ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެ ފަހަރެއްގެ މަތީން ދިވެހި ތަޚުތުގައި ރެދަލި ކުރެއްވިއެވެ.ހުރާގޭ ދަރިކޮޅުން، މުލީގޭ ޢާއިލާއިން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އިސްކަންދަރު ސިރީކުލަސުންދުރަ، ކައްތިރި ބަވަނަ މަހާރަދުންނަކީ ދިވެހި ސިންގާ ސަނާގައި ރެދަލި ކުރެއްވި 81 ވަނަ ރަދުންނެވެ.
ރަސްކަން ދައުރު ކުރުމުގެ ގޮތުން ބަލާއިރު 91 ވަނަ ރަދުންނެވެ.
މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) | |
---|---|
Sultan | |
ވެރިކަން ކުރެއްވީ | Maldives: 1893 Maldives: 1903 - October 2, 1934 |
ވެރިކަމާއި ހަވާލުވީ | July 27 1905) |
ފުރިހަމަ ނަން | ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)Iskander Sri Kula Sundara Kattiri Buwana Maha Radun ibn Sultan Ibrahim Nuruddin Iskander |
Titles | Sultan of the Land and Sea, Lord of the Twelve-Thousand-Islands, Sultan of the Maldives |
އުފަންވީ | November 1879 |
Male | |
އަވަހާރަވީ | 12 March 1935 (aged 55) |
Male, the capital of Maldives | |
Buried | މާލޭ ހުކުރު މިސްކިތު ގަބުރުސްތާން |
ކުރިން ހުންނެވީ | ސުލްތާން ޙާޖީ ޢިމާދުއްދީން |
Prince Hassan Izzuddine | |
ފަހުން ހުންނެވީ | ސުލްތާން ޙަސަން ނޫރައްދީން |
Issue | crown prince Hassan Izzuddine, Princess shaheema Princess Shameema |
Dynasty | Huraa |
Royal anthem | Salaamathi |
ބައްޕަ | Ibrahim Nuruddin |
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ އަލްއަމީރު ވެޔޮގޭ (ވެޔޮދޮށުގޭ) މަނިއްޕުޅުގެ ދަރިކަނބަލުން ކަކާގޭ ގޮމަ (ވެޔޮދޮށުގޭ މަނިއްޕުޅުގެ ދޮން ގޮމާ )އެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ޛުލްޤައިދާ 1296ހ، 20 އޮކްޓޯބަރ 1879 ގައެވެ. ބައެއް ތާރީޚީ ލިޔުންތަކުގައި މިރަދުންނަށް އިބްރާހީމް ނޫރައްދީންގެ ދަރިކަލުން އިބްރާހީމް ޝަމުސުއްދީނޭ ވެސް ލިޔެފައި ހުރެއެވެ. އަދި ހަމަ އެހެންމެ މުލީގޭ މަނިއްޕުޅު ކިޔަނީ ވެސް މިރަދުންނަށެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ފުރަތަމަ ކާވެނި ބައްލަވައިގަތީ ނެވިގޭ ޙަސަންފުޅުގެ މާވެޔޮދޮށުގޭ ދީދީ އާއެވެ. ދެން ކަޅުހުރާގޭ ބޮޑު ސީދީގެ ސިއްތި އާއެވެ. އޭގެ ފަހުން މެދުގަނޑުވަރު މަނިއްޕުޅުގެ ދޮށީ ގޮމައާއެވެ. މިއީ މިރަދުން އަވަހާރަވި އިރުވެސް އިންނެވި އަބިކަނބަލުންނެވެ. ކަޅުހުރާގޭ ސިއްތިގެ ބަނޑުފުޅުން ލިބިވަޑައިގަތީ އަލްއަމީރު ޙަސަން ޢިއްޒުއްދީން އެވެ. ދޮށީ ގޮމާގެ ބަނޑުފުޅުން ލިބިވަޑައިގަތީ ތިއްތި ގޮމަފުޅު، މެދު ގޮމަފުޅު، އަދި ތުއްތު ގޮމަފުޅު އެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އަކީ އެކަށީގެންވާ ފެންވަރަކަށް ޢިލްމު ލިބިވަޑައިގެން ހުންނެވުމާއެކު، ދޫފުޅާއި ގަލަންކޮޅު ހިނގާ ބޭފުޅެކެވެ. ކެތްތެރި ވިސްނުންތެރި އެކެވެ. ރާއްޖެއަށާއި، ޢާންމު ރައްޔިތުންނަށް ތަފާތު ޚިދުމަތްތަކެއް ކުރަންވަން ފެއްޓެވި ރަސްކަލެކެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ރަސްކަން 33 އަހަރު ކުރެއްވި އެވެ. ފުރަތަމަ ފަހަރު ޢުމުރުފުޅުން 14އަހަރުގައި 20 ޝައްވާލް 1310ހ، 7 މެއި 1893 ( ބައެއް ލިޔުންތަކުގައި 7 މެއި 1883) ގައި ރަސްކަން ލިބިވަޑައިގަތެވެ. ނަމަވެސް ރަގަޅު ގޮތްކަމަށް ބޮޑަށް ބުރަވެވެނީ 7 މެއި 1893 ގައި ކަމަށެވެ. އެފަހަރު 3 މަސްދުވަހު ތަޚްތުގައި އިންނެވުމަށްފަހު، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ނުވަތަ ޙާޖީ ޢިމާދުއްދީން އަށް އެރަސްކަން ބަދަލު ކުރެވުނެވެ. ދެވަނަ ފަހަރަށް ތަޚްތަށް އިސްކުރެވުނީ 13 ޛުލްޙައްޖާ 1320ހ، 8 އެޕްރީލް 1904 ގައެވެ. ( ބައެއް ލިޔުންތަކުގައި 11 މާރޗް 1903 ކަމަށް ލިޔެފައި ވެއެވެ. އަދި މިއީ ރަގަޅު ގޮތްކަމަށް ފެނެއެވެ. ) ރަސްކަމަށް ކޮލިލެވުނީ 3 އޮގަސްޓް 1904 ގައެވެ.(ބައެއް ލިޔުންތަކުގައި މިރަދުންނަށް ކޮލިލެވުނީ 5 އޮގަސްޓް 1904 ގައެވެ. )އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ކޮލީ ނަންފުޅަކީ ސިރީކުލަ ސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން މިއެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމުގައި ދިވެހިރާއްޖެ އަށް ލިޔެވިގެންވާ ގާނޫނަކުން ދުސްތޫރީ ޙުކޫމަތެއް ލިބިގެން ދިޔައެވެ. އާދެ ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެއް އުފެއްދެވީ ޝަމުސުއްދީން ރަސްކަމުގައި އެރަސްގެފާނު ގެ އަމުރުފުޅަށެވެ. މިގާނޫނު އަސާސީ އިޢުލާނު ކުރެއްވީ 22 ޑިސެމްބަރު 1932 ގައެވެ.(23 ޝަޢުބާން 1351 ގައެވެ). މިރަސްގެފާނުގެ ރަސްކަމުގައި ހިނގި ބޮޑު ހަމަނުޖެހުމެއްގައި މިގާނޫނު އަސާސީ ވީދައިލިއެވެ. އަދި މަޝްހޫރު މޮޓަރު ބޯޓް ގަޑުބަޑު ހިގައި ދިޔައެވެ. އިގިރޭސި ރާޖާގެ ފަރާތުން ދިވެހި ރަސްކަލަކަށް ފުރަތަމަ ޢިއްޒަތެއް ލިބިވަޑައިގެން ރަސްކަލަކީ މިރަދުންނެވެ. އެއީ ކޭސީއެމްޖީގެ އިއްޒަތް އެވެ. މިރަދުންގެ ރަސްކަމުގައި