ނިކަރާގުއާ

ނިކަރާގުއާ އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުުމެކެވެ.

Republic of Nicaragua
República de Nicaragua  ފަންވަތް:Es icon
ނިކަރާގުއާ ނިކަރާގުއާ
Flag Coat of arms
Motto: En Dios Confiamos   ފަންވަތް:Es icon
"In God We Trust"
Anthem: Salve a ti, Nicaragua  ފަންވަތް:Es icon
Hail to thee, Nicaragua
ނިކަރާގުއާ
Location of Nicaragua
Capital
and largest city
Managua
12°9′N 86°16′W / 12.150°N 86.267°W / 12.150; -86.267
Official languages Spanish1, Miskito speaking and other minorities and english
Recognised regional languages none
Ethnic groups 55% Mestizo
35% White (majority being of Spanish, German, Italian, French, or English ancestry)
9% Amerindian)
0.9% Black
Demonym Nicaraguan
Government Presidential republic
 -  President Daniel Ortega (FSLN)
 -  Vice President Jaime Morales Carazo
Independence from Spain
 -  Declared 15 September 1821 
 -  Recognized 25 July 1850 
 -  Revolution 19 July 1979 
Area
 -  Total 130,373 km2 (97th)
50,193 sq mi
 -  Water (%) 7.14
Population
 -  July 2009 estimate 5,891,199 (110th)
 -  2005 census 5,148,098
 -  Density 42/km2 (133nd)
114/sq mi
GDP (PPP) 2008 estimate
 -  Total $16.709 billion
 -  Per capita $2,698
GDP (nominal) 2008 estimate
 -  Total $6.365 billion
 -  Per capita $1,028
Gini (2007)40.1
medium
HDI (2007)ނިކަރާގުއާ 0.699
Error: Invalid HDI value · 124th
ކަރަންސީ Córdoba (NIO)
Time zone (UTC-6)
ޑްރައިވްސް right
Calling code 505
އިންޓަރނެޓް ޓީއެލްޑީ .ni
1. English and indigenous languages on Caribbean coast are also spoken.
2. Significant proportion of information obtained from CIA World Fact Book

އަވަސް ކަޅިއަކުން ބަލައިލުމެއް

ނިކަރާގުއާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން މިސްކިޓޯ ބަހާއި އިނގިރޭސި ބަސް ވެސް ރަސްމީ ދަރަޖައިގައި ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނިކަރާގުއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަނަގުއާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 107 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. މިއީ 6 މިލިޔަނަށް ވުރެ އާބާދީ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. ބިމުގެ ބޮޑުމިނަކީ 130373 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ni. އެވެ. ކޯލިން ކޯޑަކީ +505 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮރްދޯބާއެވެ.

ނަން

ނިކަރާގުއާގެ ނަމުގެ އަޞްލާ މެދު މިހާތަނަށް ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މީގެ ތެރެއިން އެއް ނަޒަރިއްޔާއަކީ ސްޕޭނު މީހުން މި ސަރަޙައްދަށް އައި އިރު މި ތަނުގެ ވެރިއަކަށް ހުރި ނިކަރާއޯއަށް ނިސްބަތްކޮށް އިސްޕޭނު މީހުން ދިން ނަމެއް ކަމަށް ބުނާ ނަޒަރިއްޔާއެވެ. ދެވަނަ ނަޒަރިއްޔާއަކީ “ވަށައިގެން ފެންގަނޑު އޮންނަ” މި މާނައެވެ. އެހެނީ “އަގުއާ” އަކީ އިސްޕޭނު ބަހުން ފެނަށް ކިޔާ ނަމެކެވެ.

ޖުޣުރާފީ

ނިކަރާގުއާގެ އުތުރުގައި އޮތީ ހޮންޑިއުރަސްއެވެ. ދެކުނުގައި އޮތީ ކޮސްޓަރީކާއެވެ. މި ގައުމުގެ ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. އިރުމަތީގައި އޮތީ ކެރީބިޔަން ކަނޑެވެ.

