ދިމިޝްޤު

ދިމިޝްޤަކީ ސޫރިޔާ ގެ ވެރިކަން ކުރާ ރަށެވެ.

އަދި އެއްމެ ބޮޑު ޝަހަރެވެ.

ދިމިޝްޤު އޮންނަނީ ސޫރިޔާގެ ހުޅަގު ދެކުނު ބިތުގައެވެ. ކަނޑުގެ ސަތަހައަށްވުރެ 2130 ފޫޓު މަތީގައި އޮންނަ މިރަށަކީ މިހާރު ސޫރިޔާގެ ވެރިރަށެވެ.

ދިމިޝްޤު އަކީ އެންމެ ދުވަސްވީ އެއްރަށް ކަމުގައި ބެލެވެއެވެ. މީލާދީގެ 732 އަހަރު ކުރިން އާޝޫރީންގެ ބާރުދަށަށް ދިމިޝްގު ދިޔައެވެ. އެއީ އެދުވަސްވަރު ދިމިޝްޤު ގައި އޮތް އާރާމިޔާ އިންގެ ރަސްކަން ވެއްޓުމަށް ފަހުގައެވެ.

މީލާދީގެ 64އަހަރު ކުރިން ރޯމަނުން ދިމިޝްޤަށް ވެރިވުމާއި އެކު ކްރިސްޓިއަން ދީން ދިމިޝްޤު ގައި ފެތުރިގެން ދިޔައެވެ.

ހިޖުރައިން 14ވަނަ އަހަރު މުސްލިމުން ދިމިޝްގު ފަތަހަ ކުރިއެވެ. އެއަށް ފަހު މުޢާވިޔަތު ބިން އަބީ ސުފުޔާން ވެރިއަކަށް ހުންނަވައިގެން ދިމިޝްގު އިމާރާތް ކުރެއްވުމުގެ މަސައްކަތް ފެށުނެވެ. މި މަސައްކަތަށް 20އަހަރު ނެގިކަމުގައި ބުނެވެއެވެ.

އުމަވީ ދައުލަތުގެ ދުވަސްވަރު ވެރިރަށެއްގެ ގޮތުގައި ދިމިޝްގު ބޭނުން ކުރެވުނެވެ.

އުމަވީންނާއި، އައްބާސީންގެ ދުވަސްވަރަށްފަހު ޠޫލުންނާއި، ފާތިމީންގެ ބާރުގެ ދަށުގައި ވެސް ދިމިޝްގު އޮތެވެ. މީލާދީން 1260ވަނަ އަހަރު ޢުޘްމާނީން ދިމިޝްގު އަޅުވެތިކުރުމާއި އެކު ދިމިޝްގު އެމީހުންގެ ބާރުގެ ދަށަށް ދިޔައެވެ.

ޢުޘްމާނީންގެ ބާރުގެ ދަށުގައި މީލާދީން 1918ވަނަ އަހަރާއި ޖެހެންދެން ދިމިޝްގު ދެމިއޮތެވެ.

1920ވަނަ އަހަރު ފަރަންސޭސިން ދިމިޝްގު އަޅުވެތި ކުރުމަށް ފަހު ސޫރިޔާއިން މިނިވަންކަން އިޢުލާން ކުރަންދެން ދިމިޝްގު އޮތީ ފްރާންސްގެ ބާރުގެ ދަށުގައެވެ. ފްރާންސް ސިފައިން އެއްކޮށް ދިމިޝްގުއިން ފައިބައިގެން ދިޔައީ 1946 ވަނަ އަހަރުގެ ތެރޭގައި ސީރިޔާ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއި ގުޅިގެންނެވެ.

ދިމިޝްގުގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި އުމަވީ، އައްސުލްޠާނު ސަލީމު، ސުލައިމާނިއްޔާ، ބާޝޫރާ، ސަޤީފާ، މިނަންތައް ދެވިފައިވާ މިސްކިތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ފައްޅިތަކާއި، ބާޒާރު ތަކަކީ ވެސް ފާހަގަކޮށްލެވޭނެ އާޘާރުތަކެވެ.

ދިމިޝްޤު މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.

Tags:

ސޫރިޔާ

🔥 Trending searches on Wiki ދިވެހިބަސް:

2001އޮގަސްޓު 20ޖުލައި 3އެޕްރީލް 7ޖުލައި 22ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުހަވީރު ނޫސްޔުނައިޓެޑް ކިންގްޑަމްއޮކްޓޫބަރު 14ޖޫން 20i1nd7ޖޫން 4ބެލްގޮރޯޑްDid You Know Archivesސެޕްޓެމްބަރު 5ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)1998އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުޙައްޖުއޮގަސްޓު 22މައުރިބުޖޫން 11އޮޅުދޫކަރަޑިސެމްބަރު 20މައްކާމާރޗް 31މަސްޖިދުލްޙަރާމްއިސްލާމީ ފަލްސަފާއިބްރާހިމް އަހުމަދުދީދީރައިވަރުތޫނިސް1989ރަސްމީ ބަސްމެއި 29އުމަވީ ދައުލަތްމައި ޞަފްޙާފެބްރުއަރީ 10މާރޗް 19ޤައުމީ ސަލާމްޖުލައި 26ޞަޙާބީންއެޕްރީލް 8ޢިރާޤުއެޕްރީލްއާމިނަތު އަމީލާވިކިޕީޑިޔާޱަވިޔަނިއޮގަސްޓު 21ފަރުޖުގެ ތުންފަތްއެކުވެރި ދައުލަތްތައްފެބްރުއަރީ 15ފަރަންސޭސިއިލްޔާސް އިބްރާހީމްޖޫން 22އޮކްޓޫބަރު 7އިސްލާމް ދީނުގައި ކައިވެނިވިއެޓުނާމުޖިމީ ވޭލްސްHenry Wilsonމެއި 5ފެބްރުއަރީ 5އުތީމު ގަނޑުވަރުފެބްރުއަރީމާރޗް 22🡆 More