ނިޢުމާ މުޙައްމަދު އަކީ ދިވެހި ފިލްމީ ބަތަލާ އެކެވެ.
އޭނާވަނީ ދިވެހި އެތަކެއް ވީޑިޔޯ ލަވަތަކާއި، ޓީވީ ޑްރާމާ، ޑްރާމާ ސިލްސިލާ، ކުރު ފިލްމް އަދި ފީޗަރ ފިލްމް ތަކުގައި ހަރަކާތްތެރި ވެފައެވެ.
ނިޢުމާ މުޙައްމަދު އަކީ ގއ.ވާދޫ އަށް އުފަން ފިލްމީ ތަރިއެކެވެ. ނިޢުމާ ތަޢުލީމް ޙާޞިލްކުރީ މާފަންނު މަދަރުސާ އިންނާއި، އީޕީއެސް އިންނެވެ. އޭނާގެ ތަޢުލީމީ މަރުޙަލާ ނިންމީ އީޕީއެސްގެ ގްރޭޑް 8 ންނެވެ. ނިއުމާވަނީ މިހާތަނަށް 3 ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނިކުރީ ރ.އަލިފުށީ އިބްރާހީމް ޙަބީބް އާއެވެ. ޙަބީބު އާއި ނިޢުމާ ކައިވެނިކުރީ 2002 ވަނަ އަހަރު އެވެ. ޙަބީބް ވަނީ ދާދިފަހުން އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. ދެވަނަ ކައިވެނީ ކުރީ ފިލްމީ ބަތަލު ޢަލީ ސީޒަން އާއެވެ. އެއީ 2004 ގައެވެ. ނިއުމާ ކުރިން ކުރި ދެކައިވެނި ވެސް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރޫޅިފައެވެ.
މިހާރު ނިއުމާ ކައިވެނިކޮށްގެން އުޅެނީ ލ.ކަޅައިދޫ ޙަސަން ކިޔާ މީހަކާއެވެ. ނިޢުމާ އާއި ޙަސަންގެ ކައިވެނި ކުރެވުނީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފިލްމް ތަކެއް ކުޅުމަށް ހއ. އިހަވަންދޫ އަށް ގޮސްތިބި ތިބުމުގައި އިހަވަންދޫގައި 2007 ވަނަ އަހަރުގެ ފަހުކޮޅު ގައެވެ. އެއީ ގާތް ގަނޑަކަށް ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ 2007 ހިސާބުގައެވެ. ނިޢުމާ މިހާރު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.
ނިއުމާގެ ފުރަތަމަ ދަރިފުޅުގެ ނަމަކީ ޒޯޔާ ޙަސަން އެވެ.
ނިއުމާ މުޙައްމަދު ދިވެހި ފިލްމީ އޮޅިގަނޑު ގިރާކުރީ 1995 ވަނަ އަހަރު ދިވެހި ޓީވީން ދެއްކި ފުރަތަމަ ދިވެހި ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ އިންނެވެ. ޢަލީ ޝަމީލް، އާމިނަތު ރަޝީދާ، އަދި ޢާރިފާ އިބްރާހީމް ލީޑްރޯލް ތަކުގައި ނިޢުމާ އެކުގައި ފެނިގެންދާ މިޑްރާމާ އަކީ ޢައިޝަތު ނީނާގެ އަވާމެންދުރު ވާހަކައިގެ މައްޗަށް ތައްޔާރު ކުރެވުނު ޑްރާމާ އެކެވެ. މިޑްރާމާގައި ނިޢުމާ ކުޅެފައިވަނީ ރާއްޖެތެރެއިން މާލެއަށް ގެންނަ ކުއްޖަކު ގޭގެ ޞާހިބު މީހާއާއި ރައްޓަހިވެ، އޭނާއާއި ކައިވެނިކޮށްގެން އުޅޭ އަންހެންކުއްޖެއްގެ ބައެވެ. މިއީ ދިވެހި ޓީޥީން ޕްރޮޑިއުސްކޮށް ޓީވީގެ ޑައިރެކްޓަރ މަރިޔަމް ޝައުގީ ޑައިރެކްޓްކޮށްފައިވާ ޑްރާމާ ސިލްސިލާ އެކެވެ.
ނިއުމާވަނީ މިހާތަނަށް 1000 އަށްވުރެ ގިނަ ވީޑިއޯ ލަވަ ކުޅެދީފައެވެ. އަދި 20 ޑްރާމާ އާއި، 34 ފިލްމެއްގައި ( 6ޖޫން 2008 އާއިހަމައަށް) ހަރަކާތްތެރި ވެފައި ވެއެވެ. އެގޮތުން ނިޢުމާ ކުޅެފައިވާ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ ފަތިސް ހަނދުވަރު، 1999 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސްގެ ބަދަލު، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ ހިތް އެދެނީ، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ ގިނި ހިލަ، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ކަލާޔާ ނުލާ، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ ދަރިންނަށްޓަކައި، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ ހިޔަނި، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ ޔޫސުފް ފަދަ ފިލްމްތައް ހިމެނެއެވެ.
