އެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަކީ މީލާދީން 1620 ން 1648 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ.

އެއީ ހިޖުރައިން 1029 ން 1058 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1029 ވަނަ އަހަރުއެވެ.

ވަނަވަރު

  • ނަންފުޅު: އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)
  • ކޮލީ ނަންފުޅު: ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން
  • އެހެނިހެން ނަންތައް: ބޮޑު ރަސްގެފާނު، ކަޅުތުއްކަލާ
  • ނިސްބަތްވާ ދަރިކޮޅު: އުތީމު ދަރިކޮޅު
  • ބައްޕާފުޅު: ޢުމަރު މާފަތް ކިލެގެ
  • މަންމާފުޅު: އާމިނާ މާވާ ކިލެގެ
  • ބޭފުޅުން: ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ އިސްކަންދަރު ރަސްގެފާނު
  • ރަސްކަންކުރެއްވީ: 1029ހ - 1058ހ ( 1620މ - 1648މ ) މުއްދަތު: 29 އަހަރު

ނަސަބު

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަކީ އުތީމު ޢަލީ ތަކުރުފާނުގެ މުނި ކާފަ ދަރިކަލެކެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނު ނުވަތަ ޢަލީ ޚަޠީބު ތަކުރުފާނުގެ މަރިޔަމް ކަނބައިދި ކިލެގެ އާއި ރ.ކިނޮޅަހު ޙަސަން ނާއިބު ކިލެގެއާއި ދެމީހުން ކައިވެނިކޮށްގެން ލިބުނު އާމިނާ ކަބާދި ކިލެގެގެ ދަރިކަލެކެވެ. ބައްޕާފުޅަކީ ތ. މަޑިފުށީ ޢުމަރު މާފަތް ކިލެގެއެވެ.

ރަސްކަމަށް އިސްވުން

ސުލްޠާން އިބްރާހީމް (ތިންވަނަ) ޝަހީދުވުމަށްފަހު، މަލާބާރީންގެ ގެންދިޔަ ކަޅު ތުއްކަލާ އަކީ މިރަދުންނެވެ. މިރަދުން ކަންނަންނޫރުގައި ހުންނަވަނިކޮށް ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަވި ވާހަކަ އައްސަވައި، ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު ރަސްކަމަށް އިސްކުރެއްވުނީއެވެ.

ރަސްކަމުގެ ދުވަސްވަރު

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާވެސް ކަނބާ ޢާއިޝާ އާއި ކައިވެނި ބައްލަވައިގެންފި އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގެންއިރު ރަސްކަމުގެ ކޯލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އޭނާގެ އެންމެ އިސްކަމެއް ކަމުގައި ހެއްދެވީ ހަލާކުވެފައިވާ ރަސްކަމުގެ ކޯލު އަލުން ބިނާކުރެއްވުމެވެ. ކޯލުގެ ވަށައިގެން ފާރުލައްވައި، ފާރުގެ ތަންތަންކޮޅު ބަޑިދޮރު ކަނޑުއްވައި ހެއްދެވި އެވެ. އަދި ފާރުގެ ބޭރުން ކަންޒުވެސް ކޮންނެވި އެވެ.

ޕޯޗުގީޒުންނާއި ހަނގުރާމަ ކުރެއްވުން

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ 5 ވަނަ އަހަރު ޕޯޗުގީޒުންގެ ބަޔަކު ދިވެހިރާއްޖެއާއި ދިމާކޮށްލި އެވެ. އެބައިމީހުން މާލެއާއި ދިމާލަށް ދިޔައީ ހަތިޔާރުލައި ބަރާކޮށްފައިވާ ގުރާބުތަކެއްގައެވެ. ދުޝްމިނުންނާއި ދެކޮޅަށް ހަނގުރާމަ ފައްޓަވައިގަތުމުގެ ކުރީގައި ރަދުން ކަންތައްތައް ގެންދެވީ ވަރަށް ހަރުދަނާ ގޮތެއްގައެވެ. އެންމެ އިސްކަމެއްކަމުގައި ހެއްދެވީ އަމީރުންނާއި، ވަޒީރުންނާއި، ލަޝްކަރު އެއްކުރައްވައި، ހަނގުރާމައިގެ މައިދާނުގައި ފުރަގަސް ނުދިނުމަށް އެންމެން ލައްވައި ވަޢުދު ކުރެއްވުމެވެ.

