ނޭވާލާ ނިޒާމް (Respiratory System)
ލޭދައުރުކުރާ ނިޒާމް (Circulatory System)
މިމައުޟޫއަށް ލިޔެވިފައިވާ އެހެންމަޒުމޫނެއް ބައްލަވާ ލައްވާ!!!
އިންސާނާގެ ހިތުގެ ބައިތައް ދައްކުވައިދޭ ކުރެހުމެއް ހިތް
އިންސާނާގެ ލޭހިގުން ފުރަތަމަ ފެށެނީ ހިތާ ހިސާބުންނެވެ.ހިތަކީ ލޭހަށިގަނޑައް ފޮނުވައިދޭ ޕަންޕެވެ.ހިތުން ހަށިގަނޑުގެ އެކިއެކި ބައިތަކައް 5 ލިޓަރގެ ލޭ އަބަދުވެސް ހުއްޓުމެއްނެތި ފޮނުވަމުންގެންދެއެވެ.އެހަންކަމުން އަބަދުވެސް 5 ލިޓަރގެ ލޭ ހަށިގަނޑުގެ ތެރޭގައި އެނބުރޭނެއެވެ.އިންސާނާ މަރުވަންދެން މިކަން ތަކުރާރުވެ ހުރެއެވެ. ޕަލްމޮނަރީ އާޓަރީ އަކީ ހިތުން ފުއްޕާމެއަށް ލޭފޮނުވާދޭ ފަލަނާރަކައް ކިޔާނަމެކެވެ.މިނާރުން ކޮށްދޭ ކަމަކީ ހިތުން ފުއްޕާމެއަށް ލޭފޮނުވާދިނުނަށްފަހު އެލޭގެތެރޭގައި ހިމެހޭ ސެލްތަކަށް އާއޮކްސިޖަން ހޯދައިދިނުމެވެ.ހިތުން ފުއްޕާމެޔަށް ފޮނުވިލޭ އަނބުރާއަނެއްކާ އަންނަނީ ހިތަށެވެ.މިކަންތަކުރާރުވެހުރެއެވެ.
ކުރޯނަރީ އާޓަރިއަކީ ހިތުގެ ބޭރުގައިވާ މަސްތަކުގައިވާ ޓިސޫތަކަށް އޮކްސިޖަން ފޮނުވައިދޭނާރެވެ.ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ހިތުގައިވާ މަސްތަކުގެ ޓިސޫތަކައް ބަރާބަރަށް ލޭފޮނުވާންޖެހެއެވެ.ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކައް ލޭފޮނުވުމަށްޓަކައި ހިތުގެ އެންމެބޮޑު ނާރު އައޯޓާ އިން ގޮފިގޮފީގެ މިސާލުގައި ނާރުތައް ހަށިގަނޑުގެ އެކިދިމަދިމާލަށް ފެތުރިފައިވެއެވެ.މިނާރުތަކުގެ ގޮފިތަކުގެ ތެރޭގައި ހިމެނެނީ އާޓެރީސް،ވެއިން،އަދި ކެޕިލަރީސްއެވެ.މިނާރުތަކުގެ ވަޒީފާއަކީ ތާޒާލޭ މަސްގަނޑުގެ ޓިސޫތަކައް ފޮނުވާދިނުމާއި ޓިސޫތަކަށްބޭނުންވާ ނިއުޓްރިޝަންގެ މާއްދާތައް ފޯރުކޮށްދިނުމެވެ.އަބަދުވެސް ސާފު ވައި (އޮކްސިޖަން) އެކުލެވޭ ލޭ އައޯޓާ ތެރޭންލާފައި ހަށިގަނޑުގެ އެކިދިމަދިމާލަށް ދަތުރުކުރެއެވެ.
ލޭ
މިމައުޟޫއަށް ލިޔެވިފައިވާ އެހެންމަޒުމޫނެއް ބައްލަވާ ލައްވާ!!!
ހަށިގަނޑުގައިވާ ލެޔަކީ އެތައްދިރޭ ސެލްތަކެއްގެ މައްޗައް އެކުލެވޭ ދިޔާއެއްޗެކެވެ.އޭގެ ތެރޭގައި ރަތްލޭގެސެލްއާއި،ހުދުލޭގެސެލްއާއި،ޕްލޭޓްލެޓްސްއޭ ކިޔޭސެލްއާއި،ޕްލާސްމާ ހުރެއެވެ.ލޭ ލެޔަކައްވަނީ މިތަކެތި ފުރިހަމަވީމައެވެ.އަންހެނުންނާއި،ފިރިހެނުންގެ ހަށިގަނޑުގައި ލޭގައި ހުންނަ ސެލްތަކުގެ އަދަދުގައި ތަފާތުކަމެއް ހުރެއެވެ.ހަށިގަނޑުގެ ލޭގެ މިންވަރު ދަށައްދިއުން ނުވަތަ ފުރިހަމަވުން ގުޅިފައިވަނީ މިތަފާތުގެ މައްޗަށެވެ. ރަތްސެލް (ރެޑް ބުލަޑްސެލް) މިމައުޟޫއަށް ލިޔެވިފައިވާ އެހެންމަޒުމޫނެއް ބައްލަވާ ލައްވާ!!!
ލޭގެ ރަތްސެލް (އެރިތުރޯސައިޓް)އަކީ ވަށް މެޓާގެ ސިފައިގައި ރަތްކުލައިގައި ހުންނަސެލްއެކެވެ.މިސެލްގެ ބޮޑުމިނުގައި ހުންނަނީ 6–8 µm(މައިކްރޯ މީޓަރ)އެވެ.ލޭގެތެރޭގައި ދައުރުވާ އެހެން ސެލްތަކައްވުރެން އެރިތުރޯސައިޓް އެތައްގުނައެއް ކުޑައެވެ.ސިއްޙަތު ސަލާމަތުން ހުރި އިންސާނެއްގެ ލޭގައިވާ ރަތްސެލްގެޖުމްލަ ޢަދަދަކީ 2–3 ގުނަ 1013 ސެލްއެވެ. އަންހެނެއްގެ ލޭގެ ކޮންމެ މައިކްރޯ ލީޓަރއެއްގައި 5-4 މިލިޔަން ރަތްސެލް (އެރިތުރޯސައިޓް)ހުރެއެވެ. ފިރިހެނެއްގެ ލޭގެ ކޮންމެ މައިކްރޯ ލީޓަރއެއްގައި 6-5 މިލިޔަން ރަތްސެލް (އެރިތުރޯސައިޓް)ހުރެއެވެ. އިންސާނުންގެ ދިރިއުޅުމުގެ މާހައުލުގެ ތަފާތު ވުމުގެ ސަބަބުން މިދެންނެވި ސެލްތަކުގެ މަދުމިނާއި،ގިނަމިނަށް ބަދަލުއާދެއެވެ.މިގޮތުން ވައިމަދު ހިސާބުގައި ދިރިއުޅޭ މީހުންގެ ލޭގައި ވާ ރަތްސެލް(އެރިތުރޯސައިޓް)ވައި ގިނަ ހިސާބުގައި ދިރިއުޅޭ މީހުންނަށް ވުރެންގިނައެވެ.
ލޭގައި ދައުރުކުރާ އެތައް މިލިޔަން ރަތްސެލް ތަކުން މަސްގަޑުގައިވާ ޓިސޫތަކަށްބޭނުންވާ ސާފު ވަޔާއި ނިއުޓްރިޝަން ގެންގޮސްދެއެވެ.އަދި މަސްތަކުގެ ޓިސޫތަކުގައިވާ ނުސާފުވައި (ކާބަންޑައި އޮކްސައިޑް)ހަޑިގަނޑުންބޭކޮށް ދިނުމަށް އެހީވެދެއެވެ. ރަތްސެލްތައް ލޭހޮޅިތަކުން ލާފައި ފުއްޕާމޭއަށް ވާސިލްވުމުން ސާފުވައި ރަތްސެލްތަކައް ލިބިދެއެވެ.މިގޮތުން ރަތްސެލްގައި އެކުލެވޭ ޚާއްސަމާއްދާއެއްކަމައްވާ ހީމޮގްލަބިންގައި ވައިގެ މޮލިކިއުލްސް(އޮކްސިޖަން މޮލިކިއުންސް)ތައް ތަތްލާފައި ހުރެއެވެ.ރަތްސެލްތައް ލޭހޮޅިތަކުން އައިސް މަސްގަނޑުގައިވާ ޓިސޫތަކުގެ ސެލްތަކައް ސާފުވައި ދޫކުރަނީއެވެ. ރަތްސެލްތަކުގެ އެވްރެޖް ޢުމުރަނީ 120 ދުވަހުގެ މުއްދަތެވެ. ހުދުސެލް (ވައިޓް ބުލަޑްސެލް) މިމައުޟޫއަށް ލިޔެވިފައިވާ އެހެންމަޒުމޫނެއް ބައްލަވާ ލައްވާ!!!
