ޢަބުދުލް ޤައްޔޫމް އިބްރާހީމް

ޢަބުދުލް ޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮންސީދީ) އަކީ އަލްވަޒީރު އިބްރާހީމް މާފަތް ތަކުރުފާނު (ކަޅު އަލިމަނިކުގެ ދޮންމަނިކުގެ ދޮންތުއްތު) އެވެ.

މަންމައަކީ ދޮށީ ކަލޭގެފާނުގެ ދޮށީ ސީދީގެ އައްސައްޔިދާ ފާތިމަތު މުނީރާ (ގަލޮޅު ސީދީގެ ސިއްތި) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 އޮކްޓޯބަރު 1897 ގައެވެ. އައްޝައިޚް ޢަބުދުލް ޤައްޔޫމް އިބްރާހީމް އަކީ ދީނީ ޢިލްމާއި، ހުކުމް ކަނޑައެޅުމާއި، ތަހްގީގު ކުރުމުގެ ޝަރުޢީ މަޢުލޫމާތު ވަރަށް ރަގަޅަށް ދަސްފުޅު ކުރައްވައިގެން ހުރި ބޭފުޅެކެވެ. ޢަރަބި އުރުދޫ ރަގަޅަށް ދެނެވަޑައިގަންނަވައެވެ. ރަތީބާއި މައުލޫދާއި ގުރުއާން ރީތިކޮށް ވިދާޅުވާ ބޭފުޅެކެވެ. ދިވެހި ބަހުގެ އަދީބެކެވެ. ވާހަކަ ދެއްކުންތެރި ބޭފުޅެކެވެ. ވާއިޒެކެވެ. ޅެންވެރި އެކެވެ. ސަރުކާރުގެ ޕެންޝަނަރެކެވެ. ލިޔުންތެރި އެކެވެ. ދިވެހި އަދި އަރަބި ބަހުން ވަރަށް ފަސޭހައިން ޅެންހަދާ އުޅުއްވި އެވެ. ސަރުކާރުގެ މުހިއްމު ތަހްގީގުތައް ކުރެއްވި މުގައްރިރެކެވެ. ފުރަތަމަ ޖުމުހޫރިއްޔާ ނިމުމާއި ގުޅިގެން ހިނގި ތަހްގީގާއި، ރާއްޖޭގެ ރަށްވެހި ކަމުގެ ތަހްގީގާއި، އައްޑު އަތޮޅުގެ ގަމު މީހުންނަށް ބަދަލު ދިނުމަށް އައްޑޫގައި ހިނގި ތަހްގީގަކީ ފާހަގަކޮށްލެވޭ ކަންތައްތަކެވެ.

ފުރުއްވި މަގާމްތައް

  • ބޮޑު ބަނޑޭރިގޭ ލިޔާ ކަރާނީކަން
  • 23 ޑިސެމްބަރު 1931 – 28 ޑިސެމްބަރު 1934 – ރައްޔިތުންގެ މަޖުލީހުގެ މ.އަތޮޅު މެންބަރުކަން
  • 16 ޑިސެމްބަރު 1932 – މަހްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
  • 16 ޑިސެމްބަރު 1932 – ބޮޑު ހަނޑޫ ދެއްވުން
  • 2 މާރޗް 1934 - މަހްކަމަތުއް ޝަރުޢިއްޔާގެ ބޮޑު ނާއިބުކަން
  • 7 މާރޗް 1935 – 15 ޖުލައި 1940 - ރައްޔިތުންގެ މަޖުލީހުގެ ރަދުންގެ މެންބަރުކަން
  • 19 އެޕްރީލް 1950 – 15 އޮގަސްޓް 1952 - ރައްޔިތުންގެ މަޖުލީހުގެ ލ.އަތޮޅު މެންބަރުކަން
  • 22 އޮގަސްޓް 1950 – ބަންޑާރަ ނާއިބުކަން
  • 13 ޖެނުއަރީ 1958 – އުއްތަމަ ފަނޑިޔާރުގެ ނާއިބުކަން
  • 19 އޮގަސްޓް 1959 – މައާރިފްގެ މުދައްރިސްކަން
  • 11 ސެޕްޓެމްބަރު 1959 – މައާރިފްގެ 2 ނަންބަރު މުދައްރިސްކަން
  • 20 ފެބުރުއަރީ 1960 – މާލިއްޔާ ހ (2)ގެ ބޮޑުހަނޑޫ ދެއްވުން
  • 19 މާރޗް 1967 – 19 ސެޕްޓެމްބަރު 1972 – މައުޛޫނުކަން
  • 11 ޛުލްޙައްޖާ 1372ހ – މާލޭގައި ހުކުރުކުރުމުގެ ވަޒީފާ