ޕޯޗުގީޒުންގެ މީހުން މާލެއާއި ދިމާކޮށްލި އިރު މާލޭގައި ޖުމުލަ އޮތީ ބޮޑު ބަޑީގެ 5 ބަޑި އެވެ. ދެން ދިވެހިންނާއި ޕޯޗުގީޒުންނާއި ދެމެދު ހަނގުރާމަ ފެށިއްޖެއެވެ. މިހަނގުރާމައިގައި ކާމިޔާބު ލިބުނީ ދިވެހިންނަށެވެ. ހަނގުރާމައިގައި ބަލިވެގެން ދަމުން ޕޯޗުގީޒުންގެ މީހުން ދިޔައީ ވިލިގިލީ މިސްކިތް އަންދާލައިފައެވެ. މިހަނގުރާމަ ހިނގީ ހިޖުރައިން 1034 ވަނަ އަހަރުގައެވެ.

މާލެ ރައްކާތެރި ތަނަކަށް ހެއްދެވުން

އެފަހަރު ލިބިވަޑައިގެންނެވި ތަޖުރިބާއިން އަޅުއްވާންވީ ފިޔަވަޅުތައް އެޅުއްވުމަށް ރަސްގެފާނު ލަސްވެ ވަޑައެއް ނުގަންނަވައެވެ. ރަސްކަމުގެ ކޯލާއި ގުޅިގެންވާ ހިސާބެއްގައި ބޮޑު ކޯއްޓޭއެއް ހައްދަވައި ބުރުޒު ހައްދަވައިފިއެވެ. މިބުރުޒުގައި ބަޑި ދޮރުތައް ކަނޑައި ހެއްދެވިއެވެ. ހަމަ އެގޮތަށް މާލޭގެ ކަންކޮޅުތަކުގައި ވެސް ބުރުޒު ހައްދަވައި އެބުރުޒުތަކުގައި ބަޑި ދޮރު ކަނޑައި ހެއްދެވިއެވެ. ކޮންމެ ދެބުރުޒެއްގެ ދޭތެރޭގައި ލެއްވީ ފާރެކެވެ. މިފާރުގައި ވެސް ވަނީ ބަޑި ދޮރު ކަނޑާފައެވެ. މިގޮތުގެ މަތިން ދުޝްމިނުންނަށް ރަށުތެރެއަށް ނޭރޭނެހެން ރަށް ރައްކާތެރި ކުރެއްވުމަށްފަހު ރަށުގެ ވަށައިގެން ތޮށިލައިފިއެވެ. މިތޮށީގެ ތަންތަންކޮޅު ވަނީ އޮޑިފަހަރު ނިކުމެވޭނެ ގޮތަށް ނެރު ކަނޑާފައެވެ.

ރަސްކަން ކުރެއްވުމުގެ ވެރިރަށާއި އެކަށީގެންވާ ގޮތުގެ މަތީން މާލެ ހެއްދެވުމަށްފަހު، ރަދުންގެ ވިސްނުންފުޅު ފޯރުވާން ފެށީ އެހެނިހެން ދިމާދިމާއަށެވެ. ދިފާޢު ކުޅައުމުގެ އެހެނިހެން ރޮނގު ރޮނގަށެވެ. އެންމެ ފުރަތަމަ އިން ބޮޑު ބަޑި ބައްލަވައިގަތުމަށްޓަކައި، އަސޭކަރަ އަށް ނަވެއް ފޮނުއްވި އެވެ. އެއޮޑީގެ ނިޔައްމެއް ކަމުގައި ފޮނުއްވީ ކުބުރުދޫ ޢަލީ މާލިމީ އެވެ. މިއޮޑި އެނބުރި އައީ ރަތުލޯ ބަޑީގެ 14 ބަޑި ހިފައިގެންނެވެ. އެއަށްފަހު މާތް ރަސްކަލާންގެ ފަޟުލުވަންތަ ވެރިކަމުން އެކިފަހަރު މަތީން އުރުނު ކާފަރުންގެ ނައުތަކުން ވެސް ދިވެހިރާއްޖެއަށް ވަރަށް ގިނަ ބޮޑު ބަޑި ލިބުނެވެ.

ސާމިޔާކިލެގެ އުދަނގޫ

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ގެ ރަސްކަމުގައި އެއްފަހަރަށްވުރެ ގިނަފަހަރު ސާމިޔާ ކިލެގެ ރަސްކަން ހިއްޕެވުމަށް މަސައްކަތް ކުރެއްވިއެވެ. ސާމިޔާ ކިލެގެ އަކީ ކަނބާ ޢާއިޝާގެ އެއްބަނޑު އެއްބަފާ އަޚެކެވެ. މިނަންގަތް ސާމިޔާ ކިލެގެ އަކީ ދިވެހި ތާރީކްގައި މަޝްހޫރު މާފިލާފުށީ ރަސްގެފާނު އެވެ. އެތައް ފަހަރަކު ސާމިޔާ ކިލެގެ އަތުލައިގެންނެވުމަށްޓަކައި މާފިލާފުއްޓަށް ރަދުން ލަޝްކަރު ފޮނުވަން ޖެހިވަޑައިގަތެވެ. އެންމެ ފަހުން މާފިލާފުށީ ރަސްގެފާނު ފިލާވަޑައިގެން މަލިކަށް ވަޑައިގެންނެވީ އެވެ. މަލިކުގައި ހުންނަވަނިކޮށް މާލޭގެ ލަޝްކަރު ގޮސް އޭނާ ހައްޔަރުކޮށް ރިހި ހިލިހިލާ ޖަހައިގެން މާލެ ގެނައީ އެވެ. ސާމިޔާ ކިލެގެ އަވަހާރަވީ ފުވައްމުލަކަށް އަރުވާލާފައި ހުންނަވަނިކޮށެވެ. ސާމިޔާ ކިލެގެ އަވަހާރަވުމަށްފަހު މިރަދުންގެ ބާރު ކުރިއަށްވުރެ ވެސް ގަދަވެގެން ދިޔައެވެ.

