ފިޔަލަ

ފިޔަލަ އަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން މާކަނޑުގައި އުޅޭ މަހެކެވެ.

މިއީ ފަތިކޮށް ދުއްރައެއްހެން ހުންނަ އަދި ކަނޑުތެރޭގައި އާދަޔާ ޚިލާފަށް ބާރުމިނެއްގައި ދުވެއުޅޭ މަހެކެވެ. ދޮށީގެ މަސްވެރިކަމުގައި އޮއިވާލިން މަސްވެރިކަންކުރާއިރު މިބާވަތުގެ ކުދިމަސް ވަރަށް ގިނައިން ބޭނިފައި ހުރެއެވެ. އަދި ވަދު ނަނުގައި ވެސް ފިޔަލަ ވަރަށް ގިނައިން ބޭނެއެވެ. އާންމު ގޮތެއްގައި ކަނޑުގައި ދަތުރުކުރާއިރު ފިޔަލައުޅެނީ ޖޯޑް ޖޯޑަށެވެ. ނަމަވެސް އައިން ހަދައިގެން ވެސް އުޅެއެެވެ. މިމަސް ކާނާގެ ގޮތުގައި ބޭނުންކޮށް އުޅެނީ ކުދިމަހާ ކަކުނި ފާނޑުގެ ސޫތްޕާއި ބޯވަ ދިލަ މަހެވެ.

ފިޔަލަ
ފިޔަލަ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 58 އާއި 67 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީ ކޮތަރިބައި ބޮލުން ފެށިގެން ނިގުލާހަމައަށް ދިގުކޮށް ހުރެއެވެ. ނިގޫފަތް ހުންނަނީ ކަފިކޮށެވެ. މަހުގެ ހަށިގަނޑުގައި ވަރަށް ކުދި ހުޅުނބު ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިނޫކުލައެވެ. އަރިމަތީގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ ކަޅުކުލައެވެ. ނަމަވެސް ބަނޑުދަށް ފަރާތް ކޮަތަރިބައިގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. ފިޔަލައަކީ އައިލަ އާއި ވަރަށް ވައްތަރު މަހެކެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޖުލައި 14ޢަރަބިއިލްޔާސްގެފާނުފަރަންސޭސިއެޕްރީލްތާނަ އަލިފުބާގެ ތަރުތީބުމުޙައްމަދު ޖަމީލުދީދީ2001އޮގަސްޓު 18އެޕްރީލް 28މަސްޖިދުލްޙަރާމްވިއެޓުނާމުލޯޖަޕާނުނީޖަރުއިބްރާހިމް އަހުމަދުދީދީފެބްރުއަރީ 13އޮކްޓޫބަރު 8Henry Wilsonފެންޗިކުންގުންޔާފެބްރުއަރީނޯވޭއެޕްރީލް 29ގެގްލިއަލްމޯ މާކޯނީއޮކްޓޫބަރު 4ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމުރޯދަޖޫން 10އެޕްރީލް 5ބަންގާޅުބަހަވިއްޔާތުފަޚުރުވެރި ދިވެހިބަސްDid You Know Archivesއޮގަސްޓު 21މުލިހިމައުމޫނު ޢަބްދުލް ޤައްޔޫމްޙަދީޘްސެޕްޓެމްބަރު 25ޖޫން 23ފެބްރުއަރީ 20ޖޫން 91989ޖުލައި 20މެލޭޝިޔާމާރޗް 8މައުރިބުޑިކް ޗޭނީ��ިލާ��ު ��ަށިނޮވެމްބަރު 2ޖުލައި 13ހިތް ފޭލްވުންނޮވެމްބަރު 28ގޫގްލްޑެންމާކުމޮސްކޯޖޫން 16ޢަޤީދާއެޕްރީލް 13ޖޫން 21ހަވީރު ނޫސްވިޓަމިން އޭޖުލައި 6ދިވެހިފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްއުމަވީ ދައުލަތްމެއި 2އަރުމީނިއާޖެނުއަރީ 30ޖުލައި 3އިސްލާމް ދީން🡆 More