ނިޢުމާ މުޙައްމަދު ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުޙީބު އެންމެ ބޮޑަށް ލިބިގެން ގޮސްފައިވަނީ ފަތިސް ހަނދުވަރުގައި ކުޅެފައިވާ ރޯލަށެވެ. ނިޢުމާ، ރީކޯ މޫސާ، ޢާރިފާ، ޝަމީލް، ޝެލީ އިސްރޯލްތައް ކުޅުނު މިފިލްމްގެ 33 ހައުސް ފުލްޝޯ ދައްކާފައި ވެއެވެ. ބިންމާ ވަޙީދު ލިޔެފައިވާ ބިރުވެރި ވާހަކައަކަށް ޢީސާ ޝަރީފް ޑައިރެކްޓްކޮށް ސްލޭމް ސްޓޫޑިއޯއިން އަސްލަމް ރަޝީދު ޕްރޮޑިއުސްކުރި މިފިލްމް ވެފައިވަނީ މިހާތަނަށް ރާއްޖޭގައި ނިކުތް އެންމެ ކާމިޔާބު އެއް ދިވެހި ފިލްމަށެވެ.
އަހަރު | ފިލްމް | އެހެންތަރިން | އެހެނިހެން | ޑައިރެކްޓަރ | ވާހަކަ ލިޔުނީ |
---|---|---|---|---|---|
2002 | ކަލާޔާނުލާ (ފިލްމް) | ޔޫއްޕެ، ޝިރާނީ | މާޕާގެ ފަރާތުން ނަހުލާ ޑައިރެކްޓްކުރި ފިލްމެއް | ނަހުލާ | ނަހުލާ |
2008 | ޔޫސުފް (ފިލްމް) | ޔޫއްޕެ، ޝީލާ، މަނިކު،ނިމާލް | ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ފަރާތުން ނަހުލާ ޑައިރެކްޓްކުރި ފިލްމެއް | ނަހުލާ | ނަހުލާ |
2008 | ފަހު ޞަފްހާ | ލޫއްޕެ، ނިމާލް، | ނިމާލް ޑައިރެކްޓްކުރި ކުރު ފިލްމެއް | ނިމާލް | ނޭގޭ |
2009 | ހިތް ރޮއްވާނުލާ (ފިލްމް) | ޔޫއްޕެ،ސިތޫ، މުއާ | ދެކެދެކެވެސް ގެ ފަރާތުން ޔޫއްޕެ ޑައިރެކްޓްކުރި ފިލްމެއް | ޔޫއްޕެ | ޔޫއްޕެ |
2009 | ހެޕީ ބާތުޑޭ (ފިލްމް) | ޔޫއްޕެ | ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން ޢަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ ފިލްމެއް | ޢަލީ ޝިފާއު | ނޭގޭ |
2009 | ކަރުނަވީ ބޭވަފާ (ފިލްމް) | ސީޒަން، ސިތޫ | ސީޒަނަލް މޫވީސް އިން ނިމާލް ޑައިރެކްޓްކުރި ފިލްމެއް | ނިމާލް | އާމިރު ސަލީމް |
2009 | އެދަރިފުޅު (ފިލްމް) | ޔޫއްޕެ، ޝީލާ، މަނިކު | ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެއް | ޔޫއްޕެ | އަހުމަދު ޝަރުމީލް |
2010 | ވީރާނާ | ޔޫއްޕެ، ޢާމިރާ | ދެކެދެކެވެސް ޕްރޮޑަކްޝަން އިން ޔޫއްޕެ ޑައިރެކްޓްކުރާ ފިލްމެއް | ޔޫއްޕެ | ނަހުލާ |
2010 | ނިޢުމާ | ޔޫއްޕެ، ނިޢުމާ | ދެކެދެކެވެސް ޕްރޮޑަކްޝަން އިން ނިޢުމާ ޑައިރެކްޓްކުރާ ފިލްމެއް | ނިޢުމާ | ބިންމާ |
2010 | މާފެއްނެތް | ސީޒަން، ،ލޫއްޕެ،ނާއްކޮ،އަމީލާ،ދަރާ ރަޝީދު | އަހުމަދު ނިމާލް ޑައިރެކްޓްކުރާ ފިލްމެއް | ސީޒަން | ޝަރީފް |
2010 | ދިންވޭނުގެ ހިތާމައިގައި | ޔޫއްޕެ،ޝީލާ،މަނިކު | ޑާރކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން ޢަލީ ޝިފާއު ޑައިރެކްޓްކުރާ ފިލްމެއް | ޢަލީ ޝިފާއު | ޢަލީ ޝިފާއު |
This article uses material from the Wikipedia ދިވެހިބަސް article ނިއުމާ މުޙައްމަދު, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.