ހުދުސެލް ނުވަތަ (ލިއުކޮސައިޓްސް) އަކީ ހަށިގަނޑުގެ ދިފާޢީނިޒާމްއެވެ.ހަށިގަނޑައް ބޭރުންވާސިލްވާ ޖަރާސީމްތަކާއި،އެނޫންވެސް ހަށިގަނޑާއިނުގުޅޭ ތަކެއްޗައް ހުދުސެލް (ލިއޮކޮސައިޓް)ހަމަލާދީ ނައްތާލައެވެ.ހުދުސެލް ހަށިގަނޑުގެތެރޭގައި ދައުރުކުރަނީ ލޭގެތެރޭގަޔާއި،ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރަށް ހިފަހައްޓައިދޭ ނިޒާމް އަދި ސެލްތައް އުފައްދާ ކާރުޚާނާ(ލިންފަޓިކް ސިސްޓަމް)ގެތެރެއިންނެވެ.ޢާއްމުގޮތެއްގައި ލޭގެތެރެއިން ފެންނަނީ ހުދުސެލްގެ (ލިއޮކޮސައިޓް)އެވެ.ހުދުސެލް (ލިއޮކޮސައިޓް)ގެ ޖުމްލަ ޢަދަދަކީ 1 ލިޓަރ ލޭގައި 4X109 އަދި 4X119 ގެ މިންވަރެވެ. ހަށިގަނޑަށް ޖަރާސީމް ނުވަތަ ހަށިގަނޑާއިނުގުޅޭ އެއްޗެއް ވާސިލްވެއްޖެނަމަ ހުދުސެލްތައް ލޭގެތެރޭގައި ގިނަވެދެއެވެ.މިގޮތުން ހުދުސެލް ތަކުގެ މިންވަރު ދެނެގަތުމުން ހަށިގަނޑުގައި މައްސަލައެއް އުޅޭކަމުގެ ސިގްނަލް ލިބިދެއެވެ.ލޭ ނަގައި ޓެސްޓްކުރުމުން ތިރީގައި މިވާ ނަންތަކުގެ ހުދުސެލްތައް އާދަޔާއި ޚިލާފައް ލޭގެތެރެއިން ފެންނަން ހުންނާނެއެވެ.ކުޑަކަމުދާތަކެތި މައިކްރޮސްކޯޕްގެ އެހީގައި ތަޙްލީލް ކުރުމުން ގިނަ ޢަދަދެއްގެ މަރުވަފައިވާ ރެޑްސެލްތަކާއި،ވައިޓްސެލް(ޕަސްސެލް)ފެންނަން ހުންނާނެއެވެ.
ހުދުސެލްގެ ތަފާތުވައްތަރު ތައްވެއެވެ. (1). ގުރެނިއުލްސް(މިވައްތަރުގެ ހުދުސެލް ތިންވައްތަރައް ބެހިފައިވެއެވެ.) 1.ނިއުޓްރޯފިލްސް 2.އެސިނޯފިލްސް 3.ބެސިނޯފިލްސް ނިއުޓްރޯފިލްސް
ހަށަގަނޑުގައި ބެކްޓީރިޔާ ނުވަތަ ފަންގަސްގެ ޖަރާސީމެއް އުޅޭނަމަ އެންމެފުރަތަމަ މިތަކެއްޗައް ހަމަލަދޭން ނިކުންނަ ހުދުސެލްގެ ވައްތަރަކީ ނިއުޓްރޯފިލްސް އެވެ.ޖަރާސީމާ ހަމަލާދިނުމުން ގިނައަދަދެއްގެ ހުދުސެލް މަރުވެއެވެ.ދިފާޢީ ސެލްތަކައްވުރެން ޖަރާސީމުގެ ބާރުގަދަވެ ކުރިހޯދައިފިނަމަ ކުރިންވެސް ނަންގަނެވިފައިވާ ފަދައިންކުޑަކަމުދާ ތަކެތިންނާއި ލޭގެތެރެއިން ގިނައަދަދަކައް މަރުވެފައިވާ ހުދުސެލް(ޕަސްސެލް) ފެންނަން ހުންނާނެއެވެ.ސިއްޙަތު ސަލާމަތުން ހުރި އިންސާނެއްގެ ލޭގެތެރޭގައި ނިއުޓްރޯފިލްސް ލެބޯޓަރީ ތަޚްލީލްތަކުން ބަލާމިންގަނޑަކީ %65ގެ މިންވަރެވެ. އެސިނޯފިލްސް
