ޑްރާމާ

އަދަބިއްޔާތު ދިވެހި އަދަބީ ތާރީހް

ސިލްސިލާ ލިޔުންތަކުގެ ބައި

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ޑްރާމާ އަކީ ޔޫނާނީ ބަހުން އައިސްފައިވާ ބަހެކެވެ. އެއީ މަސްދަރެކެވެ. ނުވަތަ ކަމުގެ ނަމެކެވެ. އޭގެ މާނައަކީ ކޮށްގެން ދެއްކުމެވެ. ޑްރާމާ އަކީ އިންސާނީ ޙަޔާތުގެ ޙާދިސާތައް ހަމައެކަނި ލިޔުމުން ބަޔާން ކުރުމުގެ ބަދަލުގައި ތަމްސީލްކޮށް ދައްކައިދޭ އަދަބަށް ކިޔޭ ނަމެކެވެ. ޑްރާމާގައި ޅެންވެރިޔަކު ބަޔާންކުރަން ބޭނުން ވާހަކައެއް ދެތިން މީހަކު ވާހަކަ ދައްކާ ގޮތަށް ބަޔާންކޮށް އުޅެއެވެ. މިކަމަށް ހަދައި އުޅޭ ގޮތަކީ އެދެތިން މީހުން އެވާހަކައިގައި އުޅޭ މީހުން ލާކަހަލަ ހެދުން ލައިގެން އެމީހުން ދައްކާ ގޮތަށް ވާހަކަ ދައްކައި، ކަންތައްތައް ކޮށްއުޅޭ ގޮތަށް ކަންތައްތައް ކޮށް ހަދަނީ އެވެ. މަގްޞަދަކީ ބަލަން ތިބޭ މީހުންގެ ކުރިމަތީގައި މިހުރިހާ ކަމެއް ހިނގާ ގޮތް ހާމަ ކުރުމެވެ. މިއީ ވަރަށް ހިތް ގައިމު އަސަރު ކުރުވާ ގޮތެކެވެ.

އެންމެ ފުރަތަމަ ޚިޔާލު ކުރެވެމުން އައީ ޑްރާމާ އަކީ ޅެންވެރިކަމުގެ ބައެއް ކަމުގައެވެ. ނަމަވެސް މަޑުމަޑުން ޑްރާމާ އަކީ ވަކި އަދަބީ ހައިސިއްޔަތެއް އޮތް އެއްޗަކަށް ވެއްޖެއެވެ. އެހެން ކަމުން މިހާރު ޅެމުން ޑްރާމާ ލިޔުމުގެ ގޮތް ވަރަށް ކުޑަ ވެއްޖެއެވެ.


ޑްރާމާއާއި ވާހަކައިގެ ތަފާތު

ޑްރާމާ އާއި ވާހަކަ އަކީ އިންސާނީ ޙަޔާތުގެ ތަފާތު ކުލަތައް ދެއްކުމުގައި ނުހަނު އެއްގޮތްކަމެއް ހުރި ދޭއްޗެވެ. ޑްރާމާ އާއި ވާހަކަ އާއި ހުރި ބައެއް ތަފާތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

  • ވާހަކައިގައި އަސަރު އެކުލެވިގެންވަނީ ޚިޔާލީ ދުށުންތަކެއްގައެވެ. ޑްރާމާގައި މިކަން އޮންނަނީ ލޮލަށް ފެނިގެން އަސަރު ކުރުވާ ގޮތަށެވެ.
  • ވާހަކައިގައި އެލިޔާމީހާ އެހެން މީހުންގެ އަސަރުތަކެއް ބަޔާންކުރާނީ އެވެ. ލިޔެ ހާމަކުރާނީ އެވެ. ޑްރާމާގައި ޚުދު ލިޔާމީހާ އޭގައި އުޅޭމީހުން ލައްވައި ވާހަކަ ދައްކުވަނީއެވެ. އެވާހަކަ ދެއްކުމުގައި އެމީހުންގެ ޖަޒްބާތާއި، ޚިޔާލު، އެމީހުންގެ ގޮތްފޮތާއި، ވާހަކަތައް އަދި ޖުމްލަ ގޮތެއްގައި މުޅި ދިރިއުޅުން ދައްކުވައިދެނީ އެވެ.
  • ވާހަކަ ލިޔާމީހާ އަކީ އެއްގޮތެއްގައި މިނިވަނެކެވެ. އެގޮތަކީ ވާހަކަ ލިޔާމީހާ ސަތޭކަ ޞަފްޙާ ނުވަތަ އެއްހާސް ޞަފްޙާގެ ވާހަކައެއް ލިޔުނަސް އެންމެ ރަގަޅެވެ.
  • ވާހަކަ ކިޔާކަން ވަކިވަގުތެއް ކަނޑައެޅިފައެއް ނެތެވެ. ޑްރާމާ ލިޔާމީހަކު ވަގުތަށް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. ތިންގަޑިއިރަށް ނުވަތަ ތިންގަޑި ބަޔަށް ޑްރާމާ ފައްތަން ޖެހެއެވެ.
  • ވާހަކައިގައި ހާދިސާތައް ބޭނުން ޒަމާނަކަށް ފަތުރާލިޔަސް އޭގެ އަސަރަކަށް އުނިކަމެއް ނާންނާނެއެވެ. އެގޮތަކީ ވަގުތުގެ ދިގުމިން، ގެންނަން ޖެހެނީ ހަމައެކަނި ޚިޔާލުގެ ކުރިމައްޗަށެވެ. ނަމަވެސް ޑްރާމާގައި ވާހަކައިގައި ބަޔާންކުރެވޭ ޒަމާން ވީހާވެސް ކުރުކޮށްލާން ޖެހެއެވެ. އެއީ ވަގުތުގެ ދިގުމިން ލޮލުން ދެކެން ޖެހޭތީ އެވެ.
  • ވާހަކައިގައި މީހަކު ދުނިޔެއަށް އައިއްސުރެ މަރުވާންދެން ހިނގި ހުރިހާ ކަމެއް ތަފްޞީލާއެކު ބަޔާން ކުރެވިދާނެއެވެ. ނަމަވެސް ޑްރާމާގައި މީހެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ދެތިން ގަޑިއިރުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.


