ވެނޭޑިއަމް

ވެނޭޑިއަމް(އިނގިރޭސި ބަހުން: Vanadium) އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓް ތަކުގެ ތެރޭގައި ހިމެނޭ މަޢުދަނެކެވެ.

ބޮޑުމީހެއްގެ ހަށިގަނޑުގައި 100 މައިކްރޯގްރާމްގެ ވެނޭޑިއަމް ހުރެއެވެ. މިމިންވަރު އެކުލެވިގެންވަނީ، ލޭ، ސެލޯށިތައް އަދި ކަށިތަކުގައެވެ. ވެނޭޑިއަމްގެ ކަނޑައެޅިފައިވާ ވަކި ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ދުވަހެއްގެ ކާބޯތަކެތީގައި 10 އާއި 60 މައިކްރޯގްރާމް އާއި ދެމެދުގެ ވެނޭޑިއަމް ހިމެނޭނަމަ، ފުދޭނެކަމަށް ވެއެވެ. ކާބޯތަކެތީގައި ހުންނަ ވެނޭޑިއަމް އިން ހަށިގަނޑަށް ނެގެނީ އެންމެ 10-5 އިންސައްތައާއި ދޭތެރޭގެ އަދަދަކަށެވެ. ބާކީ ހުންނަ ވެނޭޑިއަމް ނަޖިހާއެކުވެގެން ހަށިގަނޑުން ބޭރުވެގެން ދެއެވެ. ވެނޭޑިއަމް ހަށިގަނޑުގައި މަސައްކަތްކުރަނީ ލޭގެ ތެރެއަށް ހަކުރު ގެންދިއުމަށާއި، ކޮލެސްޓްރޯލް އުފެއްދުމަށާއި، ކަށިތަކާއި ދަތްޕިލާ ފުރިހަމަ ކުރުމަށެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް އެހީވުމާއި، ހޯރމޯން އުފެއްދުމަށް މަސައްކަތްކުރާ އެންޒައިމްތަކަށް ވާގި ދިނުމަކީ ވެސް ވެނޭޑިއަމްގެ މަސައްކަތެކެވެ. އާންމުކޮށް ވެނޭޑިއަމް ކޮށާރު ކުރެވިފައި ހުންނަނީ ހަށިގަނޑުގައި ހުންނަ ފެޓް ގައެވެ. ވެނޭޑިއަމް ހަށިގަނޑުން މަދުވެއްޖެނަމަ، ކޮލެސްޓްރޯލް މައްޗަށްދިއުން، އަދި ހިތުގެ ބަލިތައްޖެހުން، އަދި ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެދެއެވެ. ވެނޭޑިއަމް ލިބޭ ކާނާގެ ތެރޭގައި، ނުކަނޑާހުންނަ ގޮވާން، ޕާން، ތަރުކާރީ ތެޔޮ، އެކިވައްތަރުގެ މަދު، ކިރުކޮޕީފަތް (ލެޓިއުސް)، ސްޓޯބެރީ، ތަފާތު ވައްތަރުގެ ފަރުމަސް، ކަނޑުމަސް، ފަލަމަޑީގެ ބާވަތްތައް ހިމެނެއެވެ. ކާނާގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން ނުކައްކާ ބޭނުންކުރާ ތަކެތީގައި ވެނޭޑިއަމްގެ މިންވަރު ގިނަވާނެއެވެ. އެކަމަކު ސްޓެއިންލެސް ސްޓީލް ތެލީގައި މިފަދަ ތަކެތި ކައްކާނަމަ ވެނޭޑިއަމް ހުންނަ މިންވަރު ދަށަށް ދެއެވެ.


ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ޖުލައި 2އަކުރު ތަރުތީބުން ހެދިފައިވާ ފިހުރިސްތުSay it in Mahlބިންރައިވަރުތުރުކުމެނިސްތާން2022އެޕްރީލް 28ޖުލައި 20ބިލެތްHow to read Thaana scriptވިކިޕީޑިޔާމުލިހިގެގްލިއަލްމޯ މާކޯނީފަރުޖުގެ ތުންފަތްއިންޑޮނޭޝިޔާކްރޮނިކް ފެޓީގް ސިންޑްރޯމްނޮވެމްބަރު 192010ފެބްރުއަރީ 15ޖުލައި 6އޮގަސްޓު 2ފެންސީނުކަރަޖުލައި 3ޑިސެމްބަރު 22ޑިމޮކްރަސީޖުމުލަ އަކަމިނަށް ބަލައިގެން ތަރުތީބުކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުއީރާން2012ލޭމަނަދޫ (ނ. އަތޮޅު)ސެޕްޓެމްބަރު 11ޖުލައި 26ޢިރާޤުޖުލައި 22ސައްކެޔޮޖޫން 11ޔޫ.ޓީ.ސީ.ޖޫން 4ޝަރީޢަތް2008ގޫގްލްއިސްލާމް ދީންދިވެހިރާއްޖެސުލޮވާކިއާސެޕްޓެމްބަރު 21ޖުލައި 14ބެލްގޮރޯޑްނީޖަރުއެޕްރީލް 29އިލްޔާސް އިބްރާހީމް��ިލާ��ު ��ަށިމަސްޖިދުލްޙަރާމްAlphabetic contentsޔޫނާންނޮވެމްބަރު 28ލަޑިމިއަރ ޕޫޓިންރިފްޓް ވެލީ ހުންޢުމަރުގެފާނުއޮގަސްޓު 8ޒަކާތްޑިކް ޗޭނީއެޕްރީލްއެކުވެރި ދައުލަތްތައްފެބްރުއަރީ 24ޖޫން 22🡆 More