ޖަރާސީމްގެ ބާވަތެއްކަމުގައިވާ ޕެރަސައިޓް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން މިތަކެތި މަރާލުމަށްޓަކައި ހަގުރާމަ ކުރުމަށް އެސިނޯފިލްސް ލޭގެތެރެއަށް ގިނަ އަދަދަކައް ނިކުމެއެވެ. ސިއްޙަތު ސަލާމަތުން ހުރި އިންސާނެއްގެ ލޭގެތެރޭގައި އުޅޭ އެސިނޯފިލްސްގެ މިންވަރަކީ %4ގެ އަދަދެވެ. މިއަށްވުރެން މައްޗައް ހިގައްޖެނަމަ މީގެން އަންގައިދެނީ ޕެރަސެޓިކް ޖަރާސީމް ހަށިގަނޑައްވާސިލްވެ އޭގެހަރަކާތްތައް އިތުރުވެފައިވާ މިންވަރެވެ. ބެސިނޯފިލްސް
މިވައްތަރުގެ ހުދުސެލް ހަށިގަނޑުގައި އަދާކުރާ ވަޒީފާއަކީ ލޭގެ ދިޔާމިން އެއްވަރަކަށް ހިފެހެއްޓުމަށް ހެޕަރިން އޭކިޔާ މާއްދާއެއް އުފައްދައި ލޭގެތެރެއަށް ފޮނުވުމެވެ.އަދި ހަށިގަނޑުގެ ތަނެއްދުޅަވުމުން (ޓީސޫ)ދުޅަވުމުގެ ކުރިން އެކަން ރަގަޅުކުރުމަށް ހިސްޓަމިންއޭ ކިޔާ މާއްދާއެއް އުފައްދައި ލޭގެތެރެއަށް ދޫކުރުމެވެ.ސިއްޙަތު ސަލާމަތުން ހުރި އިންސާނެއްގެ ލޭގެތެރޭގައި ބެސިނޯފިލްސް ލެބޯޓަރީ ތަޚްލީލްތަކުން ބަލާމިންގަނޑަކީ %1ން ދަށުގެ މިންވަރެވެ. ޕްލޭޓްލެޓްސް 250 މިލިގުރާމުގެ ޕްލޭޓްލެޓް ޕެކެޓެއް ޕްލޭޓްލެޓްސް ހުދެސެލް އަކީ އޭގައި އެއްވެސްކުލައެއް ނުހުންނަ އަދި ބިއްލޫރިހެން(ޓްރާންސްޕޭރަންޓް)ކޮށް ހުންނަ ސެލްއެކެވެ.މިއީ ވައްކޮންހުންނަ ސެލްއެއްނޫނެވެ.މިސެލްހުންނަނީ ސެލްގެ ކައިރިފަށް ތުޑުތުޑަ(އިރެގިއުލަރ)ށެވެ. ކެނޑިގެން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ ބަޔަކުން ނުވަތަ ތަނަކުން ލޭއަންނަގޮތް ދިވާވެއްޖެނަމަ ލޭއައުން މަނާކޮށް ބަންދުކުރުމަށްޓަކައި ޕްލޭޓްލެޓްސް ކެނޑިފައިވާ ފާރުގަނޑުގެ ވަށައިގެން ހީވެސްނުކުރާހާއަވަހަށް އައިސް ޖަމާވެ ކެނޑިފައިވާތަން ބައްދާލުމުގެ މަސައްކަތް ފަށައެވެ.ލޭއައުން މަނާކުރުމުގެ ބޭނުމުގައި މިނަރަލްގެ މާއްދާއެއްކަމުގައިވާ ސޯޑިއަމް،ވިޓަމިންގެ މާއްދާއެއްކަމައްވާ(ވިޓަމިން ކޭ )އަދި ފައިބްރިނޯޖަން (fibrinogen)މިމާއްދާތަކުގެ އެޙިގައި ލޭގައިވާ ރަތްސެލް ބޭރުވިޔަނުދީ ބަންދުކޮށްލައެވެ. ސައްޚަތު ސަލާމަތުން ހުރި އިންސާނެއްގެ ލޭގައިހުންނަ ޕްލޭޓްލެޓްސްގެ ޢަދަދަކީ ކޮންމެ މައިކްރޯލީޓަރގެ ލޭގައި150,000 -450،000އަދަދުގެ ސެލް (per microliter (x 10–6/Liter) of blood)ހުންނާނެއެވެ.ޕްލޭޓްލެޓްގެ މިންވަރު 20,000 ޢަދަދައް މަދުވެއްޖެނަމަ ހަށިގަނޑުގެ ތެރެއަށް ލޭފޭދުން އެކަށީގެންވެއެވެ.ނަތީޖާއަކީ ކުއްލިއަކަށް ހަށިގަނޑުގެ ލޭގެމިންވަރުމަދުވެ ފުރާނައަށް ނުރައްކާވުމެވެ.ބަލިމީހާއަކީ ކަށީގެ މަދައްޖެހޭ ކެންސަރ(ލިއުކީމިއާ)ގެ ބަލިމީހެއްނަމަ އެތައްގުނައްގެ ޕްލޭޓްލެޓްސް މަދުކަމައް ފާހަގަކުރެވޭނެއެވެ. ބަނޑުގައި ފާރުހެދި އެތެރެހައްޓައް ލޭ ފައިބާނަމަ ގިނަޢަދަދަކައް ލޭމަދުވެއްޖެނަމަ ޕްލޭޓްލެޓްސްގެ ޢަދަދުމަދުވާނެއެވެ.