ބޭފުޅުން

  • ސަކީނާ ޢަބުދުލް ޤައްޔޫމް
  • މައުމޫން ޢަބުދުލް ޤައްޔޫމް
  • ޢަބުދުﷲ ޙަމީދު
  • މުއުމިނާ ޢަބުދުލް ޤައްޔޫމް
  • ޢަބުދުﷲ މަޖީދު
  • ޢަބުދުﷲ ޔާމީން
  • ޢަބުދުﷲ މަމްނޫން
  • ޢަބުދުﷲ އަލްޤީން
  • ޢަބުދުﷲ ބުންޔާމީން
  • މުސްލިމާ ޢަބުދުލް ޤައްޔޫމް
  • އަވަހާރަވީ : ޢަބުދުލް ޣަނީ ، އަމީނާ، ނާޞިރު، މަންޞޫރު، އަމީން

ޢަބުދުލް ޤައްޔޫމް އިބްރާހީމް އަވަހާރަވީ 30 އެޕްރީލް 1982 ގައެވެ.

މަރުޖިޢުތައް

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006

Tags:

🔥 Trending searches on Wiki ދިވެހިބަސް:

Did You Know Archivesގޫގްލްއެޕްރީލް 21ޤަޠަރުއެޑްރީނަލް ގްލޭންޑްމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުލޯއެޕްރީލް 1އޮސްޓަރުލިޔާފުރަގަސް ފަރާތު ދޮރުއަބްރަހަމް ލިންކަންގްލޫކޯ ކޯޓިކޮއިޑްފޯކައިދޫ (ށ. އަތޮޅު)އެޕްރީލް 23މައިކްރޯސޮފްޓްއުރުދުންއެޕްރީލް 13ވިޓަމިން ބީ2އެއިޑްސް ބަލިޖެމެއިކާޑިސެމްބަރު 28މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންކޮންފޫޝާބެލީޒުލެޓުވިއާތިލަދުންމަތީ އުތުރުބުރިމަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅުޕާކިސްތާންއިސްލާމީ ތާރީޚުޑިސެމްބަރު 4ތޫނިސްލަހިސްތާނީދޫޢުމާންއިސްރާއީލުމޯލްޓާސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ)އެސްޓޯނިއާސުވިޑަންއުރުގުއޭދާނެސްނާމާހިތު މަސްއުތުރު ކޮރެއާރިޔޫނިއަންކޮލެރާމާރޗް 12ޓާކަސް އަދި ކައިކޯ ޖަޒީރާAlphabetic contentsބެލްޖިއަމްކަރާއެމެރިކާގެ ވާޖިން ޖަޒީރާއިބްރާހިމް ޝިހާބްރީނދޫއެޕްރީލް 24ލަޑިމިއަރ ޕޫޓިންވިއެޓުނާމުރޮނަލްޑް ރޭގަންޖުލައި 12މަލިކުރުވާއެޕްރީލް 15ގްރޭޓް ބެރިއަރ ރީފްފިލިޕީންސްFAQs on composing Thaana on the computerއިންޑިޔާޖަޕާނީގައުމީ ފިލްމް އެވޯޑްއެޕްރީލް 11މާޝަލް ޖަޒީރާ🡆 More