި ހުރިހާ ބޭނުމެއް ފުއްދޭފަދަ ގޮތެއްގައެއްނޫނެވެ. އެއްވެސްމީހަކީ އެހެންމީހުންގެ އެހީތެރިކަމާ ނުލާ ދިރިއުޅެވޭނެ މީހެއްނޫނެވެ. މިގޮތުން ގަނެވިއްކުމުގެ މަގު ނުވާނަމަ އެމީހެއްގެ ބޭނުންތައް ފުއްދުމަށްޓަކައި އޮތީ ދެގޮތެކެވެ. ފުރަތަމަ ގޮތަކީ އަނެކުންގެ އެހީއަށް އެދުމެވެ. މިގޮތަށް ހުރިހާ ކަމެއް ފުއްދުމަކީ ހަމަޖެގޭ އުޞޫލެއް ނޫނެވެ. ދެވަނަގޮތަކީ ނުބައި މަގުތަކުން މުދާ ހޯދަން މަޖުބޫރުވުމެވެ. އެއީ ވައްކަން ކުރުން ނުވަތަ މަގުފޭރުން ފަދަ ގޮތަކަށެވެ. މިހެންވެއްޖެނަމަ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ގެއްލި އިންސާނީ ދަރިފަސްކޮޅު ހަލާކެއްގެ ތެރޭގައި ވެއްޖައީހެވެ.


ވިޔަފާރީގެ ރުކުންތައް

1-ވިޔަވާރި ކުރާ ދެމީޙުން ( ވިއްކާ މީހާއާއި ގަންނަމީހާ)

2-ބަދަލުކުރެވޭ ދޭތި ( ވިއްކާލެވޭ އެއްޗާއި އޭގެ އަގު)

3-އިޖާބާއި ޤަބޫލު ( ހުށައެޅުމާއި ޤަބޫލުކުރުން)


ވިއްކާމީހާއާއި ގަންނަމީހާގެ ޝަރުޠުތައް

1-ބާލިޣުވުން

2-ބުއްދިސަލާމަތުން ހުރުން

3-މުދާ ރަނގަޅައް ޚަރަދުކުރަން ދަންނަމީހަކު ކަމުގައިވުން

4-މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚުތިޔާރުއޮތުން

5-މުދާ މިލްކުވެގެންވުން، ނުވަތަ އެމުދަލެއް ގަނެ ވިއްކުމުގެ ހުއްދަ ލިބިފައިވުން


ވިއްކާއެއްޗާއި އޭގެ އަގުގައިހުންނަންޖެހޭ ޝަރުޠުތައް

1-ޝަރުޢީގޮތުން ވިއްކުން ހުއްދައެއްޗެއް ކަމުގައިވުން

2-ފައިދާއެއެ ލިބިގަނެވޭ އެއްޗަކަށްވުން

3-ވިއްކާމީހާގެ މިލްކުގައިވާ އެއްޗެއް ކަމުގައިވުން ނުވަތަ އޭގެ ވެރިފަރާތުން ވިއްކުމުގެ ހުއްދަ ދެވިފައިވާ އެއްޗެއްކަމުގައިވުން

4-ގަންނަމީހާއާއި ޙަވާލުކުރެވޭ ފަދަ އެއްޗެއްކަމުގައިވުން

5-ވިއްކާމީހާގެ އަތުގައި އޮތް އެއްޗެއް ކަމުގައިވުން

6-ވިއްކާލެވޭ އެތީގެ ސިފަ ނުވަތަ އެއިން ކުރާ ބޭނުމާއި އޭގެ އަގު އެނގުން.


ސީޣާގެ ހުންނަންޖެހޭ ޝަރުޠުތައް

1-އީޖާބާއި ޤަބޫޅު އެއްގޮތްވުން

2-އިޖާބާއި ޤަބޫލު މެދު ނުކެނޑުން

3-ވަކިވަގުތެއް ( މުއްދަތެއް) ނުވަތަ ވަކި ޝަރުޠެއް ކަނޑަ ނޭޅުން.

Tags:

ވިޔަފާރި ޙުކުމްވިޔަފާރި ހުއްދަކުރެއްވުމުގެ ޙިކުމަތްވިޔަފާރި ވިޔަފާރީގެ ރުކުންތައްވިޔަފާރި ވިއްކާމީހާއާއި ގަންނަމީހާގެ ޝަރުޠުތައްވިޔަފާރި ވިއްކާއެއްޗާއި އޭގެ އަގުގައިހުންނަންޖެހޭ ޝަރުޠުތައްވިޔަފާރި ސީޣާގެ ހުންނަންޖެހޭ ޝަރުޠުތައްވިޔަފާރި

🔥 Trending searches on Wiki ދިވެހިބަސް:

އަޙްމަދުދީދީކަނދޮޅުއީރާން އިރާޤު ހަނގުރާމަގްލޫކޯ ކޯޓިކޮއިޑްބަންގާޅުމަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅުސުލްޠާން ޙަސަން ޢިއްޒުއްދީންފުސްޠާޠު ( މިސްރު )ލެސޯތޯއެޕްރީލް 11ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުއެޕްރީލް 23ސިމާދު ސަޢީދުޑިސެމްބަރު 4ޖޫން 7ޑިސެމްބަރު 22009ޝަހާދަތްޗެކް ޖުމްހޫރިއްޔާހަކުރު ބަލިރުވާންޑާލޭޔޫނާންއެޕްރީލް 22ޕޮލެންޑުމޮސްކޯތާނަ އަލިފުބާގެ ތަރުތީބުޔޫސުފް ނަޖީބުލް ޙަބްޝީ2001ދަމުއިދިވެހި އަދަބީ ތާރީހްސެޕްޓެމްބަރު 26ޖުލައި 2އެއިޑްސް ބަލިއިންޑިޔާލެޓުވިއާކުރޮއޭޝިއާފިރުދޯސީޖަޕާނުޖުލައި 15ޖުލައި 12އެޕްރީލް 28އިސްޕެއިންމިޞްރުޑިމޮކްރަސީއީސާގެފާނުމެލޭޝިޔާޖުލައި 21ހެއިޓީތުވާލޫމަލަޔާޅަމްދިވެހިރާއްޖޭގެ އަތޮޅުތައްޔޫ.ޓީ.ސީ.ޓާކަސް އަދި ކައިކޯ ޖަޒީރާސެޕްޓެމްބަރު 17ލޭގެ ޕްރެޝަރުމުންބާއީ🡆 More