ޑޮމިނިކަން ޖުމްހޫރިއްޔާ

ޑޮމިނިކަން ރިޕަބްލިކްއަކީ އައިލެންޑް އޮފް އިސްޕެނިޔޯލާގައި އޮންނަ ޤައުމެކެވެ.

އައިލެންޑް އޮފް ހިސްޕެނިޔޯލާއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެކެވެ.

Dominican Republic
República Dominicana  ފަންވަތް:Es icon
ޑޮމިނިކަން ޖުމްހޫރިއްޔާ ޑޮމިނިކަން ޖުމްހޫރިއްޔާ
Flag Coat of arms
Motto: "Dios, Patria, Libertad"  (Spanish)
("God, Fatherland, Liberty")
Anthem: Himno Nacional
ޑޮމިނިކަން ޖުމްހޫރިއްޔާ
Location of Dominican Republic
Capital
and largest city
Santo Domingo
19°00′N 70°40′W / 19.000°N 70.667°W / 19.000; -70.667
Official languages Spanish
Ethnic groups 73% Multiracial, 16% White, 11% Black
Demonym Dominican
Government Democratic Republic or Representative Democracy
 -  President Leonel Fernández
 -  Vice President Rafael Alburquerque
Independence From Spain:
 -  Date December 1, 1821 
 -  Date From Haiti:
February 27, 1844 
 -  Date From Spain:
August 16, 1865 
Area
 -  Total 48,442 km2 (130th)
18,704 sq mi
 -  Water (%) 0.7
Population
 -  2009 estimate 10,090,000 (80th)
 -  2002 census 8,562,541
 -  Density 208.2/km2 (57th)
539.4/sq mi
GDP (PPP) 2009 estimate
 -  Total $78.314 billion
 -  Per capita $8,672
GDP (nominal) 2009 estimate
 -  Total $44.716 billion
 -  Per capita $4,952
Gini (2005)49.9
Error: Invalid Gini value
HDI (2007)ޑޮމިނިކަން ޖުމްހޫރިއްޔާ 0.777
Error: Invalid HDI value · 90th
ކަރަންސީ Peso (DOP)
Time zone Atlantic (UTC-4)
ޑްރައިވްސް right
Calling code +1-809, +1-829, +1-849
އިންޓަރނެޓް ޓީއެލްޑީ .do
Sources for:
  • area, capital, coat of arms, coordinates, flag, language, motto, and names:. For an alternate area figure of 48,730 km2:
  • calling code 809, Internet TLD :

އަވަސް ކަޅިއަކުން ބަލައިލުމެއް

ޑޮމިނިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑޮމިނިކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެންޓޯ ޑޮމިންގޯއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ދީމުޤްރާޠީ ޖުމްހޫރިއްޔާއެކެވެ. ނުވަތަ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 80 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 48442 އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ do. އެވެ. ކޯލިން ކޯޑަކީ +1-809، +1-829، +1-849 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

ނަން

ރަސްމީ ނަމެއްގެ ގޮތުގައި މި ޤައުމަށް ބޭނުން ކުރެވެނީ ޑޮމިނިކަން ރިޕަބްލިކް މިނަމެވެ. އިސްޕެނިޝް ބަހުން ކިޔަނީ ރިޕަބްލިކާ ޑޮމިނިކާނާއެވެ.

ޖުޣުރާފީ

ޑޮމިނިކަން ރިޕަބްލިކް އޮންނަނީ އައިލެންޑް އޮފް އިސްޕެނިޔޯލާގައެވެ. މި ރަށުގެ ހުޅަނގު ފަޅީގައި އޮންނަނީ ހައިޓީއެވެ. ޤައުމުގެ ސަރަޙައްދާއި އާބާދީގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް، ކެރީބިޔަން ސަރަޙައްދުގައި ދެވަނައަށް އެންމެ ބޮޑު ޤައުމަކަށް އޮތީ ޑޮމިނިކަން ރިޕަބްލިކެވެ. އެއީ ކިޔުބާއަށް ފަހުގައެވެ. އާބާދީގެ ގޮތުން ވެސް އަދި އަކަމިނުގެ ގޮތުން ބެލިޔަސް، އެއްވަނަ ޤައުމަކީ ކިޔުބާއެވެ.

