ޝަހީދު ޙުސައިން އާދަމް

ޝަހީދު ޙުސައިން އާދަމް އަކީ ދިވެހި ޤައުމަށްޓަކައި 3 ނޮވެމްބަރ، 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ދިވެހި ދަރިއެކެވެ.

ޝަހީދު ހުސެން އާދަމް
Hussain Adam
ހުސެން އާދަމް
ޝަހީދު ޙުސައިން އާދަމް
އުފަން ތާރީޚް1968
ހދ. ކުޅުދުއްފުށި
އަވަހާރަވީ ތާރީޚް1988
މާލެ
Resting placeމާލެ
NationalityMaldivian
ތަޢުލީމީ ފެންވަރުAmeeru Ameen SchoolKulhudhuffushi
ތައުލީމް ހާސިލްކުރީAmeeru Ameen SchoolKulhudhuffushi
ވަޒީފާ/މަޤާމްކޯޕްރަލް
OrganizationNSS
Titleހުރަވީ ބަތަލް
AwardsMedal for Exceptional Bravery، Medal of 3rd November

އެ ބަޠަލަކަށް މުޅި ދިވެހިރާއްޖެ ފަޚްރުވެރިވާ، ހދ. ކުޅުދުއްފުށީ މާވާގެ ކޯޕްރަލް ޙުސައިން ޢާދަމްގެ ނަމަކީ މިދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. އެހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ލެޔަކީ ހަނދާން ނައްތާލެވޭނެ ލެޔެއް ނޫނެވެ. އެހަނދާނަކީ ދިވެހިފަސްގަނޑުން ފޮހެވިގެންދާނެ ހަނދާންތަކެއް ނޫނެވެ. އެކުރި، ހިތްވަރަކީ، ސިފަވަންތަ ޖެހިލުންކުޑަ ހިތްވަރެކެވެ. އާދެ، 3 ނޮވެމްބަރ 1988 ގައި އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާގައި މިލޮބުވެތި ވަޠަން ދިފާޢުކުރުމަށްޓަކައި އެންމެ ފާހަގަ ކޮށްލެވޭ ހިތްވަރުގަދަ ރައްދެއް ޓެރަރިސްޓުންނަށް ދިނީ އެއްވެސް ޝައްކެއް ނެތްގޮތުގައި ކޯޕްރަލް ޙުސައިން ޢާދަމެވެ.

ކޯޕްރަލް ޙުސައިން ޢާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. މިހާރުވެސް ހދ. ކުޅުދުއްފުށި އޭނާއަށް ފަޚްރުވެރިވެއެވެ. އޭނާ އަކީ އުޅުމާއި އަޚްލާޤު ރަނގަޅު ސާދާ މިޒާޖެއްގެ ވެރި ސޯލްޖަރެކެވެ. އޯޑަރަށް ފުރިހަމަ އަށް ކިޔަމަންވުމާއި ގަޑިއަށް ފަރުވާތެރި ވުމަކީ މަތިވެރި ގައުމީ ހިދުމަތެއްކަމަށް ދެކިގެން އުޅުނު ސޯލްޖަރެއްވެސް މެއެވެ. ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީން ފުރިހަމަ ކުރިއެވެ. ފުރަތަމަ މަސައްކަތް ކުރީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 6 ޖޫން 1987 ން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯސް ގައެވެ. ސިފައިންގެ ޙިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކުރިއެވެ. ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ. ކޯޕްރަލް ޙުސައިން ޢާދަމް އަށް ނިސްބަތްވާ ގޮތަށް ސަރުކާރުންވަނީ “ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގް” ގެ ނަމުގައި އިމާރާތެއް ބިނާކުރައްވާފައެވެ. އަދި ސަރުކާރުން ޙުސައިން ޢާދަމްގެ މަތިވެރި ޚިދުމަތް ފާހަގަ ކުރައްވާ ޑިފެންސް މިނިސްޓްރީންނާއި ސިފައިންގެއިން އޭނާގެ މައިންބަފައިންނާއި މެދު ޙާއްސަގޮތަކަށް ބައްލަވައި މިހާރުވެސް އެހީތައް ވެދެއްވައެވެ.

