މިމަޒުމޫނުގެ މަސައްކަތްވަނީ އަމަލީގޮތުން ފެށިފައެވެ.
ފައިންޑިންގ ނީމޯ އަކީ [ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް] އިން ތައްޔާރު ކޮށް ފައިވާ ކޮމްޕިޔުޓަރ އެނިމޭޓެޑް ކާރޓޫނު ފިލްމެކެވެ. މިކާރޓޫނު ތިއޭޓަރުތަކަށް ނެރެފައިވަނީ [ވޯލްޓް ޑިސްނީ ޕިކްޗާރސް] އާއި [ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަން] އާއި ގުޅިގެންނެވެ. މިފިލްމު އެމެރިކާ/ކެނެޑާގައި ރިލީޒް ކުރެވިފައިވަނީ 30 މެއި 2003 ގައެވެ. އޮސްޓްރޭލިޔާގައި ރިލީޒް ކުރެވުނީ 28 އޯގަސްޓް 2003 ގައެވެ. އަދި ޔޫކޭ ގައި ރިލީޒް ކުރެވުނީ 10 އޮކްޓޯބަރ 2003 ގައެވެ. މިއީ ޑިސްނީ އާއި ޕިކްސަރ ގުޅިގެން އުފެއްދި މިފަދަ ފަސްވަނަ ފިލްމެވެ. އަދި ހަމައެހެންމެ އެއަހަރުގެ ހޫނު މޫސުމުގައި ނެރެވުނު ފުރތަމަ ފިލްމުވެސް މެއެވެ.
މިފިލްމުގައި ދައްކުވައިދޭނީ އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް (Great Barrier Reef) ގައި ދިރިއުޅޭ އަނބި މަރުވެފައިވާ މާރލިން ނަމަކަށް ކިޔާ ކްލައުން ފިޝް އެއްގެ ވާހަކައެވެ. މާރލިންގެ ބަޔަށް އަޑު އަޅައިފައިވަނީ އެލްބަރޓް ބްރުކްސް އެވެ. މާރލިން ގެ އަންހެނުން، ކޯރަލް އާއި ނީމޯ ފިޔަވައި ހުރިހާ ދަރިންނެއް ވަނީ ބަރަކޫޑަރ ހަމަލައެއްގައި މަރުވެފައެވެ. ކޮރަލްގެ ބަޔަށް އަޑު އަޅާފައިވަނީ އެލިޒެބަތް ޕާރކިންސް އެވެ.
ބަރަކޫޑާ ހަމަލާ އެއްގައި ނީމޯ ފިޔަވައި މާރލިންގެ ހުރިހާ ދަރިންނަކާއި އަންހެނުނ، ކޮރަލް (އެލިޒަބަތް ޕާރކިންސް) ވަނީ މަރުވެފައެވެ. އެހެންކަމުން ނީމޯ އަށް ދިމާވާ ކޮންމެ ނުރައްކަލަކުން އޭނާ ސަލާމަތްކުރުމަކީ މާރލިންގެ ވާކިބެއްކަމަށް އޭނާ ދެކެއެވެ. ނީމޯގެ އުފެދުމުގައިވެސް އެއް Fin އަނެއް Fin އަށް ވުރެ ކުޑަވާނެއެވެ. ނީމޯ އެއްވެސްކަމެއް ވިޔަ ނުދޭނެކަމަށް މަރލިން ވައުދުވެފައިވާތީ އަބަދުވެސް ކަނޑުގެ ނުރައްކާތެރިކަން ނީމޯއަށް ކިޔައިދެއެވެ. މިސްޓަރ ރޭއި (ބޮބް ޕީޓަރސަން) ގެ ސްކޫލްގެ ފުރަތަމަ ދުވަހެވެ. ރޭއި ގެ ކުލާސް އެދުވަހުދަނީ ފަރުގެ ނިމޭ ހިސާބަށެވެ. އެމީހުން އެ ދަނީ ފަރުގެ ނިމޭ ހިސާބަށްކަންް މާރލިން އަށް އެނގުމުން އެކަމާ މާރލިން ވަރަށް ކަންބޮނޑުވެއެވެ. އަދި އެމީހުންގެ ފަހަތުން ދެއެވެ. ނީމޯ އޭނާގެ ކުލާސް ކުދިންގެ ކޮޅަކާއި އެކު ފަރުގެ އެންމެ އެކޮޅަށް ދެއެވެ. އަދި އެކުދިންނަށް ނަގިލި އަޅާފައިވާ ބޮޑޮ ބޯޓެއް މާކަނޑާއި ދިމާލުން ފެނެއެވެ. އެކުދިންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް އަނެއް ކުއްޖަކަށް ވުރެ ބޯޓާއި ކައިރި ވާން ނުކެރޭން ކަމަށް ބުނިއެވެ. އެހެންކަމުން ނީމޯ ބޯޓުގައި އަތްލަން ނިންމައެވެ. އެހެނީ އޭނާ އަށް ވުރެ ދުރަށް ދެވޭނެ އެހެން ކުއްޖަކު އެތާ ނެތްކަން ނީމޯ އަށް އެނގޭތީއެވެ. އެވަގުތު މާރލިން އެތަނަށް އައިސް