ތާރީޚު

މީލާދީން ހަތްވަނަ ޤަރުނާ ހިސާބުން ފެށިގެން ވެސް މި ރަށުގައި މީހުން ދިރިއުޅޭކަން ސާބިތުވެއެވެ. އޭރު މި ރަށުގައި ދިރިއުޅެމުން އައި ބަޔަކީ ޓައިނޯއިންނެވެ. މިއަދު ޑޮމިނިކަން ރިޕަބްލިކްގެ ގޮތުގައި އޮތް ސަރަޙައްދަށް ކްރިސްޓޮފަރ ކޮލަންބަސްއަށް އާދެވުނީ މީލާދީން 1492 ވަނަ އަހަރުގައެވެ. އަރަވަކާންއިން ވާހަކަ ދައްކާ ޓައިނޯއިން އައިލެންޑް އޮފް އިސްޕެނިޔޯޯލާއަށް އައިސްފައިވަނީ މީލާދީން 650 ވަނަ އަހަރާ ހިސާބުގައެވެ. އެމީހުން އައިސް އެރަށުގެ އަސްލު ރަށްވެހިން އެރަށުން ނެރެލާފައިވާ ކަމަށް ޤަބޫލުކުރެވިފައިވެއެވެ. އަދި މިތަން ވެގެން ދިޔައީ އެމެރިކާ އާއި ކެރީބިޔަނަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުންގެ ދާއިމީ ސެޓްލްމަންޓެއް ޤާއިމުވިތަން ކަމުގައެވެ. މިއަދު ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށެއްގެ ގޮތުގައި އޮތް ސެންޓޯ ޑޮމިންގޯއަކީ އިސްޕެނިޝް ނިއު ވޯލްޑްގެ ފުރަތަމަ ވެރިރަށް ވެސްމެއެވެ. އެމެރިކާ އަދި ކެރީބިޔަން ސަރަޙައްދުގައި އެންމެ ފުރަތަމައަށް ޔުނިވަރސިޓީއެއް ޤާއިމުކުރެވުނީ ވެސް ސެންޓޯ ޑޮމިންގޯގައެވެ. ހަމަ އެފަދައިން އެންމެ ފުރަތަމަ ކެތެޑްރަލް އަކާއި ކާސަލްއެއް ވެސް ބިނާކުރެވުނީ ހަމަ މި ރަށުގައެވެ. މީގެ ތެރެއިން ކާސަލްއަކީ މިއަދު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ޑޮމިނިކަން ރިޕަބްލިކަށް އެންމެ ފުރަތަމަ ފަހަރަށް އިސްޕޭނު މީހުންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1 ޑިސެންބަރު 1821 ގައެވެ. އެހެން ނަމަވެސް އަވަށްޓެރި ހައިޓީން ޑޮމިނިކަން ރިޕަބްލިކްގެ މިނިވަންކަމަށް އަރައިގަތެވެ. ޑޮމިނިކަން ރިޕަބްލިކަށް ހައިޓީގެ ކިބައިން މިނިވަންކަން ލިބިފައިވަނީ ފެބްރުއަރީ 27، 1844 ގައެވެ. ދެވަނަ ފަހަރަށް އިސްޕޭނުގެ ކިބައިން ޑޮމިނިކަން ރިޕަބްލިކަށް މިނިވަންކަން ލިބުނީ 16 އޯގަސްޓް 1865 ގައެވެ.

ޑެމޮގްރަފިކްސް

މިއަދުގެ ޑޮމިނިކަން ރިޕަބްލިކްގެ އާބާދީގެ 73% މީހުންނަކީ މަސްހުނި ނަސްލަކަށް ނިސްބަތްވާ މީހުން، ނުވަތަ މަލްޓި ރޭޝަލް މީހުންނެވެ. 16% މީހުންނަކީ ދޮން މީހުންނެވެ. 11% މީހުންނަކީ ކަޅު މީހުންނެވެ. މަލްޓި ރޭޝަލް މީހުންނަކީ އެފްރިކަން، ޔޫރަޕިއަން، އަދި ޓައިނޯއިންގެ މަސްހުނި ނަސްލެކެވެ. ޑޮމިނިކަން ރިޕަބްލިކްގެ 95.2% މީހުންނަކީ ކްރިސްޓިޔަނުންނެވެ. މީގެ ތެރެއިން 88.6% މީހުންނަކީ ރޯމަން ކެތަލިކުންނެވެ. 4.2% މީހުންނަކީ ޕްރޮޓެސްޓެންޓުންނެވެ. މީގެ އިތުރުން 0.02% މުސްލިމުން ވެސް މި ޤައުމުގައި ދިރިއުޅޭކަން ފާހަގަކުރެވެއެވެ.