ޑްރާމާގެ މައިގަނޑު ބައިތައް

ޑްރާމާ އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ވަރަށް ހަމަހަމަ ގޮތަކަށް އަހައްމިއްޔަތުކަން ދެވިފައިވާ ދެބައެވެ. ފުރަތަމަ ބަޔަކީ ވާހަކަ އެވެ. ދެވަނަ ބަޔަކީ މީހުންނެވެ. ޑްރާމާގެ އެންމެ ބޮޑު ޝަރުތަކީ ހާދިސާތައް އަސަރުގަދަ ޖަޒްބާތު އެކުލެވިގެންވާ ގޮތެއްގައި ހުރުމެވެ. ޑްރާމާ ލިޔުންތެރިޔާ ލަފުޒް ތަކަކުން ބަޔާންކުރަން ޖެހޭ ބައެއް އޮވެގެން ނުވާނެއެވެ.


މަރުޖިޢުތައް

  • ފަތްތޫރަ - ޖެނުއަރީ 1988 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - މާރޗް 1988 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

Tags:

އަދަބިއްޔާތުދިވެހި އަދަބީ ތާރީހް

🔥 Trending searches on Wiki ދިވެހިބަސް:

މެއި 4ބަސް2007ސަންގީތުއޮސްޓަރުލިޔާއަބްދުﷲ ޖަލާލުއްދީންޑިސެމްބަރު 19އިންޑިޔާޖަޕާނުޙުސައިން ޞަލާޙުއްދީންއުތީމު ގަނޑުވަރުއެޕްރީލް 13ބަރުމާތެލުގޫކުޅަނދިލި ބުރުގާހިންދޫދީންޑިސެމްބަރު 25އިނގިރޭސިވިލާތްއެޕްރީލް 25ހުޅުތައް ދުޅަވުންއެދުރު އުމަރު މާފަތް ކަލޭގެފާނުނޯވޭޖެނުއަރީ 14އޮކްސްފޯރޑް ޔުނިވަރސިޓީއިންޑިޔާގެ ސަގާފަތުސެޕްޓެމްބަރު 16ނޮވެމްބަރު 1އާމިނަތު ޙުސައިންއިންޑިޔާގެ ރައީސްހަނދުއެމެރިކާބޮޑުފެންވަޅުގޭ ސީދީސުއްނީ މުސްލިމުންޑްވައިޓް ޑޭވިޑް އައިޒަންހާވަރޒުވާރިފޭސްބުކްAlphabetic contentsކިއުބާކަޒަކިސްތާންޑެނިއެލް ރެޑްކްލިފްއޯޓިޒަމްއިޓަލީ20012014ސޯވިއެޓް އިއްތިހާދުނޮވެމްބަރު 15އޮކްޓޫބަރު 27ތޭންގަދީބުއެލްސެލްވަޑޯރުލައިބީރިއާސެޕްޓެމްބަރު 30ޙަސަން ޢުގައިލްދެކުނު އެފްރިކާއެޕްރީލް 14ޝީޢީ މަޛްހަބުAs of 2007އެޕްރީލް 6Say it in Dhivehi/Mahlމުޙައްމަދު ޖަމާލުއްދީންޖެނުއަރީ 6🡆 More