ވައި ނޮޅި ނުވަތަ (އިނގިރޭސި ބަހުން: trachea) އަކީ ނޭވާލާ ނިޒާމް ގައި އަޑު ފޮށި އިން ފެށިގެން ވައި ނޮޅީގެ ކަފިއާއި ހަމައަށް އިންނަ ނޭވާ ދައުރުކުރާ ހޮޅިއެކެވެ.
ނޭފަތުން އެތެރެއަށް ވަން އޮކްސިޖަން ފުއްޕާމޭއާ ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެ. އެތެރޭގެ ދިގު ހުރަސް މިނުގައި 25-20 މިލިމީޓަރު ހުންނަ މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ހުރެއެވެ. ވައި ނޮޅީގެ އެޕިތީލިއަމްގެ ވައްތަރަކީ ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް(Pseudostratified ciliated columner epiththelium) އެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލިފަށަލައިގައިވާ ގޮބްލެޓް ސެލް(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް އަޑު ފޮށި ހުރަސްކޮށް އަރުތެރެ އަށް ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ.
ވައި ނޮޅި | |
---|---|
Conducting passages. | |
Laryngoscopic view of interior of larynx. (Trachea labeled at bottom.) | |
Gray's | subject #237 1084 |
Artery | tracheal branches of inferior thyroid artery |
MeSH | Trachea |
ވައި ނޮޅީގެ މަތިން ތިރިއަށް ސީ އަކުރުގެ ބައްޓަމަން(C-shaped) ހުންނަ މަޑުކަށިން އުފެދިފައިވާ ބުރު ނުވަތަ ރިންގް ތަކެއް ހުރެއެވެ. މިރިންގް ތަކުގެ އަދަދު އުޅެނީ 20-15 އާދެމެދުގައެވެ. މި ރިންގްތަކުގެ ބޭނުމަކީ ނޭވާ ހިގާ މަގު ފިތުނަނުދީ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އެހީތެރިވުމެވެ.
This article uses material from the Wikipedia ދިވެހިބަސް article ވައި ނޮޅި, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.