ރައިވަރު

ރައިވަރު އަކީ ދިވެހިޅެމުގެ ބާވަތްތަކުގެ ތެރއިން 3 ވަނަ ބާވަތެވެ.

މިހެދިފައި ހުންނަނީ، ތިންބަހުންނާއި ހަބަހުންނެވެ. މީގެކުރީން މިއަށްވުރެ ގިނަބަހުންވެސް ރައިވަރު ހަދައި އުޅެއެވެ. ރައިވަރު ބަޔަކީ ރައިވަރުގެ ހަމަޔާ ގާތްގޮތަކަށް ބަސްތަކަކުން އެކުލަވާ ލައިފައިހުންނަ ޅެން ބަހުރުވައެކެވެ. މިސާލު: ބުރުނީރައިވަރުބައި. މާކެޔޮޅުކަމު ރައިވަރު މިއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

ދިވެހި ޅެމުގެ ބައިތައް

ޅެމުގެ ބައިތައް

ބަނދި
ކާ
ފަރިހި
ރައިވަރު
ޅެން
އަންބާ
ލަވަ

ރައިވަރަކީ ކޮންއެއްޗެއް ބަޔާންކުރުމުގެ ގޮތުން ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން ލިޔުއްވާފައި ވެއެވެ. "ރައިވަރަކީ އިހުޒަމާނުއްސުރެ ދިވެހިންގެ މީހުން އެމީހުންގެ ހިތަށް އަންނަ ޚިޔާލުތަކާއި، އެގޮތް ގޮތުން ފާޅުކުރަންޖެހޭ މަގްޞަދު ތަކާއި، ހިތުގެ ޝުޢޫރުތައް، ކޮންމެވެސް ރާގެއްގައި ހަރުއަޑުން ކިޔައި ފާޅުކުރުމަށް ގެންގުޅެމުން އައި، ވަކި ޚާއްޞަ ވަޒަނެއްގެ ޅެންބަހުރުވައަކަށް ކިޔާނަމެކެވެ."

ރައިވަރަކީ ދިވެހި ޅެމުގެ ވަރަށް މުހިއްމު ބާވަތެކެވެ. ދިވެހި ޅެން ކުރިއަރަމުން އައިގޮތަށް ވިސްނާއިރު އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ބަނދި އަދި ކާ ހުރަސްކޮށް ރައިވަރު އާއި ހަމައަށް އައިއިރު ދިވެހި ޅެން އޮތީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. އިހުގެ މީހުން ވާހަކަ ދައްކައި އުޅޭހާ ފަސޭހައިން ރައިވަރު ހަދައި ކިޔައި އުޅުނުކަން ލިޔުންތަކުން ފެންނަށް އެބަހުއްޓެވެ.


ރައިވަރުގެ މަގާމް

ރައިވަރަކީ އިހުގެ ދިވެހިން ވަރަށް ފުރިހަމަ ގޮތެއްގައި ގަދަރު ކުރަމުން އައި އެއްޗެކެވެ. ނަމަވެސް ސަބަބުތަކެއް ހުރުމާއެކު އެގަދަރު ފުހެވި ހިގައްޖެއެވެ. އެއް ސަބަބަކީ ތިމާމެންގެ އަމިއްލަ ބަހާއި ބަހުގެ އަދަބު ތަކަކީ އެއްވެސް އެއްޗެއް ނޫންކަމާއި، އެއީ ވަރަށް ދަށްފެންވަރުގެ އެއްޗެއްކަމަށް ހީވާން ފެށުމެވެ. މިހެން ހީވާން ފެށީ ބޭރު ބަސްބަސް ދަސްވެ، އެބަސް ބަހުން ހުންނަ ބާވަތް ބާވަތުގެ ތަކެތި ފެންނަން ފެށުމަށް ފަހުގައެވެ. ތިމާމެންގެ އަދުބުތަކުގެ ފެންވަރު މައްޗަށް ގެންދިއުމުގެ ބަދަލުގައި އެތަކެތި ދޫކުރަމުން ގެންދިއުމެވެ.

އަނެއް ސަބަބަކީ ރައިވަރު އަދާކޮށް އުޅުނު މަގްޞަދުގެ ތެރެއަށް ރަގަޅު ނޫން މަގްޞަދެއް ވަނުމެވެ. ޖިންސީ އެދުންތައް ހިލުވާލުމުގެ ހަތިޔާރެއްގެ ގޮތުގައި ރައިވަރު ބޭނުންކުރަން ފެށުމެވެ. އެހެން އެކަންވުމުން ރައިވަރާއި މެދު އޮތް ގަދަރު ނެތެން ފަށައިފިއެވެ. އެއީ ގޮތްހުރި މީހުންގެ މެދުގައި ގެންގުޅުން އެކަށީގެންނުވާ އެއްޗަކަށް ވެގެން ހިގައްޖެއެވެ.

