ޗެނަލް ޓަނެލް

ޗެނަލް ޓަނެލް ބިނާކުރުމުގެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރެވުނީ 12 ފެބުރުއަރީ 1986 ގައި އިގިރޭސި ވިލާތުގެ ކެންޓަބަރީގެ ކެންޓް ގައެވެ.

އަދި މިތަން ބިނާކޮށް ނިމުނީ 1994 ވަނަ އަހަރު އެވެ. މިއީ ފަރަންސޭސި ވިލާތާއި އިގިރޭސި ވިލާތް ގުޅުވުމަށް ކަނޑު އަޑިން ހެދިފައިވާ ރޭލް ދަތުރުކުރާ މަގެކެވެ. މިތަން މަޝްހޫރު ވެފައިވަނީ ޗެނަލްގެ ނަމުގައެވެ.

ކާރު، ބަސް، ޓްރަކް ފަދަ ތަކެތިވެސް އިގިރޭސި ވިލާތުން ފަރަންސޭސި ވިލާތަށް ގެންދެވެނީ ރޭލް ގައެވެ. ރަސްމީ ސިފައެއްގައި ޗެނަލް ގެ ތެރެއިން ރޭލުތައް ދަތުރުކުރަން ފެށުނީ 14 ނޮވެމްބަރު 1994 ގައެވެ. ޗެނަލް ޓަނެލް ހެދިފައިވަނީ ކަނޑުގެ އަޑިން 45 މީޓަރު ފުންމިނުގައެވެ.

ޗެނަލް ޓަނެލް
ޗެނަލް ޓަނެލް.

ޗެނަލް ޓަނެލް ހެދުމަށް ކޮނުމުގެ މަސައްކަތަށް 7 އަހަރު ދުވަސް ހޭދަވި އެވެ. އަދި 15 ހާސް މީހުން މިމަސައްކަތުގައި ބައިވެރި ވެފައި ވެއެވެ. ކޮނުމުގެ މަސައްކަތުގައި ކޮންޓްރެކްޓަރެއްގެ ދައުރު އަދާކޮށްފައިވަނީ ފްރާންސްގެ ޓްރާންސްމެޗް ލިންކް އިންނެވެ. ކޮނުމަށް އިންޖިނޭރުން ބޭނުންކޮށްފައިވަނީ ޓަނެލް ބޯރިން މެޝިން އެވެ. މިފަދަ ތަފާތު 11 މެޝިނެއް ޓަނެލް ކޮނުމަށް ބޭނުންކޮށްފައި ވެއެވެ.

ރޭލު ދަތުރުކުރާ މިމަގު ހަދާފައި އޮންނަނީ އިގިރޭސި ޗެނަލްގެ ކަނޑު އަޑީގެ ބިންގަޑުގެ ދަށުގައެވެ. މިމަގުހެދިފައިވަނީ އިގިރޭސި ވިލާތުގެ ފޯކްސްޓޫން އިން ފަރަންސޭސި ވިލާތުގެ ކޮންކްއެލްސް އަށެވެ. ދިގުމިނުގައި 50 ކިލޯ މީޓަރު އިންނަ މިމަގުގެ ކަނޑު އަޑީގައި އިންނަ ބައިގެ ދިގުމިނުގައި 39 ކިލޯ މީޓަރު ހުރެއެވެ. ކަނޑުގެ އަޑީގައި އޮންނަ ބައި އޮންނަނީ ކަނޑު އަޑީގެ ބިންގަނޑުގެ ވެސް އަޑީންނެވެ. އެވްރެޖްގޮތެއްގައި 45 މީޓަރު އަޑީގައެވެ. އެހެން ކަމުން މިޗެނަލް އޮންނަނީ މޫދު ތެރެއަކު އަކު ނޫނެވެ.

މިއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ދިގު ބިމުގެ އަޑިން ރޭލު ދަތުރުކުރާ މަގެވެ. ނަމަވެސް ކަނޑުގެ އަޑީން އޮންނަ އެންމެ ދިގު ރޭލު ދަތުރުކުރާ މަގެވެ. މިމަގު އޮޕަރޭޓްކޮށް ހިންގަނީ ޔޫރޯ ޓަނެލްގެ ފަރާތުންނެވެ.