ބޮޑުވަޒީރުކަން ކުރެއްވީ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އާއި، އޭނާގެ ދަރިކަލުން ސުމުއްވުލް އަމީރު ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި، އޮޅުދޫ ކަރައިގެ ގަވަރުނަރަކު ( ހިޒް އެކްސެލެންސީ ސަރ ހެންރީ މެކްކޮލަމް ) ފުރަތަމަ ފަހަރަށް މާލެ ވަޑައިގަތުމާއި، ދިވެހިރާއްޖޭގެ ވެރިކަމާއި ތޮޅުމަށް ޕިޝޯރީން(ޕިޗޯރީން) އައުން، އަދި މިރަދުންނަށް ރަސްކަމަށް ކޮލިލުން ހިމެނެއެވެ. އަދި މާލެއާއި ރާއްޖެތެރޭގެ މިސްކިތްތަކާއި ޒިޔާރަތްތައް އާކުރެއްވުން ހިމެނެއެވެ. މާލޭގެ މަގުތައް ހައްދަވައި، ޢިމްރާނީ ތަރައްޤީގެ ތެރެއަށް ދިވެހިރާއްޖެ ގެނެވެން ފެއްޓުނީ އަދި ދިވެހި ދަރީންނަށް ދައުލަތުގެ ޢިނާޔަތުގެ ދަށުން ތަޢުލީމް ލިބޭނޭ މަގު ހުޅުވާލެވުނީ މިރަދުންގެ ރަސްކަމުގައެވެ. މިރަދުންނަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ފަސް ޢާއިލާގެ ތެރެއިން އެންމެ ފަހުން އޮތް، ހުރަވީ ޢާއިލާގެ ވިރާސީ ރަސްކަމުގެ 11 ވަނަ ރަދުންނެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އަކީ އިސްކޮޅުން މެދުމިނުގެ ކުލަ އޮޅަލި ބޭފުޅެކެވެ. އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއްގެ ވެރި ބޭފުޅެކެވެ. ކެތްތެރި ވިސްނުންތެރި އެކެވެ. ދިވެހި ފާނޑުވެރިކަމާއި މިއުޒިކްގައި ޚާއްޞަ އުސްތާޛެކެވެ. ރަސްކަމުގެ އާއިލާގެ ބޭފުޅުންގެ މައްޗަށް އޯގާތެރި އަދި އެބޭފުޅުންނަށް ޙިމާޔަތް ދެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) 32 އަހަރުގެ ދިގު ރަސްކަމަށްފަހު ރަސްކަން ނިމިގެންދިޔައީ ގާނޫނު އަސާސީ އަށް އެގޮތް މިގޮތް ވަމުން ދިޔަ ދުވަސްވަރުގެ ތެރޭގައެވެ. އެރަދުން ޢަޒުލުކުރެވިފައިވަނީ 7 އޮކްޓޯބަރ 1934(27 ޖުމާދިލް އާޚިރު1353) ގައި ހިނގި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އަޒުލުކުރެވުނީ އެދުވަހުގެރޭ 11 ޖެހިކަންހާއިރު އެވެ. އެރަދުން އަވަހާރަވީ 24 ރަޖަބު 1366ހ، ގައެވެ. ފަސްދާނު ލެވުނީ މާލޭ ހުކުރު މިސްކިތް ގައެވެ.
ކުރިން ހުންނެވީ: ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) | ދިވެހިރާއްޖޭގެ ރަދުން May 7, 1893 – 1893 | ފަހުން ވަޑައިގަތީ: |
ކުރިން ހުންނެވީ: ޙާޖީ ޢިމާދުއްދީނު | ދިވެހިރާއްޖޭގެ ރަދުން 1902 – October 2, 1934 | ފަހުން ވަޑައިގަތީ: |
This article uses material from the Wikipedia ދިވެހިބަސް article ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.