ލިޔުކީމިޔާ (އިނގިރޭސި ބަހުން: Leukemia)އަކީ ކަށީގެ މަދަށްޖެހޭ ކެންސަރު އެވެ.
ލޭގެ ހުދު ސެލް، ލޭގެ ރަތް ސެލް އަދި ޕްލޭޓްލެޓްސް އުފައްދަނީ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރަށް ޢާންމުކޮށް ކިޔައި އުޅެނީ ލިޔުކީމިޔާ އެވެ. މިލަފުޒުގެ މާނައަކީ ހުދުކުލައިގެ ލެޔެވެ. ލޭގެ ކެންސަރު ޖެހިއްޖެނަމަ ކަށީގެ މަދުން އުފައްދާ ލޭގެ ސެލްތައް އުފެއްދުން މަދުވެގެން ދެއެވެ. ލިޔުކީމިޔާ ޖެހިއްޖެނަމަ ވަރަށް އަވަހަށް ބަލީގެ އަސަރުތައް ހަށިގަނޑުގެ ތެރޭގައި ބޮޑުވެގެން ދެއެވެ. މިބަލީގައި މީހުން މަރުވެގެންދަނީ ލޭމަދުވެގެން ނުވަތަ ލޭއައުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ނުވަތަ ތަކުރާރުކޮށް އެކިއެކި ބަލިބަލީގެ ޖަރާސީމް ހަށިގަނޑަށް ހަމަލާދީގެންނެވެ.
ލިޔުކީމިޔާ ޖެހިއްޖެނަމަ ބައެއް ފަހަރު ބަލީގެ މުއްދަތު ވަރަށް ކުރުވެ، މަރާ ކުރިމަތިލާން ޖެހެއެވެ. އަދި އަނެއްބައި ފަހަރު އެކަށީގެންވާ ދިގުމުއްދަތެއް ބަލީގައި ހޭދަކުރަން ޖެހެއެވެ. ބަލީގެ މުއްދަތުގެ ދިގުކުރުމިން ބިނާވެފައި އޮންނަނީ ބަލީގެ ސީރިއަސްކަން ހުރި ނިސްބަތެއްގެ މައްޗަށާއި، ބަލިޖެހިފައިވާ ލޭގެ ހުދު ސެލްގެ ބާވަތުގެ މައްޗަށެވެ. ލޭގެ ތެރޭގައި ހިމެނޭ ލޭގެ ހުދު ސެލް ހަރަކާތްތެރިވަނީ ބަލިބަލިން ހަށިގަނޑު ދިފާޢުކޮށް ދިނުމުގައެވެ. ލޭގެ ހުދު ސެލްގެ ވަރަށް ގިނަ ބާވަތްތައް ލޭގެތެރޭގައި ހިމެނެއެވެ. ލެޔަށް ޖެހިފައިވާ ކެންސަރު ބަހާލެވިފައިވަނީ މައިގަނޑު 2 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އެކިއުޓް ލިޔުކީމިޔާ އެވެ. މިބާވަތުގެ ކެންސަރު ޖެހިއްޖެނަމަ ބަލިޖެހޭތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބަލީގެ އަސަރުތައް ބޮޑުވެ، މީހާގެ ހާލު ދެރަވެ، ފުރާނަޔަށް ނުރައްކާވާގޮތް ވެއެވެ. ދެވަނަ ބަޔަކީ ކްރޮނިކް ލިޔުކީމިޔާ އެވެ. މިބާވަތުގެ ކެންސަރު ޖެހިއްޖެނަމަ ފުރާނަޔަށް ނުރައްކާވާގޮތް ވަނީ ވަރަށް ގިނަ ދުވަހުންނެވެ.