3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމަލާގައި ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދޭއިރަށް ކުޅަދާނަ ޙުސައިން ޢާދަމް އޭގެ ރައްދު އެވަޒަން އައި ދިމާލަށް ދިނެވެ. އޭރު އޭނާ ހުރީ ސިފައިންގެ މައި ގޭޓް ހުޅަނގުފަރާތުގައި ފޯރިއަށެވެ. ކަވަރު ނެގުމަށްޓަކައި އޭނާ ވަނީ ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރެއަށެވެ. ނަމަވެސް ޙުސައިން ޢާދަމް ދުޝްމަނުންނަށް ކެނޑިނޭޅި ހަމަލާތައް ދެމުންދިޔައެވެ. ނިކަން ހުޝިޔާރު ކަމާއި ޖެހިލުންކުޑަ ކަމާ އެކުގައެވެ. އޭރު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުޞަތު ލިބުނީ ކުޅަދާނަ ޙުސައިން ޢާދަމް ގެ ސަބަބުންނެވެ. މާލަސްތަކެއް ނުވެ ޙުސައިން ޢާދަމް ގެ އަތުން ވަޒަން ހުސްވިއެވެ. އެހެންނަމަވެސް އޭނާ ގޮވަމުންދިޔައީ އިތުރު މެގަޒިނެއް ދިނުމަށެވެ. އޭރުވެސް ހުރީ އެވަރުގަދަ އަޒުމަށް ބަދަލެއް ނައިސް މަތިވެރި އަޒުމުގައެވެ. ނަމަވެސް ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ޙުސައިން ޢާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެހިނދު މިފަސްގަނޑު ދޫކޮށް ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ޝަހީދީ ލެއިން ތެންމާލައި، ޝަހީދުވީ އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚްރުވެރި ނަމެއް ހޯދައިދީފައެވެ. މިލޮބުވެތި ވަޠަން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ އުދުވާނީ ހަމަލާގައި ގައުމުގެ ބަޠަލެއްގެ ޝަރަފުވެރިކަމާއިގެންނެވެ. ކޮންމެ ސިފައިންގެ މީހަކަށް ވެސް ނަމޫނާއެއް ދައްކައިދީ، ފަޚްރުވެރި ތިން މެޑަލް ކާމިޔާބު ކޮށްފައެވެ. މާތް ރަސްކަލާނގެ ޝަހީދު ޙުސައިން ޢާދަމްގެ ފުރާނައަށް ބަރަކާތް ލައްވައި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

ހޯއްދަވާފައިވާ ކާމިޔާބީތައް

  • 13 މާރޗް 1985 އިން 13 މާރޗް 1986 އަށް ގަޑިއެއް ނުޖެހި، ސަލާމެއް ނުބުނެ މައްސަލައެއް ދިމާނުވެ، ޑިއުޓީއަށް ގޮސްފައިވާތީ އެކަމުގެ އިނާމު 6 ޖޫން 1986 ވީ ސިފައިންގެ އަހަރީ ދުވަހު ލިބިފައިވެއެވެ.
  • 13 މާރޗް 1986 އިން 13 މާރޗް 1987 އަށް ޕެރޭޑް ހާޟިރީން އެންމެ ރަނގަޅު މީހުންގެ ތެރެއިން ހޮވިގެން އެކަމުގެ އިނާމް 6 ޖޫން 1987 ވީ ސިފައިންގެ އަހަރީ ދުވަހު ލިބިފައިވެއެވެ.
  • މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990 ވަނަ އަހަރު ޝަހީދު ޙުސައިން އާދަމްގެ ހަނދާނަށް ވަނީ އަރުވާފައެވެ.

ލިބިލައްވާފައިވާ މެޑަލްތައް

މެޑަލް ފޯރ އެކްސެޕްޝަނަލް ބްރޭވަރީ (3 ނޮވެމްބަރ 1988)

ޖިހާދުގެ ރަތްމެޑަލް (3 ނޮވެމްބަރ 1988)

3 ނޮވެމްބަރުގެ މެޑަލް (3 ނޮވެމްބަރ 1988)

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އެޕްރީލް 18ކަރުދާސްސިންދު ކޯރުބަރަބޯޖެނުއަރީ 16އިސްޕެނިޝްތޮރާގުޔާނާކާޑު ބަލިޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުކުއްޅަވައްޞިއްޙި ރަގަޅު ޢާދަތައްނާރިނގުމިލަދުންމަޑުލު ދެކުނުބުރިއަޔަލޭންޑުގެ ޖުމްހޫރިއްޔާމުރާކިސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)މަންދޫ (އދ. އަތޮޅު)އެކުވެރި ޢަރަބި އިމާރާތުނޮވެމްބަރު 9ޖިންސީ އެދުންވެރިކަން ދަށްވުން (ފިރިހެނުން)ނޭވާލާ ނިޒާމްޗިން ޝީ ހުއަންގއިންޑިޔާގެ ޑެމޮގްރަފީއިނގިރޭސިވިލާތްއަނދުން މިޔަރުޖެނުއަރީ 4ޖޫން 6ގާދޫ (ލ. އަތޮޅު)ނަންނުގަތިޕާކިސްތާންކަޅައިދޫ (ލ. އަތޮޅު)މެއި 4ލޭއެޅުންކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)ނައިވާދޫ (ހދ. އަތޮޅު)Tokyoސުލްޠާން މުޙައްމަދު ބިން ޢަބްދިﷲއޮކްޓޫބަރު 4އައްޑުއަތޮޅުފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްއެޕްރީލް 14ޖުލައި 14ދިވެހިބޭސްGޒަކާތްލައުރޭޝިއާޖެނުއަރީ 23ޑެންގީ ހުންއޮގަސްޓު 28މާޅޮސް (ބ. އަތޮޅު)ބެލައިޒް ބެރިއަރ ރީފްBasque languageފަރަންސޭސިވިލާތްފެބްރުއަރީ 11ސިޓީގަނޑު ދުވަނިރާޒުވާހޯރަފުށި (ހއ. އަތޮޅު)ރީނދޫ އުރަހަ ކަންނެލިއޮކްޓޫބަރު 2ކަރުބަލާ ހަނގުރާމަ🡆 More