ހިތް ހުއްޓުން

ހިތް ހުއްޓުން(އިނގިރޭސި ބަހުން: Cardiac Arrest) އަކީ ހިތް ކޮންޓްރެކްޓުވުން ފޭލްވުމުގެ ސަބަބުން ކުއްލި އަކަށް ހަށިގަނޑުގެ ބައިތަކަށް ލޭފޯރުކޮށްދިނުން ހުއްޓުމަކަށް އައުމެވެ.

ބައެއް ފަހަރު ހިތް ހުއްޓުން އަށް ލޭދައުރުވުން ހުއްޓުން މިހެން ވެސް ކިޔައި އުޅެއެވެ. ހިތް ހުއްޓުމުން ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށެއް ނުދޭނެއެވެ. މިހާލަތަށް ކުއްލިއަކަށް ހިތް ހުއްޓުން މިހެން ވެސް ކިޔައެވެ.

ހިތް ހުއްޓުން ކުރިމަތިވެއްޖެނަމަ ސިކުނޑި އަށް އޮކްސިޖަން ފޯރުކޮށްދިނުން ހުއްޓި، ހޭނެތުން، ނުވަތަ ޚަބަރު ހުސްވުން، ނޭވާ ހުއްޓުން، ނުވަތަ ނޭވާލުން ދަށްވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ކުއްލިއަކަށް ހިތް ހުއްޓުމަކީ ކުރިން އެއްވެސް އިންޒާރެއް އަދި ސީރިޔަސް ބައްޔެއްގެ އަލާމާތެއް ފެނުމެއްނެތި، ކުއްލިއަކަށް ހިތުގެ ވިންދު އެކީގައި ހުއްޓުމެވެ. މިހެން ދިމާވުމުން ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ސިކުނޑި އަދި އެނޫން ވެސް މުހިއްމު ގުނަވަންތަކަށް ލޭގެންގޮސްދިނުން ހުއްޓެއެވެ. ނަތީޖާޢެއްގެ ގޮތުން މަދު މިނިޓްކޮޅެއްގެ ތެރޭގައި އެގުނަވަންތަކުގެ މަސައްކަތްކުރުން ވެސް ހުއްޓާލައެވެ. އަދި މިމަދު މިނިޓްކޮޅުގެ ތެރޭގައި ހިތުގެ ވިންދު އަލުން އަނބުރާ ނުގެނެވިއްޖެނަމަ، އެމީހާ މިދުނިޔެއާއި ވަކިވެއެވެ.

ކުއްލިއަކަށް ހިތް ހުއްޓުމާއި ހާރޓް އެޓޭކް ޖެހުން އާއި ތަފާތު ތަކެއްވެއެވެ. ހާރޓް އެޓޭކްޖެހުމުގެ މާނައަކީ ހިތުގެ މަސްތަކަށް ލޭ ގެނެސްދޭ ހޮޅިއެއް ބަންދުވުމުގެ ސަބަބުން، ހިތުގެ ހިނގުމަށް ބަދަލުއައިސް މަޑުމަޑުން ހުއްޓުމެވެ. މިހާލަތުގައި ކުއްލިއަކަށް ހިތެއް ނުހުއްޓޭނެ އެވެ.

ހިތް ހުއްޓުން
Checking for respiration.
ހިތް ހުއްޓުން
Checking carotid pulse.
ހިތް ހުއްޓުން
Insulflation mouth-to-mouth.