ބޭހުގެ ބާވަތެއްކަމުގައިވާ ކުއިނިޑިން ސަލްފޭޓް،ހަކުރުބަލީގެ މީހުންހާބޭސްތައް،އަދި ރާ(އަލްކަހޯލް)ބޭނުންކުރުމުންނާއިހަށިގަނޑުގެ ދިފާޢީނިޒާމްއަށް އޮޅުވާލާބަލި (އޮޓޯއިމުން ޑިސްއޯޑަރ)ޖެހުމުންވެސް ޕްލޭޓެލެޓްސްމަދުވެއެވެ.މިބަލިޖެހުމުން ހަށިގަޑުގައިވާ ދިފާޢި ނިޒާމުގެ ސެލްތަކައް ހަށިގަޑުގެ އެކިބައި (އޯގަންތަކައް) ހަމަލާދިނުމަށް އޯޑަރ ކުރެވެއެވެ.މިބަލީގެ ހަޤީގަތް އަދިވެސްވަނީ ނުހޯދިފައެވެ. ޕްލާޒްމާ ޕްލާޒްމާ އަކީ ލޭގެތެރޭގައި ލެޔާއި އެކުވެފައިވާ ފުލޮރެސެންޓް ދިޔާމާއްދާއަކަށް ކިޔާނަމެކެވެ.މިއީ އިންސާނާގެ ދިފާޢީނިޒާމް ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. މިމާއްދާގެ ތެރޭގައި އެކުލެވެނީ %92 ފެން،މިނެރަލްސްގެ ބާވަތްތަކުގެ %1، ހޯމޯންސްގެ ބާވަތްތައް، ލޭގެތެރޭގައިހުންނަ ބޭކާރު ތަކެތިތައް، (waste product)އަދި ލިޕިޑް އޭ ކިޔާމާއްދާއެއްވެސްއެކުލެވިގެންވެއެވެ %7 ޕުރޮޓެއިން އެއީ (އަލްބުމިން، ތަފާރުވައްތަރުގެ ގުލޮބިއުލިން،ފައިބްރިނޯޖަން އަދި މިނޫނަސް ސަތޭކަޔަށްވުރުން ގިން ޕޮރޮޓިންގެ ބާވަތްވެއެވެ.)ވެއިތުވެދިޔަ 30 އަހަރުދުވަހު ތަޙްލީލްކުރާ ފަރާތްތަކުން މިދެންނެވި ޕުރޮޓިންގެ %90 ހަޑިގަނޑުގެ ތެރޭގައި މަސައްކަތް ކުރާގޮތް ހޯދިފައިވެއެވެ.ބާކީ %10 ގެ ޕްލާޒްމާ ޕުރޮޓިންހަށިގަނޑުގައިމަސައްކަތްކުރަނީކޮންގޮތަކަށްކަންހޯދިފައެއްނުވެއެވެ..އިންސާނާގެ ލޭގެ ޖުމްލަ %55 އަކީ ޕޮލާޒްމާއެވެ.ގިނަޢަދަދެއްގެ ޕޮލާޒްމާ ޕޮރޮޓިންސް މަދުވެއްޖެނަމަ ސިއްހީ މައްސަލަތަކާއި ކުރިމަތިލާންޖެހޭނެއެވެ. ލެއާއިއެކުގައިވާ ޕްލާޒްމާ ލޭފުރާނާ (ޕިއުރިފައި) ލައިގެން ވަކިކޮއްލެވެއެވެ.މިގޮތުން ވަކިކުރެވޭ ޕްލާޒްމާ ބަލިވެފައިވާ މީހާގެ ހަށިގަނޑަށް އައިވީގެ ޒަރިއްޔާއިން އަޅައެވެ.ކުރިންވެސް ދެންނެވިފައިވާ ފަދައިން ޕޮރޮޓިންގެ މާއްދާއަކީ ހަށިގަނޑުގެ ދިފާޢީނިޒާމް ދެމެހެއްޓުމުގެ ޒިންމާދާރު ދައުރުތަކެއް އަދާކުރާ މާއްދާތަކަކައްވާތީ،ސިއްޚަތު ސަލާމަތުން ހުރިމީހެއްގެ ލެއިން ވަކިކުރާ ޕްލާޒްމާ އާއި ބަލިމީހާގެ ޕްލާޒްމާ ގުޅެތޯ (މެޗް ވޭތޯ )ބެލުމުގެ ލެބޯޓަރީ ޓެސްޓްއެއް ބަލިމީހާގެ ހަށިގަނޑަށް ޕްލާޒްމާ އެޅުމުމުގެ ކުރިން ހަދަންޖެހޭނެއެވެ. ކާތަކެތި ހަޖަމުކުރުމާއިބެހޭ ނިޒާމް (Digestive System)
މިމައުލޫއަށް ލިޔެވިފައިވާ އެހެންމަޒުމޫނެއް ބައްލަވާ ލައްވާ!!!
ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރު އަހަރަމެންމަށް ލިބިދެނީ ތަފާތު ކާނާތަކުންނެވެ. މިގޮތުން ކާތަކެތި އިންސާނާއަގައިގެ ތެރޭގައި ހެފުމަށްފަހު އަނގައިގެތެރޭގައި އުފެދޭ ކުޅު(ސަލައިވަރ)ގެ އެހީގައި އެތަކެތި ކަރުގެ ނޮޅި(އީސަފިގަ)ތެރޭންލާފައި ދަނީ ބަނޑަށެވެ.ކަރުގެ ނޮޅީގެ ދިގުމިނުގައި 10 އިންޗި 25 ސެންޓިމީޓަރ ހުރެއެވެ.ކަރުނުޅީގެ ތެރެއިން ކާތަކެތި ބަނޑާއިހަމައަށް އައުމަށް ނަގަނީ 2 ނުވަތަ 3 ސިކުންތުގެ ކުޑަވަގުތުކޮޅެކެވެ.ކާތަކެތި އަވަހަށް ކެއުމުން އެތަކެތި ބައެއްފަހަރަށް ކަރުގެ ނޭވާހިގާ ހޮޅި (ވިންޑް ޕައިޕް)ގެ ތެރެއަށް އެޅެއެވެ.މިމައްސަލަ ދިމާވުމުން އެތަކެތި ބޭރުކޮށްލުމަށްޓަކައި އަމިއްލަ ޢިޚްތިޔާރުން ބޭރުގައި ކެއްސުމަކާއި އުކުނޑި ކޮއްޓުމެއް އާދެއެވެ.
ބަނޑު އިންސާނާގެ ބަނޑުން (ސޮޓޮމަކުން) ތިންމަސައްކަތެއް ކޮށްދެއެވެ. 1.ބަނޑައް ކާތަކެތި ޖަމާކުރުން. 2.ކާތަކެތި ހަޖަމުކުރުމަށްޓަކައި ބަނޑުތެރޭގައި އުފެދޭ ހައިޑްރޯ ކުލޮރިކް އެސިޑްގެ އެހީގައި ކެވުނުތަކެތި ހަޖަމުކުރުން.މިގޮތުން ކެވޭތަކެތީގައި އެއްވެސް ޖަރާސީމެއް ވާނަމަ ކުޑަގޮހޮރައް ދިއުމުގެ ކުރިން އެސިޑްގެ އެހީގައި އެތަކެތި މަރާލެވެއެވެ.
3.ހަޖަމުކުރެވިފައިވާ ތަކެތި ކުޑަ ގޮހޮރަށް ފޮނުވާލުން. ކުޑަގޮހޮރު އިންސާނާގެ ކުޑަ ގޮހޮރުގެ ވަށަމިނުގައި 2/1 އިންޗި ނުވަތަ 2 އިންޗިހުރެއެވެ. ދިގުމިނުގައި ހުންނަނީ 22 ފޫޓްއެވެ.ގާތްގަޑަކަށް 6.7 މީޓަރ އެވެ.
ކުޑަގޮހޮރުގެ ވަޒީފާއަކީ ބަނޑުން ހަޖަމުކުރި ތަކެތި އެއަށް ވުރެންވެސް ބޮޑުކޮށް ހަޖަމު ކޮށްލުމަށް އެހީވެދިމުމެވެ.އަދި ކާތަކެތީގައި ހުންނަ ކާބޯހައިޑްރޭޓްސް،ވިޓަމިންސް،މިނަރަލްސް،ފެޓްގެ ބައިތައް ހަށިގަނޑުގައިވާ ތިން ގުނަވަން ކަމަށްވާ ޗިސްމޭ އިން އުފައްދާދިޔަ،ފުރަމޭ (ލިވަރ)އިން ފޮނުވާ ދިޔަ،އަދި ގާލް ބުލެޑަރ އިން އުފައްދާ ދިޔަ،މިހުރިހާ ދިޔަތައް ކުޑަގޮހޮރަށް ފޮނުވައިގެން ބުނެވިދިޔަ ބައިތަކަށް ބަދަލުކުރުމެވެ.މިގޮތުން ޗިސްމޭ (ޕެންކުރިއަސް)އިން އުފައްދާ ދިޔަ ކާތަކެތީގައިހުންނަ ޕުރޮޓިންސް،އަދި ފެޓްގެ މާއްދާ ވަކިކޮއްދެއެވެ.އަދި ފުރަމޭ (ލިވަރ)އިން ފޮނުވާ ދިޔަ(ބައިލް)އިން ކާތަކެތީން ވަކިކުރެވުނު ސަރުބީ (ފެޓް)ގެ ބާވަތް ހަޑިގަނޑުގެ ލޭގެތެރެއަށް ފުރާނާލުމަށް އެހީވެދެއެވެ.ފުރަމޭއިން ފޮނުވާ ދިޔަ (ބައިލް) އަނބުރާ ޖަމާކޮށް ރިޒާވް ކުރެވެނީ ގާލް ބުލެޑަރގައެވެ.