ސަގާފަތު

ޑޮމިނިކަން ރިޕަބްލިކްގެ ސަގާފަތަށް ބަލާއިރުގައި ފެންނާނީ އަވަށްޓެރި ކެރީބިޔަން ޤައުމުތަކުން ފެންނަ ފަދަ ސަގާފީ ކުލަވަރެކެވެ. އެއީ އިސްޕޭނުގެ ކޯލޯނިސްޓުންނާއި، އެފްރިކާގެ އަޅުންނާއި އަޞްލު ވަޒަންވެރީން ކަމުގައިވާ ޓައިނޯއިންގެ ސަގާފަތްތަކުން އެކުލެވި މަސްހުނިވެފައިވާ ސަގާފަތެކެވެ. ދީނާއި، ޢާއިިލީ އޮނިގަނޑާއި، މިއުޒިކު ފަދަ ކަންތައް އޮތީ މި އުޞޫލުން ކަމުގައިވާއިރު، ޢާއްމުކޮށް ބޭނުންކުރެވޭ ކާނާތަކަށް ކިޔަނީ ޓައިނޯ ނަންނަން ކަން ފާހަގަކުރެވެއެވެ.

އިޤްތިޞާދު

ސެންޓްރަލް އެމެރިކާ އާއި ކެރީބިޔަން ބަލާއިރު ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮތް ޤައުމެއް ކަމަށް ބެލެވިފައިވަނީ ޑޮމިނިކަން ރިޕަބްލިކެވެ. ފަތުރުވެރިކަން ވެފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8672 ޑޮލަރެވެ.

Tags:

ޑޮމިނިކަން ޖުމްހޫރިއްޔާ އަވަސް ކަޅިއަކުން ބަލައިލުމެއްޑޮމިނިކަން ޖުމްހޫރިއްޔާ ނަންޑޮމިނިކަން ޖުމްހޫރިއްޔާ ޖުޣުރާފީޑޮމިނިކަން ޖުމްހޫރިއްޔާ ތާރީޚުޑޮމިނިކަން ޖުމްހޫރިއްޔާ ޑެމޮގްރަފިކްސްޑޮމިނިކަން ޖުމްހޫރިއްޔާ ސަގާފަތުޑޮމިނިކަން ޖުމްހޫރިއްޔާ އިޤްތިޞާދުޑޮމިނިކަން ޖުމްހޫރިއްޔާ

🔥 Trending searches on Wiki ދިވެހިބަސް:

ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ހަލަވެލި ޢަބްދުލްޣަނީމަންމޯހަން ސިންގރޫސީވިލާތްސްޕައިނަލް ކޯޑްކައިވެނީގެ ރަންBaarah (Haa Alif Atoll)How to read Thaana scriptޖެނުއަރީ 4މިލަދުންމަޑުލު ދެކުނުބުރިމުލައްދަނޑިއިޓަލީވިލާތްޑިސެމްބަރު 30އަލްމާނީކޯގަންޱުފޭސްބުކްއެވަރެސްޓް ފަރުބަދައޮގަސްޓު 2ފެބްރުއަރީ 12ހުވަދުއަތޮޅު އުތުރުބުރިކަށި ބުރޮޅިމީދާ މިޔަރުރެޑް ފޯރޓްޢުމާންއިސްލާމް ދީނުގައި ކައިވެނިކޭމަން ޖަޒީރާހޯރަފުށި (ހއ. އަތޮޅު)ރިބާޑިސެމްބަރު 9އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރހުނގު މަސްDick Cheneyބެނީންސުލްޠާން ޔޫސުފު (ދެވަނަ)BސޫދާންWater Tribeޖަޕާނީޢުއްޒާއެޕްރީލް 18އަނދުން މިޔަރުބޮލުގައި ރިހުންދިރުމާބެހޭ އިލްމުޓޮންގާއޮކްޓޫބަރު 29ޖުލައި 18އިހުޒަމާނުގައި ކޮށްއުޅުނު މަސައްކަތްތައްއޮސްޓްރިއާގަލްފު ހަނގުރާމަމެއި 13ފަރުޖުއައްނަބީލް ޙަސަން ޒަރީރުކޮތަނބިރިLyndon B. Johnsonމެލޭޝިޔާސައްދާމް ހުސެއިން ދަންޖެއްސުންރެޓަޓުއީމުންބާއީޙަޔާތުނާމާކަޅައިދޫ (ލ. އަތޮޅު)ނޭފަތާގުޅޭ އަރުތެރެއެންޓޮމޮލޮޖީ🡆 More