ފްލޮރައިޑް

ފްލޮރައިޑް(އިނގިރޭސި ބަހުން: Floride) އަކީ ވެސް ޓްރޭސް އެލިމެންޓް އެކެވެ.

ހަށިގަނޑަށް އެތެރެވާ ފްލޮރީން ބަދަލުވަނީ ފްލޮރައިޑް އަށެވެ. ފްލޮރައިޑް ހުންނަނީ ކަށިތައް، ހަންގަނޑު، ދަތްތައް، އަދި ތައިރޮއިޑް ގްލޭންޑް ގައެވެ. ފްލޮރައިޑް ހުންނަންވާ ވަރަށް ހަށިގަނޑުގައި ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދޭ، އަދި ދަތްޕިލާ ހަލާކުވިޔަނުދީ ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެކަމަކު މިއީ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ މިތަންތަނަށް ބޭނުންވާ ކެލްސިއަމް ލިބުމުގައި ހުރަސް އަޅާ އެއްޗެކެވެ. އެވްރެޖް ހަށިގަނޑެއްގައި 2.6 ގްރާމް ފްލޮރައިޑް ހުރެއެވެ. ކުޑަކުދިން ދަތްފަޅަމުން އަންނަ ދުވަސްވަރު ހަށިގަނޑުގައި ފްލޮރައިޑް މަދުވެއްޖެނަމަ، ދަތްތައް ހަލާކުވުން އަވަސްވެއެވެ. ފްލޮރައިޑްގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. އަދި ބޭނުންވަނީ ކިހާ މިންވަރެއް ކަމެއްވެސް ނޭގެއެވެ. އެކަމަކު ދުވަހެއްގެ ކެއުމުގައި 1.5 އާއި 4 މިލިގްރާމް އާއި ދޭތެރޭގެ މިންވަރެއް ހިމެނުމަށް ލަފާދެއެވެ. ފްލޮރައިޑް ލިބޭ ކާނާގެ ތެރޭގައި ފެން، ސައި، އެއްގަމު މަސް، ކަނޑު މަސް ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ ފްލޮރައިޑް އާންމުކޮށް ލިބެނީ ފެނުންނެވެ. ބޯފެނުގައި ފްލޮރައިޑް ހުންނަން ޖެހެނީ މިލިޔަން ބައިކުޅަ އެއްބަޔަށެވެ. ދުނިޔޭގެ ބައެއް ހިސާބު ތަކުގެ ފެނުގައި ފްލޮރައިޑް ވަރަށް މަދެވެ. އެހެންކަމުން ބޯން ދޫކުރާއިރު ފެނަށް ފްލޮރައިޑް އަޅައެވެ. ބައެއް ހިސާބުތަކުގައި ލިބޭ ފެނުގައި ފްލޮރައިޑް ވަރަށް ގިނައެވެ. މިގޮތަށް ފްލޮރައިޑް ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފްލޮރޯސިސްގެ މައްސަލަ އާއި ކުރިމަތި ވެއެވެ. ފްލޮރޯސިސް އަކީ ދަތުގެ އޮފުކަން ކެނޑި ކަޅުމުށިކުލައިގެ ތިކިތަކެއް ދަތުގައި ޖެހުމަށް ކިޔާނަމެކެވެ. ފްލޮރައިޑް އަށް ވިހަވާވަރުވަނީ ދުވާލަކު ކެއުމަށް ލަފާދޭ ވަރުގެ 2500 ގުނަ އިތުރުވެގެންނެވެ.

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ޑޮމިނިކަން ޖުމްހޫރިއްޔާސުލްޠާން ޙާޖީ ޙަސަންކުއްޅަފިލާއެޕްރީލް 23ގައުމީ ފިލްމް އެވޯޑްމިޞްރުއިސްލާމް ދީންކާމަސްތުރަމިޒަމާނުގެ ދުނިޔޭގެ 7 އަޖައިބުޔޫނާންLighthouse of Alexandriaޕަޕުއާ ނިއު ގިނީރާޒުވާޖޯޖިޔާ (ޤައުމު)އޮގަސްޓު 25Fire nationސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނުއޮކްޓޫބަރު 7ޚަޒާނާހޮނޑުލުންޔޫސުފުގެފާނުއެކުވެރި ޢަރަބި އިމާރާތުދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތުއުތުރު މެރިއާނާ ޖަޒީރާޖެނުއަރީ 25James Madisonއިންޑިޔާގެ ޑެމޮގްރަފީއެޕްރީލް 3ޖުލައި 30އިބްރާހިމް ނާޞިރުޒުލޭޚާ އިބްރާހިމްނައިޖީރިއާސުލްޠާން މުޙައްމަދު ބިން ޢަބްދިﷲމެލޭރިޔާނޭޕާލްIbrahim Nasirޖޫން 3ސްޕައިނަލް ކޯޑްސުލްޠާން މުޙައްމަދުޖުލައި 18ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ)ސުލްޠާން އަޙްމަދު ޝިހާބުއްދީނުޑިސެމްބަރު 15ޖަރްކަންދުސެޕްޓެމްބަރު 3މެއި 23އިންސާނާގެ ބާރަކާ ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ ނިޒާމްތައްބަރުމާޖެނުއަރީ 19ޑިސެމްބަރު 1ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެޙައްޖުސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)އަހިވައްޚަދީޖާ އިބްރާހީމްނޮވެމްބަރު 7ޖުލައި 31އިނގިލި (ފިލްމް)މާރޗް 2ސުލްޠާން ޢުމަރު (ދެވަނަ)ރޯނާޖޯޖް ވޮޝިންގޓަންސުލައިމާނުގެފާނުޑިސެމްބަރު 24ޓެމިލް ނާޑޫފަރަންސޭސިވިލާތްމޮރިޝަސްއަޙުމަދު ދޮށިމޭނާ ކިލެގެފާނު🡆 More