އެއީ ގާލްބުލެޑަރއިން އަނެއްކާވެސް ބައިލް އަނބުރާ ފުރަމޭ(ލިވަރ)އަށް ފޮނުވުމަށްޓަކައެވެ. މިގޮތުން ކުޑަގޮހޮރުގައި ކާތަކެތި 4 ގަޑިއިރުވަންދެން ބެހެއްޓިފައިހުރެއެވެ.ކާތަކެތީގައިހުރި ނިއުޓްރިޝަންގެ ހުރިހާމާއްދާތައް ފުރަމޭ (ލިވަރ)ގައި ރައްކާކުރެވެން ދެނެވެ. ބޮޑުގޮހޮރު ކާތަކެތި ކުޑަގޮހޮރުގައި 4 ގަޑިއިރު ބެހެއްޓުމަށްފަހު ދެންހުންނަ ބަޔަށް މިކިޔަނީ ނަޖިހުގެ ބަޔެވެ.މިތަކެތިދެން ފޮނުވާލެވޭނީ ބޮޑުގޮހޮރަށެވެ.ކުޑަ ގޮހޮރުން ހަޖަމުކޮށް ނިއުޓްރިސަންގެ ގޮތުގައި ނަގާފައި ބާކީވާ މަދުއެތިކޮޅު ބޮޑު ގޮހޮރުންވެސް ހަށިގަނޑައްނަގާ ފުރމޭ (ލިވަރ)ގައި ރައްކާކުރަން ފޮނުވައެވެ.
ފުރަމޭ (ލިވަރ) ފުރަމޭ (ލިވަރ)އަކީ ހަށިގަނޑުގެ އެތެރެ ހަށީގައިވާ އެންމެބޮޑު ގުނަވަނެވެ.ބަރުދަނުގައި 1.36 ކިލޯ ހުންނަ މުށި ރަތްކުލައިގެ މިގުނަވަން ހަތަރުބަޔަށް ބެހިގެންވެއެވެ.ފުރަމޭ އަށް ހިތުގެ (އައޯޓާ)އިން އައިސްފައިވާ ބޮޑުދެ ލޭނާރު ކަމައްވާ ހެޕަޓިކް އާޓަރީންލާފައި ސާފުވައި (އޮކްސިޖަން)ހުރި ލޭ އަބަދުވެސް ފުރަމޭ އަށް ސަޕްލައި ކޮށްދެވެއެވެ. ޕޯޓަލް ވެއިން(Portal Vein) ކޮށްދޭ މަސައްކަތަކީ ކުޑަގޮހޮރުން ހަޖަމުކުރި ކާތަކެތީގައިވާ މާއްދާތައް ފުރަމޭއަށް ގެނެސް ފަހުން ބޭނުންކުރުމަށް ރައްކާކުރުމެވެ. ފުރަމޭގެ އެކިބައިގެ ޓިސޫތަކުގައި އެތައް ހާސް ލޭނާރާއި ،މިލިޔަނެއްހާ ހިމަ ލޭނާރުތައް އެކުލެވިގެންވެއެވެ.ކޮންމެ ހިމަނާރެއްގެ ކޮޅުނިމެނީ ލޮބިއުލް(lobule)އަކަށެވެ. ފުރަމޭގެ ޓީސޫތައް އެކުލެވިގެންވަނީ އެއްހާހައްވުރެންގިނަ ލޮބިއުލްސް ތަކެއްގެ މައްޗަށެވެ.ކޮންމެ ލޮބިއުލްއެއްގައި މިލިޔަނައްވުރެންގިނަ ފުރަމޭ ސެލް (Hepatic Cells)ވެއެވެ.މާއްދާތައް ރައްކާކޮއްފައި ބަހައްޓަނީ މިސެލްތަކުގައެވެ. ޗިސްމޭ (ޕެންކްރިއަސް) ފިތް (ގާލްބުލެޑަރ) ކުޑަކަމުދާ ނިޒާމް (Urinary System)
ގުރުދާ (ކިޑްނީ)އަކީ އިންސާނާ ދިރިހުރުމަށްޓަކައި ވަރަށް މުހިންމު ބައެއް އަދާކުރުމަށްޓަކައި އެތެރެހަށީގައި ލައްވާފައިވާ ބައެކެވެ.ކޮންމެ އިންސާނެއްގެ އެތެރެ ހަށީގައި ތޮޅިއޮށެއްގެ ސިފައިގައިވާ ދެ ގުރުދާ(ދެކިޑްނީ)ހުރެއެވެ. ހަށިގަނޑުގައި ދައުރުކުރާ ލޭގެ ތެރޭގައިހުން ހަށިގަނޑާއިނުގުޅޭ ވިހަމާއްދާތަކުގެ ތެރޭގައި ހިމެނޭ ބޭނުނެއްނެތް ފެނާއި،ނުރައްކާތެރި ގޭހުގެ ބާވަތެއްކަމުގައިވާ ޔޫރިޔާ (ނައިޓްރޮޖަން ރިޗް މޮލިކިއުލްސް)ގެ ބާވަތްތަށް،ބަލިވެގެން ކާބޭހުގައި ހިމެނޭ މާއްދާތައް،މިނޫންވެސް ހަށިގަނޑާއި ނުގުޅޭ ވިހަމާއްދާތައް ގުރުދާ (ކިޑްނީ)އިން ފުރާނާލާފައި މިތަކެތި އެޅެން ޙާއްސަކުރެވިފައިވާ ބަޔަށް (ކޮތަޅަށް)ފޮނުވާލެވެއެވެ. ސައުވީސްގަޑިއިރުގެ ތެރޭގައި 1.5 ލިޓަރގެ ކުޑަކަމުދާ ތަކެތި ގުރުދާ (ކިޑްނީ)އިން ކުޑަކަމުދާ ތަކެތި އެޅޭ ކޮތަޅަށްބޭރުކުރެއެވެ.