ޝަޚްޞިއްޔަތު

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަކީ ކީރިތި ބުއްދިވެރި ރަސްކަލެކެވެ. ޞުލްޙަ މަސަލަސްކަން ދިވެހިންގެ މެދުގައި ޢާންމު ކުރެއްވި ރަސްކަލެކެވެ. ދިވެހިރާއްޖޭގެ ޙާލު ނިކަމެތި ވެފައިވަނިކޮށް ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން އުފުއްލެވި ރަސްކަލެކެވެ. ނަމަވެސް އެރަދުންނަކީ ވަރަށް ކޯފާގަދަ ބޭފުޅެއްކަމަށް ބުނެވެއެވެ.

އަވަހާރަވުން

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަވަހާރަވީ 5 ޝައްވާލު 1058ހ ގައެވެ. 29 އަހަރު ވަންދެން ރަސްކަން ކުރެއްވި އެވެ.

މަރުޖިޢުތައް

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ 105 - މާރޗް 1988 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް

ފަންވަތް - ފަންވަތް - މަޢުލޫމާތުގެ ޚަޒާޏާ

ކުރިން ހުންނެވީ:
ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:ސުލްޠާން އިބްރާހީމް އިސްކަންދަރު

Wiki will get it

Tags:

އެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ވަނަވަރުއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ނަސަބުއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ރަސްކަމަށް އިސްވުންއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ރަސްކަމުގެ ދުވަސްވަރުއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ޕޯޗުގީޒުންނާއި ހަނގުރާމަ ކުރެއްވުންއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު މާލެ ރައްކާތެރި ތަނަކަށް ހެއްދެވުންއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ސާމިޔާކިލެގެ އުދަނގޫއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު ޝަޚްޞިއްޔަތުއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު އަވަހާރަވުންއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު މަރުޖިޢުތައްއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު އިތުރު ފާލަންތައްއެއްވަނަ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު

🔥 Trending searches on Wiki ދިވެހިބަސް:

ޗިސްމޭ ޖޫސްމާރޗް 12މެސޮޕޮޓޭމިއާއިނގިރޭސިއެކުވެރި ޢަރަބި އިމާރާތުމަދޮށި2001އަދަބިއްޔާތުސުއޯމީދާންދޫ (ގއ. އަތޮޅު)Alphabetic contentsޤުދުސް ( ފަލަސްތީނު )ޖަޒާއިރުމޯންސްޓަރ ހައުސް (ފިލްމް)ރަތް އޮނުގަނޑުތޮޅިކުޅަނދިލިޢަރަބިމައުމޫނު ޢަބްދުލް ޤައްޔޫމްފެބްރުއަރީ 28ކޮރެޔާ ބަސްސަގާފަތުމާރޗް 25Say it in Mahlޕޮލެންޑުޖޫން 13ކޮލެރާމަސްގަނޑުގެ ކެންސަރުސެޕްޓެމްބަރު 14ޖަޕާނީއާމިނަތު ފާއިޒާގާފަރު (ކ. އަތޮޅު)ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރުއޯޓިޒަމްއިޖެކިއުލޭޓަރީ ޑަކްޓްޑިސެމްބަރު 5ޖަޕާނުސީނީHow to read Thaana scriptއީރާންއިބްރާހީމް މުޙައްމަދު ޞާލިޙްއިބްނި ޚަލްދޫންމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުޔޫސުފް މުޙައްމަދުފުޅުމައިކްރޯސޮފްޓްވިޓަމިން ބީ12ބުރުންޑީޑަޗުނޮވެމްބަރު 23ޔުކްރެއިންސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)2007ޕޮލޭންޑްބޯޅަJapanއޮނުގަނޑުތޮޅިމޯންސްޓާރސް، އިންކްމާރޗްފިންލޭންޑުރަހިމުގެ ދޮރުފީޒިޔާއީ އިލްމު🡆 More