އަނެއް ސަބަބަކީ ރައިވަރުގެ ބަސްމަގު ދޭހަކޮށްގަތުން އުދަގޫވުމެވެ. މިސަބަބަތަކަށް ޓަކައި ރައިވަރަށް ދެވިފައިވާ ގަދަރު ކުޑަވަމުން ގޮސް ނެތިގެން ހިގައްޖެއެވެ.


ރައިވަރުގެ މަޤްޞަދު

ރައިވަރަކީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. އެހެން ކަމުން ޅެމުގައި ހިމެނިގެންވާ ހުރިހާ މަގްޞަދެއް ރައިވަރުގައި ވެސް ހިމެނިގެން ވެއެވެ.އެގޮތުން ހިމެނޭ ބައެއް މަގްޞަދުތައް ތިރީގައި މިވަނީއެވެ.

  • ޝުޢޫރު ފާޅުކުރުން
  • ފޫހިފިލުވުން
  • އުގެނުމާއި އުގަންނައި ދިނުން
  • ނަޞޭހަތާއި އިރުޝާދު ދިނުން
  • ތާރީފުކުރުމާއި މަލާމާތް ނުވަތަ ހަޖޫކިޔުން

އިހުގެ ރައިވަރުތައް

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވެއެވެ. ކިތައްމެ ވަރަކަށް ތަންތަންކޮޅައި ބަލައި ހޯދިޔަސް ރާއްޖޭގެ ލިޔުން މަދުކަމާއި، ޗާޕުކުރުން ނެތްކަމުން އިހުގެ މޮޅު މީހުން ހެދި ރަގަޅު ހައި އެއްޗެތި ފެންނާކަން ނެތެވެ. ފެންނަން ހުރިހާ ވެސް އެއްޗަކީ:-

ދެން ފެންނާން ހުރީ ތޭރަ ސަތޭކައިގެ ފަހުކޮޅުގެ ޅެންވެރީން ނުވަތަ އޭގެ މިކޮޅުގެ ޅެންވެރީންގެ ރައިވަރެވެ.

ރައިވަރުގެ ބާވަތްތައް

ތަފާތު ބާވަތްތަކުގެ ރައިވަރު ހުރެއެވެ.

  • ނަޞޭޙަތާއި ވައުޒު
  • ދީނީ ކަންތައްތައް ފިލުވައިދިނުން
  • ވާހަކަ ކިޔައި ދިނުން
  • އާދޭސްކުރުން
  • ތާރީފުކުރުމާއި މަލާމާތްކުރުން
  • ސިޔާސަތާއި ތާރީޚް
  • ބެރެކި

ރިފަރެންސް

  • ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1 މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

Tags:

ރައިވަރު ގެ މަގާމްރައިވަރު ގެ މަޤްޞަދުރައިވަރު އިހުގެ ތައްރައިވަރު ގެ ބާވަތްތައްރައިވަރު ރިފަރެންސްރައިވަރު

🔥 Trending searches on Wiki ދިވެހިބަސް:

ހިތު މަސްއެޕްރީލް 21މަޑުއްވަރީ (މ. އަތޮޅު)ކީރިތި ޤުރުއާންއެއިޑްސް ބަލިލަޑިމިއަރ ޕޫޓިންޖެނުއަރީގްރޭޓް ބެރިއަރ ރީފްއިސްރާއީލުފިރުދޯސީޕާކިސްތާންއިލްހާމް އަލިޔެވް2001ހަންގޭރީޖަޕާނީއެޕްރީލް 28ކާތަކެތި ހިގާ ހޮޅިރައުލް ކާސްޓްރޯކޮލެރާސުވެޑިޝްކާލީކޯޓުފަރުޖުޔޫސުފް ނަޖީބުލް ޙަބްޝީއަބޫބަކުރުގެފާނުއީސާގެފާނުއޮކްޓޫބަރު 1ޙުސައިން ޞަލާޙުއްދީންޔޫނާންޢަޤީދާމައި ޞަފްޙާމަލިކުރުވާވިޓަމިން ބީ2ފިރިހެން ހަށިއަބްރަހަމް ލިންކަންއާދިއްތަ ދުވަސްކޭޕް ވާޑޭސަޢީދު ޤާސިމްއެޕްރީލް 25ޖެމެއިކާޤުރްއާނުގެ ޢިލްމުޖެނުއަރީ 5ފުސްޠާޠު ( މިސްރު )ބަންގާޅުފިލިޕީންސްމޮސްކޯދާނެސްނާމާކަނދޮޅުއުޓޮނޮމިކް ނާރވަސް ސިސްޓަމްފަޚުރުވެރި ދިވެހިބަސްމާރޗް 19ތޫނިސްއަލްމާނީއިލްޔާސް އިބްރާހީމްރީނދޫކީރިތި ޤުރުއާން ބާވައިލެއްވި ހަތް އަކުރު.ވަކިފޫރިޔޫނިއަންޖަޕާނުގޫގްލްޢަލީގެފާނު🡆 More