މިތަކެތި ކޮތަޅައް އެޅިފުރި ބާރުވުމުން ކޮތަޅުގެ މަސްތަކަޢްވާންވީމާ މިތަކެތި ހަށިގަޑުން ބޭރުކޮށްލުމުގެ މެސެޖް ސިކުޑިންދެވެއެވެ.
ގުރުދާ (ކިޑްނީ)އަށް މައްސަލަޖެހުން ގުރުދާ (ކިޑްނީ)އަށްބަލިޖެހި މިބައިގެ ވާޖިބު ފުރިހަމައަށް އަދާނުކުރެވޭނަމަ އިންސާނާ މަރާއި ކުރިމަތިލާންޖެހޭނެއެވެ.ވިހަމާއްދާތައް ލޭގެތެރޭގައި އިތުރުވެ ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތައް ހުރަސް އެޅޭނެއެވެ.ނަތީޖާއަކީ ލޭގެހިގާބާރުމިން (ޕުރެސަރ)މަތިވެ ސިކުނޑިއަށް ބާރުބޮޑުވެ ފިޓްޖެހޭގޮތް މެދުވެރިވެ މީހާގެ ޚަބަރު ހުސްވުމެވެ.
ލޭފުރާނާލުން (ޑައިލައިސިސް) ގުރުދާ (ކިޑްނީ)ގެ ބޮޑުބަޔަކައް ބަލިޖެހި ގެންލުންލިބި ހަލާކުވެފައިވާނަމަ ލޭފުރާނާ މެޝިން (ޑައިލައިސިސް މެސިން)ގެ އެހީގައި ލޭފައިހުރި މިވަމާއްދާތައް ނެގުމަށްޓަކައި ކޮންމެ ހަފްތާއަކު އެއްފަހަރު ހަށިގަނޑު މެޝިން އާއިގުޅާލަންޖެހޭނެއެވެ.މެޝިނުން ހަޑިގަނޑުގެ ހުރިހާލެޔެއް ސާފުކޮށް ފިލްޓަރ ކޮށްފައި އެލޭ އަނެއްކާ ހަށިގަނޑައް އަޅަނީއެވެ. ގުރުދާ (ކިޑްނީ) ބަދަލުކުރުން ދިރިހުރި މީހެއްގެ އެތެރެ ހަށީގައި ޖުމްލަ ދެ ގުރުދާ (ކިޑްނީ)ހުރެއެވެ. އިންސާނާގެ ލޭފުރާނާ ވިހަމާއްދާތައް ހަށިގަޑުން ބޭރުކުރުމައްޓަކައި އެއް ގުރުދާ (ކިޑްނީ)ވެސް ފުދެއެވެ.މިގޮތުން ގުރުދާ (ކިޑްނީ) ހަލާކުވެފައިވާ ދިރިހުރި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސަލާމަތުން ހުރިމީހެއްގެ އެއް ގުރުދާ (ކިޑްނީ) ހަދިޔާކުރެވިދާނެއެވެ.މިގޮތުން ގުރުދާ(ކިޑްނީ) ބަދަލުކުރުމުން ބަލި މީހާ ރަގަޅުވެ ސިއްޚަތުރަގަޅު މީހަކަށްވެ މީހާގެ ޢުމުރު ދިގުވެދެއެވެ.މިކަމުގެ ދާޢިމީ ހައްލަކީ އިއީއެވެ.
ނާރާބެހޭ ނިޒާމް (Nervous System)
This article uses material from the Wikipedia ދިވެހިބަސް article އިންސާނާގެ ބާރަކާ ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ ނިޒާމްތައް , which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0") ; additional terms may apply (view authors ). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses. ®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.