ނޫކާޅު

ނޫކާޅު(ސައިންޓިފިކް ނަން: Acanthurus leucosternon)ނުވަތަ (އިނގިރޭސި ބަހުން: blue surgeonfish)އަކީ ރާއްޖޭގެ ފަރުފަރުގެ މުރަކައާއި ގާތަކުގެ ތެރޭގައި ވަރަށް ގިނައިން އުޅޭ މަހެކެވެ.

މިއީ މޫދުމަސް ދިރުވައިގެން ގެންގުޅޭ މީހުންގެ މެދުގައި ވަރަށް މަޝްހޫރު މަހެކެވެ. ނޫކާޅު ފަރުފަރުމަތީގައި ބައިބަޔަށް އައިންހަދައިގެން އުޅެއެވެ. އަދި ވަކިވަކިން އުޅޭމަސް ފެތުންތެރިން ނުވަތަ ފީނާމީހުން ފެނުމުން އަވަސްއަވަހަށް ފަރުގެ ގާތަކުގެ ތެރެއިން ނިވާކަން ހޯދައެވެ. މިއީ ހަމައެކަނި އިންޑިޔާ ކަނޑުގެ ތެރޭގައި އެކަނި އުޅޭކަމަށް ބެލެވިފައިވާ މަހެކެވެ.

ނޫކާޅު
ނޫކާޅު

ނޫކާޅު އާންމުގޮތެއްގައި ހަރަކާތްތެރިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ކާނާގެ ގޮތުގައި ބޭނުންކޮށް އުޅެނީ މޫދު ފެއްސެވެ. މަހުގެ ނިގޫކޮޅުގައި ވަރަށް ތޫނު ކުރަގަނޑެއް ހުރެއެވެ. މިތޫނު ކުރަގަނޑަކީ މިމަސް އޭގެ ދުޝްމަނުންގެ ކިބައިން ސަލާމަތްވެ ގަތުމަށް ބޭނުންކުރާ ހަތިޔާރެކެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކައްޓާއެކު 30 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 28 މަޑުކަށި ހުރެއެވެ. މަހުގެ ބޮލުގެ ކުލަައަކީ ކަޅު ކުލައެވެ. އަދި ކޯތާފަތުގެ ކުލައަކީ ހުދުކުލައެވެ. މީގެ އިތުރުން ހަށިގަނޑުގެ ހަންހުރި ހުރިހާ ހިސާބެއްގެ ކުލައަކީ ނޫކުލައެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ އަޅިކުލަ އެވެ. މަހުގެ ނިގޫފަތުގެ ކޮޅުގައްޔާއި ބުޑުދަށުގައި ހުރަހަށް ކަޅުކުލައިގެ ފުޅާ ދެރޮނގު ހުރެއެވެ.

މިމަހަށް ނޫލިބާސް ވެސް ކިޔައި އުޅެއެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ފަތިނާރުއިބްރާހީމް މުޙައްމަދު ޞާލިޙްލޮލުގެ މައިނާރުހަންގޭރީބޮޓުސްވާނާފިރުދޯސީވޮޝިންގޓަން، ޑީ.ސީ.ސެޕްޓެމްބަރު 6ތަފާސް ހިސާބުހިރުގަނޑު ދުޅަވުންރާޖު ކަޕޫރުވައިރަސްއަސް ފައިގެ ބައްޓަމަށް ގުރުދާ ހުރުންޖަޕާނުj3dpuHubert HumphreyހައިޑްރަޖަންMusicމުންބާއީސަލްމާން ރަސްގެފާނުގެ މިސްކިތްއަންބަރާޠޫރިއްޔަތުބީޖިންގހިންދު ކަނޑުބަޣާވާތްމަނާތުޗައްތީސްގަޅުއިންސާނާގެ ބާރަކާ ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ ނިޒާމްތައްފައިންޑިންގ ނީމޯސާބިއާޕުއެރްތޮ ރީކޯޙުސައިން ޞަލާޙުއްދީންLinguisticsބިންދުންތަރި މަސްހުޅު ފަންހާމަސްމޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމްފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްކުކުންއިރިތްރޯ ޕޮއިއިޓިންއިކުއެޑޯރުޒިމްބާބުވޭޖަރުމަނުވިލާތްބައިބަލްއަޒަރުބައިޖާންފީޒިޔާއީ އިލްމުނޫކާޅުވާދީ ލައްކާ ހަނގުރާމަކްލޮރިންޓީ ލިމްފަސައިޓްއަދިވެސް މަޤާމުގައި🡆 More