ހެއިޓީ

ރިޕަބްލިކް އޮފް ހެއިޓީއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

Republic of Haiti
République d'Haïti
Repiblik Ayiti
Republica de Haiti
ހެއިޓީ ހެއިޓީ
Flag Coat of arms
Motto: "L'Union Fait La Force"  (French)

"Unity Creates Strength"
Anthem: La Dessalinienne
ހެއިޓީ
Location of Haiti
Capital
and largest city
Port-au-Prince
18°32′N 72°20′W / 18.533°N 72.333°W / 18.533; -72.333
Official languages Haitian Creole, French
Ethnic groups 95.0% black, 5% multiracial and white
Demonym Haitian
Government Parliamentary republic
 -  President Michel Martelly
 -  Prime Minister Jean-Max Bellerive
Formation
 -  Formed as Saint-Domingue 30 October 1697 
 -  Independence declared 1 January 1804 
 -  Independence recognized 17 April 1825 
Area
 -  Total 27,751 km2 (140th)
10,714 sq mi
 -  Water (%) 0.7
Population
 -  2009 estimate 9,035,536 (82nd)
 -  Density 361.5/km2 (31st)
936.4/sq mi
GDP (PPP) 2008 estimate
 -  Total $11.570 billion
 -  Per capita $1,317
GDP (nominal) 2008 estimate
 -  Total $6.943 billion
 -  Per capita $790
Gini (2001)59.2
high
HDI (2007)ހެއިޓީ 0.532
Error: Invalid HDI value · 149th
ކަރަންސީ Gourde (HTG)
Time zone (UTC-5)
ޑްރައިވްސް right
Calling code 509
އިންޓަރނެޓް ޓީއެލްޑީ .ht

އަވަސް ކަޅިއަކުން ބަލައިލުމެއް

ހެއިޓީގެ ރަސްމީ ބަހަކީ ހެއިޓިއަން ކްރިޔޯލް އާއި ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހެއިޓިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕޯރޓް-އައު-ޕްރިންސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 82 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 27751 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ht. އެވެ. ކޯލިން ކޯޑަކީ +509 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގޮއިޑޭ (Gourde) އެވެ.

ނަން

ހެއިޓީ މިނަން ނެގިފައިވަނީ “އަޔިތީ” މި ނަމުންނެވެ. މިއީ އައިލެންޑް އޮފް އިސްޕެނިޔޯލާގެ ހުޅަނގު ފަޅި ނުވަތަ ފަރުބަދަތައް ހުންނަ ފަޅިއަށް، އަދިވާސީ ޓައިނޯ ބަހުން ކިޔަމުން އައި ނަމެވެ.

ޖުޣުރާފީ

ހެއިޓީއަކީ ޑޮމިނިކަން ރިޕަބްލިކާ އެކު އައިލެންޑް އޮފް އިސްޕެނިޔޯލާ ޙިއްޞާ ކުރާ ޤައުމެކެވެ. ހެއިޓީ އޮންނަނީ އިސްޕެނިޔޯލާ އައިލެންޑުގެ ހުޅަނގު ފަޅީގައެވެ. ހެއިޓީއަކީ ކިޔުބާ އާއި ޑޮމިނިކަން ރިޕަބްލިކް ފިޔަވައި ކެރީބިޔަން ސަރަޙައްދުގައި އޮތް އެންމެ ބޮޑު ރަށެވެ.

ތާރީޚު

ހެއިޓީއަކީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކް އެކޭ އެއް ގޮތަށް ދަ އައިލެންޑް އޮފް އިސްޕެނިޔޯލާއަށް ނިސްބަތްވާ ޤައުމެއްކަމުން މި ޤައުމަށް ވެސް ޔޫރަޕު މީހުން އައުމުގެ ކުރީގައި ވަޒަންވެރިވެގެން ތިބީ އަރަވާކަން ބަހަކުން ވާހަކަ ދައްކަމުން އައި ޓައިނޯއިންނެވެ. ޓައިނޯއިންގެ ބަހުން މުޅި މި ރަށަށް ކިޔާ ނަމަކީ ކިސްކޭޔާއެވެ. އައިލެންޑް އޮފް އިސްޕެނިޔޯލާގެ ތިންބައިކުޅަ ދެ ބައި ޙިއްޞާ ކުރަމުންދަނީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކުންނެވެ. އަނެއްބައި ޙިއްޞާ ކުރަމުންދަނީ ހެއިޓީންްނެވެ. ހެއިޓީގެ އަޞްލު ރަށްވެހީން ކަމުގައިވާ ޓައިނޯއިންގެ ހުނަރުވެރި ކަމުގެ ތެރެއިން މިއަދު ފެންނަން ހުރި ކަންތައްތަކަކީ “ކޭވް ޕެއިންޓިން” ފަދަ ކަންތައްތަކެވެ. މިފަދަ ޕެއިންޓިންތައް މިއަދު ވެފައިވަނީ ހެއިޓީގެ ޤައުމީ ސިންބަލްތަކެއް ކަމުގައެވެ. އަދި މި ޕެއިންޓިންތައް ހުރި ތަންތަން ވެފައިވަނީ ފަތުރުވެރީންގެ މެދުގައި މަޤްބޫލު މަންޒިލްތަކަށެވެ. ކްރިސްޓަފަރ ކޮލަންބަސް މި ފަސްގަނޑުގައި ފައިބީއްސާލައިފައިވަނީ 5 ޑިސެންބަރު 1492 ގައެވެ. ޔޫރަޕުގެ މީހުން ވަނީ މި ރަށުން ވަރަށް ބައިވަރު ރަން ނަގާފައެވެ. މި ރަށުގެ އަޞްލު ރަށްވެހީން ކަމުގައިވާ ޓައިނޯ ނަސްލުގެ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެގެން ދިޔަ ސަބަބަކީ ކެރީބިޔަން ސަރަޙައްދަށް މުޅީން އައު އިންފެކްޝަސް ބަލިތައް ޔޫރަޕުގެ މީހުންގެ ފުށުން މި ސަރަޙައްދަށް ފާވުމެވެ. މި ސަރަޙައްދުގައި ތިބި ޔޫރަޕުގެ ގަވަރުނަރުން ވަނީ މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އެފްރިކާއިން އަޅުން ގެނެސް މިތަނުގެ މަސައްކަތްތަކަށް ބޭނުން ކުރަމުންނެވެ. ހެއިޓީގައި ފުރަތަމަ ފަހަރަށް ހަކުރު އުފެއްދުމަށް ވިންޑްމިލްއެއް ޤާއިމުކުރެވުނީ 1685 ގައެވެ. ހެއިޓީ ވަކި ޤައުުމެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 30 އޮކްޓޯބަރު 1697 ގައި ސެއިންޓް ޑޮމިންގޫގެ ގޮތުގައެވެ. ހެއިޓީގެ މިނިވަންކަން އިޢުލާން ކުރެވިފައިވަނީ 1 ޖަނަވަރީ 1804 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައިި ހެއިޓީ ބަލައިގެންފައިވަނީ 17 އެޕްރީލް 1825 ގައެވެ. 2010 ވަނަ އަހަރުގައި ހެއިޓީއަށް ވަނީ ވަރަށް ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މީގެ ސަބަބުން އެ ޤައުމަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ޑެމޮގްރަފިކްސް