ޗެނަލް ޓަނެލްގައި 25 ފޫޓް ފުޅާމިނުގެ ރޭލު ދަތުރުކުރާ ދެމަގާއި، އަދި އެދެމަގުގެ މެދުން 16 ފޫޓްގެ ފުޅާމިން ހުންނަ މަގު ހިމެނެއެވެ. މެދުގައިވާ މަގު ބޭނުންކުރެވެނީ ރޭލެއް މައްސަލަ ޖެހިއްޖެ ނަމަ އެކަން ރަގަޅު ކުރެވެންދެން ޕާރކު ކޮށްފައި ބޭއްވޭ ތަނެއްގެ ގޮތުގައެވެ. ނުވަަތަ ރޭލުތަކަށް ޚިދުމަތްދޭ ތަނެއްގެ ގޮތުގައެވެ. ޗެނަލް ޓަނެލްގެ މެދުގައިވާ ޚިދުމަތްދޭ ޓަނެލް ގެ މަސައްކަތް ފެށުނީ 1 ޑިސެމްބަރު 1987 ގައެވެ.

ޗެނަލް ޓަނެލް ހަދާފައިވަނީ އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް ގުޅިގެން އުފައްދާފައިވާ ޖޮއިން ވެންޗަރ ކުންފުންޏަކުންނެވެ. އަދި މިކުންފުންޏަށް ޓަނެލް ހިންގުމަށް 55 އަހަރު ގެރެންޓީ ދިފައި ވެއެވެ. މިޓަނެލް ހެދުނީ ލަންޑަން އިން ޕެރިސް އަށް ހެދި ރޭލު ދަތުރުކުރާ މަގުގެ ބައެއްގެ ގޮތުގައެވެ.

ޗެނަލް ޓަނެލް ރަސްމީކޮށް ހުޅުވައިދެއްވީ ފަރަންސޭސި ވިލާތުގެ ކަލާއިސްގައި އޮތް ރަސްމިއްޔާތެއްގައި އިގިރޭސި ރާނީ ކްއީން އެލިޒަބަތު-2 ކާއި، އޭރު ފަރަންސޭސި ވިލާތުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ފްރެންކޮއިސް މިޓަރެންޑް 6 މެއި 1994 ގައެވެ.

ޗެނަލް ޓަނެލްގައި ޔޫރޯ ޓަނެލްގެ ފަރާތުން ތަފާތު 3 ޚިދުމަތެއް ދެއެވެ. އެއީ މީހުން އުފުލުމުގެ ޚިދުމަތް، ދުއްވާ ތަކެތި އުފުލުމުގެ ޚިދުމަތް އަދި މުދާ އުފުލުމުގެ ޚިދުމަތެވެ. މިޚިދުމަތް ފޯރުކޮށްދެވެނީ ލަންޑަން، ބްރެސެލްސް އަދި ޕެރިސް މި 3 ސިޓީގެ ދެމެދުގައެވެ. މިޓަނެލް ހެދުމުގެ މަސައްކަތަށް 10 ބިލިއަން ސްޓާލިންގ ޕައުންޑް ހޭދަވާނޭކަމަށް ބެލެވިފައި ވެއެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އެޕްރީލް 26ލެސޯތޯސޯޑިއަމްބަހަވިއްޔާތުމަސްޖިދުލްޙަރާމްކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)John C. Breckinridgeޖޫން 172004އިސްލާމް ދީނުގައި ކައިވެނިތިމަރަ ބަލި��ިލާ��ު ��ަށިޖުލައި 22ރޯދަނޮވެމްބަރު 302022މައްކާޖެނުއަރީ 30ދުނިޔެއޮކްޓޫބަރު 7ދަވިއްގަނދުމާރޗް 22މެއި 5ޤައުމީ ސަލާމްއެޕްރީލް 9މުހައްމަދު މުއިއްޒުއިލްޔާސް އިބްރާހީމްމާރޗް 31ޖެނުއަރީ 31ޓޮމް އެންޑް ޖެރީދިވެހިރާއްޖެނޮވެމްބަރު 19އެޕްރީލް 4ވެޓިކަން ސިޓީމުޙައްމަދު ޖަމީލުދީދީޞަޙާބީންދާނެސްނާމާލަޑިމިއަރ ޕޫޓިންޢަޤީދާޖެނުއަރީ 18ބިލެތްHow to read Thaana scriptއާމިނަތު އަމީލާރިފްޓް ވެލީ ހުންނޮވެމްބަރު 22ރައިވަރުޖަޕާނުފަރަންސޭސިވިލާތްމެއިއޮޅުދޫކަރަނޮވެމްބަރު 24ޑޮނަލްޑް ޓްރަމްޕްއީރާންއެޕްރީލް 12ޖުލައި 20ޑަޗުޢަރަބިޖެނުއަރީ 13ބިންއިންޑިޔާސީނުކަރަޖޫން 20މޮސްކޯމައުމޫނު ޢަބްދުލް ޤައްޔޫމްފަޚުރުވެރި ދިވެހިބަސްޖޫން 21ޝަހީދު ޙުސައިން އާދަމްނޯވޭނޮވެމްބަރު 2އަރުމީނިއާއޮގަސްޓު 21🡆 More