ވާދީ ލައްކާ ހަނގުރާމަ

ވާދީ ލައްކާ (Guadalete) ހަނގުރާމައަކީ އުމަވީ ދައުލަތުން އަންދަލުސް ނުވަތަ ސްޕޭން ފަތަހަ ކުރެއްވުމަށް ކުރެވުނު ހަނގުރާމަތަކުގެ ތެރެއިން އެންމެ މައި ހަނގުރާމައެވެ.

މިހަނގުރާމަ ހިނގީ އުމަވީ ދައުލަތުގެ ޚަލީފާ ވަލީދު ބިން ޢަބުދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 92 ވަނަ އަހަރުގެ ޝައުބާންމަހުގެ ތެރޭގައެވެ.

މިހަނގުރާމަ ކުރެވުނީ އޭރު ސްޕޭންގެ ރަށްތަކަށް ވެރިވެގެން ތިބި ޤޫތުންނާއި ދެކޮޅަށެވެ. ހަނގުރާމައިގެ ލަޝްކަރުގައި ޤޫޠުންގެ ވެރިއަކަށް ހުންނެވީ ލަޛުރީޤުއޭ ކިޔޭ މީހެކެވެ. 7000 މީހުން އެކުލެވޭ މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ޠާރިޤު ބިން ޒިޔާދު އެވެ. މިހަނގުރާމަ ކުރެވުނު ސަބަބަކީ ސްޕޭންގައި ވެރިކަން ހިންގަމުން ދިޔަ ޤޫޠުންގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް ސްޕޭން ފަތަހަ ކުރެއްވުމެވެ.

މިހަނގުރާމައަށް ޓަކައި 7000 މީހުންނާއި އެކު ޠާރިޤު ބިން ޒިޔާދު ޠާރިޤު ފަރުބަދަ ހުރަސް ކުރައްވައި ސްޕޭން އަށް ވަޑައިގެންނެވިއެވެ. ޠާރިޤު ފަރުބަދައާއި ހިސާބުން މީސްތަކުންނާއި މުޚާޠަބުކޮށް ޠާރިޤު ބިން ޒިޔާދު ބުނެފައިވަނީ މިފަދައިންނެވެ. ”އެންމެހާ މީސްތަކުންނޭވެ! ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ފަހަތުންވަނީ ކަނޑެވެ. ކުރިމަތިން ވަނީ ތިޔަބައިމީހުންނާއި އަދާވާތްތެރި މީހުންނެވެ. ހަމަޔަގީނުންވެސް ތިޔަބައިމީހުންނަށް ތެދުވެރި ވުމާއި، ކެތްތެރިވުން ނޫން ގޮތެއް ނެތެވެ.“

މުސްލިމުން ހަނގުރާމައާއިގެން ޤޫޠުންނާއި ކުރިމަތިލުމަށް އައި ޚަބަރު ލިބުމާއި އެކު ޤޫޠުންގެ ރަސްކަލަކަށް ހުންނެވި ލަޛުރީޤު ބޮޑު ލަޝްކަރެއް ތައްޔާރުކުރައްވައި ހަނގުރާމައަށް ނިކުތެވެ.

ބުނެވޭގޮތުގައި ލަޛުރީޤުގެ ލަޝްކަރުގައި 100 ހާހަށް ވުރެ ގިނަ މީހުން ތިއްބެވެ. އެހިނދު ޠާރިޤު ބިން ޒިޔާދު މޫސާ ބިން ނުޞައިރުގެ ކިބައިން އެހީއަށް އެދި ވަޑައިގަތުމުން އިތުރު 5000 މީހުން ފޮނުއްވިއެވެ. މުސްލިމުންގެ ލަޝްކަރާއި ޤޫޠުންގެ ލަޝްކަރު ބައްދަލުވީ ވާދީ ލަކަތުއޭ ކިޔޭ ހިސާބުގައެވެ.

މުސްލިމުންނާއި ލަޝްކަރާއި އަޅާބަލާއިރު ޤޫޠުންގެ ލަޝްކަރު އެތައްގުނައެއް އިތުރެވެ. ނަމަވެސް ޤޫޠުންގެ ލަޝްކަރުގައި ގިނައިން ތިބީ މެހްމާނުންނާއި، އަޅުންނެވެ. އޭގެ ތެރޭގައި ލަޛުރީޤުއާއި އިދިކޮޅު އެތައް ބަޔަކު ވެސް ތިބިކަމުގައި ބުނެވެއެވެ. އެހެން ކަމުން މުސްލިމުންގެ ހަމަލަ ދިނުމާއި އެކު ޤޫޠުންގެ ސަފުތައް ރޫޅި ބައިބައިވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ލަޝްކަރު ފަސޭހަކަމާއި އެކު ޤޫޠުން ބަލި ކުރެއްވިއެވެ.

މިހަނގުރާމައާއި ގުޅިގެން ސްޕޭންއާއި އެހިސާބު ކައިރީގައިވާ އެހެންރަށްތައް ފަތަހަ ކުރުމަށް ނިންމެވިއެވެ. ނަތީޖާއެއްގެ ގޮތުން ޤުރުޠުބާ، ޣަރުނާޠާ ފަދަ ރަށްތައް ޠާރިޤު ބިން ޒިޔާދު ފަތަހަ ކުރެއްވިއެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އޮކްޓޫބަރު 1419892010އެކުވެރި ދައުލަތްތައްއޮގަސްޓު 18ނޮވެމްބަރުއިލްޔާސްގެފާނުސުވިޒަލޭންޑުކޮތަނބިރިއުތީމު ގަނޑުވަރުއެޕްރީލް 27ރަސްމީ ބަސްބޮނޑިބަތްބެލްގޮރޯޑްސެޕްޓެމްބަރު 27މެއި 21މާރޗް 2ޢިރާޤުތޫނިސްފެބްރުއަރީ 6ޔުކްރެއިންއިސްޕެނިޝްފަރަންސޭސިފަޚުރުވެރި ދިވެހިބަސްއޮކްޓޫބަރު 1އެޕްރީލް 25ފެބްރުއަރީ 13ޖޫން 9��ިލާ��ު ��ަށިނަމާދުމާރޗް 312004ޔޫނާންސެޕްޓެމްބަރު 19ކުރުނބާވެޓިކަން ސިޓީއިނގިރޭސިވިލާތްޑިސެމްބަރު 16i1nd7އެކުމާފާނުއިންޑޮނޭޝިޔާޕޮޓޭސިއަމްއީރާންއިސްލާމީ ފަލްސަފާޙައްޖުޖެނުއަރީ 5އޮކްޓޫބަރު 12އިބްރާހިމް އަހުމަދުދީދީއޮސްޓްރިއާފެބްރުއަރީ 10މުޙައްމަދު ޖަމީލުދީދީDid You Know Archivesނޮވެމްބަރު 12ޖެނުއަރީ 13ފެންގޫގްލްސެޕްޓެމްބަރު 25އޮގަސްޓު 8ނޮވެމްބަރު 22މައްކާޑިސެމްބަރު 31އެޕްރީލްފެބްރުއަރީ 20ޢަބުދުﷲ ޖަމީލްމަނަދޫ (ނ. އަތޮޅު)ގެގްލިއަލްމޯ މާކޯނީޖޫން 17ފަރަންސޭސިވިލާތްޖުޣުރާފީލާއޯސްލީޝްތެންސްޓީން🡆 More