ހެއިޓީގެ އާބާދީގެ 95% އަކީ ކަޅު މީހުންނެވެ. 5% މީހުންނަކީ މަސްހުނި ނަސްލުތަކުގެ މީހުންނާއި ދޮން މީހުންނެވެ.

ސަގާފަތު

ހެއިޓީ އަކީ ވަރަށް ދިގު ތާރީޚެއް އޮތް ޤައުމެއް ކަމުން މި ޤައުމުގެ ސަގާފަތަކީ ވަރަށް މުއްސަނދި ސަގާފަތެއް ކަމުގައި ބެލެވިފައިވެއެވެ. ފަރަންސޭސި ސަގާފަތާއި، އެފްރިކާ މީހުންގެ ސަގާފަތާއި ޓައިނޯއިންގެ ސަގާފަތުގެ އިތުރުން އިސްޕޭނު މީހުންގެ ސަގާފަތް މަސްހުނި ވެގެން އުފެދިފައިވާ ސަގާފަތަކީ މިއަދު ހެއިޓީގެ ސަގާފަތެވެ.

އިޤްތިޞާދު

އިޤްތިޞާދީ ގޮތުން ބަލާއިރު އެމެރިކާ އަދި ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ އެންމެ ފަޤީރު ޤައުމަކީ ހެއިޓީއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1317 ޑޮލަރެވެ.

Tags:

ހެއިޓީ އަވަސް ކަޅިއަކުން ބަލައިލުމެއްހެއިޓީ ނަންހެއިޓީ ޖުޣުރާފީހެއިޓީ ތާރީޚުހެއިޓީ ޑެމޮގްރަފިކްސްހެއިޓީ ސަގާފަތުހެއިޓީ އިޤްތިޞާދުހެއިޓީ

🔥 Trending searches on Wiki ދިވެހިބަސް:

އެޕްރީލް 22ފެންޖިމީ ކާރޓަރޑިސެމްބަރު 19ސޯވިއެޓް އިއްތިހާދުއެޕްރީލް 21މެއި 4ފެބްރުއަރީ 15އިންޑިޔާޖެނުއަރީ 4ކޮރެޔާ ބަސްވެރިރަށްTāna Supportއޮގަސްޓު 20ސީނުކަރަބަސްހުޅުތައް ދުޅަވުންއަންބަރާޠޫރިއްޔަތުއެމެރިކާކިރިގިސްތާންއަބްދުﷲ ޖަލާލުއްދީންތަފާސް ހިސާބުޖޯޖް ވޮޝިންގޓަންބަރުމާމީލާދީ ކަލަންޑަރުމެންދަން މިޔަރުކަޒަކިސްތާންޖެނުއަރީ 1އިނގިރޭސިވިލާތްޖުލައި 3ޒައިތޫނިޖެނުއަރީ 11އަބްދުއްﷲ ޖަލާލުއްދީންމައުމޫނު ޢަބްދުލް ޤައްޔޫމްޢުމަރުގެފާނުއިޓަލީއޮކްސްފޯރޑް ޔުނިވަރސިޓީއެޕްރީލް 8ޝާހްނާމާ2007ޖިބުތީޖުލައި 19މޫސާގެފާނުޖޯޖިޔާ (ޤައުމު)ޖެނުއަރީ 61998ހަންގޭރީނޯވޭއޮކްޓޫބަރު 7ރުވާންޑާކެމަރޫންފަރުޖުނައިޖީރިއާއަލްމާނީޑެނިއެލް ރެޑްކްލިފްޑިސެމްބަރު 24އޮކްޓޫބަރު 18ޙަސަން ޢުގައިލްލީބިޔާބަނބުޅަބޮސްމާރޗް 8ޖެނުއަރީ 20🡆 More