އިންސާނާގެ ހަށިގަނޑުގައި ހިނގާ ލޭހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވައި ދިނުމުގައި ނުވަތަ ލޭހިނގުމުގައި ވަކި މިންވަރެއްގައި އަބަދުވެސް ހިނގަހިނގާ ހުރެއެވެ.
ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު ނުވަތަ ލޭގެ ޕްރެޝަރުހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީ ލޭމައްޗަށްދިއުން ކަމުގައި ބެލެވެއެވެ. ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.
ލޭމައްޗަށްދިއުން(އިނގިރޭސި ބަހުން: Hypertension) އަކީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ މިންގަނޑު ނުވަތަލޭގެ ޕްރެޝަރު އާންމުކޮށް ހުންނަން ޖެހޭ މިންވަރަށްވުރެ މަތީ މިންވަރެއްގައި ނުވަތަ މަތިކޮށް ހުރުމެވެ. ލޭމައްޗަށް ހިގައްޖެ ކަމަށް ބަލާނީ ހިތުން ލޭ ފޮނުވައިދިނުމުން އުފެދޭ ޕްރެޝަރު ނުވަތަ ސިސްޓޮލިކް ޕްރެޝަރު 140 މިލިމީޓަރު މާކަރީއަށް ނުވަތަ އެއަށްވުރެ މައްޗަށް ދިއުމާއެކު، ހިތުން ލޭ ފޮނުވާލުމަށްފަހު ހިތް މަޑުޖެހިލާ (ހަމައަކަށްއެޅޭ) ވަގުތުކޮޅު އުފެދޭ ޕްރެޝަރު ނުވަތަ ޑަޔަސްޓޮލިކް ޕްރެޝަރު 90 މިލިމީޓަރު މާކަރިއަށް ވުރެ މައްޗަށް ދާއިމީ ގޮތެއްގައި ދިއުމުންނެވެ.
ލޭމައްޗަށްދިއުމޭ ބުނެވެނީ ދާއިމީ ސިފައެއްގައި ލޭގެ ޕްރެޝަރު މަތިވެފައިވާނަމަ އެވެ. ލޭގެ ޕްރެޝަރު ބަލާއިރު ދެމިނެއް ފާހަގަ ކުރެވެއެވެ. އެއީ ސިސްޓޮލިކް ޕްރެޝަރު އަދި ޑަޔަސްޓޮލިކް ޕްރެޝަރު އެވެ.
ސިސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Systolic Pressure) އަކީ ހިތް ކޮންޓްރެކްޓް(އިނގިރޭސި ބަހުން: Contraction) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ.އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭ ފޮނުވައިދިނުމުން އާޓަރީ ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އާޓަރީ ތެރޭގައި އުފެދޭ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 120 އެވެ.
ޑަޔަސްޓޮލިކް ޕްރެޝަރު(އިނގިރޭސި ބަހުން: Diastolic Pressure) އަކީ ހިތް ރިލެކްސް(އިނގިރޭސި ބަހުން: Relaxation) ވާއިރު އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ނުވަތަ އާޓަރީގެ ތެރޭގައި ހުންނަ ލޭގެ ޕްރެޝަރެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހިތުން ލޭފޮނުވާދިނުމަށްފަހު މަޑުޖެހިލާ ވަގުތުކޮޅު ނުވަތަ ހަމައަކަށް އެޅޭ ވަގުތުކޮޅުގައި އާޓަރީގެ ތެރޭގައި ލޭދައުރުވާ ބާރުމިން ނުވަތަ އާޓަރީ ތެރޭގައި އުފެދޭ ޕްރެޝަރު އެވެ. ލޭގެ ޕްރެޝަރު ބަލާއިރު މަތީގައި އިންނަ ޢަދަދަކީ ސިސްޓޮލިކް ޕްރެޝަރު ހުންނަ ވަރެވެ. އާންމު ގޮތެއްގައި އެއީ 80 އެވެ.
