ބޯރޯން

ބޯރޯން(އިނގިރޭސި ބަހުން: Boron) އަކީ ގަސްގަހާއި ގެއްސަށް ބޭނުންވާ އަސާސީ މާއްދާ އެކެވެ.

ނަމަވެސް އިންސާނުންނަށް ވެސް މިމާއްދާގެ ބޭނުން ބޮޑުކަން މިހާރުވަނީ އެނގި ސާބިތުވެފައެވެ. ބޯރޯން އަކީ ހަށިގަނޑުގެ ކަށިތަކާއި ހުޅުތަކުގެ ހަރަކާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ޚާއްޞަކޮށް ދަތުގެ ބޭރު ފަށަލަ އަށް ވަރަށް މުހިއްމު އެއްޗެކެވެ. ބޯރޯން ހަށިގަނޑުގައި މަސައްކަތްކުރަނީ ހަށިގަނޑުގައިވާ ސެލޯށި ތަކާއި އެކުއެކީގައެވެ. މިމާއްދާ ހަށިގަނޑުގައި ބޭނުންވަރަށްވުރެ އިތުރުނަމަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާނެއެވެ. އަދި ބޭނުންވާ ވަރަށް ވުރެ މަދުވެއްޖެނަމަ ހުޅުތައް ދުޅަވުން އަދި ކަށި ފީވުން އޭ ކިޔާ ބަލީގެ އުދަގޫތައް ދިމާވާގޮތް ވެއެވެ. ބޯރޯން ގިނަ އަދަދަކަށް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި، މޭވާ، ތަރުކާރީ، ސޯޔާބީން، އަދި އެކިވައްތަރުގެ މަދު ހިމެނެއެވެ. މިތަކެތީގައި މިމާއްދާ ހުންނަވަރު ބިނާވެގެންވަނީ ހައްދާ ބިމުގެ ގޮތުންނެވެ. ބޯރޯންގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)(ކެއުމަށް ލަފާދޭ މިންވަރު) އެއް ނޯވެއެވެ. މީހަކަށް ދުވަހަކަށް 2-7 މިލިގްރާމް އާއި ދެމެދުގެ ބޯރޯން ބޭނުންވާނޭ ކަމަށް ބެލެވެއެވެ. ބޯރޯން އަކީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. މިމާއްދާއިން ވިހަވެދާނެ ކަަމަށް ބެލެވެނީ ދުވަހަކަށް 100 މިލިގްރާމް އަށްވުރެ އިތުރަށް ކެއުމުންނެވެ.

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

1998ޗެކް ރިޕަބްލިކްކޭލަކުނުއުޒްބެކިސްތާންކަނޑުއުނިޔަ އާއިލާ (މަސް)މައި ޞަފްޙާޖޫންއޮގަސްޓު 3Shock siteމާލީއޮގަސްޓު 6ދިރޭރަހައޭރުމޭނިއާސެޕްޓެމްބަރު 14ދިވެހިރާއްޖެއިނގިރޭސިރޫސީވިލާތުގެ ނިޝާންކޮރެޔާ ބަސްއެޕްރީލް 1އެޕްރީލް 30ދިވެހި ރުފިޔާCanadaމުސްލިމް ނަބީންކީރިތި ޤުރުއާން ބާވައިލެއްވި ހަތް އަކުރު.ޓުރާންސްނިސްޓުރިއާޖުލައި 10ހޯމަ ދުވަސްލޭމައްޗަށްދިއުންޖުލައި 29ދާއޫދުގެފާނުޢައިޝަތު ޢަލީ މަނިކުސުލްޠާން ޢުމަރު (ދެވަނަ)އިސްލާމް ދީނުގައި ކައިވެނިކާލް ފްރީދްރީޝް ގައުސްމައްކީ އާއި މަދަނީ ސޫރަތްޖިމީ ވޭލްސްނިއުމޯނިޔާމުޙައްމަދު ފައިޞަލް (ދިވެހި ފިލްމީ ތަރި)ބައިލް ސޯލްޓްދާގަސްސާރޖަންޓް މުޙާއްމަދު އިބްރާހީމް (މުދިމް)Googleއޭޝިއާހަންގޭރީރިޗަރޑް ރ. ބެރޮންކެންބޯޑިއާތިމަރަ ބަލިނިގޫދިގު ކަންނެލިމޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންޕާކިސްތާނުގެ ޑެމޮގްރަފީ20032011އިކޮލޮޖީފުރަމޭ ދުޅަވުންއޫރު ރޯގާއޮސްޓްރިއާއިރަވީ ނިޒާމު2013ކުރޮއޭޝިއާސެޕްޓެމްބަރު 3ތިލަދުންމަތީ އުތުރުބުރިއަފްޣާނިސްތާންއޮގަސްޓު 15ލެސޯތޯ2012🡆 More