ތައުޙީދު

ތައުޙީދަކީ އިސްލާމް ދީނުގައި ﷲ ގެ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ.

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން
ތައުޙީދު
އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ތަޢުރީފު

އެއީ އެންމެހައި ފުރިހަމަ ސިފަފުޅުތަކެއް ޚާއްސަވެގެން ވަނީ އަޅަމެން ހައްދަވައި ގެންގުޅުއްވާ ރައްބަށްކަން އަޅާ ދަނެ، އެ ކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެ ކަމަށް އިޢުތިރާފުވެ، އެކަމަށް އީމާންވެ، އެ ކަމުގައި އެކަލާނގެ އެއްކައުވަންތަކުރުމާއި، އަދި އެއާއެކު، އެކަލާނގެ ފުރިހަމަކަމުގައި އެކަލާނގެއާ އެއްވެސް ޝަރީކަކު، ބައިވެރިއަކު، އަދި އަޅައި­ކިޔޭ މިސާލުޖެހޭ ފަރާތެއް ވެސް ނުވާ ކަމާއި، އެކަލާނގެ ހެއްދެވި އެންމެހައި ޚަލްޤުތަކުންގެ މައްޗަށް އުލޫހިއްޔަތާއި، ޢުބޫދިއްޔަތު ލިބިގެންވަނީ (އެބަހީ: އަޅުކަމާއި އަޅުވެތިކަން ޙައްޤުވެގެން ވަނީ) ހަމައެކަނި އެކަލާނގެއަށް ކަން އިޢުތިޤާދުކޮށް ދެން އެއަށްފަހުގައި އަޅުކަމުގެ އެންމެހައި ބާވަތްތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.

ތައުޙީދު ބެހޭ ބައިތައް

ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ނައްޞުތަކަށް ބެއްލެވުމަށްފަހު ޢިލްމުވެރިން ތައުޙީދު ތިން ބަޔަކަށް ބައްސަވައެވެ.

ތައުޙީދުއްރުބޫބިއްޔާ

އެއީ ޚަލްޤުކުރެއްވުމާއި، ރިޒުޤުދެއްވުމާއި، ތަދުބީރު ކުރެއްވުމާއި ތަރުބިއްޔަތާއި، މި އެންމެހައި ކަންކަން ލިބިވޮޑިގެންވަނީ ހަމައެކަނި އަޅަމެންގެ ރައްބަށް ކަމާއި، މި ކަންކަމުގައި އެކަލާނގެ އެއްކައުވަންތަވެވޮޑިގެންވާކަން، އިޢުތިޤާދުކުރުމެވެ.

ތައުޙީދުލް އަސްމާއި ވައްޞިފާތި

އެއީ ﷲ ތަޢާލާ އެކަލާނގެ ނަފްސުފުޅަށް ސާބިތުކުރައްވާފައިވާ، އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެކަލާނގެއަށް ސާބިތު ކުރައްވާފައިވާ އެންމެހައި ރިވެތި އިސްމުފުޅުތަކާއި އެ އިސްމުފުޅުތަކުން ދަލީލުކޮށްދޭ ސިފަފުޅުތައް، ތަޝްބީހުކުރުމެއް، ތަމްޘީލުކުރުމަކާ ނުލައި، އަދި ތަޙްރީފުކުރުމެއް ތަޢްޠީލުކުރުމަކާ ނުލައި އެކަލާނގެއަށް އެ އިސްމުފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރުމެވެ.

ތައުޙީދުލް ޢިބާދާ (ތައުޙީދުލް އުލޫހިއްޔާ)

އެއީ އަޅުކަމުގެ ހުރިހައި ވައްތަރަކާއި ބާވަތެއް ހަމައެކަނި ﷲ އަށް އަދާކުރުމެވެ. އަދި އަޅުކަމުގައި ﷲ އެއްކައުވަންތަ­­ކުރުމާއެކު، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޝަރީކުކުރުމަކާ ނުލައި، އެ އަޅުކަމުން ބައެއް އެޅުމަކާ ނުލައި އެކަން ކުރުމެވެ.

ފަހެ ތައުޙީދުގެ މި ތިން ބަޔަކީ، އަޅާ މި ހުރިހައި ބައެއްގައި ހިފަހައްޓައި މި ޢަޤީދާ­ގައި ކުރިއަށް ގޮސްގެން މެނުވިީ، އެ އަޅާއީ ﷲ އެއްކައުވަންތަކުރާ މުވައްޙިދަކަށް ނުވާނޭ ތިން ބައެވެ.

ފުޓްނޯޓް

ރެފަރެންސް

Tags:

ތައުޙީދު ތަޢުރީފުތައުޙީދު ބެހޭ ބައިތައްތައުޙީދު ފުޓްނޯޓްތައުޙީދު ރެފަރެންސްތައުޙީދުއެއްކައުވަންތަކަން

🔥 Trending searches on Wiki ދިވެހިބަސް:

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުހަރަކާތުގެ ބަލިބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )ކެމަރޫންގޫގްލްމާރޗް 14އަޑު ފޮށިޖީޒާގެ ޕިރަމިޑްފެހި އޮށްލޭގެ ކެންސަރުރޫސީވިލާތްޙުސައިން ޞަލާޙުއްދީންހުރާގޭ ދަރިކޮޅުލާއޯސްސީރާނޮވެމްބަރު 25ވިލާތު ބަށިލައްޓިއިސްޕެއިންސެލެނިއަމްކާރސް (ކާރޓޫނު ފިލްމު)މޯލްޓާމަހުލުނބޯތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަޖޫން 26ޔުނައިޓެޑް ކިންގްޑަމްއުމަވިއްޔަ ދައުލަތްމެއި 16އާޖެންޓީނާބައިބަލްބެކްޓީރިޔާއެންގޯލާJulius CaesarBފަރުޖު ދުޅަވުންއެކުމާފާނުލީޝްތެންސްޓީންއޮސްޓްރިއާމާރޗް 7ކުޑަ ގޮހޮރުއިސްޕެނިޝްކީރިތި ޤުރުއާންހައިޕޯތަލަމަސްޔުލިސެސް ސ. ގްރަންޓްނިއުދިއްލީޖެނުއަރީ 6ޖެނުއަރީ 8ސެޕްޓެމްބަރު 12ފީޒިޔާއީ އިލްމުޖޯޖިޔާ (ޤައުމު)ކުޑަވައި އިނގިލިބަޣުދާދުސައޮ ޕައުލޯޢަރަބިރަތުލޯވާދޫ ދަންނަ ކަލޭގެފާނުޤުދުސްޙަދީޘްއާފަލްގަލާޕެގޮސް އައިލެންޑްސްއަބޫ ޖަހުލު ރުއްއޮޅުދޫކަރައައިޒަލް އޮފް މޭންޤުރުޠުބާ ( ސްޕޭން )ވިއެޓުނާމުފަރަންސޭސި ގީނާލައިބީރިއާކޮސްޓަރީކާއޮކްޓޫބަރު 31ޖިމީ ވޭލްސްތުރުކުމެނިސްތާންއޮގަސްޓު1989ތިކިޖެހި ތާނަޔޫސުފުގެފާނު🡆 More