އެހެން ކަމުން ލޭގެ ޕްރެޝަރު އާދައިގެ ގޮތެއްގައި ހުރިނަމަ ލިޔެފައި އިންނާނީ 80/120 މިލިމީޓަރު މާކަރީ މިހެންނެވެ. ލޭމައްޗަށްދިއުމުގެ ދެވައްތަރެއް ވެއެވެ. އެއީ ޕްރައިމަރީ ހައިޕަރޓެންޝަން އަދި ސެކަންޑަރީ ހައިޕަރޓެންޝަން އެވެ.
ޕްރައިމަރީ ހައިޕަރޓެންޝަން (އިނގިރޭސި ބަހުން: Primary Hypertension) އަކީ ވަކި ސަބަބެއް ބުނެދޭން ނޭގި ލޭމައްޗަށްދިއުން މެދުވެރި ވުމެވެ. ސެކަންޑަރީ ހައިޕަރޓެންޝަން(އިނގިރޭސި ބަހުން: Secondary Hypertension) އަކީ ހަށިގަނޑުގައި ހުރި އެހެން ބައްޔެއްގެ ސަބަބުން ލޭމައްޗަށްދިއުން މެދުވެރިވުމެވެ.
ލޭގެ ޕްރެޝަރު ބަލާއިރު އާންމު ގޮތެއްގައި ހުންނަނީ 120/80 ގައެވެ. 120 އެއީ ސިސްޓޮލިކް ޕްރެޝަރު އެވެ. 80 އެއީ ޑަޔަސްޓޮލިކް ޕްރެޝަރު އެވެ. ސިސްޓޮލިކް ޕްރެޝަރު އަކީ ހިތުން ލޭ ބޭރަށް ފޮނުވާދޭއިރު ހުންނަ ޕްރެޝަރު އެވެ. ޑަޔަސްޓޮލިކް ޕްރެޝަރު އަކީ ލޭނާރުގެ ތެރޭގައި ހުންނަ ޕްރެޝަރު އެވެ. ނުވަތަ ހިތުން ލޭބޭރުކޮށްލުމަށްފަހު ހިތް އަރާމުކޮށްލާ ވަގުތު ނުވަތަ ހިތުން ލޭ ޕަމްޕްނުކުރާ ވަގުތު ހުންނަ ޕްރެޝަރު އެވެ.
ކެޓަގަރީ | ސިސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ | ޑަޔަސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ |
---|---|---|
ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންވަރު މީހާގެ އުމުރާއި ވަރަށް ބޮޑަށް ގުޅިފައި ވެއެވެ. ޒުވާން އުމުރުގައި ޕްރެޝަރު ބަލާއިރު 90/140 ގައި ހުރެއްޖެނަމަ މިއީ މަތީ އަދަދެކެވެ. މެދު އުމުރަށްވުރެ މައްޗަށް ދިއުމުން 90/140 ގައި ހުރިނަމަ އަދި ބޭސް ނުކައި ޑޮކްޓަރުގެ އިރުޝާދުގެ މަތީން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އިރުޝާދު ދޭނެއެވެ. ހަށިގަނޑަށް ނުރައްކާވަނީ ސިސްޓޮލިކް ޕްރެޝަރު 90 އަށްވުރެ މަތީގައި ހުރެފައި އަދި ޑަޔަސްޓޮލިކް ޕްރެޝަރު 140 އަށްވުރެ މަތީގައި ހުރެއްޖެ ނަމައެވެ.
ކެޓަގަރީ | ސިސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ | ޑަޔަސްޓޮލިކް ޕްރެޝަރު, މިލިމީޓަރު މާކަރީ |
---|---|---|
ލޭމައްޗަށް ދިއުމުން ފަރުވާ ނުހޯދައި ގިނަދުވަސް ވުމުން ލޭނާރުތަކުގެ ތެރޭގައި މައްސަލަ ޖެހި، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
ޑޮކްޓަރުން ލޭގެ ޕްރެޝަރު ދަށްކުރުމަށްޓަކައި ދޭ ބޭސް ގަވާއިދުން މެދުނުކަނޑާ ކާންވާނެއެވެ. އަދި ގަވާއިދުން ޕްރެޝަރު ބަލާ ރިކޯޑްކޮށް ބަލަހައްޓަން ވާނެއެވެ.
ލޭމައްޗަށް ދިއުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
This article uses material from the Wikipedia ދިވެހިބަސް article ލޭމައްޗަށްދިއުން, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.