ފަންވިނުން

ފަންވިނުން

ފަންވިނުމަކީ ދިވެހިންގެ މަސައްކަތްތެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފަންވިންނަނީ އެވިޔާ ފަނުން ދިވެހިންގެ ވަރަށް ގިނަ މުހިންމު ބޭނުންތަކެއް ފުދޭތީއެވެ.ގެދޮރު ހިޔާކުރުމަށް ފަންގަނޑު ބޭނުން ކުރެއެވެ. ގެދޮރުގެ ބިއްތައް ބެއްދުމަށް ފަންގަނޑު ބޭނުންކުރެއެވެ. އަދި އޮޑިދޯނިފަހަރަށާއި ވިޔަފާރިއަށް ވެސް ފަންގަނޑު ބޭނުން ކުރެއެވެ. ޒަމާނުން ސުރެ ފަންވިންނަނީ އާންމު ގޮތެއްގައި އަންހެނުންނެވެ. ނަމަވެސް މަދު ފިރިހެނަކު ފަންވިދެ ނޫޅެއެކޭ ނޫނުވެ. ފަންވިނުމަކީ އަންހެނުންނަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ދިވެހިން ދެކިއުޅެއެވެ. ފަންވިނުމަކީ ވަރަށް ކަވި މަސައްކަތެކެވެ. ނަމަވެސް ދިވެހި އަންހެނުން ފަންނަނީ ވަރަށްވެސް މުރާލިކަމާއި އެކު އަދި ވަރަށް ޝައުގު ހުރެގެނެވެ. ވިދެފައި ހުންނަ ފަންގަނޑުތަކުގެ ބައްޓަމާއި ބަނޑިތައް އެއީ ހާއްސަ ފަންނެކެވެ. ފަންގަޑުގެ ރީތިކަމާއި ފަންތައް ހަރުލާފައި ހުންނަ ފަންގަޑުގެ ވާންކަމަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ފަންތައް ތަފާތު ކުރުވާ ކަމެކެވެ. ފަންވިނުމަށް އަލަށް ދަސްކުރުމަށާއި ފަންވިނުމަށް ފަށައިގަންނަ ފަރާތަކަށް މިމަޒުމޫނުގައި ބައެއް މައުލޫމާތު ހިއްސާކޮށްލާނަމެވެ. ފަންވިނުމަށް ބޭނުން ކުރަނީ ކުރުއްސާފައި ހުރި ފަންވަތާއި ފަންވިނުމަށް ގަތާފައި ހުންނަ ރޯނާއި "އިލި" ކިޔާ ބޮޑު ތިނޯހެއް ހެން އޮންނަ ކައްޓެކެވެ. ފަންވިދެ ނިމުމުން އެހެދެނީ ފަންގަނޑެވެ. ހަތަރު ފަންގަނޑު އެކުގައި ކިޔަނީ ފަންބޮޑިއެވެ.

ފަންވިނުމަށްތައްޔާރުވުން

1- ފަންހޮވުން، ދިވެހިރާއްޖޭގައި އެންމެ ގިނައިން ހެދޭ އެކައްޗަކީ ދިވެހި ރުކެވެ. ރުކުގެ ފަނަކީ ފަންވިނުމަށް ބޭނުންވާ ފަންވަތް ލިބޭ ވަސީލަތެވެ. އެހެން ކަމުން ރުއްރުކުން ފަން ހޯދަން ދިޔުމަށް ކިޔަނީ ފަން ހޮވަން ދިޔުމެވެ. ނުވަތަ ފަން ހޮވުމެވެ. ފަންހޮވަން އާންމުކޮށް މީހުން ގޮސްއުޅެނީ ރައްރަށުގައި އޮންނަ ޖަންގަލީ ބޯ ވަލަށެވެ. ވަލުތެރޭގައި ހުންނަ ރުއްރުކުން ދޮންވެގެން ވެއްޓިފައި ހުންނަ ފަންތައް އެއްކުރުމަކީ ފަންހޮވުމެވެ. އަދި ވައު ނޯންނަ ރައްރަށުގެ މީހުން ކައިރީގައި އޮންނަ ފަޅުރަށް ރަށަށް ގޮސްގެންވެސް ފަން ހޮވައެވެ. ފަން ހޮވުމުގައި ރުއްރުކަށް އަރައިގެން ފަންކަނޑައިގެން ވެސް ފަންހޮވައެވެ. އޭގެތެރޭގައި ރޯފަނާއި ދޮންފަނާއި ހިކިފަންވެސް ބޭނުން ކުރެއެވެ.