ތާރީޚު

ނިކަރާގުއާގެ ޤަދީމީ ތާރީޚަށް ބަލާ ކަމުގައިވާނަމަ، މި ޤައުމަކީ ވެސް ޤަދީމީ ޒަމާނުގައި އެމެރިންޑިޔަނުން އުފަލާއެކު ދިރިއުޅެމުން ދިޔަ އެމީހުންގެ ވަޒަނެއްކަން އެނގިގެންދާނެއެވެ. ޕިޕިލް ނަސްލުގެ މީހުން ސެންޓްރަލް މެކްސިކޯއިން ހިޖުރަކޮށްފައިވަނީ މީލާދީން 500 ވަނަ އަހަރުގެ ފަހުންނެވެ. މީލާދީން 15 ވަނަ ޤަރުނު ނިމުނު އިރުގައި މިސަރަޙައްދުގައި ވަޒަންވެރިވެގެން ތިބީ އެމެރިންޑިޔަން ދަރިކޮޅުތަކުގެ މީހުންނެވެ. މީގެ ތެރޭގައި ގިނައީ ކުދިކުދި މަމްލަކާތައް ހަދައިގެން ތިބި ދަނޑުވެރީންނެވެ. ނިކަރާގުއާގެ ޕެސިފިކް އައްސޭރީގައި މި މީހުން ތިބި އިރުގައި، ކެރީބިޔަން އައްސޭރީގައި ތިބީ ޗިބްޗާއިންނާ ގުޅުން ހުރި ޖަމާޢަތްތަކެވެ. މި މީހުންނަކީ މިއަދުގެ ކޮލަންބިޔާ ސަރަޙައްދުން މި ސަރަޙައްދަށް ހިޖުރަކޮށްފައިވާ ބައެކެވެ. އެމީހުން ދިރިއުޅެފައިވަނީ ޝިކާރަކޮށްގެން އުޅުމުގެ ވައްޓަފާޅިޔަށެވެ. ނިކަރާގުއާގެ އިރުމަތީ އައްސޭރީގައި ތިބި މީހުންނަކީ އާއްމުކޮށް ކެރީބިޔަން ސަރަޙައްދުގެ ޖަޒީރާ ރަށްތަކަށް ނިސްބަތްވާ މީހުންނާ އެކު ވަރަށް ބޮޑަށް ވިޔަފާރީގެ ގުޅުން ބެހެއްޓި ބައެއްކަމަށް ފެނެއެވެ. އެހެން ކަމުން ސަގާފަތުގެ ގޮތުންނާއި ގެދޮރު އެޅުމާއި ދިރިއުޅުމުގެ ގޮތުން ވަރަށް ބޮޑު އެއް ގޮތް ކަމެއް މި ދެބައިމީހުންގެ ދެމެދުގައި ހުއްޓެވެ. ނިކަރާގުއާގެ މެދުތެރޭގައި ދިރިއުޅުނު މީހުންނަކީ ޗޮރޮޓޭގާ ދަރިކޮޅުގެ މީހުންނެވެ. މި މީހުން ވަނީ އެ ޤައުމަށް އައިސް ވެރިވެގަތް ސްޕޭނު މީހުންނާ ކައިވެނީގެ ގޮތުން ވަރަށް ގަދައަށް ގުޅި މިއަދު މެސްޓިޒޯއިންގެ ގޮތުގައި ތިބި ނަސްލު އުފަންވުމުގެ ސަބަބަކަށް ވެފައެވެ.

ޑެމޮގްރަފިކްސް

ނިކަރާގުއާގެ އާބާދީގެ 69% އަކީ މެސްޓިޒޯއިންނެވެ. 17% މީހުންނަކީ ދޮން މީހުންނެވެ. 5% އަކީ އެމެރިންޑިޔަނުންނެވެ. 9.0% އަކީ ކަޅު މީހުންނެވެ.

ސަގާފަތު

ނިކަރާގުއާގެ ސަގާފަތަކީ މިއުޒިކާއި އާދަކާދަ އާއި ދީނީ އާދަތައް އެކުލެވިގެންވާ ސަގާފަތެކެވެ. ޔޫރަޕުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވިޔަސް އެމެރިންޑިޔަން ސަގާފަތުގެ ރަހަތަކާއި ކުލަތަކުން މި ސަގާފަތްވަނީ ވަރަށް ބޮޑަށް ޒީނަތްތެރިވެފައެވެ.

އިޤްތިޞާދު

ނިކަރާގުއާއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެކެވެ. އެ ޤައުމުގެ އެކްސްޕޯޓްގެ 60% ޙިއްޞާ ކުރާ މި ޞިނާޢަތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 300 މިލިޔަނަށް ވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2698 ޑޮލަރެވެ.

Tags:

ނިކަރާގުއާ އަވަސް ކަޅިއަކުން ބަލައިލުމެއްނިކަރާގުއާ ނަންނިކަރާގުއާ ޖުޣުރާފީނިކަރާގުއާ ތާރީޚުނިކަރާގުއާ ޑެމޮގްރަފިކްސްނިކަރާގުއާ ސަގާފަތުނިކަރާގުއާ އިޤްތިޞާދުނިކަރާގުއާ

🔥 Trending searches on Wiki ދިވެހިބަސް:

ދިވެހިރާއްޖެރައިވަރުޖުލައި 3ޖެނުއަރީ 18ބެލްގޮރޯޑްއެޕްރީލް 25މަނަދޫ (ނ. އަތޮޅު)ޔަޙްޔާގެފާނުއިންޑިޔާ2004ފެބްރުއަރީ 19ކުރުނބާނޮވެމްބަރު 3ކަޒަކިސްތާން2022އެޕްރީލް 6ޝަރީޢަތްޖުލައި 13ނޮވެމްބަރުޖޫން 23އެޕްރީލްއިސްޕެނިޝްޖުލައި 26ފެބްރުއަރީ 10އިބްރާހިމް އަހުމަދުދީދީއޮގަސްޓު 10ނޮވެމްބަރު 12ފަޚުރުވެރި ދިވެހިބަސްއިސްޙާޤުގެފާނުއޭޝިއާވިއެޓުނާމުDid You Know Archivesއެޕްރީލް 5އަކުރު ތަރުތީބުން ހެދިފައިވާ ފިހުރިސްތުސެޕްޓެމްބަރު 2އިސްލާމް ދީނުގައި ކައިވެނިސޯވިއެޓް އިއްތިހާދުޖުލައި 2ބައިބަލްޖޫން 9އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާމާރޗް 30އެޕްރީލް 24އިނގިރޭސިވިލާތްމާރޗް 31ޙައްޖުފެބްރުއަރީ 28މައުރިބުޖެނުއަރީ 13ސޯޑިއަމްބަހަވިއްޔާތުފަރަންސޭސިނީޖަރުޱަވިޔަނިލީޝްތެންސްޓީންHenry Wilsonތާނަ އަލިފުބާގެ ތަރުތީބުސުލޮވާކިއާ2008ޗިކުންގުންޔާމާރޗް 19ޔުކްރެއިންއޮކްޓޫބަރު 5އެޕްރީލް 29ބަންގާޅުޞަޙާބީންފަރުޖުގެ ތުންފަތްއޮގަސްޓު 19🡆 More