ކުއްލިއަކަށް ހިތް ހުއްޓުން ދިމާވާ ސަބަބުތައް

  • ހިތުގެ މަސްތަކަށް ލޭގެނެސްދޭ ހޮޅިއެއް ބަންދުވެ، ހިތުގެ މަސްގަނޑުގެ ވަކި ހިސާބެއް މަރުވެއްޖެކަމަށްވާނަމަ، އެތަނުން އެދަތުރުކުރާ ކަރަންޓް އެހެން ހިސާބުތަކަށް ގެންގޮސް ދިނުމުގައި ހުރަސްތަކެއް ދިމާވެއެވެ. ހިތުގެ ކަރަންޓް ދަތުރުކުރަންޖެހޭ ތަރުތީބުން ދަތުރު ނުކުރުމުގެ ސަބަބުން ހިތުގެ ވިންދު ތަކުގެ ތަރުތީބު އޮޅި، ލޭ ޕަމްޕްކުރުމުގައި މައްސަލަ ދިމާވެއެވެ. މިއީ ކުއްލިއަކަށް ހިތް ހުއްޓިދާނެ ސަބަބެކެވެ.
  • ލޭގެ ތެރޭގައި ހިމެނޭ ޕޮޓޭސިއަމް ގިނަވުމަކީ ވެސް ހިތުގެ ކަރަންޓް ސަޕްލައިއަށް އަސަރުކުރާ ކަމެކެވެ. އޭގެ ސަބަބުން ހިތުގެ ވިންދަށް ބަދަލު އައިސް ހިތް ހުއްޓޭގޮތް ދިމާވެއެވެ.
  • ހިތުގެ ވިންދުޖަހާ ތަރުތީބު ނުވަތަ ރިދަމް ބަދަލުގެންނަ ކަންތައްތައް ތަކުގެ ތެރޭގައި ވަކިވައްތަރެއްގެ ބޭސް މާގިނައިން ބޭނުންކުރުމުގެ ސަބަބުން އޭގެ ވިހައިގެ އަސަރު ލޭގެ ތެރެއަށް ފެތުރިގެން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ލޭގައި ދައުރުކުރަންޖެހޭ އޮކްސިޖަން ސަޕްލައި މަދުވުން ވެސް ހިމެނެއެވެ. މިއީ ވެސް ކުއްލިއަކަށް ހިތް ހުއްޓިދާނެ ސަބަބެކެވެ.
  • ސަޔަނައިޑް އަދި ކާބަން މޮނޮކްސައިޑް ފަދަ ވިހަތަކަކީ ލޭގެތެރޭގައިވާ ހިމަގްލޯބިންގެ މަސައްކަތަށް އަސަރު ފޯރުވާ އެއްޗިއްސަށް ވުމާއެކު ލޭގެ ތެރޭގައިވާ އޮކްސިޖަން ސަޕްލައި ދަށްވެ، ހިތުގެ މަސައްކަތަށް އިސާހިތަކު އަސަރުކުރެއެވެ. މިއީވެސް ކުއްލިއަކަށް ހިތްހުއްޓެން ދިމާވާ ސަބަބެކެވެ.
  • މަސްތުވާތަކެތި ކަމަށްވާ ކޮކޭން އަދި މެތަންފިޓަމިން ހިތުގެ މަސައްކަތް އޯވަލޯޑްކުރާ ތަކެއްޗެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުން ހިތުގެ ކަރަންޓްގެ މަސައްކަތަށް ބަދަލުއައިސް ކުއްލިއަކަށް ހިތް ހުއްޓުމަކީ ވެދާނެ ގޮތެކެވެ.
  • ސިކުނޑިއާއި ފަތިނާރުތަކަށް އަސަރުކުރާ ކަހަލަ ބައެއް ބޭސްތައް ކަމަށްވާ ތަދުކަނޑުވާ ބައެއް ބޭސްތަކުން ވެސް ސިކުނޑި ނިންދުވާލައެވެ. ސިކުނޑީގައި އަބަދުވެސް ހޭލާ ހުންނަންޖެހޭ މަރުކަޒުތައް ނިދައިފިނަމަ ނޭވާލުން ފަދަ މުހިއްމު ވަޒީފާތައް ހަދާން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި ހިތުގެ ހިނގުމަށް ބަދަލު އަންނާނެއެވެ.
  • ކުއްލިއަކަށް ހިތްހުއްޓި މަރުވުމަކީ ބައެއް ފަހަރު ނިދީގައި ވެސް ވެދާނެ ކަމެކެވެ. އޭގައި އެއްވެސް ސަބަބެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ޓޮމް އެންޑް ޖެރީސީނުކަރަޖޫން 11ފެބްރުއަރީ 19އޮކްޓޫބަރު 7ދުނިޔެކަޒަކިސްތާން2022އެޕްރީލް 13ފެބްރުއަރީ 9އޮގަސްޓު 20ޞަޙާބީންމާރޗް 30ފެންއުތީމު ގަނޑުވަރުHow to read Thaana scriptމެއި 2މައި ޞަފްޙާމެއި 26ފެބްރުއަރީ 24ޖޫން 16ރިފްޓް ވެލީ ހުންމާރޗް 2އެމެރިކާފަރަންސޭސިވިލާތްމަސްޖިދުލްޙަރާމްލަޑިމިއަރ ޕޫޓިންމުހައްމަދު މުއިއްޒުމާރޗް 22ޖުލައި 26ލޭވިއެޓުނާމުޖެނުއަރީ 30އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނީޖަރުއުމަވީ ދައުލަތްމެއި 5ނީލަމް ސަންޖީވަ ރެއްޑީބިލެތްތުރުކުމެނިސްތާންމައްކާޤައުމީ ދުވަސްކޮތަނބިރި��ިލާ��ު ��ަށިލެސޯތޯއިސްޙާޤުގެފާނުރައިވަރުJohn C. Breckinridgeއެޕްރީލް 25ވެޓިކަން ސިޓީއެޕްރީލް 28Did You Know Archivesބަންގާޅުއިނގިރޭސިޢިރާޤުނޮވެމްބަރުމޮސްކޯއެޕްރީލްޑިސެމްބަރު 25ރަސްމީ ބަސްތޫނިސްޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުމެއި 21މުލިހިމާރޗް 31ފެބްރުއަރީ 15i1nd7🡆 More