ނީމޯ އަދި ސްކޫލަކަށް ދާން ތައްޔާރު ނުވާ ކަމަށް ބުނެއެވެ. މާރލިން މިހެން ބުނުމުން ނީމޯ އަށް ވަރަށް އުނދަގޫވިއެވެ. އަދި ބޯޓުގައި އަތްލުމުގެ ނިޔަތުގައި މާސިންގާ ކަނޑާއި ދިމާލަށް ނީމޯ މިސްރާބުޖަހައެވެ. އަދި މިނިވަންކަމާއެކީ އެހާ ހިސާބަށް ގޮސް ބޯޓުގައި އަތްލައެވެ. އަދި އެނބުރި ފަރާއި ދިމާލަށް އަންނަން ފެށިއެވެ. މާރލިން އެބުނީ ތެދެކެވެ. ނީމޯ އަދި ސްކޫލަކަށް ދާވަރެއް ނުވެއެވެ. ނީމޯ އަށް އަޅާނުލައި ދުއްކޮށްލާ ވަރެއް ނުވެއެވެ. ސްކޫބާ ޑައިވް ކުރަން އުޅޭ ދަތުގެ ޑޮކްޓަރަކަށް ނީމޯ ފެނެއެވެ. އަދި މަސް ހިފާ ދާގަނޑަކުން އޭނާ ނީމޯ ހިފައެވެ. ކޮރަކލް މަރުވިފަހުން ފަރުން ބޭރަށް ނުދާ މާރލިން އެބޯޓު ފަހަތުން ފަތާފައި ދެއެވެ. އެހެންނަމަވެސް ބޯޓުގެ ބާރުމިނާއި އެއްވަރަކަށް މާރލިން އަކަށް ނުފެތުނެވެ. އަދި މާރލިންގެ މިސްރީބުން އެބޯޓު ގެއްލެއެވެ. މާރލިން މިހެން އުޅުމުގެ ތެރޭގައި ޑޯރީ ނަމަކަށްކިޔާ (އެލެން ޑި ޖީނިއަރސް)، (A Blue Tang) މަހަކާއި ދިމާވެއެވެ. އަދި މާގިނައިރުތަކެއް ނުވެ އެހެން ބޯޓެއް ދިޔަކަމަށް ޑޯރީ ބުނެއެވެ. އަދި ޑޯރީގެ ފަހަތުން މާރލިން ފަތާފައި ދާން ފެށިއެވެ. އެހެންނަމަވެސް އިރުކޮޅަކުން ޑޯރީ އޭނާގެ މިސްރާބު ބަދަލު ކޮށް އެކި ގޮތް ގޮތަށް ފަތަންފެށިއެވެ. އަދި އޭނާ އާއި މާރލިން އަރާ ހަމަވުމުން، ޑޯރީގެ ފަހަތުން ނުދިއުމަށް އެދުނެވެ. ޑޯރީ އަކީ ކައިރި މުސްތަގުބަލުގައި ވެފައި ހުންނަ ކަންތައް ވަރަށް އަވަހަށް ހަނދާންނެތޭ މަހެކެވެ. ޑޯރީގެ ފަހަތުން ދިޔަ އަސް އެކަމުން ކުރާނެ އެއްވެސް ފާއިދާ އެއް ނެތް ކަން މާރލިން އަށް އެނގެއެވެ. އެހެންކަމުން އޭނާ އަމިއްލައަށް ނީމޯ ހޯދުމުގެ މަސައްކަތް ކުރާނީ ކަމަށް ގަސްދުކޮށް، މާރލިން ޑޯރީ ދޫކޮށްފައި ދެއެވެ. އެހެންނަމަވެސް ޑޯރީ މިފަހަރު މާރލިންގެ ފަހަތުން ދެއެވެ. އަދި ނީމޯ ހޯދުމުގައި އެހީ ވާނެކަމަށް ބުނެއެވެ. މިހެން ދަނިކޮށް އެމީހުންނާއި ދިމާ ވަނީ Great White Shark ، ބްރޫސް އާއި އެވެ. ބްރޫސްގެ ބަޔަށް އަޑު އަޅާފައިވަނީ ބެރީ ހަމްފްރީސް އެވެ. އަދި Mine Field އެއް ވަށައިގެންވާ އަޑިއަށް ފެތިފަިވާ ބޯޓަކަށް، މާރލިން އާއި ޑޯރީ އަށް "ޕާރޓީ" އަކަށް ދައުވަތުދެއެވެ. އަދި މިމީހުން ބްރޫސް އާއި އެއްކޮށް ދެއެވެ. އަދި މިތާ ތެރޭގައި އުޅެނިކޮށް މާރލިން އަށް ޑައިވިންގ އަށް ދާ އިރު އަޅާ މޫނުމަތިގަނޑެއް ފެނެއެވެ. މިމަތިގަނޑަކީ ނީމޯ ހިފި މީހާ ބޯޓު ދުއްވާލުމުން އެ ބޯތުން ވެއްޓުނު މޫނު މަތިގަނޑެވެ. ލިބުނު އުފާވެރިކަމެއްގެ ސަބަބުން މާރލިން ޑޯރީގެ ނޭފަތްމަތީގައި ޖެހުމުން، ޑޯރީގެ ނޭފަތުން ލޭ އަންނަ ގޮތް މެދުވެރިވެއެވެ. ލޭގެ ވަސް ބްރޫސްގެ ނޭފަތުގައި ޖެހުމުން ބްރޫސް ޑޯރީ ކާލަން ބޭނުންވެއެވެ. އަދި މުޅި ހިސާބުގައި ޑޯރީ އާއި މާރލިން ފަހާ އތުލަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ބްރޫސްގެ އަނެއް ދެ އެކުވެރިން ބްރޫސް އަށް ވިސްނަ ދެވޭތޯ ބެލިއެވެ. އެންމަސްތަކަކީ ކާނާ ނޫން ކަމުގައްޔާއި އެއީ އެކުވެރިން ކަމުގައި ބުނިއެވެ. "ކާނާ" މިހެން ބްރޫސް އަށް އިވުމުން ބްރޫސް މާބޮޑަށް މޮޔަވެއެވެ. ޑޯރީ އަށް ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެނގެ އޭ ބުނުމުން މާރލިން އޭނާ ގާތު އ މޫނުމަތީގައި ލިޔެފައިވާ އެއްޗެއް ކިޔުމަށް ބުނެއެވެ. އެހެން ނަމަވެސް ބްރޫސް އާއި ހެދި ޑޯރީ އަކަށް އޭގައި ލިޔެފައިވާ އެއްޗެއް ކިޔާނެ ފުރުސަތެއް ނުލިބުނެވެ. އަދި މިހެން ބްރޫސް ޑޯރީ އާއި މާރލިން އަތުލެވޭތޯ އުޅެނިކޮށް އޭނާ އަށް ކުރެވޭ ކަމަކުން Mine Field ގޮވައެވެ.
އަޑު އަޅާފައި ވަނީ | އަޑު އަޅާފައިވާ ރޯލް | Description |
---|---|---|
އެލްބާރޓް ބްރޫކްސް | މާރލިން | Clown fish |
އެލެން | ޑޯރީ | ދޮންނޫ ކާޅު |
އެލެކްސެންޑަރ ގޯލްޑް | ނީމޯ | Clown fish |
ވިލެމް ޑެފޯ | ގިލް | Angel Fish |
ބްރެޑް ގެރެޓް | ބްލޯޓް | Porcupinefish |
އެލިސަން ޖެނީ | ޕީޗް | Seastar (Echinaster spinulosus) |
Austin Pendleton | Gurgle | Royal gramma |
Stephen Root | Bubbles | Yellow tang |
Vicki Lewis | Deb | Humbug |
Joe Ranft | Jacques | Pacific cleaner shrimp |
Geoffrey Rush | Nigel | Australian Pelican |
Andrew Stanton | Crush | Green sea turtle |
Elizabeth Perkins | Coral | Clown fish |
Nicholas Bird | Squirt | Sea turtle |
Bob Peterson | Mr. Ray | Eagle ray |
Barry Humphries | Bruce | Great white shark |
Eric Bana | Anchor | Hammerhead shark |
Bruce Spence | Chum | Mako shark |
Bill Hunter | Phillip Sherman | Human dentist |
Lulu Eberling | Darla | Sherman's niece |
Jordy Ranft | Tad | Butterfly fish |
Erica Beck | Pearl | Flapjack Octopus |
Erik Per Sullivan | Sheldon | Sea horse |
John Ratzenberger | School of moonfish | Moonfish |
Rove McManus | Bernie | Crab |
Andrew Stanton | Seagulls | Seagulls |
Kathy Ringgold | Kathy | "Chickenfish" |
David Ian Salter | AquaScum | Aquarium filtration system |
Additional voices provided by Jeff Pidgeon, Jessie Flower, Aaron Fors, Leland Grossman, Bradley Trevor Greive, Jess Harnell and Marc John Jefferies
މި ކާރޓޫނު ފިލްމު ވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާސިލް ކޮށް ފައެވެ. މީގެ އިތުރަށް :
This article uses material from the Wikipedia ދިވެހިބަސް article ފައިންޑިންގ ނީމޯ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.