ކުޑަކުދިންނަށް ގިނައިން ޖެހޭ ލިޔުކީމިޔާއަށް ކިޔަނީ އެކިއުޓް ލިމްފޯބްލާސްޓިކް ލިޔުކީމިޔާ އެވެ. މިއީ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ލިމްފޮސައިޓް އަށް ޖެހޭ ކެންސަރެކެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ 3/1 އަކީ މިބާވަތުގެ ކެންސަރެވެ. މިއީ އުމުރުން 7-2 އަހަރާއި ދެމެދުގެ ކުދީންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. އުމުރުން 15 ވުމަށްފަހު މިބާވަތުގެ ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ބޮޑެތި މީހުންނަށް ޖެހޭ ލޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހިމެނޭ މައިލޮއިޑް ސެލްއަށްޖެހޭ ކެންސަރުއެވެ. މިބާވަތުގެ ކެންސަރު ޖެހުމަށް ކިޔަނީ އެކިއުޓް މައިލޯޖިނަސް ލިޔުކީމިޔާ އެވެ.
ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ލިޔުކީމިޔާ އުފެދުމާއި ގުޅުންހުރިކަމަށް ބެލެވޭ ކަންތައްތަކެއްވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި:-
އެކިއުޓް ލިޔުކީމިޔާ އަކީ ބަލިޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާގެ ހާލަތު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގެންގޮސްދޭ ކެންސަރުގެ ބާވަތެކެވެ.
މިބާވަތުގެ ޓެސްޓް ދެނެގަތުމަށް ލޭގެ ޓެސްޓް، ކަށީގެ ޓެސްޓް، އަދި އެކްސްރޭ ނަގައިގެން ބަލައެވެ.
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ރޭޑިއޭޝަންގެ ފަރުވާދެނީ މައިބަދަ އަދި ސިކުނޑިއަށް އަސަރުކޮށްފައިވާނަމަ އެވެ
ކްރޮނިކް ލިޔުކީމިޔާގައި ފުރާނަޔަށް ގެއްލުންވާ ހިސާބަށް ނުގޮސް ގިނަ ދުވަސްތަކެއް ހޭދަވެގެން ހިގައިދާނެއެވެ. ކްރޮނިކް ލިޔުކީމިޔާ ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކްރޮނިކް ލިމްފޮސައިޓް ލިޔުކީމިޔާ އަދި ކްރޮނިކް މައިލޮއިޑް ލިޔުކީމިޔާ އެވެ.
ކަށީގެ މަދު ބަދަލުކުރުމަކީ ލިޔުކީމިޔާ ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ކުރުމުގައިކޮށްއުޅޭ ކަމެކެވެ. ކަށީގެ މަދުބަދަލުކުރަނީ ބަލިމީހާ އާއި ޢާއިލީ ގޮތުން ގުޅުންހުރި މީހެއްގެ ކަށީގެ މަދުން ދިޔަ ނަގައިގެން އެދިޔަ ނާރުގެ މަގުން ބަލިކުއްޖާގެ ލޭގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިފަރުވާ ދިނުމުގެ ކުރިން ބަލިކުއްޖާ ޚާއްޞަ ގޮތްތަކަކަށް ތައްޔާރުކުރަން ޖެހެއެވެ. ޑޯނަރއެއްގެ ގޮތުގައި ޚިޔާރުކުރަން އެންމެ ރަގަޅީ ބަލިކުއްޖާގެ އެއްބަނޑު އެއްބަފައި، އެއްބަފައި، ނުވަތަ އެއްބަނޑު ކުއްޖެކެވެ. ކަށީގެ މަދު ބަދަލުކުރުމުގައި ބަލިކުއްޖާގެ ލޭގެތެރެއަށް ފޮނުވާލެވޭ ދިޔައިގައި އެކުލެވޭ ސެލްތައް ގާތްގަނޑަކަށް ދެތިން ހަފްތާގެ ތެރޭގައި އެކުއްޖެއްގެ ކަށީގެ މަދާއި ހަމައަށް ދަތުރުކޮށް، އެކުއްޖަކަށް ބޭނުންވާ މިންވަރަށް ލޭގެ ރަތްސެލް، ލޭގެ ހުދުސެލް އަދި ޕްލޭޓްލެޓްސް އުފައްދަން ފަށައެވެ.
This article uses material from the Wikipedia ދިވެހިބަސް article ލޭގެ ކެންސަރު, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.