ދަގަނޑު މަދުވުމުން ލޭމަދުވުން

ދަގަނޑު މަދުވެގެން ލޭމަދުވުން(އިނގިރޭސި ބަހުން: Iron deficiency anemia) އަކީ ލޭމަދުވުން ކުރިމަތިވުމުގެ އެންމެ އާންމު ވައްތަރެވެ.

ދަގަނޑު ކެއުމުގައި ހިމެނޭލެން މަދުވުން

ދަގަނޑު ކެއުމުގައި ހިމެނޭ މަދުވުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ދަގަނޑު ހަށިގަނޑަށް ނެގުން މަދުވުން

ދަގަނޑު ހަށިގަނޑަށް ނެގުން މަދުވާ ސަބަބުތަކުގެ ތެރޭގައި ހައިޑްރޯކްލޮރިކް އެސިޑް ނުހުރުމުގެ ސަބަބުން ކުރިމަތިވާ އެޓްރޮފިކް ގެސްޓްރައިޓިސް، މައިދާގެ ކެންސަރު، އަދި މެލްއެބްސޮޕްސަން ސިންޑްރޯމް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ކެއުމަށް ބޭނުންކުރެވޭ ބާވަތްތަކުގައި އާދަޔާ ޚިލާފަށް ގިނައިން ފޮސްފޭޓް އަދި ފައިޓޭޓް، އަދި ޓެނޭޓް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދަގަނޑު ބޭނުންވާ މިންވަރު އިތުރުވުން

މިސާލަކަށް މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅު ބަނޑުގައި ބޮޑުވަމުން އަންނައިރު ހަށިގަނޑަށް ދަގަނޑު ބޭނުންވާ މިންވަރު އިތުރުވެއެވެ. އަދި ކުޑަކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ވެސް ދަގަނޑު ބޭނުންވާ މިންވަރު އިތުރުވެގެން ދެއެވެ.

ދަގަނޑު ބޭރުވާ މިންވަރު އިތުރުވުން

ހަށިގަނޑުން ދަގަނޑު ބޭރުވާ މިންވަރު އިތުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވިކަންތައްތައް ހިމެނެއެވެ.

  • މައްސަރު ކަންތައް ޖެހުމުން މާގިނައިން ހަށިގަނޑުން ލޭބޭރުވުން
  • ކައިރިކައިރިން ތަކުރާރުކޮށް ވިހެއުން
  • ތަކުރާރުކޮށް ލޭހަދިޔާކުރުން
  • ނޭފަތުން ލޭއައުން، ކުޑަކަމުދާ ތަކެތީގައި ލޭހުރުން، އަދި ފާރުގަނޑުން ލޭއައުން
  • ލޭފާއްދާ ލޭގެ ބަލިތައް
  • ލޭގައި ހިމަގްލޯބިން ހުރުން
  • ބައެއް ކަހަލަ ޕަރަސައިޓްގެ ވަބާތައް

އަލާމާތްތައް

ދަގަނޑު މަދުވެގެން ލޭމަދުވުން ކުރިމަތިވުމުން ފެނިދާނެ ޚާއްޞަ އަލާމާތްތަކުގެ ތެރޭގައި ނިޔަފަތިތައް ފަޅައިގެން ދިއުން، ނިޔަފަތި ފަތިވުން، އަދި އޭގެ އޮމާންކަން ގެއްލުން އަދި ބައެއް ފަހަރު ނިޔަފަތި ސަމުސާގެ ސިފަޔަށް ބަދަލުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަނގަޔާއި ދުލުގައި ފާރުހެދުން، ހުންކޮށި ބޮޑުވުން އަދި ތަފާތު އެއްޗެތި ކެއުމަށް ބޭނުންވުން ފަދަ ކަންކަމަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމެކެވެ.

Tags:

ދަގަނޑު މަދުވުމުން ލޭމަދުވުން ދަގަނޑު ކެއުމުގައި ހިމެނޭލެން މަދުވުންދަގަނޑު މަދުވުމުން ލޭމަދުވުން ދަގަނޑު ހަށިގަނޑަށް ނެގުން މަދުވުންދަގަނޑު މަދުވުމުން ލޭމަދުވުން ދަގަނޑު ބޭނުންވާ މިންވަރު އިތުރުވުންދަގަނޑު މަދުވުމުން ލޭމަދުވުން ދަގަނޑު ބޭރުވާ މިންވަރު އިތުރުވުންދަގަނޑު މަދުވުމުން ލޭމަދުވުން އަލާމާތްތައްދަގަނޑު މަދުވުމުން ލޭމަދުވުންއިނގިރޭސިލޭމަދުވުން

🔥 Trending searches on Wiki ދިވެހިބަސް:

އީރާން އިރާޤު ހަނގުރާމަވިލާތު ބަށިއިސްޙާޤުގެފާނުހުޅުތައް ދުޅަވުންފުސްޠާޠު ( މިސްރު )ޔޫ.ޓީ.ސީ.ގައުމީ ފިލްމް އެވޯޑްއެޕްރީލް 1ޑިސެމްބަރު 1މުންބާއީޔޫސުފް ނަޖީބުލް ޙަބްޝީސެޕްޓެމްބަރު 26މަލިކުރުވާއިބްރާހިމް ޝިހާބްދިވެހިއަރުމީނިއާޝީޢީ މަޛްހަބުއަބްރަހަމް ލިންކަންމާޝަލް ޖަޒީރާރުވާންޑާޔޫނާންކަނދޮޅުސައޫދީ އަރަބިއްޔާޕޮލެންޑުމޮރިޓާނިއާމެލޭޝިޔާއެމެރިކާމާރޗް 12006ޝަހާދަތްއެބްޑަމިނަލް އެއޯޓާރޮނަލްޑް ރޭގަންމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުފޯކައިދޫ (ށ. އަތޮޅު)މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންމޯލްޓާދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުއީސާގެފާނުމާރޗް 27ލަޑިމިއަރ ޕޫޓިންއެޕްރީލް 22ދިމިޝްޤުތުރުކީވިލާތްކީރިތި ޤުރުއާން ބާވައިލެއްވި ހަތް އަކުރު.ބިންއިލްޔާސް އިބްރާހީމްއެޕްރީލް 21ކާތަކެތި ހިގާ ހޮޅިޑިސެމްބަރު 4ތާނަ އަލިފުބާގެ ތަރުތީބުއަންގީލާ2004ކަރާއޮސްޓަރުލިޔާކިޝްތީއެޕްރީލް 12ފިރިހެން ހަށިޖެނުއަރީ 26ޖެނުއަރީ 9ހިތު މަސް🡆 More