2- ފަންކުރުއްސުން، ހޮވައިގެން އެއްކުރި ހުރިހާ ފަނެއް އެއްކުރުމަށް ފަހު ކުރާ ދެން ކުރާ ކަމަކީ ފަންކުރުއްސުމެވެ. ފަންކުރުއްސުމަކީ ފަންވަތް އޮށިން ވަކިކުރުމެވެ. ފަންކުރުއްސުމަށް ދިވެހިން ބޭނުންކުރާ ހާއްސަ ވަޅިއެއް އޮވެއެވެ. އެވަޅިއަކީ ކަތިވަޅިއެވެ. ފަންތަކުން ފަންވަތް ވަކި ކުރުމަށްފަހު ތިންބަޔަކަށް އަޅާއުޅެއެވެ. އެއީ ރޯފަންވަތާއި މަތީފަންވަތާއި ބަޑުފަންވަތެވެ. ރޯފަންވަތަކީ ހޮވާފައި ނުވަތަ ކަނޑާފައި ހުރި ފެހިކުލަ ހުންނަ ފަންވަތާއި ދޮންފަންވަތުގެ ތެރޭގައި ހިމެނޭ މުޅިން ދޮންނުވާ ރީދޫކުލަ ހުންނަ ފަންވަތެވެ. މަތީފަންވަތަކީ ފަންވިންނައިރު ފަންގަނޑުގެ ރީތި ފަރާތަށް ބޭނުންކުރުމަށް ބޭނުންވާ ހަލާކުނުވެ ހުންނަ ފުޅާކޮށް ބޮޑެތިކޮށް ރީތިކޮށް މުށިކުލަ ހުންނަ މާބޮޑަށް ހަރުނުވެ ހުންނަ ފަންވަތެވެ. ބަނޑުފަންވަތަކީ ފަންގަނޑުގެ ދަށްފަރާތުގައި ބޭނުން ކުރުމަށް ވަކިކުރާ ހަނިކޮށް ހުންނަ ކުދި ފަންވަތާއި ކުޑަކޮށް ހަލާކު ވެފައި ހުންނަ ފަންވަތެވެ. މިވަކި ކުރާ ފަންވަތްތައް އެއްކޮށް އެއްސުމުން ކިޔަނީ ފަންހުޅިއެވެ.

3- ފަންހުޅި މޫދައްލުން ނުވަތަ ތެންމާލުން،


ފަންވިންނަ ރޯނު


ފަންވިންނަ އިލި (ތިނޯސް)

ފަންގަނޑު ވިންނަން ފެށުން 1-މަތީ ފަންވަތް 2-ދަށު ފަންވަތް

Tags:

🔥 Trending searches on Wiki ދިވެހިބަސް:

2009ކުޅަނދިލި ބުރުގާބްރޫކްލީން ބްރިޖްރޯޔަލް ބެންގާލް ޓައިގަރއައިޒަލް އޮފް މޭންއެޕްރީލް 25ޙަބުޝްކަރަޒުވާރިފިލިޕީންސްޑެނިއެލް ރެޑްކްލިފްމެއި 28ސެޕްޓެމްބަރު 29ޔޫ.ޓީ.ސީ.ހިންދީފެބްރުއަރީ 2ރުވާންޑާSay it in Mahlމަރިޔަމް އަފީފާސުވިޑަންދިވެހިރާއްޖެހަންގޭރީއެޕްރީލް 27އެޕްރީލް 6އިސްޕެއިންހަކުރު ބަލިލޭއިރަވީ ނިޒާމުFAQs on composing Thaana on the computerޝަހީދު ޙުސައިން އާދަމްހިންދޫދީންމައުމޫނު ޢަބްދުލް ޤައްޔޫމްފަލަސްޠީނުގެ ދައުލަތްވެރިރަށްފަލަކީ އިލްމުއެލްސެލްވަޑޯރުޖުލައި 1މޫސާގެފާނުގޫގްލްޢަރަބިމަޑަގަސްކަރަޔުގެންޑާބިންމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ2001ރިޗަރޑް ނިކްސަންމީލާދީ ކަލަންޑަރުޖޯޖް ވޮޝިންގޓަންއެމެރިކާބޭސަފިލް2004އެދުރު އުމަރު މާފަތް ކަލޭގެފާނުފިތް ދުޅަވުންއިންޑިޔާގެ ސިޔާސީ މައިދާންއެބްޑަމިނަލް އެއޯޓާމާރޗް 26ޖޫން 10ލަހިސްތާނީޑިކް ޗޭނީޖެނިޓަލް ވޯރޓްސްޑިސެމްބަރު 31އަބޫބަކުރުގެފާނުއިގުރު🡆 More